ޚަބަރު / ރިޔާސީ އިންތިޚާބު 2023

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

ރިޔާސީ އިންތިހާބުގެ ގިޔާސުއްދީން ސްކޫލުގައި ބަހައްޓާފައިވާ ފޮއްޓަށް ވޯޓުލުން ބަންދުވީކަމުގެ ބޯޑު ހިފައިގެން އޮފިޝަލަކު ކިޔޫގައި.-- ފޮޓޯ: މަރްޔަމް ޝަނާ /މިހާރު

09 ސެޕްޓެމްބަރ 2023 - 07:26

34 comments
09 ސެޕްޓެމްބަރ 20:00

އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނި ގޮތުގައި ވޯޓު ލައިފައިވާ ނިސްބަތް އުޅެނީ 75 ޕަސެންޓްގައި. ވޯޓު ލައި ނުނިމޭތީ މިހާރު ވެސް ބައެއް ވޯޓު ފޮށިތަކަށް ވޯޓު ލުން ކުރިއަށް އެބަ ދޭ. މި އިންތިހާބުގައި ވޯޓު ލައިފައިވާ މީހުންގެ އަދަދު 75 ޕަސެންޓްގައި ހުރެއްޖެ ނަމަ އެއީ، ފަހުން ބޭއްވި އިންތިހާބުތަކަށް ބަލާއިރު ވަރަށް ދަށް އަދަދެއް.

09 ސެޕްޓެމްބަރ 18:13

މިހާތަނަށް 100 އަށް ވުރެ ގިނަ ފޮށީގެ ނަތީޖާ ލިބިފައި ވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ލިބިވަޑައިގެންފައިވަނީ ވަރަށް ތަފާތު ކުޑަކޮށް. މި ދެ ބޭފުޅުން 40 ޕަސެންޓުން މަތީގައި އުޅުއްވާއިރު ދެން ތިއްބެވި ކެންޑިޑޭޓުންނަށް ނިސްބަތުން ލިބުނު ވޯޓު ވަރަށް މަދު.

09 ސެޕްޓެމްބަރ 17:00

ރިސޯޓްތަކުގެ ވޯޓު ފޮށިތަކުގެ ނަތީޖާތައް މިހާރު ވަނީ އިއުލާންކުރަން ފަށައިފައި. އެކަމަކު މާލެ އާއި ރަށްރަށުގައި ހުރި ބައެއް ފޮށިތައް ކައިރީގައި އޮތް ކިޔޫ އަދިވެސް ނުނިމޭތީ އެ ފޮށިތަކުގައި ވޯޓު ލުން ކުރިއަށް އެބަދޭ

09 ސެޕްޓެމްބަރ 16:29

މެލޭޝިއާގައި ވޯޓުލާން ބެހެއްޓި ފޮށި މިހާރު ވަނީ ގުނަން ފަށާފައި. ރާއްޖޭގައި ވެސް އެކި މަރުކަޒުތަކުގައި މިހާރު ވަނީ ވޯޓު ގުނަން ތައްޔާރުވެފައި.

09 ސެޕްޓެމްބަރ 16:28

ވޯޓުލުން ބަންދުކުރިޔަސް ބައެއް މަރުކަޒުތަކުގައި ގިނަ ބަޔަކު ވޯޓުލާން ކިޔޫގައި އެބަތިބި.

09 ސެޕްޓެމްބަރ 16:17

އީސީގެ ދެ އޮފިޝަލަކު ވޯޓުލާ މަރުކަޒުގައި: ވޯޓު ގުނަން ފަށާނީ 4:30 ގައި.

09 ސެޕްޓެމްބަރ 16:15

ހަތަރެއް ޖެހުމާ އެކު އީސީގެ އޮފިޝަލުން ކިޔޫތައް ބަންދުކޮށްފި. ކިޔޫގައި ތިބި މީހުން ނިމެންދެން އެ މަރުކަޒެއްގައި ވޯޓުލުން ކުރިއަށް ދާނެ. ވޯޓު ގުނަން ފަށާނީ 4:30 ގައި.

09 ސެޕްޓެމްބަރ 16:09

ވޯޓުލާން ކަނޑާއަޅާފައިވާ ވަގުތު، 4:00 ގައި ހަމަވުމާ އެކު މިހާރު ވަނީ ކިއޫތައް ބަންދުކޮށްފައި. ވަގުތު ހަމަވި އިރު ކިއޫގައި މީހުން ތިބި ފޮށިތަކުގައި ވޯޓުލުން ކުރިއަށް ދާނެ.

09 ސެޕްޓެމްބަރ 15:53

އިލެކްޝަންސް ކޮމިޝަން: ސެކްރެޓަރީ ޖެނެރަލް ހަސަން ވިދާޅުވީ މި އިންތިހާބުގައި ވޯޓު ކިޔޫ ހަަތަރެއް ޖަހާއިރު ބަންދުކުރާނެ ކަމަށް، ވަގުތު އިތުރު ނުކުރާނެ ކަން ކެންޑިޑޭޓުންނާއި މަންދޫބުންނަށް ވެސް އޮންނާނީ އަންގާފައި ކަަމަށް.

