މުއިއްޒު މިއަދު މާލޭގައި ކެމްޕެއިން ކުރައްވަން ޒުވާނުންތަކަކާ ސަލާން ކުރައްވަނީ.---ފޮޓޯ: ޕީޕީއެމް
06 ސެޕްޓެމްބަރ 2023 - 19:41
މާލޭގެ މީހުންނަށް ގޯތި ދިނުމަށްޓަކައި ގުޅިފަޅާއި ގިރާވަރުފަޅުން މިހާރު ނުހިއްކާ އޮތް ސަރައްހަދު އަދި ފުށިދިއްގަރުފަޅު އޭނާގެ ވެރިކަމުގައި ފުރަތަމަ އަހަރު ހިއްކައި ނިންމާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މާލޭގެ ޖަގަހައެއްގައި ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި މި ސަރުކާރުން ހިއްކާފައިވާ ވަރަށް ވުރެ ބޮޑު ސަރަހައްދެއް ގުޅިފަޅުން ހިއްކައިދޭނެ ކަމަށެވެ. ވިދާޅުވީ، ގުޅިފަޅުގައި ނުހިއްކައި ބާއްވާނީ ބަނދަރަކަށް ބޭނުންވާ ޖާގަ އެކަނި ކަމަށާއި އެ ބޭފުޅުންގެ މާސްޓަޕްލޭންގައި ވެސް އޮތް ގޮތް ކަމަށެވެ. އޭނާ ނިންމަވާފައި ވަނީ މުޅި ގިރާވަރާއި ފުށިދިއްގަރުފަޅު އެއްކޮށް ހިއްކާށެވެ.
"މި ހުރިހާ ހިއްކުމެއް ނިންމައިދޭނަން ފުރަތަމަ އަހަރުގެ ހަ މަސް ތެރޭގައި ނޫނީ 6-12 މަސް ތެރޭގައި އެންމެ ގިނަ ވެގެން،" މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމުގައި މާލެ ސަރަހައްދުން އަލަށް ހިއްކާ ތަންތަނުން އޭނާގެ ވެރިކަމުގެ ފުރަތަމަ އަހަރު ގޯތި ދޫކުރަން ފަށާނެ އެވެ. އަދި ލުއި ލޯނު ދީގެންނާއި ސަރުކާރުގެ ކުންފުނި މެދުވެރިވެގެން ގެދޮރު އެޅޭނެ ގޮތް ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
މުއިއްޒު މިއަދު މާލޭގައި ކެމްޕެއިން ކުރައްވަން އެމްޑީޕީގެ ސަޕޯޓަރުންތަކަކާ ސަލާން ކުރައްވަނީ.---ފޮޓޯ: ޕީޕީއެމް
"ދާއިމީ ހައްލެއް މާލޭގެ ރައްޔިތުންނަށް ހޯދައި ދޭނަން،" އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވަނީ މި ސަރުކާރުން މާލޭގެ މީހުންނަށް ދޫކުރި ބިންތަކުގައި ގެދޮރު އެޅުމަށް އޭނާގެ ސަރުކާރެއްގައި އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން މިއަދު ވެސް ތަކުރާރު ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ، އިންތިހާބަށް ދެ ދުވަހަށް ނުވަތަ އެއް ދުވަހަށް ވުމުން ވަގުތީ އެހީތެރިކަން ފޯރުކޮށްދޭން މީހުން އަންނާނެ ކަމަށެވެ. އެކަމަކު، ގައުމީ ކަންކަމުގައި ވަގުތީ އެހީތެރިކަމަށް ވުރެ ގައުމު އިސްކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
މުއިއްޒު މިއަދު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވި އަނެއް ކަމަކީ މާލޭގެ މީހުންނަށް ކުރިމަތިވެފައިވާ ވެމްކޯގެ މައްސަލަތަކެވެ. އޭނާ ވިދާޅުވީ، މާލޭގެ ގޭގެ އިން ކުނި އުކުމަށް ވެމްކޯ އިން ބޮޑު ފީއެއް ނަގާ ކަމަށާއި އެ މަސައްކަތް ބޮޑު ތަކުލީފަކަށް ވެފައިވާ ކަމަށެވެ. އޭގެ ސަބަބުން ބައެއް ކުދި ކުންފުނިތައް ވެސް ބަނގުރޫޓްވާ ހިސާބަށް ގޮސްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒަށް ތާއީދުކުރާ ޒުވާނުންތަކަކާ އެކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ޕީޕީއެމް
