އަލިފުއްޓަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރާއްޖޭގެ އުތުރުން ރައީސް ވަޑައިގަންނަވާ އެންމެ ފަހު ރަށް. މި ރަށަކާ އެކު އުތުރުގެ ހުރިހާ ރަށަކަށް ރައީސް އަށް ވަޑައިގެންނެވުނީ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރ. އަލިފުއްޓަށް މިއަދު ވަޑައިގަތުމުން ސަޕޯޓަރުން މަރުހަބާ ކިޔަނީ. -- ފޮޓޯ: އެމްޑީޕީ
05 ސެޕްޓެމްބަރ 2023 - 19:07
މި އަހަރު ނިމެންވާއިރަށް ރ. އަލިފުށީ އެއާޕޯޓްގެ މަސައްކަތް ނިންމައި، އެތަން ހުޅުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ އުތުރުން ވަޑައިގެންނެވި އެންމެ ފަހު ރަށަކީ އަލިފުއްޓެވެ. މި ރަށަކާ އެކު، އުތުރުގެ ހުރިހާ ރަށަކަށް ރައީސް އަށް ވަޑައިގެންނެވުނީ އެވެ.
ރައީސް އަލިފުއްޓަށް ވަޑައިގަތީ މިއަދު އިރުއޮއްސެނިކޮށެވެ. އެމަނިކުފާނު އަލިފުއްޓަށް ވަޑައިގަތުމުން މި ރަށުގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
އަލިފުށީ ބަނދަރު ސަރަހައްދުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ، އަލިފުށީ އެއާޕޯޓަކީ މި ރަށު ރައްޔިތުންގެ އުއްމީދުތަކާ އެންމެ ބޮޑަށް ގުޅިފައިވާ މަޝްރޫއު ކަމަށެވެ. އެ މަސައްކަތް އަވަހަށް ނިންމުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރ. އަލިފުށީގައި. -- ފޮޓޯ: އެމްޑީޕީ
"އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރިން އަލިފުށީ އެއާޕޯޓްގެ މަސައްކަތް ނިންމާނަން،" ރައީސް ވިދާޅުވި އެވެ.
އަލިފުށީ އެއާޕޯޓްގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ހަދަމުން އަންނަ އެ އެއާޕޯޓަށް ބޭނުންވާ 50 ހެކްޓަރުގެ ބިން، މިހާރު އަންނަނީ ހިއްކަމުންނެވެ.
• އާޓިފިޝަލް ބީޗެއް ހެދުން.
• ކުނި މެނޭޖުކުރާ ސެންޓަރެއް ހަދަން އިތުރު އެއް ހެކްޓަރުގެ ބިން ހިއްކާނެ.
• ފްލެޓް ނުވަތަ ރޯހައުސް އިމާރާތްކުރުން.
• ފުޓުބޯޅަ ދަނޑު ތަރައްގީކުރުން.
• ލައިސަންސް ޓްރެކެއް ހެދުން.
• ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓެއް.
• ސްކޫލުގައި މަލްޓިޕާޕަސް ހޯލަކާއި ސައިންސް ލެބެއް.
• ސްޕޯޓްސް ކޮމްޕްލެކްސްއެއް.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަން އިސްހާޤު
06 September 2023
ޔާމީން ގައްދޫ ރައްޔިތުންކާރީ ވައުދުވި މާވާރުލު އެއާޕޯޓް ނިންމީ އިބޫ ސޯލިހު. ޔާމީން ފަރެސްމާތޮޑާ ރައްޔިތުންކާރީ ވައުދުވި އެއާޕޯޓް ބިންގާއަޅާ ނިންމީ އިބޫ ސޯލިހު. އަދިވެސް އަދިވެސް.. އެމްޑީޕީއަށް ނުވިކަމަކީ ޔާމީންހެން އިބޫގެ ސަރުކާރު މާރކެޓް ނުކުރެވުން.
ހުބޖި8
06 September 2023
31 ޑިސެމްބަރ 2023 ގެ ކުރިން ނިމޭތޯ ބަލާނީ ދޯ
ރޮދިވެހިން
06 September 2023
މިވަރުންދަންޔާ އަދި ގޭ ކޮޓަރީގަ ވެސް އެޔާޕޯޓް އަޅާދޭން ދިވެހިން ގޮވަން ފަސާނެ. ސަބުސިޑީ ދީގެން ގެއްލުމުގައި ހޮންގަން ޖެހިނަސް އެޔާޕޯޓެއް ކޮންމެ ރަށަކު އޮންނަންވާނެ
އިބްރ
05 September 2023
ތިޔަޔެން މަނިކުފާނު ވާ ވައުދެކޭ ކަނޑުގައި އަޅާ ރޮނގެކޭ އެއްފަދަ. ގަބޫލއކުރާނީވެސް ހަމަ ތިކަހަލަ ކޮހެއް.
