ރައީސް، ހުޅުދޫގެ ކެމްޕެއިން ޓީމްއާ ބައްދަލުކުރައްވަނީ
07 ސެޕްޓެމްބަރ 2023 - 10:29
ކުރިއަށް އޮތް ދެ ދުވަހު ގަދައަށް ކެމްޕެއިންކޮށް، އެ މަނިކުފާނު ރިޔާސީ ދެވަނަ ދައުރަކަށް އެއްބުރުން އިންތިހާބު ކޮށްދިނުމަށް އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިން ޓީމުތަކުގައި މިއަދު އެދިވަޑައިގެންފި އެވެ.
އައްޑޫ ހުޅުދު އަށް ވަޑައިގެން ކެމްޕެއިން ޓީމުތަކާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދެ ދުވަހު ނިދަން އުޅޭނެ ކަމެއް ނެތް ކަމަށާއި ދެން ގެއަށް ވަންނަން ވާނީ ވޯޓުލާ ނިންމައި، ކާމިޔާބު ހޯދައިގެން ކަމަށެވެ.
"ކެމްޕެއިން ޓީމުތައް އެއް ގިޔަރު މައްޗަށް ޖައްސާލާށޭ. ކުރިއަށް މި އޮތް ދެ ދުވަހު ނިދަން އުޅޭނެ ކަމެއް ނެތް. އަޅުގަނޑުމެންނަށް ދެ ދުވަހު ތިބެވޭނެ ނުނިދާ ވެސް. އިރާދަކުރެއްވިއްޔާ އެއްބުރުން މިކަން ނިމޭނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"އިންތިހާބުގެ ނަތީޖާއެއް ބަދަލުކޮށްލަން ބޭނުން ވަނީ އެންމެ ވޯޓެއް. ނުކުމެ އެންމެން ވެސް ވޯޓުލާށޭ. އާއިލާ އާއި ރައްޓެހިން ވެސް ނުކުމެ ވޯޓުލާށޭ."
ރައީސް ވިދާޅުވީ، އެ މަނިކުފާނު އައްޑު އަށް ވަޑައިގަތުމުން ރޭ ފެނިވަޑައިގަތީ ހަގީގަތުގައި ވެސް އިންތިހާބު ނިމި، އެމްޑީޕީ އަށް ކާމިޔާބުވެފައި އޮތް މަންޒަރު ކަމަށެވެ. ރާއްޖޭގެ އެހެން ރަށްތަކުން ވެސް ފެނުނީ އެ މަންޒަރު ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަނީ މިކަން ހަމަ ހަގީގަތުގައި ވެސް ނިމިފައި އޮތް ތަން،" ރައީސް ވިދާޅުވި އެވެ.
ހުޅުދޫން ރައީސަށް މަރުހަބާ ދަންނަވަނީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި ދެވަނަ ދައުރެއް އެ މަނިކުފާނަށް ފެނިވަޑައިގަންނަވަނީ މާ އުފާވެރިކޮށެވެ. އައްްޑު އަށް ވީ ވައުދުތައް ފުރިހަމައަށް ފުއްދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އައްޑު އަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ރައީސް ހުޅުދު އަށް ވަޑައިގަތުމުން މި ރަށުގެ ކެމްޕެއިން ޓީމުން ވަނީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަށް ހުޅުދޫން ބޮޑު ތާއިދެއް ދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. ހުޅުދު އަކީ "ދަ ޑިމޮކްރެޓްސް"ގެ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަށެކެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުން 130،000 އަށް ވުރެ ގިނަ ވޯޓު އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ އެވެ. މި އަދަދަށް ވޯޓު ލިބިއްޖެ ނަމަ ދެވަނަ ބުރަކަށް ނުގޮސް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ރޭ އައްޑު އަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކި އެވެ. ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވި ގޮތުގައި، އެއީ އައްޑޫން ސިޔާސީ ބޭފުޅަކަށް މިހާތަނަށް އެންމެ ގިނަ ބަޔަކު މަރުހަބާކީ ފަހަރެވެ.
ގަން އެއާޕޯޓްގައި ދަމާލި ސަފުގެ އެންމެންނާ ސަލާމް ކުރުމަށް ރައީސް ދޮޅުގަޑިއިރު ހޭދަ ކުރެއްވި އެވެ. އޭރު "ދަ ޑިމޮކްރެޓްސް"ގެ ކެންޑިޑޭޓް އިލްޔާސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އައްޑޫގައި ކެމްޕެއިންގައި އުޅުއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަރަވެސް ބިންދާލި
08 September 2023
ރައީސަށް ވެރިކަން ދީގެން އަގަނަގައިގެން ތިބޭކަށް ނުވިސްނަށް ރައީސަށް ވުރެ ގާބިލް މީހުން ތިބޭއިރު ރައީސަށް ނޫނެކޭބުނުން ގައުމަށް ކޮއްދެވޭނެ ހޮޔޮކަމެއް . މުހިއްމީ ގައުމު . ރައީސެއް މުހިއްމެއް ނޫން .