09 ސެޕްޓެމްބަރ 15:47

ވޯޓު ނިމެން ކައިރިވި އިރު މަޖީދިއްޔާ ސްކޫލުގެ ކިޔޫ: މާލޭގެ މަރުކަޒުތަކުގައި ފަހު ވަގުތު ފެންނަނީ މަދު މީހުން ކިޔޫގައި ތިބި ތަން.

09 ސެޕްޓެމްބަރ 15:39

މިހާތަނަށް 58 ޕަސެންޓް މީހުން ވޯޓުލިޔަސް މާލޭގައި ފެންނަނީ ފޯރި ކުޑަކޮށް. ވޯޓުލާ މަރުކަޒުތަކުގައި ދިގު ކިޔޫތަކެއް ނެތް. އީސީން އިއުލާންކޮށްފައިވާ ގޮތުގައި ހަވީރު ހަތަރެއްގެ ފަހުން ވޯޓު ކިޔޫ ބަންދުވާނެ.

09 ސެޕްޓެމްބަރ 15:32

ރިޔާސީ އިންތިހާބުގައި މިއަދު ވޯޓު ލުމަށް ފަހު ޒުވާނުންތަކެއް އިނގިލީގެ ފާހަގަ ދައްކާލަނީ.

09 ސެޕްޓެމްބަރ 15:27

އިލެކްޝަންސް ކޮމިޝަން: އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދޭއް ޖެހުމާ ހަމައަށް 58 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށް.

09 ސެޕްޓެމްބަރ 15:24

ޕީޕީއެމްގެ ކަންބޮޑުވުން: ވޯޓުގައި ޖަހާ ފާހަގަ ދެއްކުމާއި ފޮޓޯ ނެގުން ފަދަ ކަންކަން ވޯޓުލާ މަރުކަޒު ތެރޭގައި ހިނގަމުންދާ ކަމަށް އެ ޕާޓީން ބުނޭ. މިއީ ބަލައިގަނެވޭނެ ފަދަ އަމަލުތަކެއް ނޫން ކަމަށް. މިކަން ހުއްޓުވައިދޭން ގޮވާލައި ނެރުނު ބަޔާނުގައި ޕީޕީއެމުން ބުނީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު ވޯޓު ފޮށިތައް ކައިރީގައި ގަވައިދާ ޚިލާފު ބައެއް ކަންކަން ހިނގަމުންދާ ކަމަށް. އެ ޕާޓީން އީސީއަށް ގޮވާލާފައި ވަނީ ގާނޫނާ ޚިލާފު އަމަލުތައް ހުއްޓުވައި ސުލްހަވެރިކަމާއި އަމާންކަމާ އެކު ވޯޓުލުން ކުރިއަށް ގެންދެވޭނެ ގޮތަކަށް ކަންކަން އިންތިޒާމްކޮށްދޭން.

09 ސެޕްޓެމްބަރ 15:17

ބ. ތުޅާދޫގައި މައްސަލަ ޖެހުނު 3ނަމްބަރު ފޮށީގެ ވޯޓުލުން އަލުން ފަށައިގެން ކުރިއަށް ދަނީ: މި ރަށުގެ 3 ފޮއްޓަށް 1376 މީހުން ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު މެންދުރާ ހަމައަށް ވޯޓުލޯ 413 މީހުން. ފޮޓޯ | މިހާރު އައިރިޕޯޓާ

09 ސެޕްޓެމްބަރ 14:55
09 ސެޕްޓެމްބަރ 14:54

އިލެކްޝަންސް ކޮމިޝަން: މިއަދު އެކެއް ޖެހުމާ ހަމައަށް 48 ޕަސެންޓް މީހުން ވޯޓުލައިފި. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން ފިރިހެނުންގެ 24.5 ޕަސެންޓާއި އަންހެނުންގެ 23.4 ޕަސެންޓް. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ ޖުމްލަ 282،2395 މީހުންނަށް.

09 ސެޕްޓެމްބަރ 14:49
09 ސެޕްޓެމްބަރ 14:48

ފުލުހުން ބުނި ގޮތުގައި، އިންތިހާބާ ގުޅޭ އެކި ކަންކަމުގައި މިހާތަނަށް ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި. އޭގެ ތެރެއިން ހަތަރު މީހަކު ވަނީ ދޫކޮށްލާފައި

09 ސެޕްޓެމްބަރ 14:27

ދ. ހުޅުލެދީގައި ބަހައްޓާފައި ހުރި ފޮއްޓަށް ވޯޓުލާން އެ ރަށު ބަޔަކު ކިޔޫގައި: ވޯޓު ލާން 549 މީހުން ރަޖިސްޓްރީވެފައިވާ އިރު މެންދުރު ފަހު ދޭއް ޖެހުމާ ހަމައަށް 349 މީހުން ވޯޓު ލާފައިވޭ. -- ފޮޓޯ: އައި ރިޕޯޓާ | މިހާރު

