ޚަބަރު / ދަ ޑިމޮކްރެޓްސް

ދެ ވަނަ ބުރުގައި މުއިއްޒާ ގުޅޭނެ ކަމުގެ އިޝާރާތެއް ނަޝީދު ދެއްވައިފި

ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރުމަށް ޑިމޮކްރެޓްސް އާއި ޖޭޕީ އަދި އެމްއެންޕީއާއެކު ބޭއްވި ބައްދަލުވުމުގައި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

10 ސެޕްޓެމްބަރ 2023 - 11:21

99 comments

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި، ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާ ގުޅިވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ވެރިކަން ކުރައްވާނެ ބޭފުޅަކު ކަނޑައެޅުމަށް އިއްޔެ ބޭއްވި ވާދަވެރި އިންތިހާބުގައި، ލައްކައަކަށް ވުރެ ގިނަ ވޯޓާ އެކު ކުރީގައި އުޅުއްވަނީ މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒެވެ. މިހާރުގެ ރައީސް އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 39 ޕަސެންޓާ އެކު 84،000 ވޯޓެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ކަށަވަރުކުރުމަށް ކޯލިޝަން ހަދަންޖެހޭ ބަޔަކާ އެކު އެކަން ކުރާނެ ކަމަށް އެމްޑީޕީން ބުނެފައިވަނިކޮށް، އެ ޕާޓީން ވަކިވެ، ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދައިގެން އުޅުއްވާ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަރުކަށި ފިކުރަށް ޖާގަ ދީ އަދި އެ ގޮތްތައް މި ފަސް އަހަރަށް ވުރެ ވަކި ބޮޑަށް ތަންފީޒު ކުރާނެ ސަރުކާރެއް އަތުވެދާނެ ކަމުގެ ބިރުވެރިކަން އޮތް ކަމަށް ދެކެން ދަތި ކަމަށެވެ.

އެ މަނިކުފާނު އެ އިޝާރާތްކުރެއްވީ، މުއިއްޒަށް ހަރުކަށި ފިކުރުގެ މީހުން ތާއިދުކުރާ ކަމަށް ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

މި އިންތިހާބުގައި ވާދަކުރެއްވި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ ތިން ވަނަ އެވެ. ހުޅުދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އިލްޔާސަށް 15،000 ވޯޓު ލިބިވަޑައިގަތެވެ.

99 ކޮމެންޓް, 58 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 2%
icon angry icon angry 81%
icon wow icon wow 0%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަނު މަނިކު

11 September 2023

މަމީ ޑިމެކްރެޓްގެ މެންބަރެއް. ނަޝީދު ޕީޕީއެމްއާއި ގުޅޭ ހިސާބުން މަގޭ ވޯޓު ދެން ދޭނީ އިބޫއަށް. އަބަދަށް ގުބޯހައްދަން ނަޝީދެއްކަމަކު ނޫޅޭތި.

The name is already taken The name is available. Register?

ހަކީމް

11 September 2023

ވަރަށް ސާފުކޮށްމިބުނަނީ އަންނިގެ ވާގި މުއިއްޒު ބޭނުންވާނަމަ މަގޭ ވޯޓު ލާނީ އިބޫއަށް.

The name is already taken The name is available. Register?

ބޭކާރު

11 September 2023

އަންނިގެ ވޯޓް، ނުވަތަ އިލްޔާސްގެ ވޯޓް އެއީ މުއިއްޒު އަށްވެސް އަދި އިބޫއަށްވެސް އިންތިޚާބް ކާމިޔާބުކުރުމަށް ބޭނުން ވޯޓެއްނޫން. އެހެނީ، އިލްޔާސްގެ ވޯޓް ނުލާވެސް މުއިއްޒު+އުމަރުގެ ވޯޓާއެކު ފަސޭހަކަމާއެކު އިންތިޚާބު ކާމިޔާބު ކުރެވޭނެ. އަދި އިލްޔާސްގެ ވޯޓް ލިބުނަސް އިބޫ އަށް ކާމިޔާބު ކުރެވޭނެކަމުގެ އެއްވެސް ޔަގީންކަމެއްނެތް. އެހެންވީމަ އިލްޔާސްގެ ވޯޓަކީ އެއްވެސް މީހަކަށް އިންތިޚާބު ކާމިޔާބުކުރުމަށް މާ މުހިންމު ވޯޓެއްނޫން.

