ސެލޫން ފެމިނާގެ އެތެރެ. -- ފޮޓޯ: ސެލޫން ފެމިނާ
08 ސެޕްޓެމްބަރ 2023 - 21:52
ސެލޫން ފެމިނާގެ އަހަރީ ދުވަހާ ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނަކީީ އެ ސެލޫނަށް ނުވަ އަހަރު ފުރުން ފާހަގަކުރުމަށް ހުރިހާ ކަސްޓަމަރުންނަށް ނުވަ ޕަސެންޓުގެ ޑިސްކައުންޓު ދޭ ޕްރޮމޯޝަނެކެވެ. އަދި މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް ހިލޭ ތްރެޑިންގެ ހިދުމަތް ވެސް ލިބޭނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.
ސެލޫން ފެމިނާ އަކީ މޭކަޕް، ހެއާ ސްޓައިލިން، ހެއާ ކަޓިން، ހެއާ ޓްރީޓްމަންޓުގެ އިތުރުން މެނިކިއޯ އަދި ޕެޑިކިއޯގެ ހިދުމަތާއި މަސާޖުގެ ހިދުމަތްވެސް ދޭ ތަނެކެވެ. މި ތަނުން ބޮޑީ ވެކްސިންގެ ހިދުމަތް ދޭ އިރު މި ތަނަކީ ސާފުތާހިރުކަމަށް އިސްކަން ދިނުމުގެ ގޮތުން ވެކްސް ކުރާއިރު ޑަބަލް ޑިޕް ނުކުރުމުގެ ހަރުކަށި ޕޮލިސީއެއް ގެން ގުޅޭ ތަނެކެވެ.
ބިއުޓީގެ ގިނަ ހިދުމަތްތަކެއް ދޭ މި ސެލޫނުން ބޮޑީ ސްކްރަބިން އާއި ފޭޝަލް ގިނަ ޓްރީޓުމަންޓުތަކެއް ވެސް ލިބެން ހުރެ އެވެ. ސެލޫން ފެމިނާއިން ބުނި ގޮތުގައި ކުރިއަށް އޮޮތް އަހަރުގެ އަމާޒަކީ ހުޅުމާލޭގައި ދިރި އުޅޭ ކަސްޓަމަރުންނަށް ފަސޭހައިން ހިދުމަތް ދިނުމުގެ ގޮތުން ހުޅުމާލޭގައި ހިދުމަތް ދޭން ފެށުމެވެ.
ސެލޫން ފެމިނާ އަކީ އަންހެނުންނަށް ހާއްސަ ސެލޫނެކެވެ. އެ ސެލޫނަކީ ހުރިހާ ފަންތިއެއްގެ މީހުންނަށް ހިދުމަތް ހޯދޭނެ އަގުތަކެއް ހުރި ސެލޫނެއް ކަމަށާއި، ހިތްހަމަޖެހުމާއި ނަފްސާނީ ދުޅަހެޔޮކަމަށް ސެލޫނަކަށް ދާން ބޭނުން ކޮންމެ މީހަކަށް ވެސް އަގުހެޔޮކޮށް ހޯދޭނެ ހިދުމަތްތައް ހުންނާނެކަން އެ ސެލޫނުން ފާހަގަ ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy