ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: މާދަމާއަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އެ މަނިކުފާނު މިރޭ ނިންމެވި.
10 ސެޕްޓެމްބަރ 2023 - 21:39
މާދަމާއަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ނިންމަވައިފި އެވެ.
ރައީސް އޮފީހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ، އެ ގޮތަށް ނިންމީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ އެކި މަސައްކަތްތަކުގައި ސަރުކާރުގެ ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމުން ހަރަކާތްތެރިވާއިރު، ވޯޓާ ގުޅޭ ކަންކަން އަދި ނުނިމޭތީ ކަމަށެވެ. އެ ގޮތަށް ރައީސް ނިންމެވީ އިލެކްޝަންސް ކޮމިޝަންގެ އެދުމުގެ މަތިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރިޔާސީ އިންތިހާބާ ގުޅިގެން މިއަދު ވެސް އޮތީ ސަރުކާރު ބަންދުކޮށްފަ އެވެ. އާންމުކޮށް އިންތިހާބުތަކާ ގުޅިގެން ސަރުކާރު ބަންދުކުރަނީ ވޯޓު ލާ ދުވަހުގެ ފަހު ދުވަސް އެކަންޏެވެ.
އިއްޔެ ބޭއްވި ވާދަވެރި ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް ގާނޫނުއަސާާސީގައި ކަނޑައަޅާފައިވާ ވަރަށް ވޯޓުގެ ޕަސެންޓް ނުހޯއްދެވުމުން މި މަހުގެ 30 ގައި އެ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައްޒާބު
11 September 2023
ހިތާމައިގާ ދިދަވެސް ބައިދަނޑިއަށް ތިރިކޮށްލިނަމަ ދޯ
އިއްބަ
11 September 2023
ކަލޯ ޑެބީ ރަގަޅު ވަސީލަތްތަށް ރަށްރަށުގަހުރިނަމަ މިތަނައް އަހަރެމެން ބޯވެސްނުލާނަން ކަލޭމެންނައް ކާން ބޯން މިދެނީ އަހަރެމެން މާލޭމީހުން ގެ ކުއްޔައްދީފަ ސިންގަޕޫރުގަ ތިވާހަަކަދައްކަން ކަލޭމެން ލަދުގަންނަންޖެހޭނެ ވަރަށްވުދުން
އިއްބް
11 September 2023
ކަލޯ އަދިވެސް ނުނިދާދޯ ތިއުޅެނީ ހަމަނިދި ނިދާލަން އިތުރުދުވަހެއް ތިނަގާލީދޯ ދެންވާނީވެސް ތިހެންނޭ
ޑެބީ
11 September 2023
އެހެނޭވާނީ އޮފީސްކުދިން ކައިރީ އެއްބުރުން މިކަން ނިންމާނަމޭ ކިޔާފަ ފޮނިކަނޑާފަ ސޯލިހުއޮތީ. ދެން ލަދުން ސޯލިހަށް ކެރޭތަ އޮފީހަށްދާން.
ޥޯޓު
11 September 2023
މުޅި މަސްދުވަސް ބަންދުކުރިޔަސް މަނިކުފާނަށް ލިބޭނެ އިތުރު ވޯޓެއް ނެތް. ޢަޅުގަނޑަކީ އެއްވަނަ ބުރުގައި ރަށުުގައިނެތުމުން ވޯޓުނުލެވުނު އެމްޑީޕީ މެމެބަރެއް. ޢަޅުގަނޑު ދެވަނަ ބުރުގައި ވޯޓުލާނަނަން އެކަމް ވޯޓުލާނީ މުއިއްޒުއަށް.
ސިކަންދަރު
11 September 2023
ހެވޭ ކިތަންމެ ބައިވަރު ބަންދު ދުވަސް ދިނަސް. އަހަރެމެން 30،40،50 އަހަރު މާލޭގެ މަގުތައްމަތީ ކުއްޔަށް ގަނަތެޅުނު އެތައްހާސް ބަޔަކު ދެނަވަ ދަރަޖަ އަށް ޖައްސާ އަހަރެމެންނާ ދެކޮޅަށް ނަސްލީ އިމްތިޔާޒު ހިންގި މީހާއަށް އަހަރެމެން ހުވާކޮށްފާ މިބުނަނީ ދެވަނަ ބުރުގަ ލަދުވެތިކޮށް ބަލިކޮށްލާނަން.
ޑެބީ
11 September 2023
އެހެންވީމަ ރަށަށްގޮސް ރަށުގަ އޮވެބަލަ. ސޯލިހު ބުނެގެންތަ މާލޭގަ ތިގަނަތެޅެނީ.
ާއަާރުޓީ
11 September 2023
ހޫނ. މިތަން ސަޅިވެފަ އުޅެލަން ފަސޭހަވެފަ ހިތްފަސޭހަ އަރާމުވީމަ މިތާ އުޅޭހިތުން މިތާ މި އުޅެނީ. ޑެބީ ކީކޭ ހީވަނީ އޭނ..
ގެ ދޫކޮށްލާފަ
11 September 2023
މާލޭގަ ކުއްޔަށް އުޅުން އެއީ އެމީހަކު އަމިއްލައަށް ނިންމައިގެން އުޅޭ ކަމެއް. ދިގުމުއްދަތަށް ތަނެއްގަ ކުއްޔަށް އުޅުނޭ ކިޔާފަ ކޮންމެ މީހަކަށް އެތަނަކުން ގޯތި ދޭންޖެހޭނަމަ ތިމާގެ ގޭގަ 20 އަހަރު މީހަކު ކުއްޔަށް އުޅުނީތީ އެމީހާ އަޑުގަދަކުރަންވީބާ އެ ގެއިން އެމީހާއަށް ތަނެއް ލިބެންވާނެކަމަށް.
2023
11 September 2023
ސޯލިހުވަރެއްނެތް..... ބޮއިހަލަކި
ައަލީމް
11 September 2023
މީނަގެ ކަންނެތް ކަމުން މ.ޑ.ޕ ހަލާކުވެ ނިމި އެދިޔައީ! ބައިމިލިއަން ހަމަނުވާ ގައުމެއްގެ ވޯޓު ގުނައި ވަރުބަލިވެގެން މިއުޅެނީ. ކީކޭބުނާނީ!. ދުނިޔޭގެ ކޮންގައުމެއްގަ މިހާދޯހަޅިކޮއް ކަންތައް ކުރަނީ؟
ތުއްތުދީދީ
10 September 2023
ހިތާމައިގާ މާދަމާ ސަރުކާރު ބަންދު
GanevihkaaDOTcom
10 September 2023
ތިދެން ނިންމެންއޮތީމާ ނިންމީތާ، ބަންދުކުރަންޖެހޭ އެއްވެސް ވެލިޑު ސަބަބެއްނެތް، މިނޫނަސް ރިޔާސީ އިންތިހާބާ ދެވަނަބުރުވެސް ބާއްވައިފި، ބަންދުކުރީ އެންމެދުވަހެއް، ރައީސްކަމުގެ ބާރުތައް ސޯލިހު އަމިއްލަބޭނުމަށް ބޭނުންކުރާކަން ފާހަގަކުރަން، މިސާލަކަށް ޓުރެފިކުސުޓިކާ ޖޫރިމަނާ ވޯޓާ ދިިމާކޮށް މައާފުކުރުން މީ ކޮންހަމަޔަކުން ކުރެވޭނެކަމެއް؟ ބޭކާރު ވަޒީފާތައް އުފައްދައިގެން މީހުނަށް ވަޒީފާބެހުން ދެއުޅިއެއްނުވާ ކިތަންމެކަމެއް