The name is already taken The name is available. Register?

ނުނން

10 September 2023

މިރޭ ވަނީ މުއިއްޒު ޙުރިހާ ޕާޓީއަށް ދައުވަތްގެ އަތްދިއްކޮށްފަ !

The name is already taken The name is available. Register?

ބޮޑުމީހާ

10 September 2023

އަންނިއާއި ނުލާވެސް ތިކަންވާނެ، ކޮންމެ ގޮތެއްވިޔަސް ޑިމޮކްރެޓުން އިބޫ ފެއިލްވެގެން ނުކުތް ބަޔަކަށް މުއިއްޒު ނޫން ޗޮއިސްއެއް އޮތުމަކީ ދެއްކިވާހަކައާއި އަމަލާ ދިމާނުވުން

The name is already taken The name is available. Register?

ރައްޒާގު

10 September 2023

ނަޝީދާ ގުޅޭނީވެސް ޕީޕީއެމް ޕީއެންސީ. ކުރިން އަހަރެމެނަށް ހީކުރެވުނީ ގޯސްކޮށް، "ކަންނެލިއޮޑިއެއް ބަރުކުރާހާ ޑޮލަރު" މާބޮޑަށްވެސް ރަގަޅުވާނެ.

The name is already taken The name is available. Register?

666666666666666

10 September 2023

މުއިއްޒޫ ދެވަނަ ދައުރެށް ބޭނުމިއްޔާ ގިނިކަންޔާ ނުކުމޭ. ޢަހަރެމެން ރައްޔިތުން ވޯޓު ދޭނަން. ޢޭރުން ރައްޔިތުންނަށް ކަމެއް ކޮއްދެވޭނީ.

The name is already taken The name is available. Register?

އަހްމަ

10 September 2023

އަންނިއަށް ބުނަން އޮތީ، ޑރ މުއިއްޒުއަށް ތާއީދު ކުރަންޏާ ކުރާށޭ! އެކަމަކު ތި ބޭފުޅާގެ މަކަރުވެރި ހީލަތްޔެރި ވަސްވާހަށް ހެއްލި ޑރ މުއިއްޒު ތި ބޭފުޅާއާއެކު ކޯލިޝަމް ހަދައިފިނަމަ ޑރ މުއިއްޒުއަށް އަޅުގަނޑުމެންގެ ވޯޓު ހަރާމް.

The name is already taken The name is available. Register?

ލަމްސީ

10 September 2023

އަހްމަ ކައޭ ވޯޓް ނުދޭތި މިރޭ 10/09 22:30 މުއިއްޒު އެގޮވާލީ ކޯލިސަން ހަދަން އަހްމަގެ ވޯޓް އިބޫއަށް ގެރޭ

The name is already taken The name is available. Register?

ޢަރުތަ

10 September 2023

ނަޝީދުއަށް އިނގޭބާ މުއިއްޒުއާއެކީ ސަލަފު އޮތްކަން.

The name is already taken The name is available. Register?

އިދުރީސްބެ

10 September 2023

ސަލަފުވެސް މިހާރު ރަގަޅުވާނެ، ކަނޑުވާވަގުތު ބަލާނެ ފިލާފޮއްޗެއްގަ ވެސް ހިފޭތޯ.

The name is already taken The name is available. Register?

އަސީލްއަށް

10 September 2023

ސަލަފެއް ހަލަފެއް ނޯއްނާނެ އޯކޭވާނެ ވެރިކަމުގެ ދަހިވެތިކަން

The name is already taken The name is available. Register?

އިބްރާ1

10 September 2023

މީނަ ކޮންމެ ފަޅިއަކަށް އެރިޔަސް މަގޭ ވޯޓް އަބަދުވެސް މީނާއާއި އިދިކޮޅަށް.

The name is already taken The name is available. Register?

ރަދުން999

10 September 2023

މީނަ މީ މިގައުމު ހަލާކުކުރި މީހާ. ވެރިކަމާހެދި ބޫތު ކެޑިފާ ހުރިމީހެއް. ސައިޒް އެނގިއްޖެކަމަށް ހީކުރަން. އުމުރުގެ ބާކީ ބައިގައި ނިދާލިއްޔާ ދެން ހަށިގަޑަށް އަރާމުވާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454