"އަޅުގަނޑު ދޭ ޔަގީންކަމަކީ އަޅުގަނޑަށް ރައްޔިތުން އިތުބާރު ކުރައްވައި މި އަންނަ ހޮނިހިރު ދުވަހުގެ ވޯޓުގައި މި މާލެ ސިޓީން ވޯޓު ދެއްވައި އަޅުގަނޑު އިންތިހާބު ކޮށްފި ނަމަ މި ވެމްކޯގައި މި ހުރި އެއްވެސް ގޮތަކަށް ބަލައި ނުގަނެވޭނެ ބޮޑު އަގުތައް ކުޑަކޮށްދީ، ރައްޔިތުންނަށް ފޯރާނެ ގޮތަކަށް ހަދައިދޭނަމޭ،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވެމްކޯގެ އަގުތައް ބޮޑުކޮށްގެން އުޅެނީ އެ ކުންފުންޏަށް ފައިދާ ނުވެގެނެއް ނޫނެވެ. މައްސަލައަކީ އެ ތަން ހިންގަން ނޭނގުން ކަމަށާއި އިހުލާސްތެރި ވެރިން ހަމަޖައްސައިފި ނަމަ އެކަން ހައްލު ވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މާލެ އަށް ކުރިމަތިވެފައިވާ ޕާކިންގެ މައްސަލަ ހައްލު ކުރުމަށްޓަކައި މަލްޓި ސްޓޯރީ ޕާކިން ބިލްޑިންގްތައް ހަދާނެ ކަމަށެވެ. މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ހަދާ އެ ޕާކިން ބިލްޑިންގްތަކުގައި ހަތަރުފުރޮޅުލީ ވެހިކަލްތަކަށް ޖާގަ ދޫކުރާނެ ކަމަށް ވިދާޅުވި އެވެ.
"ދެން އޭގެ މާނައަކީ މީގެ ފަހުން އިމާރާތްތައް އެޅުނީމައޭ އެއްގޮތަކަށް ވެސް ގޭގެއިން އަގު ބޮޑުކޮށް ގަރާޖު ހޯދާކަށް ނުޖެހޭނެއޭ. އަޅުގަނޑުމެން މިދޭ ޕާކިން ސްލޮޓަކީ އެ ކާރު ނުވަތަ އެ ވެހިކަލް ބާއްވަން ދޭ ގާނޫނީ ބާރުވެރިކަން، ގާނޫނީ ހައިސިއްޔަތު ދީފައިވާ ވެހިކަލް ގަރާޖު ސްޕޭސް. އެ ތަނަށް ރަޖިސްޓަރީ ކުރާނީ ވެސް. އާ ވެހިކަލެއް ގެންނަ ނަމަވެސް އެ ސްލޮޓް ލިބިގެން އެ ތަނަށް ރަޖިސްޓަރީ ކުރާނީ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު މިއަދު މާލޭގައި ކެމްޕެއިން ކުރައްވަން ބަޔަކާ ސަލާން ކުރައްވަނީ.---ފޮޓޯ: ޕީޕީއެމް
މުއިއްޒު ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ދެ ފަރާތް ފެނިވަޑައިގެންފައިވާ ކަމަށާއި ޕާކިން މައްސަލަ އަށް ދާއިމީ ހައްލު ގެންނާނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ.
"އެހެންވީމާ ރައްޔިތުންގެ ފަރާތުން ހިންގޭނެ ލާމަރުކަޒީ ނިޒާމެއް ސަރުކާރުގެ އެހީތެރިކަމާއެކީގައި ހިންގޭ ތަން އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ދައްކުވައި ދޭނަން،" އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ އަސްފާގު
07 September 2023
މުއިޒާއި ޔާމީނަކީ މާލޭގެ ރައްޔިތުންގެ ދުސްމިނުން. މި މީހުނަކީ މާލޭގެ ރައްޔިތުން ބިކަކުރި ދެމީހުން. 7 އަހަރު މިނިސްޓަރުކަން ކުރިއިރު މާލޭގެ ރައްޔިތުންނަށް ޖެއްސުން ކުރުމުގަ ދެވުނު ގޯއްޗެއް އޮތްތޯ، މާލޭގައިހިނގާ ބިނގާވާ މަގުތަށް ބަންދުކުރުމުގަ އުޅުނީ. އަނިޔާ ނޫންކަމެއް މި މީޙުންގެ ފަރާތުން ފެނޭތޯ. މީކީ ނޫންތޯ އަނިޔާވެރިކަމަކީ.