ބޮޑުމީހާ
05 September 2023
ވެރިކަމާއި ހެދި މޮޔަވީ އަންނި ކަމަށް ދިވެހިން ހީކުރީ. އެކަމަކު މިހާރު ވިސްނިއްޖެ އަންނިއަށްވުރެ 5 ދަރަޖަ މަތީގަ މިމީހަކު މިއުޅެނީ. ދެވަނަ ދައުރެއް ހޯދަން ނުވާ ވައުދެއް ނެތް. 2018 ގަ ވީ ވައުދުތައް ހުރި ގޮތަށް ހުރީ. ގައުމު މިއޮތީ 114 ބިލިއަނުން ދަރައި. ކުރިއަށް އޮތީ ބަނަ ދުވަސްތަކެއް
ލެއްގިކޮމިޝަނަރ
05 September 2023
އިބުރާހިމާ! ތިއެއާޕޯޓަކީ މަނިކުފާނުގެ ފުރަތަމަ ދައުރު ނިންމަދޭން ވައުދުވި ކަމެކޭ. މިހާރު ތިކިޔަނީ 2ވަނަ ދައުރެއް ލިބުނީމައޭ އެކަންވާނީ. 2ވަނަ ދައުރަށް ހޮވުނީޔާ ދެން މިރަށާ ދިމާލަށް ބޯކޮޅުވެސް ނުލާނެކަން މަށަށްޔަގީން. މަށާ މަގޭއޤއިލާއާ އެކުވެރި ރަހުމަތްތެރިންގެ ވޯޓް މިފަހަރު ލިބޭނީ 4ނަންބަރަށް. އެމްޑީޕީއަކީ ވައުދުވެ އެވައުދު ނުފުއްދުމުގެ ސަގާފަތެއް އަށަގަނެފައި އޮތްކަމަށް ތާރީހު ބުރަވާ ޕާޓީއެއް.
އޮނަރަބްލް އަފީފު ދީދީ
05 September 2023
އެހެންވީއްޔާ އިންޑިޔާގެ ރެނާޓަސް އާއި އެފްކޮސް ކުންފުނިން މިފަހަރު ޖެޕާނާއި އެމަރިކާ ތުރުކީއާއި ކޮރެއާ އަދި ޔޯރޮޕް އިއްތިހާދުގެ އެއްވެސް ކުންފުންޏަކުން މިހާތަނަށް ހޯދާފައި ނުވާ އީޖާދުތަކެއްކޮށް، ކަނޑު ހިއްކައިގެން ރަންވޭ އަޅާ 90 ދުވަހުގެ ތެރޭގައި އެތަނުން ހިދުމަތް ދެވޭގޮތްހަދައި މިދެންނެވި ޤައުމުތަކާއި އެ ޤައުމުތަކުގެ ކުންފުނިތައް މިފަހަރު ލަދު ގަންނުވާލާނެ.
ިސުއހއޖއ
05 September 2023
ދެވަނަ ދައުރެއް ދިނަސް ނުނިމޭނެ. ނިންމައިފިއްޔާ ސައިދޭނަން
ހަބސވ
05 September 2023
ކޮމަންޑޫ ބުރިޖުވެސް އެފަދަ
އަލްމުދިޝް
05 September 2023
ދެވަނަ ދައުރެއް ހޯދަން މިހަދާ މަކަރަކީ ދައުރުގެ ފަހުކޮޅުގައި ރައްޔިތުން ވާވައްދައިގެން ތަރައްގީގެ ކުށްލި ހާލަތު އިޢުލާން ކުރައްވަނީއެވެ. ޔާމިން ގެ ފަސްއަހަރު ނިމެން އުޅުނު އިރު ހުރިހާ ތަރައްގީގެ ހުރިހާ ވަޢުދުތަށް ވަނީ ފުރިހަމަ ކުރައްވާފައެެވެ. މާތް ﷲ ލޯބިވޮޑިގެން ވަނީ އިޅްލާސްތެރިން ދެކެއެވެ.
ިއިެުއު
05 September 2023
ކުއްލި، ކުށްލި އެއް ނޫން.