ކަރެކްޝަން އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމަށް، ކުރިއަށް ގެންދިޔަ ފްރީ ޓްރަޔަލްއެއްގައި އޮފިސަރަކު ކެމެރާ އަޅައިގެން.-- ފޮޓޯ: ކަރެކްޝަން
05 ސެޕްޓެމްބަރ 2023 - 12:15
ޖަލު އޮފިސަރުން ރަސްމީކޮށް މިއަދު ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ފްރީ ޓްރަޔަލްއެއްގެ ގޮތުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އެވެ.
އެ އިދާރާ އިން މިއަދު ބުނީ ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފެށުމުން އޮފިސަރުން މިހާރަށް ވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވާނެ ކަމަށެވެ. ކެމެރާ ބޭނުން ކުރަން ފެށުމުން ޖަލު ހިންގުމުގެ ނިޒާމު ހަރުދަނާ ވާނެ ކަމަށް ވެސް ބުންޏެވެ.
- ގައިދީން ބެލެހެއްޓުމަށް އޮފިސަރުން އަމަލީ ގޮތުން ފްރޮންޓް ލައިންގައި ހަރަކާތްތެރިވުން.
- ގައިދީންގެ އުޅުމާއި އަހުލާގު ދެނެގަތުން.
- ޖަލުގައި ހިނގާ ހާދިސާތަކަށް ވާސިލް ވުމަށް ބޭނުންވާ ހެއްކާއި ގަރީނާ ހޯދުން.
- ރިހިބިލިޓޭޝަނަށް ބޭނުންވާ މައުލޫމާތު އެއްކުރެވޭނެ ނިޒާމެއް ގާއިމް ކުރުން.
ކަރެކްޝަނަލް ސާވިސް އިން ބުނީ ގައިދީންނާ މުއާމަލާތު ކުރާ ހުރިހާ ވަގުތުތަކުގައި ވެސް ކެމެރާ ބޭނުން ކުރާނެ ކަމަށެވެ. ހައި ސެކިއުރިޓީ ދޭން ޖެހޭ ގައިދީން އެއްތަނުން އަނެއްތަނަށް އުފުލާއިރު ލައިވް ސްޓްރީމް ކުރުމަށް ވެސް ބޭނުން ކުރާނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.
ޖަލުން އޮފިސަރުން މިއަދު ރަސްމީކޮށް ބޭނުންކުރަން ފެށީ 51 ކެމެރާ އެވެ.
ފުލުހުން ވެސް ވަނީ މިދިޔަ އަހަރު ވޯން ކެމެރާ ބޭނުން ކުރަން ފަށައިފަ އެވެ. މުޒާހަރާތަކާއި ބޮޑެތި އޮޕަރޭޝަން ތަކުގައި ފުލުހުން އަންނަނީ ކެމެރާ ބޭނުން ކުރަމުންނެވެ. ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ހުރިހާ ފުލުހުން ވެސް ބޮޑީ ވޯން ކެމެރާ ބޭނުންކުރާނެ ކަމަށް ފުލުހުންގެ އިދާރާ އިން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
05 September 2023
ކަންކަން ހިގާގޮތް މިހިރީ. ރާއްޖޭގެ ޖަލުތަކުގައިތިބި ގައިދީން ވަނީ ބޮޑު ސްކޭމެއް ހިންގައިގެން ދިވެހި ދައުލުތާއި ރައްޔަތް ޙިއްސާވާ ޤައުމީ ބެންކްގައި ހުޅުވާފައިވާ އެކައުންޓް ތަކުގެ ވެރިންނަށް ނޭގި އެއެކައުންޓް ތަކުން އެތައް މިލިޔަން ރުފިޔާ ވަގަށް ނަގާފައި. # ސްމާޓް ފޯނު ބޭނުންކޮށްގެން "ޖަލުގައި ތިބެގެން" ހިންގި މިޖަރީމާ ހުއްޓުވަން ސަރުކާރަށް ނުކެރުނު ޖަލުތަކުގައި Mobile Phone Jammer ހަރުކޮށް ކުށްވެރިންނަށް ފޯނު ބޭނުން ޖުކުރެވޭގޮތް ހަދާލާކަށް.
އަފީފު ދީދީ ބުރޯ
06 September 2023
އިތުރަށް މައުލޫމާތު ހޯދުން މުހިންމު ކަމަށް ފެނޭ.. ތި ކޮމެންޓް އަކީ ހަގީގަތާއި ވަރަށް ދުރު ކޮމެންޓެއް.