އަލިބެ
07 September 2023
ރައްޔިތ, މާލެ އަކީ ވަކި ރަށެއް. ދެން އެދިމާލު މުޅި ކަނޑުގައި އޮންނަ ފަޅުތަކާ ގިރިތައްވެސް ވަނީ މާލެ އަށް? މާލެ ތިޔައީ ރާއްޖެތެރެއެއް ނޫންތެ? މާލޭގަ އެޑްރެހެއް އޮތީމަ ހިތަށް އަރަނީ ދޯ ތިމަންނާއަކީ މާބޭފުޅުކަން ބޮޑު މީހެކޭ
އައުޓްކާސްޓް ދަރިކޮޅު
07 September 2023
މަވެސް މާލޭ ނަސްލު ގިބްތީއަކަށް ނުވީތީ ދެރައީ.
މި ވެސް ކިޔާ
07 September 2023
ވަރަށް ރަނގަޅު ވާހަކަ އެއް. ޖޮއިން ވާން އެންގުމަށްފަހު ޖޮއިން ނުވާ މީހުންނަށް ވެސް ބިން ދިނީ. ވަރަށް ބޮޑު ބޭ އިންސާފެއް. މީ ހަމަ އިބޫގެ ސަރުކާރެއް އޮތަސް ރިވިއުކުރަން ޖެހޭ ކަމެއް.
ސާބަސްދޯ
07 September 2023
ބަލަގަ! ހަމަ ކުރަމުންދާ ކަންކަން ވަޢުދު ވަނީތަ؟ ތިގޮތަށް ފުށިދިއްގަރު ފަޅުން ގޯތިން ދިންމީހުން އަދިވެސް އެތިބީ ލިޔުން ރައްކާކޮށްގެން،
އިލި
07 September 2023
މުއިޒަކީ ކޮޕީކެޓެއް .............ޕަކާސް
އާރީ
07 September 2023
މުއިޒް ތި އުޅެނި ހާދަ ފަހަތުގައޭ. ރައީސް ސޯލިހު ވައުދުތައް ކޮފީ ތިކުރަނި.
ބބބބވވ
07 September 2023
ހޯހޯ އިބޫ އަގުބޮޑު ބިންތައް ހިލޭ ބަހާލީތީ އިބޫއަށް ވޯޓު ނުދޭން ނިންމީ. މިހާރު މުއިއްޒުވެސް ތިދަނީ އެމަގުން. މިއަދާހަމައަށް މުއިއްޒުއަށް ވޯޓުދޭން ހުރީ. ދެން އިބޫއަށް އަދި މުއިއްޒަކަށްވެސް ނޫން މަގޭ ވޯޓު
ފަލަސްތީން
07 September 2023
މުއިޒު ބޮޑުތަނުން ރިޔާސީ އިންތިހާބު ނަގާނެ އިންޝާﷲ
ހަސަނު
07 September 2023
މިހާރު ތިޔަ ފުށިދިއްގަރު ފަޅުންވެސް ގޯތި ހަމައެކަނި މާލޭ މީހުންނަށް? މުޅި ކާފު އަތޮޅަކީ މާލޭ މީހުންގެ ތަރިކް މުދާތެ? އަޖައިބެއް
ރައްޔިތ
07 September 2023
ދެން މާލެ ސަރަހައްދު ވާން ޖެހެނީ ރޓ މީހުންގެ ތަރިކަ މުދަލަކައްތަ؟
ަފއި
07 September 2023
މަލޭ އަކީ ހަމަ މާލޭގެ މީހުންގެ ތަނެއް، އެތަނުގެ ވަޒަންވެރިންނަކީ ވެސް މާލެމިހުން