09 ސެޕްޓެމްބަރ 14:24

ރަށްރަށުގައި ވޯޓުލުން ފޯރީގައި ކުރިއަށް އެބަދޭ: ބައެއް ރަށްރަށުން ވާހަކަ ދެއްކި "މިހާރު"ގެ އައިރިޕޯޓަރުން ބުނި ގޮތުގައި އެ ރަށެއްގައި ވޯޓުލާން ރަޖިސްޓްރީކޮށްފައި ތިބި މީހުންގެ ދެބައިކުޅަ އެއްބައި މީހުން މިހާތަނަށް ވޯޓުލައިފި. ބައެއް ރަށްތަކުގެ ވޯޓުލީ އަދަދުތަކަށް ބަލާއިރު، ވޯޓުލުން ފޮށި ބަންދުކުރަން ހަމަޖެހިފައި އޮތް ގަޑީގެ މާކުރިން ގިނަ ބަޔަކު ވޯޓުލައި ނިމޭނެ.

09 ސެޕްޓެމްބަރ 14:02

ލޯފަން މީހުން އަމިއްލައަށް ވޯޓުލާން ފެށުން: ގާނޫނަށް ގެނައި އިސްލާހާ އެކު ލޯފަން މީހުން އަމިއްލަށް ވޯޓު ލުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ލިބުނީ މި އިންތިހާބުގައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

09 ސެޕްޓެމްބަރ 13:36

އީސީގެ ޕްރެސް ކޮންފަރެންސް: ދެ އޮފިޝަލެއްގެ ޝަކުވާ އއ. ރަސްދޫން ލިބުނު. ކެންޑިޑޭޓަކަށް ތާއީދު ކުރުމުގެ ހަރަކާތެއްގައި ބައިވެރިވުމަކީ އިގުރާރާ ހިލާފު އަމަލަކަށް ވާތީ އެ ދެ އޮފިޝަލުން ވަނީ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައި. ސިޔާސީ ޕާޓީތަކުން ހުށަހެޅި ގޮތަށް ސިޔާސީ ޕާޓީތަކަށް ދޫކުރެވެން އޮތް އެންމެ ގިނަ އަދަދަކަށް ފާސްދޫކޮށްފައިވާ ކަމަށް އީސީން ބުނި.

09 ސެޕްޓެމްބަރ 13:27

ރިޔާސީ އިންތިހާބުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަން އިލެކްޝަން ކޮމިޝަނުން މިހާރު ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސް -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

09 ސެޕްޓެމްބަރ 13:25

ކިޔޫގައި ނުޖެހި ފަސޭހައިން ވޯޓުލެވޭނެ ގޮތް 65 އަހަރުން މަތީގެ މީހުންނަށް ވަނީ ހަމަޖައްސާފައި. މި ނޫނަސް ބައެއް މުއައްސަސާތަކުގެ މީހުންނަށް ވެސް ވަގުތުން ވޯޓު ލެވޭ ގޮތް ހަދާފައިވާ ކަމަށް ހަބީބް ވިދާޅުވި.

09 ސެޕްޓެމްބަރ 13:23

ވޯޓު ބޫތު ބަހައްޓާފައި ހުރި ގޮތުން ވޯޓުގެ ސައްހަކަން ގެއްލޭ ކަމުގެ ޝަކުވާ: ލަފާދޭ ކޮމިޓީގައި މިކަމާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށާއި އެންމެ ރަނގަޅަށް އެކަން ކުރެވޭނެ ގޮތެއް ބަލައި ހައްލުކުރާނެ ކަމަށް ވިދާޅުވި. ހަބީބް ވިދާޅުވި ގޮތުގައި ވޯޓު ކަރުދާހުގައި ފާހަގަ ޖަހާ ތަން ބެލުމަކީ ކުށެއް ކަމަށް. ގާނޫނާއި ގަވައިދާ ހިލާފު އެފަދަ އަމަލުތައް ނުކުރަން ހަބީބް އެދިވަޑައިގަތް.

09 ސެޕްޓެމްބަރ 13:19

އީސީން ބުނީ ބ. ތުޅާދޫގައި ވޯޓު ލުން ހުއްޓިފައި ވަނީ މީހަކު ވޯޓުލަނިކޮށް ވޯޓު ކަރުދާސްކޮޅުގެ ފޮޓޯ ނެގުމުން ކަމަށް. ފޮޓޯ ނެގީ ފާހަގަ ޖަހަން ގެންދިޔަ ގަލަމެއްގައި އިން ކެމެރާއަކުން. އެ މައްސަލަ ހައްލުކޮށް، ވަރަށް އަވަހަށް އެތަނުގައި ވޯޓު ލުން ފެށޭނެ ކަމަށް އީސީން ބުނޭ.

