ގުޅިފަޅުން ގޯތި ލިބުނު މީހަކު މިއަދު ގޯތީގައި ރުކެއް އިންދަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
05 ސެޕްޓެމްބަރ 2023 - 18:55
ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ބިން ކަނޑައި ގޯތީގެ ރަޖިސްޓްރީ ދޭން ފަށައިފި އެވެ.
ގުޅިފަޅުން މިއަދު ވަނީ އެރަށުން ގޯތި ލިބުނު 21 މީހަކަށް ބިން ކަނޑައި އެ ތަންތަނުގެ ރަޖިސްޓްރީ ހަވާލުކޮށްފަ އެވެ.
ގުޅިފަޅުން ގޯތި ކަނޑައި ރަޖިސްޓްރީ ހަވާލުކުރި ފުރަތަމަ މީހަކީ އުމުރުން 65 އަހަރުގެ އަހުމަދު ޝާކިރެވެ. އޭނާ ބުނީ މިދިޔަ ތިރިހަކަށް އަހަރު އުޅުނީ މާލޭގެ އެކި ތަންތަނުގައި ކުއްޔަށް ކަމަށާއި މިއަދު މި ލިބުނީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ގުޅިފަޅުން ފުރަތަމަ ގޯތި ލިބުނު އަހްމަދު ޝާކިރަށް ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން (ކ) ގޯތީގެ ރަޖިސްޓްރީ ކުރަނީ: ޝާކިރަށް ލިބުނީ 2،400 އަކަފޫޓުގެ ގޯއްޗެއް. -- ފޮޓޯ: ނިޝާން އަލީ / މިހާރު
"އަޅުގަނޑުގެ ބައްޕަގެ ގޯއްޗެއް މި އޮންނަނީ. 10 ކުދިން ތިބޭ. އެހެންވީމާ އަމިއްލަ ގޯއްޗެއް ލިބުނީމަ ވަރަށް އުފާވޭ،" އޭނާ ބުންޏެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ގުޅިފަޅުން ގޯތި ލިބުނު އިތުރު މީހުންނަށް ވެސް ބިން ކަނޑައި ގޯތީގެ ރަޖިސްޓްރޭޝަން ހަވާލު ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ގޯތި ދޫކޮށް ގުޅިފަޅުގައި މީހުން އާބާދުވާނެ ކަމަށް ބަލަނީ ދެ އަަހަރުގެ ތެރޭގައި ކަމަށެވެ. މީހުން އާބާދުވާން ވާއިރަށް ގުޅިފަޅަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގުޅިފަޅުން 2،218 ގޯތި ދޫކުރާނެ އެވެ. މީގެ އިތުރުން ހުޅުމާލެއިން 1،351 ގޯއްޗާއި ގިރާވަރުފަޅުން 5،432 ގޯތި މާލޭގެ 18،000 އަށް ވުރެ ގިނަ ރައްޔިތުންނަށް ވަނީ ދީފަ އެވެ.
ގުޅިފަޅުން ގޯތި ލިބުނު މީހުން ގޯތި ދޫކުރާ ސަރަހައްދަށް ދަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު
އަކްރަމް ވިދާޅުވީ، އަމާޒަކީ ނޮވެމްބަރު މަހުގެ 5 ގެ ކުރިން ހުރިހާ ތަނަކުން ގޯތި ކަނޑައި ރަޖިސްޓްރޭޝަން ހަވާލުކުރުން ކަމަށެވެ.
"މިހުރިހާ ސަރަހައްދެއް އެކުއެކީގައި ކުރިއަށްދާނެ. ޕްލޭނާ އެއްގޮތަށް މި ހުރިހާ ކަމެއް ވެސް ކުރިއަށްދާނެ،" އޭނާ ވިދާޅުވި އެވެ.
ގޯތި ލިބުނު މީހުންނާ އެކު ހައުސިން މިނިސްޓްރީން ސޮއިކުރަން ފެށީ މިދިޔަ މަހުގެ 27 ގަ އެވެ. އެގޮތަށް އެއްބަސްވުންތަކުގައި ސޮއިކުރީ މާލެ ސަރަހައްދުން ގޯތި ދިނުމަށް މި ސަރުކާރުން ފަށާފައިވާ ބިންވެރިޔާ ސްކީމަށް މަގުފަހިކުރުމަށް، ލޯކަލް ކައުންސިލްތަކުގެ ބަދަލުގައި ސީދާ ހައުސިން މިނިސްޓްރީ އަށް ގޯތީގެ ރަޖިސްޓްރީ ދެވޭ ގޮތަށް ގަވައިދަށް އިސްލާހު ގެނެސްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަޅަ
06 September 2023
މިކަހަލަ ދަޅަތަކަށް ވިސްނާފަ ވޯޓް ދެމާ ޤުމުގެ މުސްތަގުބަލައްޓަކާ. ވިސްނާލަމާ ވެންޓިލޭޓަކޭސްއަށް އެކަނި ވޯޓްދިނުމުގެކުރިން
ޚުރުސީ
06 September 2023
ކަރަޕްޝަނަށްވަނީ މީހެއްގެ އެކައުންޓަށް ނޭންގި ލާރިވަނީމާ ކަމަށް ބޮޑަށް ބެލެވެނީ ........ ކިތަައްމެ ވަރަކަށް ކަމަކާ ދިމާކޮށް ގޯތިތަކެއްދިނުމަކުން ކަރަޕްޝަނަކަސް ނުވޭ...........
