ކުޅިވަރު

ރީތި ޕާސިން ގޭމެއް ކުޅެ ބޮޑު ތަފާތަކުން ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް

ރާއްޖޭގެ ޓީމު ކޮޅަށް ލަނޑު ޖެހުމަށް ފަހު އިންޑިއާގެ ކުޅުންތެރިން އުފާފާޅު ކުރަނީ: ފޮޓޯ: ދަ ބްރިޖް

08 ސެޕްޓެމްބަރ 2023 - 18:04

9 comments

ހިތްގައިމު ރީތި ޕާސިން ގޭމެއް ކުޅެ ރާއްޖޭގެ މައްޗަށް 8-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ 16 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް އިންޑިއާ ދަތުރުކޮށްފި އެވެ.

ބޫޓާނުގައި މިހާރު ކުރިއަށްދާ މުބާރާތުގައި އިންޑިއާގެ އެންމެ ބޮޑު ތަފާތަކީ އެ ޓީމުން ދަމަހައްޓަމުން އަންނަ ބޯލް ޕޮޒެޝަނާއި ޕާސިން ގޭމެވެ. ގުރޫޕް ސްޓޭޖުގައި ބަންގްލަދޭޝް އަދި ނޭޕާލާ ދެކޮޅަށް ކުޅުނު ދެ މެޗު ގައި ވެސް އިންޑިއާއިން އެ ސްޓައިލް ދެމެހެއްޓި އެވެ. އެ ދެ މެޗު އިންޑިއާ މޮޅުވީ އެއް ނަތީޖަ އަކުންނެވެ. ދެ މެޗު ވެސް ކާމިޔާބު ކުރީ 1-0 ންނެވެ.

އިންޑިއާގެ އެމްޑީ އަބްޝާ އާއި އައިރްބޯލަންގް ކަރްތަންގްމާވް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހައިފަ އެވެ.

ފުރަތަމަ ހާފުގައި ރާއްޖޭގެ ޓީމަށް އެއް ވެސް މަސައްކަތެއް ނުކުރެވުނެވެ. އިންޑިއާ އެ ހާފް ނިންމާލީ ދެ ލަނޑުގެ ލީޑްގައި އޮވެގެންނެވެ.

މެޗުގެ 21 ވަނަ މިނެޓްގައި ވިޝާލް ޔަދޭވް އިންޑިއާ އަށް ލީޑް ނަގައިދިނީ މުހައްމަދު ކައިފް ނަގައިދިން ބޯޅައިންނެވެ. ދެވަނަ ލަނޑު ކައިފް ޖެހީ ނެގި ކޯނަރަ ބޮލުން ގޯލްގެ ތެރެއަށް ވައްދައިލައިގެންނެވެ.

އައިރްބޯލަންގް ކަރްތަންގްމާވް ލަނޑު ޖެހުމަށް ފަހު އުފާފަޅު ކުރަނީ: އޭނަ ވަނީ އިންޑިއާ އަށް ދެ ލަނޑު ޖަހައި ދީފަ --- ފޮޓޯ: އޭއިއެފް

ދެވަނަ ހާފްގެ ކުރީކޮޅު ލެވިޝް ޒަންގްމިންލުން ވަނީ ރޫޅި ހާވިއާ ވެފައި އޮތް ރާއްޖޭގެ ޑިފެންސްތެރެއިން ވަދެ އިންޑިއާގެ ތިންވަނަ ލަނޑު ޖެހައި ދީފަ އެވެ. އޭގެ 10 މިނެޓް ފަހުން ކަރްތަންގްމާވް އިންޑިއާގެ ހަތަރު ވަނަ ލަނޑު ޖެހި އެވެ.

