06 ސެޕްޓެމްބަރ 2023 - 09:53
ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައްޔިތުންނަށް ކުރިމަތިވި އަނިޔާތަކާއި ހިތްދަތިކަމަށް ދަރިކަލުން ފާރިސް މައުމޫން މާފަށް އެދިވަޑައިގެންފި އެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް މާފަށް އެދިވަޑައިގަތީ މައުމޫންގެ ވެރިކަމުގައި ރައްޔިތުންނަށް ދިން އަނިޔާތަކާ ގުޅޭގޮތުން އާންމުގެ މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި، އޭރު ހިނގީ އަނިޔާވެރިކަމެއް ނޫން ކަމަށް ފާރިސް ވިދާޅުވުމުން ސޯޝަލް މީޑިއާގައި އަމާޒުވި ފާޑުކިޔުންތަކާ އެކުގަ އެވެ.
ފާޑުކިޔުންތަކާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުކުރެއްވި ކުރު ވީޑިއޯއެއްގައި ފާރިސް ވިދާޅުވީ، ބައްޕާފުޅުގެ ވެރިކަމެއްގައި ބަޔަކަށް އަނިޔާތަކާއި ހިތާމަތަކެއް ކުރިމަތިވިކަން އެއީ ހަގީގަތެއް ކަމަށާއި އެކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި އޭރު ލިބުނު އަނިޔާތަކުގެ ހިތާމާގައި އެތައް ބަޔަކު އަދިވެސް ތިބިކަން ގަބޫލުކުރައްވާ ކަމަށް ވެސް މައުމޫންގެ އެންމެ ދޮށީ ދަރިކަލުން ފާރިސް ވިދާޅުވި އެވެ.
މަޢާފަށް އެދުން: pic.twitter.com/910r53iuI0
— faris 🇲🇻 🇵🇸 (@afarismaumoon) September 5, 2023
"އެއީ އަޅުގަނޑު ދޮގުކުރާ ކަމެއް ނޫން. އަދި މިކަމަށްޓަކައި ތިޔަ ބޭފުޅުންގެ އަރިހުން އަޅުގަނޑު ނިހާޔަތަށް މާފަށް އެދެން،" ފާރިސް ވިދާޅުވި އެވެ.
މީގެއިތުރުން، މައުމޫންގެ ވެރިކަމުގައި ހިނގީ އަނިޔާވެރި ކަމެއް ނޫން ކަމަށް ވިދާޅުވެވުނީތީ ވެސް ފާރިސް މާފަށް އެދިވަޑައިގަތެވެ. އަދި އޭނާއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ، އެ ހުރިހާ ފަރާތްތަކަށް "ތަސައްލީ"އެއް ހޯދައި ދެއްވައި ދެން އެފަދަ ކަމެއް ކުރިމަތިނުވާނެ ކަން ކަށަވަރުކުރުމަކީ އަމިއްލަ ޒިންމާއެއް ކަމަށް ހައްދަވާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުލާމް....
09 September 2023
އަޅުގަނޑު ގަބޫލުނުކުރަން މައުމޫނުއަކީ އަނިޔާވެރި ބޭފުޅެއްކަމަށް، ވެރިކަން ހޯއްދަވަން ކޮންމެކަމެއް ކޮންމެ ވާހަކައެއް ދެއްކީމަ ރަގަޅެއްނުވާނެ، ދެކުކުދިން ތިއްބެވީ ބައްޕަ ޖަލައްލާ އަނިޔާކުރެއްވި ބޭފުޅާއާއިއެކު....
ޕޮލިސީ1
07 September 2023
ފާރިސްގެ ޚިޔާލުތައް ސީރިއަސްވެފައި އިޚުލާސްތެރި. އަދި ފަހަތިގައި އެހުންނެވި ޑރ. އަބުދުއއ ސައްތާރަކީ ދުނިޔޭގެ ފެންވަރުގައިވެސް ގަބޫލުކުރެވޭ ޕަބްލިކު ޕޮކިސީ ދާއިރާގެ މާހިރެކެވެ. އަޅުގަޑުގެ ވޯޓު ފާރިސްއަށް. މިގޮތަށް ކަޑައެޅީ ބަހުސް ބަލާގައި. އަދި ފާރިސްއާއި ސައްތާރުގެ ޕްރޮފައިލް ބަލާފައި. ބަހުސްގެ ކުރިން ހިތަކަށްވެސް ނާރާ ފާރިސްއަށް ވޯޓު ދޭކަށް.
އެންދެރިކަލޯ
07 September 2023
މީހަކު މަރާފައި ނުކުމެހުރެ ތިޔަކަމަށް ތިމަންނަ ޒިންމާވަމޭ ބުނީމާ ނިމުނީ ކަމަށް ހީކުރަނީ މޮޔައިން. ލިބުނު ގެއްލުމަށް މަޢާފަށް އެދެމޭ ބުނީމާ ނިމުނީ ކަމަށް ހީހުރަނީވެސް މޮޔައިން. މިހާރު މޮޔައިން ވަރަށް މަދުވެއްޖެ.