ކަޅުބެއިބްރާހިމްފުޅު
07 September 2023
އަނިޔާ ވެރިކަމަށްވުރެ މިނިވަންކަން މާ މުހިއްމެވެ.
ބޮޑުމީހާ
07 September 2023
5 އަހަރުތެރޭ 70 ބިލިއަން ޚަރަދުކޮށް ދައުލަތުގެ ދަރަނި 114 ބިލިއަނަށް އެރުވި. ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގައި ޚަރަދުކުރެވުނީ 40 ބިލިއަން. މި 70 ބިލިއަން ހިންގީ ކޮންޕްރޮޖެކްޓެއް. ބްރިޖެއްނެތް، ފްލެޓެއް ނެތް، މަގެއް ނެހެދޭ، އެއާޕޯޓެއް ނެހެދޭ،...ދަރިންގެ ދަރިންނަށް ހުރި ދަރަނި
ބިއްޖެހި
07 September 2023
ކޮންރާއްޖެއެއްގަތަ ރޯނުއެދުރުކިލެގެ ތިއުޅެނީ. ކޭމެން މާލޭ ބިންވެެެރި މަހުޖަނުން އަދިވެސް މަމެން ރަށްރަށު ނިކަމެތިނައް މާލެއިން ފުލެޓު ހުވަން ދައްކާގެން މަމެން ބުރަަސައްކަތުން ހޯދާ ލާރިކޮޅު ފެލައިލާގެން ތިބެ ލަދެއް ނުގަނޭތަ އަދިވެސް މާލޭ ހަފަރާތުން ބުރިޖު އަޅާ ވާހަކަ ދައްކަން؟ އެއްވެސް ރަށަކުން އަސާސީ ހިދުމަތް ތި 40ބިލިޔަނުން ނުދެވުނު އިރު. އެކަމ ތާރީހުގަ އަލައް އިބޫ އެއޮތީ ކުދިބޮޑު ހުރިހާ ރަށަކައް އަސާސީ ހިދުމަތްދީފަ. މާލޭ އެކަނިތަ ރާއްޖެއަކީ؟
ަސޭޑް
07 September 2023
ކިހާބޮޑު ކަމެއްތަ. ކަލޭމެންް ތިބޭ ނުނިދާ ގައުމު ވިއްކާ އަޅުވެތިކޮށްފަ ހަޅޭއްލަވާ އަތްޖަހަން. ދިވެހިންނަށް މިހާރު ފުދިއްޖެ
3333
07 September 2023
ކަލޭ އެކަނިތަ ދިވެއްސަކީ
އަލްމުދިޝް
07 September 2023
ގިޔަރު މަތިކުރާނެ ފޯމިއުލާއެއް ކައިލީން ކިޔާދެއްވާށެވެ. !
ޤާދިރުބެ
07 September 2023
ކޮބާ އެއްލައްކަ 30 ހާސް ވޯޓް؟
މިއައު
07 September 2023
މިދިޔަ ހުކުރު ދުވަހު ނިންމައިފީމެންނުން؟ ކާކުތަ ހިސާބު ކަންތަކުގަ މިއުޅެނީ
ސަސި.
07 September 2023
ތިގޮތަށް ނުނިދާތިބެ، އެންމެ ފަހުން ވެރިކަން ވެއްޓުނުއިރު އެންމެން ނިދާފަތިބީ. ދެން މި ކިޔަނީ މަ ހޭލިއިރު ވެރިކަން ވެއްޓިފައޭއޮތީ
މަހުޖޫ
07 September 2023
އަހަރެމެން އެުމުޑީޕީ އައް އެތައް އަހަރަކު ޖާނާ މާލުން ގުރުބާންވިން އޭގެ ފޮނިމީރުކަން މިބޯލީ އެހައްދުވަހު ޕާޓީއާ ގުޅި ކޯލިސަން ހެދިފަރާތްތައް
ބިއްޖެހި
07 September 2023
ސިކުނޑި ކިޔާ އެއްޗެއް ދައްނަންތަ ސިކުނޑި. ޔޫ ސިކުނޑި ހޯދާ ފެނިއްޖިއްޔާ ދެން ބުރަމަސައްކަތް ކިޔާ އެއްޗެއް ހޯދަން ދެނ އުޅޭ. އޭރުން ޔޫ އަށް ވެސް ފޮނިމީރު ކަމާ ދިމާވާނެ މުޖައްރިބު
މުކޭ.
07 September 2023
ގޮތްނޭނގޭ އެއްބަސް ވުންތައް ފިއްކަނޑައިގެން ދާވަރުވޭ