މަންބްހާ މަލަންގިއަން އިންޑިއާގެ ފަސްވަނަ ލަނޑު ޖެހީ 70 ވަނަ މިނެޓްގަ އެވެ. އަބްޝާ ވަނީ 78 އަދި 84 ވަނަ މިނެޓްގައި އިންޑިއާ އަށް ލަނޑުތައް ޖަހައި ދީފަ އެވެ. އޭނާގެ ދެވަނަ ލަނޑު ޖެހުމުގެ ކުރިން ކަރްތަންގްމާވް އިންޑިއާ އަށް ހަތްވަނަ ލަނޑު ޖަހައިދިނެވެ.

ފައިނަލުގައި އިންޑިއާ އާ ވާދަކުރަން ޖެހޭނީ ބަންގްލަދޭޝާއި ޕާކިސްތާނުގެ ތެރެއިން ޓީމެކެވެ. ގުރޫޕް ބީ ގެ އެއްވަނަ ހޯދި ޕާކިސްތާނާއި އިންޑިއާ ހިމެނޭ ގުރޫޕް ބީ ގެ ދެވަނަ ހޯދި ބަންގްލަދޭޝް ސެމީ ފައިނަލު ދެވަނަ މެޗުގައި މިއަދު ވާދަކުރާނެ އެވެ.

9 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 23%
icon angry icon angry 32%
icon wow icon wow 5%
icon inlove icon inlove 18%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސ. އާދަމް

18 September 2023

ކިތަންމެހާވެސް ދެރަ، މިހެން މިވާންމިޖެހެނީ ރާއްޖޭގެ ފުޓްބޯޅަ އިދާރާގެ ސަބަބުން. ތިޔަ ކުދިން ތިޔަ ކުރި ހިއްވަރަށް ނިހާޔަތަށް ޝުކުރުވެރިވަން.

The name is already taken The name is available. Register?

އިސްލާހު

11 September 2023

މިހިރަ މިހިރަ ކަަންކަމަކީ ތާރީޚު ގައި ލިޔެވިފައި ހުންނާނެ ވާހަކަ ތަކެކެވެ. މިކަމުން ބައްސާމު އެފްއޭއެމް ހިންގި ގޮތް އެނގެން އޮންނާނެއެވެ. މިފަދަ ނާގާބިލް މީހަކު މިހާތަނަށް އަދި އެފްއޭ އަށް ނާންނަ ކަންވެސް އެނގެން އޮންނާނެއެވެ.

The name is already taken The name is available. Register?

އިސްލާހު

10 September 2023

މިފެންނަނީ މިސަރަހައްދުގައި ރާއްޖޭގެ ފުޓްބޯޅަ ކުރިއަރާފައިވާ މިންވަރެވެ. އޭގެ ކުޑަކުޑަ މިސާލެކެވެ. މިކަން އަހަރެން އަޅުވާނީ ސީދާ އެފްއޭއެމް ހިންގަން ތިބި މީހާގެ ބޮލުގައެެވެ.

The name is already taken The name is available. Register?

ގުޑްބައި އެފްއޭއެމް

09 September 2023

މުޅިއަހަރުދުވަހުގެ އެތަކެއް ދުވަސްތަކުގައި ބައްސާމު ރައުމުން ބޭރުގައި ކުރަނީ ކޮންކަމެއްތޯ ބަލާ ހިސާބަށް އަދިވެސް ނުދަނީތަ؟ އެހާ ގިނަ ދުވަހު ގައުމުން ބޭރުގައި ކުޅިވަރާގުޅޭ ކަމެއް އޮންނާނެބާ އޮތީ!! މިހިރަކަންކަން ނުބެލީ އެމީހުން އުޅޭނެ ދުނިޔެއެއްގައި އުޅެން ދޫކޮށްލެވިއްޖެއްޔާ އޭނަ އެތާހުރުމުގެ ބޭނުމެއްކޮބާ؟؟ ހައްތަހާވެސް އަޑުއިވެނީ މުސާރަނުދޭވާހަކަ، މުބާރާތައްދާން ކުޅުންތެރިން ޓިކެޓްގަޑެއްވެސް ނުލިބޭވާހަކަ!!