ނަފްސު
06 September 2023
އެއްވެސް މީހެއްގެ ކުށުގެ ޒިއްމާ އެހެންމީހެއް ނަގާކަށް ނުޖެހޭނެ. އެކަމަކު ވެރިކަމަށް ކުރިމަތިލާ އިރުގައި ބައްޕަގެ ވެރިކަމުގައި މީހުނަށް ލިބުނު އަނިޔާއާ މެދު މައާފަށް އެދުމަކީ ދެވޭ ރަނގަޅު މެސެޖެއް. އެކަމާ މެދު ރުޅިވެރިކަން ފާޅުކުރާ މީހުންގެ މަގްޞަދާ މިޒާޖު ސާފު.
ރަގަޅު
06 September 2023
ފާރިސް މާފަށް އެދުމަކީ ފާރިސްކުރި ވަރަށް ރަގަޅުކަމެއް. އެކަން ނުކޮށްވެސް ފާރިސަށް ކުރިއަށް ދެވުނީސް. ބަހުސްގައިވެސް އެންމެ ގިނަ ހަރުދަނާ ވާހަކަތަކެއް ދެއްކީ ފާރިސް. މާލެ ނޫން ގޮތެއް ހޯދަދޭން ސީރިއަސްކޮށް ވިސްނާފަ ހުރި ހަމައެކަނި ކެނޑިޑޭޓަކީ އެއީ. ބައްޕާފުޅުގެ މަގުން ފާރިސް ދާނެ ކަމަކަށް ނުބެލެވޭ. އެއިރަށްވުރެ ރަގަޅު ހަރުދަނާ ވެރިކަމެއް ކުރެވިދާނެ 30 އަހަރުގެ ރަގަޅު ކަންކަމުން ފިލާވަޅު ހޯދައިގެން އަދި އެއިރު ހިނގި ގޯސްކަންކަން ތަކުރާރުނުކޮށް
ސައިތަށި
06 September 2023
ވަރަށް ރަނގަޅު ތިޔަކަން ކުރެއްވީތީ ފާރިޝްއަށް ސާބަސް އެކަމަކު މީވޯޓާ ގުޅޭ ސާބަހެއްނޫން
ވަރަބިންދާލި ކޮތަރު
06 September 2023
މިއަދު އެމީހުންގެ ތެރެއިން ގިނަބަޔަކު ވަނީ ބަރްޒަޚުގެ އާލަމުގަ . ގިނަބަޔަކު ނިޔާވީވެސް ބަލިވެ އުޅުމެއް ވެސްނެތި ފަތިސް ނަމާދު ކޮއް ނިދާފަ ތިބޭއިރު ނުހޭލިމަ ބަލާއިރު ތިބެނީ ނިޔާވެފަ . އެމީހުން ގެ ބަސް އެހި އަނ ބިން ވެސް އެފަދަ . މުހައްމަދު ހާޖީވެސް ހަމަ އެފަދަ . ރަށަށް ދާން ވެގެން ނިކުމެ ގޭދޮށުގަ ހުންނަ ބާބުއްލަޢަވާލީން ކާރަށް އަރާތަން ފެނުނީ ވިދާޅުވި ހުން ޖެހިގެން ހޮސްޕިޓަލަށް ވަޑާގަންނަވާކަމަށް ދެން އަޑު އިވުނީނިޔާވި ވާހަކަ .
ރަނގަޅު
06 September 2023
އަސްލު ފާރިސް އަށް އެއްޗެހިކިޔާކަށް ނުޖެހޭ އެކަމާ، އެއީ ފާރިސް ބައިވެރިވުންއޮތްވެރިކަމެއްނޫން، މީހަކު ކަމެއްކުރުމަކީ އެމީހާގެ މުޅިއައުލާދު ގެ ހައްގުތަށްނަގާލަންޖެހޭކަމެއްނޫން. ޢެބަޔަކުގެ ބައިވެރިވުން އެކަމުގަނެތްހިނދު. ކޮންމެ މީިހަކަށްވިޔަށް.
ގުރާ
06 September 2023
ވެރިކަން އެންމެ ރަނގަޅަށް ކުރެއވީ ހަމަ ރައީސް މައުމޫން. ހުރިހާ ކަމެއްގައިވެސް މެދުމިން އިޚްތިޔާރު ކުރެއްވީ. ހަމަގައިމުވެސް ގައުމުގައި އަމަންއަމާންކަން އޮތް. މީހުންގެ ލަދުހަޔާތް ކެނޑިގެނެއްނުދޭ. ގޭގެ ކުޑަދޮރު ހުޅުވާފަ ބޭރުގަ ކިތަންމެއިރަކު އުޅެފަ އަޔަސް މީހަކު ނުވަންނާނެ.
ތުނިޔަ
06 September 2023
މާފަށް އެދުމަކީ ރީތި ސިފައެއް! ޢެހެންނަމަވެސް ބައްޕާފުޅު ކުރެެއްވި ވެރިކަމުގެ ޒިންމާ އުފުއްލަވަންޖެހޭނީ ބައްޕާފުޅު ނޫންތޯ؟