ރަދީފްއޮފިޝަލް
06 September 2023
ގޯތި ލިބުނު މީހުންނަށް މަރުހަބާ.
މަގޭގޯތީގައި
06 September 2023
މަށަށް ދިން ގޯތީގައި އެބައޮތް ސަފާރީއަކާއި، ކުޑަ ދެ ޑިންގީއާއި، ފެތިފައޮތް ބަނޑެއް. އަދި ބަލަން ދިޔަ ގަޑީގާއި އުޅުނު 3 ފަރުތޮޅި އާއި، 6 ބޯވައާއި، 5 ބޯވަދިލަމަަސްވެސް. އެއީވެސް މަށަށް ލިބޭ އެއްޗެހިކަމަށް ބަލައިގެން މިހިރީ. މަގޭ ގޯތީގައި ހުންނާނީ މަގޭ އެއްޗެހިތާ ދޯ!
ހުވަދޫ އަލިބެއްޔާ
06 September 2023
އަހަރުމެން ހުވަދޫ ކަނޑުން ދެކުނު މީހުން ބޭނުން އެބަވޭ ސަރުކާރުން ހުވަދޫ ކަނޑުގަ ބްރިޖެއް އަޅައި، ބްރިޖުން ފަސޭހަ ކަމާއި އެކު އުތުރަށް ދަތުރު ކުރެވޭނެ ގޮތްވާން.. ހުވަދޫ ކަނޑަކީ 64 ކިލޯމީޓަރުގެ ކަނޑެއް.. މި ބަލަނީ އިންޑިއާގެ ކުންފުންޏަށް ވާނެކަމަށް.. މިވެސް ހަމަ "އަނގައިން" ނިންމާވެލޭނެ ކަންކަން.. ހަމަ ވޯޓް
ހަނި
06 September 2023
އުގެނުމާއި އުގަންނައިދިނުމުގެ ހައްގު ހަނިކުރުން އުގަންނައިދޭން ޓީޗަރުންނަގަން މަޖުބޫރުކުރާ ލައިސަންސް ވެސް ކެންސަލް ކުރޭ
އަފްރާސިޔާބު
06 September 2023
އަހަރެންގެ ރަށްޓެއްސަކު ބުނީ ތިތަން ހިއްކަން ނަގާނެޔޯ އަދި 5 އަހަރު. އެއީ ދުނިޔޭގައި އޮތް އެންމެ ފުން ވިލަށް ވީމަޔޯ؟ އެއީ ފުންމިނުގައި އެންމެ ތިލަތާނގައި 100ފޫޓް ހުންނާނެތީއޯ؟
ފްރެންޑް
06 September 2023
އާނ. އެކަމަކު މަބުނީމެއްނު އެ ފުން ބައި ހިއްކާފަ ހަދަނީ ޕޯޓޭ. ގޯތި ދޭން ހިއްކާ އޭރިއާ އެހާ ފުނެއް ނޫނޭ. އެތަން ހިއްކާވެސް ނިމިއްޖެޔޭ ދެން ގާތްގަނޑަކަށް މިހާރު. އެއް ކަންފަންތުންނޭ އަޑު އަހަނީ ތި
ބޮޑުމީހާ
05 September 2023
ރަނާއި ރިހި ދިނަސް އިބޫއަށް ދޭނެ ވޯޓެއް ނެތް
އަފްރާސިޔާބު
06 September 2023
ރަނާއި ރިހި ކަލެއް މީހަކު ދޭކަށް ނޫޅޭ.
ކަނޑުވެރިޔާ
05 September 2023
ކަނޑުން ގޯތި ދިނަސް ވޯޓެއް ނުދޭނަން
ރަދީފްއޮފިޝަލް
06 September 2023
ސާބަހޭ ބްރޯ.
ކޮސްނާ
05 September 2023
ވޯޓު ގުޅުވާނީ ފުލެޓު ލިސްޓާ .އަކްރަމަށް ވެދުން ސަލާމް
ޑިވެހިން
06 September 2023
މީދިވެހިންގެ ފެންވަރަކީ. ބިމެކާއި ފުލެޓެކަށް ވޯޓު ވިއްކާލަނީ. ކިހިނެއް މިގައުމު ކުރިއަރާނީ