The name is already taken The name is available. Register?

ބަލަ

09 September 2023

މިހާހިސާބަށް ދާއިރު އެންމެންނަށްވެސް އެގޭ އެއްޗަކީ ރާއްޖޭގެ ފުޓޫބޯޅަ ދުވަހަކުވެސް ދަށަޢް ނުދާވަރަށް ދަށައްހިގައްޖެއޭ. ބައްސާމު އަދި ޝަވީދު ރާއްޖޭގެ ފުޓޫބޯޅަ ހަލާކު ކުރީ އަދިވެސް އެބައްސާމު އެތަނުން ފައިބާކަށް ނުވޭތަ؟މާޒިޔާ ސަޕޯޓު އެކުރަނީ ބައްސާމް އަށް ވަރިހަމަ މުޅިރާއްޖޭގެ ފުޓޫބޯޅަ ހަލާކުވިޔަސް މާޒިޔާގައި މުޅި ޤައުމީޓީމުއޮވެ އެއުޅެނީ ނިއުހެދި ރެކޯޑު މުގުރާލެވޭތޯތަ؟ ބަލަ ވިކްޓަރީ ނިއު ފުރަތަމަ ޑިވިޝަނަށް ނުގެނެސް ދެނެއް ފުޓުބޯޅައިގެ ފޯރި ނުހިފާނެ

The name is already taken The name is available. Register?

ލަރޭ

09 September 2023

ބަންގްލަދޭޝް އަދި ނޭޕާލާ ކުޅެގެން 1 ގޯލް ޖެހުނު އިރު ރާއްޖެ ކޮޅަށް 8؟ މި ދެގައުމަށްވުރެ ރާއްޖެ ފެންވަރު ދަށޭ މާނަ އަކީ. ރާއްޖޭގަ އެކަމް 1 ވަނަ ޑިޥިޝަން ކުޅުންތެރިންވެސް ތިބި. އެވެސް ހާލުގަ އޮތް ޑިވިޝަނެއް. ރާއްޖެތެރޭ މުބާރާތްތަކުގަ ކުޅެން ކުޅުންތެރިން ފޮނުވާ އެއްވަނަ ޑިވިޝަން ހުއްޓާލާފަ. މާފޯރިގަދަ، މާ ކޮމްޕެޓިޓިވް. ޜަށްރަށު މުބާރާތްތަކަށް ބޭސްކޮށްފަ އުމުރު ފުރާތަކުގެ ގައުމީޓީމަށް ކުޅުން ތެރިން ނަގަންވީ. މާލެއަށް ބޭސްކޮށްފަ ނެގީމަ ލިމިޓްވޭ ހުނަރު

The name is already taken The name is available. Register?

ނިޒާމްބެ

09 September 2023

އާސަންދައިން ކަވަރު ވާނެތޯ ތި ދަންނަވާ ބޭސްތައް؟

The name is already taken The name is available. Register?

އަދޫރޭ

08 September 2023

އެހެންނު ވާނީ، ބައްސާމު އުޅުއްވަނީ ގަނޑު ފިއްލާ ކުޅުއްވުމުގަ ވިއްޔަ!

The name is already taken The name is available. Register?

ސާބަސް ހަމަ

08 September 2023

ކެޓިޔަސް އެއްވެސް ކުއްޖަކު މާޔޫސް ނުވާތި އެނބުރި ރާއްޖެ އައިސް އިތުރައް މަސައްކަތްކުރާތި ހުރީހާކުދިންވެސް. ފަހަތަށްނުބަލާ ކުރިޔައްތެވޭތޯ ބަލަންވާނެ. ތިޔަލިބުނީ ވަރަށްރަނގަޅު ފިލާވަޅެއް. ކުރިހކއްވަރައް މަރުހަބާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454