އައްޑޫގެ މޭޔަރު އަލީ ނިޒާރު: ސިޓީ ކައުންސިލަށް މުވައްޒަފުން ނުނެގި ލަސްވާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައި.-- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
28 ސެޕްޓެމްބަރ 2025 - 13:43
ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ހަދަން ޖެހޭ އުސޫލުތައް ކަނޑައެޅި މުއްދަތަށް ނުހެދި ލަސްވުމުގެ ސަބަބުން އައްޑޫ ސިޓީ ކައުންސިލަށް މުވައްޒަފުން ނުނެގި މަސައްކަތްތައް ހުއްޓިފައިވާ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އެ ކަންބޮޑުވުންތަކާ އެކު ނިޒާރު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާހު ތަސްދީގު ކުރާތާ 30 ދުވަހުގެ ތެރޭގައި ގެޒެޓް ކުރަން ޖެހޭ ކަމަށް ބުނެފައިވާ އުސޫލުތައް އާންމު ނުކޮށް، އެ މުއްދަތު ފަހަނައަޅާ ދިޔައިރު "ރައީސް އޮފީހުގައި ތާށިކޮށްފައި" ބޭއްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.
"އައްޑޫ ސިޓީ ކައުންސިލަށް ކޮންމެހެން ނަގަން ޖެހޭ މުވައްޒަފުން ނުނެގި މުހިންމު އެތަކެއް މަސައްކަތް ވަނީ ހުއްޓިފައި،" އޭނާ ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ މިލިއަނުން ހަރަދުކޮށްގެން ކައުންސިލަށް ގަނެފައިވާ ސްވީޕަރުތައް (މަގުތައް ކުނިކަހައި ސާފުކުރަން ގަނެފައިވާ ވެހިކަލްތައް) ބޭނުން ނުކުރެވި ލަސްވަނީ ޑްރައިވަރުން ނަގަން ސަރުކާރުން ހުއްދަ "ނުދެއްވާތީ" ކަމަށެވެ. އަދި ކޮންޓްރެކްޓް ހަމަވެފައިވާ ގިނަ މުވައްޒަފުންތަކެއްގެ ވަޒީފާ އާ ނުކޮށްދެވި، އެ މީހުންގެ ވަޒީފާ ގެއްލޭ ހާލަތަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި 16 ވަނަ އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. މި ސަރުކާރުން ގެނައި އެ އިސްލާހުގައިވާ ގޮތުން، ކައުންސިލްތަކުގެ ފަހު އަހަރު ކައުންސިލްގެ އިދާރާތަކަށް މުވައްޒަފުން ނެގުމާއި ބިންތައް ދޫކުރުމުގައި ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭގެ ހުއްދަ ހޯދަން ޖެހެ އެވެ.
އެ އިސްލާހާއި އެ ގާނޫނަށް ގެނެސްފައިވާ އެހެން އިސްލާހުތަކުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް، އެ އިސްލާހަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ގެޒެޓްކުރަން ބުނެފައިވެ އެވެ. ނަމަވެސް، އެ މުއްދަތު ހަމަވެ 45 ދުވަސްވީ އިރު އަދި މިހާތަނަށް އެ ގަވާއިދުތަކާއި އުސޫލުތައް ގެޒެޓްކޮށްފައެއް ނުވެ އެވެ.
ނިޒާރު ކަންބޮޑުވުން ފާޅުކުރެއްވީ އެހެންވެ އެވެ.
ލާމަރުކަޒީ ގާނޫނުގެ އިސްލާހުތައް ތަސްދީގުކުރައްވައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އެއީ ރައްޔިތުން އިތުރަށް މުއްސަނދިވެ، ބާރުވެރި ވާނެ ބަދަލެއް ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް މިފަހަރު ގެނައި އިސްލާހުގައިވާ ގޮތުން ރަށްރަށުގެ ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް 10 މިލިއަން ރުފިޔާއަށް ވުރެ ދަށުގެ ވިޔަފާރިތައް ނުކުރެވޭނެ އެވެ. އެ އިސްލާހާ ތައާރަޒުވާ ގޮތަށް މިހާރު ވިޔަފާރިއެއް ހިންގާ ނަމަ، އިސްލާހަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި އެކަން ހުއްޓާލަން ޖެހޭނެ އެވެ.
