ވޯޓު ފޮށި ހުޅުވަނީ. ވޯޓުލާ ހުރިހާ މަރުކަޒެއްގައި 9 ޖެހި އިރު ވޯޓުލާން ފެށި-- ފޮޓޯ: މިހާރު
09 ސެޕްޓެމްބަރ 2023 - 12:51
ރިޔާސީ އިންތިހާބުގެ ވޯޓު ލާން ކަނޑައަޅާފައިވާ ހުރިހާ މަރުކަޒެއްގައި ވޯޓު ލާން ފެށުނު ގޮތް ޖުމްލަކޮށް ރަނގަޅު ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.
ޓްރާންސްޕޭރެންސީން ބުނީ، މިއަދު ހެނދުނު 8:00 ގައި ވޯޓު ލާން ފެށިއިރު 85 ޕަސެންޓު މަރުކަޒުތަކުން ވޯޓު ލާން ފެށިތާ 10 މިނެޓު ތެރޭގައި ވޯޓު ލުން ފެށި ކަމަށެވެ. އަދި ހެނދުނު 9 ޖެހި އިރު ވޯޓު ލާން ފެށި ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ. އެ ޖަމިއްޔާ އިން ބުނީ، ވޯޓުލުމުގެ ވަގުތު ޖެހުނު އިރު ހުރިހާ މަރުކަޒެއްގައި ވެސް ގަޑިއަށް އޮފިޝަލުން ހާޒިރުވި ކަމަށެވެ. އަދި ކެންޑިޑޭޓުންގެ މަންދޫބުން ވެސް ވޯޓު ލާ މަރުކަޒުތަކުގައި ތިބި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ޓްރާންސްޕޭރެންސީން ބުނީ، ވޯޓު ލާ މަރުކަޒުތަކުގައި ހުރިހާ ކެންޑިޑޭޓުންގެ މަންދޫބުން ތިބި އިރު 90 ޕަސެންޓު މަރުކަޒުތަކުގައި މަދުވެގެން ތިން ކެނޑިޑޭޓުންގެ މަންދޫބުން ތިބި ކަމަށެވެ. އަދި 72 ޕަސެންޓު މަރުކަޒުގައި ޕީޕީއެން/ޕީއެންސީ ކެނޑިޑޭޓުންގެ މަންދޫބުން ތިރިބި އިރު 71 ޕަސެންޓު މަރުކަޒުގައި އެމްޑީޕީގެ ކެނޑިޑޭޓުންގެ މަންދޫބުން ތިބި ކަމަށެވެ.
އެ ޖަމިއްޔާގެ އޮބްޒާވަރުން ރިޕޯޓުކޮށްފައިވާ ގޮތުގައި 97 ޕަސެންޓް ފޮށިތައް ތައްޔާރުކޮށްފައި ވަނީ ލާ ވޯޓުގެ ސިއްރުކަން ކަށަވަރުވާ ގޮތަށް ކަމަށެވެ. ބާކީ ތިން ޕަަސެންޓު ފޮށިތައް ހުރި މަރުކަޒުތަކުގެ ވޯޓު ލުން ކުރިއަށްދާ ގޮތް އެ ޖަމިއްޔާގެ އޮބްޒާވަރުން ކައިރިން ބަލަމުން އަންނަ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
ޓްރާންސްޕޭރެންސީގެ 400 އެއްހާ އޮބްޒަވަރުން މި އިންތިހާބުގެ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބްރޯސް
09 September 2023
މުޅި އަހަރު ނިދާފަ ހޭވެރިކަން ވީދޯ؟
ޖުމްލަ
09 September 2023
ޖުމްލަކޮށް ރަނގަޅު ވާހަކަ ތިޔަބުނީ މާނަޔައަކީ މައްސަލަ އެބަހުއްޓޭތޯ؟
އިއްބަ
09 September 2023
ޓުރާސްޕޭރެންސީން ކިހިނެއްތޯ ތިބައްލަވަނީ ކޮންމެ ވޯޓްފޮއްޓެއްކައިރީ ސީސީ ކެމެރާއެއް ބަހަށްޓައިގެންތޯ ތިއުޅުއްވަނީ މަވެސް 8 ޖެހިއިރު ހުރީ ވޯޓްލާންގޮސް 3 ވަނައަށް ވޯޓްފޮއްޓަށް ވޯޓްލީމަ އެވޯޓްފޮށިކައިރީގަ އެއްވެސް އޮބްޒާވަރެއްނެތް އެއީ ރިސޯޓްތަކައް ހާއްސަކުރެވިފައިވާ ވޯޓްފޮއްޓެއް އެވޯޓްފޮށި ހުޅުވީ ރިސޯޓް 2 މީހުންގެ ކުރިމަތީގަ ބޭރުގައިން ބޭފުޅެއްކައިރީ އަހާލީމަބުނީ އެބޭފުޅާއަކީ އޮބްޒާވަރެކޭ އަދިވެސްކާޑު ނުލިބޭޔޭ މީދެންބޮޑުވަރު ޕޭރަންސް