09 ސެޕްޓެމްބަރ 13:17

އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސްގައި ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މިހާތަނަށް 39 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށް. ވޯޓުލުން ކުރިއަށް ދަނީ އަމާންކަމާ އެކުގައި ކަމަށާއި ބައެއް ރަށްރަށުގައި ކޮންމެވެސް ވަރަކަށް މައްސަލަތަކެއް ދިމާވި ކަމަށް ވިދާޅުވި.

09 ސެޕްޓެމްބަރ 12:56

ވޯޓުލާ މަރުކަޒުތަކަށް މަޑުމަޑުން މީހުން ގިނަވެ ކިޔޫ ދަމާލާފައި އޮތަސް 2018 ގެ އިންތިހާބާ އަޅާބަލާއިރު ފެންނަނީ ފޯރި ކުޑަކޮށް. މާލޭގައި ވެސް ބައެއް މަރުކަޒުތަކުގައި މާގިނައިރު ކިޔޫގައި ނުތިބެ ވޯޓު ލުން ނިމޭ.

09 ސެޕްޓެމްބަރ 12:50

އިންތިހާބުގެ ވޯޓު ލުން ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ޕްރެސް ކޮންފަރެންސެއް މިއަދު އެކެއްޖަހާއިރު ފަށާ ގޮތަށް ވަނީ ހަމަަޖައްސާފައި.

09 ސެޕްޓެމްބަރ 12:07

ވޯޓު ލެއްވުމަށް ފަހު ނައިބު ރައީސް ފައިސަލް ނަސީމް މީޑިއާ އަށް ވިދާޅުވީ، ފެނިވަޑައިގަންނަވަނީ މުޅި ރާއްޖޭގައި ވެސް ވޯޓު ލުން ވަރަށް އޮމާންކަމާ އެކު ކުރިއަށް ދާ ތަން ކަމަށް. ނައިބު ރައީސް ވިދާޅުވީ އެ މަނިކުފާނަކީ ރައްޔިތުން ކޮންމެ ގޮތަކަށް ކަންކަން ނިންމިޔަސް އެ ކަމެއް ގަބޫލުކުރައްވާ ބޭފުޅެއް ކަމަށާއި މިރޭ ވޯޓުގެ ނަތީޖާ އަންނަ ގޮތަކުން އެ ކަމަށް އެންމެން ވެސް އިހުތިރާމް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް. ވިދާޅުވީ، ކޮންމެ ގޮތަކަށް މި އިންތިހާބުން ނިންމިޔަސް މުހިންމީ އެންމެން އެކަތިގަނޑަކަށް ވުން ކަމަށް. އަދި ދެވަނަ ބުރަކަށް ދާން ޖެހުނަސް އެކަން ވެސް ކުރަން ވާނީ އަމާންކަން ނުގެއްލޭ ގޮތަކަށް ކަމަށް ވިދާޅުވި.

09 ސެޕްޓެމްބަރ 12:00
09 ސެޕްޓެމްބަރ 11:53

އިލެކްޝަން ކޮމިޝަނުން ބުނީ، ރިޔާސީ އިންތިހާބުގެ ހުރިހާ ތައްޔާރީތައް ނިންމާފައި ވަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގާނޫނުއަސާސީން ކަށަވަރު ކޮށްދޭ ސިއްރު ވޯޓެއް ލެވޭނެ ކަމުގެ ޔަގީންކަމާ އެކު ކަމަށް. ކޮންމެ ވޯޓު މަރުކަޒެއް ހަދާފައި ވާނީ ވެސް ސިއްރު ވޯޓު ލެވޭނެ ކަމުގެ އިންތިޒާމުތަކާ އެކު ކަމަށް އެ ކޮމިޝަނުން ބުނި.

09 ސެޕްޓެމްބަރ 11:48

ނައިބު ރައީސް ފައިސަލްގެ ދެކަނބަލުން މިއަދު ވޯޓު ލެއްވުމަށް ފަހު އިނގިލީގެ ފާހަގަ މީޑިއާ އަށް ދައްކާލައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

09 ސެޕްޓެމްބަރ 11:46

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވޯޓު ލައްވަނީ.

09 ސެޕްޓެމްބަރ 11:31

ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް ހަރަކާތްތެރިވާ އީޔޫގެ ޗީފް އޮބްޒާވަރު އަމޯ "މިހާރު" އަށް އިންޓަވިއު މިއަދު ވޯޓު ލައްވަނީ.-- ފޮޓޯ: މިހާރު

09 ސެޕްޓެމްބަރ 11:30

އިންތިހާބު އޮބްޒާވް ކުރުމަށް ރާއްޖެ އައިސް އުޅޭ އީޔޫ އޮބްޒާވާސް މިޝަނުން ނޫސްވެރިން ގާތުން ބުނީ، ވޯޓުގެ ހުރިހާ މަރުހަލާއެއް ވަކިވަކިން ބަލާނެ ކަމަށް. އެއީ ވޯޓު ލާން ފެށުމުގެ ކުރި އާއި ވޯޓު ލަމުން ގެންދާއިރު އަދި ވޯޓު ގުނުމުގެ މަރުހަލާ ކަމަށް އެ މިޝަނުން ބުނި. އީޔޫ އޮބްޒާވަރުންގެ 40 މީހަކު ރާއްޖޭގައި އެބަ ހަރަކާތްތެރިވޭ. އެ މިޝަނުން އެއްކުރާ ހުރިހާ މައުލޫމާތެއް އަންނަ ހޯމަ ދުވަހު މީޑިއާ އަށް ހާމަކުރާނެ ކަމަށް ބުނި.

