މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލްގެ މެމްބަރު ޒަމީރު ޕީޕީއެމަށް ސޮއިކުރައްވައި އޭނާގެ ފޯމު ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒާ މިއަދު ހަވާލު ކުރައްވަނީ.---ފޮޓޯ: ޕީޕީއެމް
06 ސެޕްޓެމްބަރ 2023 - 21:58
މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު އިދިކޮޅު ޕީޕީއެމަށް މިއަދު ސޮއިކުރައްވައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.
މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު މިއަދު މާލޭގައި ބޭއްވި ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ޒަމީރު ވަނީ އޭނާގެ ފޯމު މުއިއްޒާ ހަވާލު ކުރައްވައިފަ އެވެ.
މާލެ ސިޓީ ކައުންސިލްގެ މެމްބަރުކަމުގައި ތިންވަނަ ދައުރު ފުރުއްވަމުން ގެންދަވާ ޒަމީރު "މިހާރު" އަށް މިރޭ ވިދާޅުވީ، ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި މުއިއްޒު ވަރުގެ ގާބިލް އަދި ތަރައްގީ ގެނެވޭނެ ކެންޑިޑޭޓަކު ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ، މާލޭގެ މޭޔަރުކަމުގެ އިންތިހާބުގެ ކެމްޕެއިނަށް މުއިއްޒު ނުކުމެވަޑައިގަތީ މާލެ ތަރައްގީ ކުރާނެ ގޮތުގެ ޕްލޭނެއް ހިފައިގެން ކަމަށާއި މިހާތަނަށް އެ ޕްލޭންގެ 75 ޕަސެންޓް ހާސިލް ކޮށްފި ކަމަށެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު، ޒަމީރަށް މަރުހަބާ ވިދާޅުވެ އޭނާގެ ގައިގައި މިއަދު ބައްދާލައްވަނީ.---ފޮޓޯ: ޕީޕީއެމް
"ހާސިލް ނުކުރެވި އޮތް ކަމެއް ވިއްޔާ ނުވެ އޮތީ ސަރުކާރުގެ ސަބަބުން. އެހެން ނޫނިއްޔާ މިހާރު ބޮލަށް ވެއްޓެން ކައިރި ވެފައިވާ ސިނަމާލެ ފްލެޓްތައް ވެސް ހުންނާނީ އަޅާފައި. ޕާކިން އަށް ވެސް ހައްލު އަންނާނެ. މާލޭގެ 10 މަގުގައި ވެސް އޮންނާނީ ތާރު އަޅާފައި. މި ސަރުކާރުގެ ގޯސްކަމުން އެ ކަންކަން ނުވީ،" ޒަމީރު ވިދާޅުވި އެވެ.
ޒަމީރަކީ އެމްޑީޕީގެ އެތެރޭގެ ކޯޅުމުގެ ތެރޭގައި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެއްކޮށް މިހާތަނަށް ހުންނެވި ބޭފުޅެކެވެ. އެކަމަކު، ފަހަކަށް އައިސް ހުންނެވީ ސިޔާސީ ކަންކަމާ ދުރުގައި ހިމޭނުންނެވެ.
ޒަމީރު ވިދާޅުވީ، މާލޭގެ 10 މަގެއްގައި ތާރު އަޅަން ސިޓީ ކައުންސިލުން އާރުޑީސީއާ ހަވާލުކުރުމުން މި ސަރުކާރުން "ބަޖެޓް ފޭރިގަތީ" ކަމަށެވެ.
"އެހެން ނޫން ނަމަ މިހާރު އޮންނާނީ މާލޭގެ 10 މަގުގައި ތާރު އަޅައި ނިންމާފައި،" އޭނާ ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލްގެ ސުޕަ މެޖޯރިޓީ އޮތީ ޕީޕީއެމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުހުސޭނު
07 September 2023
ތިދެން މުޅި މާލެ މުއިއްޒު އަށް ލިބުނީ
ދިފްލާ
07 September 2023
ސާބަހޭ ޒަމީރު ވަރަށްވެސް ރަގަނޅު ނިންމުމެއް މީ ހަމަ ސަތޭކަ
ޒަމީލް އަހުމަދު
07 September 2023
މަރުހަބާ ޒަމީރު ވަރަށް ރަގަނޅު ވިސްނުމެއް
މުހައްމަދު މޫމިން
07 September 2023
ވަރަށް އުފާވެރި ހަބަރެއް ހަމަ ގިނަ ބަޔަކު އަންނަންވީ މޭޔަރުގެ ފަހަތަށް އިންޝާﷲ އެއްބުރުން ކާމިޔާބުވާނެ
ދިޔާނާ އަހުމަދު
07 September 2023
ސާބަހޭ ޒަމީރު
ހަމްދާ
07 September 2023
ވިސްނޭ ބޭފުޅެއްވިއްޔާ އަރާނީ ހަމަ މޭޔަރުގެ ފަހަތަށްކަން އެނގޭ
ގުދުގުދާބެއްޔާ
07 September 2023
މިޒަމީރުގެ ފަހު ކައުންސިލްގެ ދައުރު މިގުނަނީ! ދެން ޖެހޭނީ ރޯނުވަށަން ދާން!
މުއްކުރު އިއްލި
07 September 2023
ބޭކާރު ވޯޓެއް މީނަ އަށް ދެވުނީ!
ޑާންސް
07 September 2023
ދެފެންދޭތެރޭ ނުހުރެ ކުރިންވެސް ތިގޮތަށް ނިންމާލިނަމަ،، ހަގީގަތުގަ ޕޕމ އަށް ސޮއިކުރީކީނޫން ސިޔާސީ ކުރިމަގު ނިންމާލީ،، ނޫންނަމަ އަދި ތިތާވެސް ނުހުންނާނެ،، ޕޕމ އިންތިހާބީ އެއްވެސް ސްލޮޓެއް ނުލިބޭނެ..
އެމީލިއޯ
07 September 2023
މަހީކުރީ ތިޔައީ ކުރިންވެސް ޕީޕީ އެމް މީހެއް ކަމައް