އެ ގާނޫނަށް ދެން ގެނައި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ފެނާއި ކަރަންޓު ކަހަލަ އަސާސީ ބޭނުންތަކަށް ދޫކުރާ ބިންތަކާއި އިމާރާތްތަކުން ކައުންސިލްތަކަށް ކުލި ނުނެގުމާއި ކައުންސިލްތަކުން އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކުން ސަރުކާރަށް ޓެކްސް ދެއްކުމާއި ކައުންސިލްތަކުގެ އެކައުންޓުތަކުގައި ހުންނަ ފައިސާގެ މައުލޫމާތު ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން އެދިއްޖެ ނަމަ ދޭން ލާޒިމްކުރުމެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގުކުރެއްވީ އެމްޑީޕީ އާއި 60 އަށް ވުރެ ގިނަ ކައުންސިލްތަކުން އެކަން ނުކުރައްވަން އެދި ބަޔާން ނެރެފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތަފިރިންގެ ޓުވީޓު
29 September 2025
އައްޑޫގެ ރީތި މަލަމަތި ހަލާކުކޮށްލި ކައުންސިލް.. އީދު ކުޅިވަރޭ ކިޔާފަ އައްޑޫއަށް ރާއްޖެތެރޭ މީހުންގެ ނުބައި ވިޔާނުދާ ކުޅިވަރުތައް ތައާރަފު ކުރި ކައުންސިލު. 50 60 އަހަރު ވެފަ ހުރި ރުއް ގަސްތައް ކަންޑާފަ އަސުރުމާ އިންދި މީހުން. މަގު ހަދަނީއޭ ކިޔާފަ އައްޑޫގެ ތިމާވެށި ހަލާކުކުރި މީހުްން. މައްސަލައެއް ނެތެއްނު ގަވައިދު ނެތަސް.
އޮނަރަބްލް އަފީފު ދީދީ
28 September 2025
މޭޔަރު ތިދައްކަވާ ވާހަކަ ތަކާއި ދެކޮޅެއް ނޫން. ޤާނޫނުއަސާސީގައި ބުނެ އަމުރުކޮށްފައިވާ ގޮތަށް ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށްޓަކާ އިދާރީ ދާއިރާތަކަށް ދޭންޖެހޭ ބާރުވެރިކަމާއި މާލީ އިޤްތިސޯދީ އެހީތެރިކަން ފޯރުކޮށްދިނުމަށް މާލޭސަރުކާރުން ދެކޮޅު ހަދާ ކަމާއި އަދި އަމުދުން އައްޑޫސިޓީ އަށް އެބާރުވެރިކަން ދޫކުރާން ބޭނުން ނުވާއިރު މިހާރުވެސް "އައްޑޫސިޓީ ކޮށާ ކުދިކުދިކޮށް ރޫޅާލުމަށްޓަކާ" ޤާނޫނީ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރަން އުޅޭކަންވެސް އިގޭ.
ރުއްފަށާ ހަސަނު
29 September 2025
ބަލަ.ބަލަ.ހަމަޔާއި އުސޫލަށް އިހްތިރާމްކޮށްގެން ލިޔާއެއްޗެއް ލިޔެބަލަ.އައްޑޫ މީހުން ހަލާކުވަނީ އެމީހުން އަމިއްލައަށް.ރަށްޔިތުންގެ ތެރެއިންވެސް އެކަކު އަނެކަކަށް ތިބޭނީ ކަރަށް ނާރު އަރުވައިގެން.ސިޔާސީ ލީޑަރުންނެއް ނެތް.ރާއްޖޭގެ ދިރިއުޅެން އެންމެ ނުރައްކާތެރި ކއަތޮޅު.ތިމާވެށި ހަލާކުކޮށްފި.ސަރުކާރަށް ފާޑުކިޔުން ނޫންކަމެއް ނުކުރޭ.ވީ ވަޢުދެއް ނުފުއްދުނު ތާ އެންމެ ނަތީޖާ ދަށް ކައުންސިލް.
ނަސީބަކީ ކަތީބު
28 September 2025
ސިޓީ ކައުންސިން އައްޑޫ ސިޓީގައި ހުރި ގަސްތައް ކެނޑުމުގެ މަސަތްކަތް ހުއްޓުމަކީ އައްޑޫ ރައްޔިތުންނަށް ލެއްވި ނަސީބެއް.