09 ސެޕްޓެމްބަރ 11:26

ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވަނީ.-- ފޮޓޯ: ހުސެން ހަބީބު /މިހާރު

09 ސެޕްޓެމްބަރ 11:25

ރިޔާސީ އިންތިހާބުގައ ވޯޓުލާ ކަރުދާސް.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

09 ސެޕްޓެމްބަރ 11:20

ރިޔާސީ އިންތިހާބުގައި ވޯޓުލެއްވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކަންދަރު ސްކޫލުގައި.-- ފޮޓޯ: ހުސެން ހަބީބު /މިހާރު

09 ސެޕްޓެމްބަރ 11:17

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމްގެ ރަނިންމޭޓް ޑރ. އަދީލް ވޯޓު ލައްވަނީ.

09 ސެޕްޓެމްބަރ 11:10

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމް ވޯޓު ލައްވަނީ.

09 ސެޕްޓެމްބަރ 11:06

އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ފާރިސް ވޯޓު ލައްވަނީ.

09 ސެޕްޓެމްބަރ 11:02

ކުރީގެ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މިއަދު ވޯޓުލައްވަން ވަޑައިގަންވަނީ.-- ފޮޓޯ: މިހާރު

09 ސެޕްޓެމްބަރ 11:01

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވޯޓު ލައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

09 ސެޕްޓެމްބަރ 10:49

ރިޔާސީ ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެންމެ ވޯޓު ދެއްވައިފި.

09 ސެޕްޓެމްބަރ 10:28

އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނި ގޮތުގައި 10:00 އާ ހަމއަށް މުޅި ރާއްޖޭން ވޯޓު ލާފައި ވަނީ 36،163 މީހުން. އެއީ 12.81 ޕަސެންޓު މީހުން. އެއީ 22،403 ފިރިހެނުންނާއި 13،760 އަންހެނުން.

09 ސެޕްޓެމްބަރ 10:27
09 ސެޕްޓެމްބަރ 10:23

ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ މަންމާފުޅު ވޯޓު ދެއްވަނީ.

09 ސެޕްޓެމްބަރ 10:22

ލަންޑަނާއި އަބޫ ދާބީގައި ވެސް މީގެ ގަޑިއެއްހާއިރު ކުރިން ވަނީ ވޯޓުލާން ފަށާފައި. މިހާތަނަށް ހުރިހާ ތަނެއްގައި ވެސް ވޯޓުލުން ކުރިއަށްދަނީ އަމާންކަމާ އެކު. އާންމު އިދާރީ ބައެއް މައްސަލަތައް ކުރިމަތިވި ނަމަވެސް ޖުމްލަގޮތެއްގައި އަދި ބޮޑު މައްސަލައެއް ނެތް.

09 ސެޕްޓެމްބަރ 10:14

ޓޫރިޒަމް ދާއިރާގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) މިއަދު ވޯޓު ލައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

09 ސެޕްޓެމްބަރ 10:09

މިއަދުގެ ވޯޓު ލުމަށް ވަޑައިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސެކްރެޓަރީ ފާތިމަތު މުހައްމަދު ސޯލިހާއި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ފޮޓޯއަކަށް ހުއްޓި ވަޑައިގެން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

09 ސެޕްޓެމްބަރ 09:54

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި އަލަށް ވޯޓު ލާ ޒުވާނަކު މިއަދު ވޯޓު ލަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

09 ސެޕްޓެމްބަރ 09:49

ރިޔާސީ އިންތިހާބުގެ ބައެއް މައުލޫމާތު

09 ސެޕްޓެމްބަރ 09:45

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ ވޯޓު ލައްވަނީ.---ފޮޓޯ: މިހާރު

09 ސެޕްޓެމްބަރ 09:40

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުގެ އަނބިކަނބަލުން ވޯޓު ލައްވަން ކިއުގައި.---ފޮޓޯ: މިހާރު

09 ސެޕްޓެމްބަރ 09:32

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް ވޯޓު ލެއްވުން

09 ސެޕްޓެމްބަރ 09:29

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ވޯޓު ލެއްވުން

09 ސެޕްޓެމްބަރ 09:24

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު މިއަދު ވޯޓު ލައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

09 ސެޕްޓެމްބަރ 09:21
09 ސެޕްޓެމްބަރ 09:19

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދެންމެ ވޯޓު ލައްވަނީ. ވޯޓު ލެއްވުމަށް ފަހު އޭނާ މީޑިއާ އަށް ވިދާޅުވީ، ކޮންމެ މީހަކު ވެސް އެ މީހެއްގެ ގާނޫނީ ވާޖިބު އަދާކުރުމަށް އެދިވަޑައިގަންނަވާ ކަމަށް. އެ މީހުން ބޭނުން ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް އެދިވަޑައިގެންނެވި. މުއިއްޒު އެދިވަޑައިގަތީ ހަވީރު ހަތަރެއް ޖަހަންދެން މަޑުނުކޮށް ވޯޓު ލުމުގެ ގާނޫނީ ވާޖިބު ވީހާ އަވަހަކަށް އަދާކުރުމަށް.

09 ސެޕްޓެމްބަރ 09:04

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް: އޭނާ ވިދާޅުވި ގޮތުގައި، އިންތިހާބުގައި ވޯޓު ފޮށި ބެހެއްޓި ތަންތަނުގެ ތެރެއިން އަބޫ ދާބީ އާއި ލަންޑަން ފިޔަވައި ހުރިތާ ތަނެއްގައި މިހާރު ވޯޓުލުން ވަނީ ފެށިފައި

09 ސެޕްޓެމްބަރ 09:01

ރިޔާސީ އިންތިހާބަށް ފުލުހުން ހިންގާ "ބްލޫ ވޭވް" އޮޕަރޭޝަންގެ ޕޯސްޓެއް. މުޅި ރާއްޖޭގައި ވޯޓުލުން ފެށިގެން ކުރިއަށް ދާއިރު ބައެއް ތަންތަނުގައި ކިއޫތައް ދިގު ކަމަށް ވަނީ ބުނެފައި.

09 ސެޕްޓެމްބަރ 08:45

ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖަކު މިއަދު ވޯޓު ލަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

09 ސެޕްޓެމްބަރ 08:44

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް ވޯޓު ލެއްވުމަށް ފަހު، އިނގިލީގައި ޖެއްސެވި ފާހަގަ މީޑިއާ އަށް ދައްކާލައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

09 ސެޕްޓެމްބަރ 08:41

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުގެ ރަނިންމޭޓު އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވޯޓު މިއަދު ލައްވަނީ.-- ފޮޓޯ: ޕީޕީއެމް

09 ސެޕްޓެމްބަރ 08:40

ވޯޓު ލާން ދާންޖެހޭ މަރުކަޒު ޗެކް ކުރާނެ ގޮތް

09 ސެޕްޓެމްބަރ 08:37

ރިޔާސީ އިންތިހާބުގައި މިއަދު މީހަކު ވޯޓު ލަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

09 ސެޕްޓެމްބަރ 08:36

ފުލުހަކު މިިއަދު ވޯޓު ލަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

09 ސެޕްޓެމްބަރ 08:32

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވޯޓު ލެއްވުމަށްޓަކައި މައުލޫމާތު ސާފު ކުރައްވަނީ.---ފޮޓޯ: މިހާރު

09 ސެޕްޓެމްބަރ 08:29

ރިޔާސީ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދާ ގޮތް ބަލަން ރާއްޖެ އައި އީޔޫގެ އޮބްޒާވަރުން.

09 ސެޕްޓެމްބަރ 08:25

މެލޭޝިއާގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓުލާން ގޮސްފައި ތިބި ބަޔަކު އިށީނދެގެން.

09 ސެޕްޓެމްބަރ 08:21

ވޯޓު ލާން ޖެހޭ ފޮށީގެ މައުލޫމާތު ބަޔަކު ސާފުކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

09 ސެޕްޓެމްބަރ 08:20

މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮއްޓެއްގެ ކައިރީގައި އީސީގެ އޮފިޝަލުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

09 ސެޕްޓެމްބަރ 08:11

އިންތިހާބުގެ ވޯޓުލުން ދެންމެ ފަށައިފި. ހެނދުނު 8 އިން ފެށިގެން ހަވީރު 4 ޖަހަންދެން މިއަދުގެ ވޯޓު ލުން ކުރިއަށް ގެންދާނެ. ވޯޓު ލުން ބަންދު ކުރާނީ 4 ޖަހާއިރު ކިއޫގައި މީހަކު ނެތް ނަމަ. އާންމު ގޮތެއްގައި ވޯޓު ގުނަން ފަށާނީ ހަވީރު 4:30 ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ.

ވާދަވެރި އަދި ފޯރިގަދަ ރިޔާސީ އިންތިހާބުގައި ވޯޓުލާން މިއަދު ހެނދުނު ހަތެއް ނުޖަހަނީސް ކިއު ހަދަން ފަށައިފި އެވެ.

މާލެ އާއި ބައެއް ރަށްރަށުގެ ވޯޓުފޮށިތައް ކައިރީގައި މިހާރު ވަނީ ކިއު ހަދައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ހެނދުނު 7:30 އިން ފެށިގެން ކިއު އަށް އެރޭނެ ކަމަށެވެ.