ތައުފީގު
28 September 2025
މިދައުރުގަ މުޅިރާއްޖޭގަވެސްހުރި އެންމެ ނަތީޖާދަށް މޭޔަރު (އިން މައި އޮޕީނިއަން)
ޙށނ
28 September 2025
މޭޔަރ. ކަމެއް ނެތިއްޔާ މާދަން އޮފީހަށް ނިކުމެ ބަލާބަލަ ގޭގެއަށް ދޫކޮށްފަ ހުންނަ ފެން ހުންނަނީ ސިއްޚީގޮތުންހުންނަން ޖެހޭ ރައްކާތެރި މިންގަޑުގަތޯ.
މެޔަރ
28 September 2025
ނިޒާރު މޭޔަރު ކަމަށް ކެމްޕެއިން ކުރި އިރު ދެއްކި ވާހަކަތަކަށް އަމަލު ނުކުރެވި އެއްވެސް ނަތީޖާއެއް ނުނެރެވި ދައުރު ނިންމާލާއިރު މިއަދު ދެން ކޮންހާ ބޭކާރުވާހަކަތަކެއްތޯ؟ ނިޒާރުގެ މޭސްތިރި ކަމުގައި ކުރެވުނު ކަމަކީ ސިޓީ ބައިބައި ކުރުމާއި، ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދުމާއި، މުވައްޒަފުންގެ މެދުގައި އޮތް އެއްބައިވަންތަކަން ނަގާލައި އިދާރީ އިންތިޒާމްތައް ގަޑުބަޑުކޮށް މުޅި އިދާރާ ނިޒާރުކޮށް، ރައްޔިތުންގެ އުއްމީދު ބޭގަރާރުކޮއްލައިފި
ދެން ވެސް މޭޔަރޯ.
28 September 2025
5 އަހަރުގެ ދައުރެއް ނިމިގެން ދާއިރު، ނޫހެއްގައި ސަރުކާރު ގޯސްކޮށް ކޮންމެވެސް ސުރުޚީއެއް އަޅުވާލުން ފިޔަވައި ތިޔަ މީހާއަށް ރަށުގެ ތަރައްޤީއަށް ވީއެއްމެ ކަމެއް ވެސް ނެތް. ރާއްޖޭގައި އޮތް އެންމެ ޒިންމާދާރުކަން ކުޑަ، އެންމެ ޕާރފޮރމަންސް ދަށް ކައުންސިލް ތިއީ. އޮއްޓަރެއް ނެތް މޭޔަރެއް.
ރުއްފަށާ ހަސަނު
28 September 2025
ދެން ކޮންހާ ބޮޑާކަމެއް ތި ދައްކަނީ.ތިޔަ ބުނާ ބަދަލެއް އައީ ދާދި މިދާކަށް ދުވަހުއޭ.އެ ބަދަލު ގެންނަން ވާހަކަތައް ފެށުނު އިރުވެސް ތިޔަކަން ކޮށްލެވުނީހެއްނު.އަމިއްލައަށް ސިޔާސީ ކުޅި ކުޅެންވެގެން ތިޔަ އުޅޭނީ ގޭމު ޖައްސަން.ތިޔަކަން ކާމިޔާބު ނުވާނެ.ކުރިހާވެސް ކުރިކަމަކީ "ރުއްފަށާ" ކަނޑާލައި އަތޮޅުގެ ތިމާވެށި ހަލާކުކޮށްލައި،އަތޮޅުގެ ރަށްތައް ބައިބައިކޮށްލުމެވެ.
1181
28 September 2025
ކޮން ގަވާއިދެއް ނުހެދިގެންތޯ އައްޑޫގެ މަގުތައް ކައުންސިލުން މަރާމާތުނުކޮށް ބާއްވައިގެން އެކަށް ސުންނާފަތިވެފައި އެވަނީ؟ ކޮން ގަވާއިދަކުން ހުއްދަދީގެންތޯ ކަައުންސިލްތަކުން އަހަރަކު 2ކޮޅު ބަޖެޓު ހުސްކޮށްލައިން ތަޖުރިބާ ހޮލިޑޭތައް އަޅަމުންދަނީ؟
އަފިރިން
28 September 2025
އަފިރިންގެ މޮޔަ މޭޔަރު