"ވޯޓުލާން ފުރަތަމަ އަންނަ 2 މީހުންގެ ހާޒިރުގައި ސެކިއުރިޓީ އުރަ ކަނޑާލުމަށް ފަހު 8 ޖަހާއިރު ވޯޓުލުން ފެށިގެން ދާނެ،" އޭނާ ކުރެއްވި ޓުވިޓެއްގައި ވިދާޅުވި އެވެ.

ހަބީބް ވިދާޅުވި ގޮތުގައި ވޯޓުލާ ހުރިހާ މަރުކަޒުތަކެއްގައި އޮފިޝަލުން ތިބީ ތައްޔާރަށެވެ.

މަޖީދިއްޔާ ސްކޫލްގައި ބަހައްޓާފައިވާ ވޯޓުފޮއްޓަން ވޯޓުލާން ބަޔަކު އެ ސްކޫލްގެ ބޭރުގައި ކިއު ހަދާފައި.---ފޮޓޯ: މިހާރު

ވޯޓުލާން ހަވީރު 4 ޖަހާއިރު ކިއޫގައި މީހަކު ނެތް ނަމަ ކިއު ބަންދު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ވިދާޅުވީ، އާންމު ގޮތެއްގައި ވޯޓު ގުނަން ފަށާނީ ހަވީރު 4:30 ގައި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ ގޮތުން މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާހުގައި ފާހަގަޖަހަން ޖެހޭނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމަކުންނެވެ. އެހެން ނޫން ނަމަ ވޯޓު ބާތިލުވާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރެ އެވެ. އަދި 282،395 ވޯޓުލާން ޝަރުތު ހަމަވެ އެވެ. އޭގެ ތެރެއިން 27،006 އަށް ވުރެ ގިނަ މީހުންނަކީ 18 އަހަރު ފުރުމާ އެކު މި ފަހަރު އަލަށް ވޯޓު ލެވޭ ޒުވާނުންނެވެ.

ހުޅުމާލެ 2 ގެ ކާމިލް ދީދީ ޕްރީ ސްކޫލްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓުލާން ހެނދުނު 6:30 ގައި ބަޔަކު ކިއޫ ހަދާފައި.

މިއަދުގެ ހެނދުނު 8 އިން ހަވީރު 4 އަށް ބާއްވާ ވޯޓުލުމަށް 574 ވޯޓުފޮށި މުޅި ރާއްޖޭގައި ބަހައްޓާފައި ވެ އެވެ. އޭގެ ތެރެއިން 176 ފޮށި ބެހެއްޓީ މާލެ ސަރަހައްދުގަ އެވެ. ރާއްޖެ އިން ބޭރުގައި 8 ފޮށި ހުންނާނެ އެވެ.

ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް، ސައްހަ ވޯޓުގެ 50 ޕަސެންޓަށް ވުރެ ގިނައިން ނުލިބިއްޖެ ނަމަ ދެ ވަނަ ބުރެއްގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ގަ އެވެ. އެ ބުރުގައި ވާދަކުރާނީ ފުރަތަމަ ބުރުން އެންމެ ގިނައިން ވޯޓު ލިބޭ ދެ ކެންޑިޑޭޓުންނެވެ.

މިއީ މިހާތަނަށް އެންމެ ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބެވެ. ވާދަކުރާ 8 ކެންޑިޑޭޓުންގެ ތެރެއިން ތިން ބޭފުޅަކު ކުރިމަތިލެއްވީ އަމިއްލަ ގޮތުންނެވެ.

34 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 0%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 9%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބައިބައި

09 September 2023

ދެވަނަ ބުރުގައި ރައީސް އެބަޖެހޭ ރައީސް އަރިހުގައި އުޅޭ އެހެން މީހުން ރުޅިއަންނަ އިމްރާން ފަދަ މީހުންނާ ދުރުވަން. ޢިިމްރާންގެ ސަބަބުން އެތައް ބަޔަކު ރައީސަށް ވޯޓުލާން ބޭނުންވިޔަސް ވޯޓުލާކަށް ނުދޭ.

The name is already taken The name is available. Register?

އައިމިނާ

09 September 2023

ރީނދޫ ޕާޓީ ގެ އިސް ފަރާތްތައް އިސްތިއުފާ ދޭންޖެހޭ.

The name is already taken The name is available. Register?

‫މުޙުއްމާ

09 September 2023

‫އިބޫގެ ވެއްޓުމަކީ އިންޑިއާ ސިފައިން. ކޮބާ އެއްކަލަ 130000 ވޯޓް?

The name is already taken The name is available. Register?

އިބުލަންދާ

09 September 2023

ހެހެހެހެ ހިލޭ ގޯތި ދީ ގޯތި ކެނޑީމަވެސް މާލެ މީހުން މުއިއްޒަށް ވޯޓު ދިނީ. އިބޫ ހިލޭ ގޯތިބަހާފަ މާލޭގަ ކުއްޔަށް އުޅޭ މިހުން ރުޅި އަރުވާލުމަކީ ވ ބޯގޯސްކޮށްކުރިކަމެއް

The name is already taken The name is available. Register?

ނިމެނީނިމެނީދޯ

09 September 2023

މިފަހަރު ރިޔާސީ އިންތިޚާބުގައި ނިކުންނާނެ ނަތީޖާގެ ލަފާ. 1. މުއިއްޒު 2. އިބޫ 3. އިލްޔާސް 4. ގާސިމް 5. އުމަރު 6. ކާނަލް ނާޒިމް 7. ފާރިޝް 8. ޒަމީލް. ވެރިކަމުގައި ހުރެމެ ރައީސް އިބޫ ދެވަނަ އަށް ދިއުމުން ދެން ވެރިކަމުގައި ހުންނާނީ އިބޫގެ ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތީމައޭ ގެއަށް ކަނޑާލާ ދެން މިގައުމުގައި އެބަތިއްބޭ ކިޔަވައިގެން ތިބި އިންޖިނިއަރުންގެ ބޮޑު ޖީލެއް މިގައުމު ލޯބިން ބިނާކުރާނެ ފެނަކައިގެ ބޮޑޭ އިންޖިނިއަރިންގް ކިޔެވީ ދުނގެތިވަލުންދޯ

The name is already taken The name is available. Register?

ހިތިރަހަވ

09 September 2023

އިބޫ ގަޅި ކަމުން މާލޭ މީހުންނަށް ހިލޭ ގޯތިދީ ގޯތިކަނޑާ ކަޑަ ޖެހާ މާލޭގަ ކުށް ދިރިއުޅޭ އެތައްހާސް ރައްޔިތުން ރުޅިއަރުވާލުމުގެ ހިތި މިފަހަރު ފެންނާނެ. މާލެމީހުންނަށް ހިލޭ ގޯތި ދިނުމަށް ނިންމުމުގެ ކުރިއަށް މަށާ މަ އިނދެގެން އުޅޭ މީހާއާ ދެ ދަރިންވެސް އިބޫއަށް ވޯޓު ދޭން ތިބީ. ކުލީއަޅުވެތިކަމުގަ ރާއްޖޭގަ ގެދޮރުނެތި ގަނަތެޅޭ ދިވެހިންގެ މޫނުގަ އިބޫ ޖެހި ތަފާލު ވ ރީއްޗަށް އިބޫއަށް ފެންނާނެ. މުއިއްޒަށް ވެރިކަން ލިބުނީމަ މިކަމާ ވިސްނާނެ ކަމަށް ހީކުރަން

The name is already taken The name is available. Register?

އަލްމުދިޝް

09 September 2023

282،2395 މީ އޮޅުމަކުން ޖަހާފަވާ އަދަދެއްތޯއެވެ. މީގެ ކުރިން 282395 ކަމަށް އިއުލާން ކޮށްފަވޭ..!

The name is already taken The name is available. Register?

ފޫހިވޯޓް

09 September 2023

ބައެއްމީހުންގެ ނަން ހަރުއަޑުންއިއްވާފަ އަނެއްބައި މީހުންގެ ނަން ނުކިޔަނީ ކީއްވެ؟ ވޯޓްލާމީހުން އިޝްތިހާރު ކުރަނީ ކީއްވެ؟ މީ މިފަހަރު ކުރާ އާކަމެއް. ހީލަތުގެ އުކުޅެއްނޫންބާ؟ ޕާޓީތަކުގެ އޮބްޒަރވަރުންނަށް ކޮށްދޭ ކަމެއްބާ؟ ޢަނެއްކާ ވޯަޓިންގބޫތާ އޮބްޒަރވަރުންގާތްކަމުން ފާހަގަވެސް އެގޭވަރުވާނެ. އަނެއްކޮޅުން މީޑިއާފާސްއޮންނަ މީހުން، އަހާލުމެއް ހުއްދައެއްނެތި ފޮޓޯވެސް އެބަނަގާ. ޝަކުވާކުރީމަ ބުނީ މީޑިއާފާސްއޮތީމަ ހުއްދަނެތަސް ނެގޭނޭ. ދެންމަވާ ވޯޓަށް ސަލާން

The name is already taken The name is available. Register?

ވަރަވެސް ބިންދާލި

09 September 2023

ވޯޓު ލުމަކީ ވަރަށް ސަލި ކަމެއް . ޒިންމާއެއް . ހޮޔޮ ވިސްނޭމީހުން ގައުމުގެ މުސްތަގްބަލަށް ވޯޓް ލާން ދާނެ .

The name is already taken The name is available. Register?

ޙެހެހެ

09 September 2023

48% މޮޔަ މީހުން. 8 މީހުން ޖަހާ ބެރަށް ހެއްލިގެން. ދެންއޮތް 5އަހަރުވެސް ދާނީ ޗޮކުން ކޮންމެ މީހަކު ހޮވުނަސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454