އެމްއެންޕީގެ މިރޭގެ ކައުންސިލްގެ ބައްދަލުވުމުގެ ރިޔާސަތު ނާޒިމް ބަލަހައްޓަވާއިރު މެމްބަރުން ވޯޓަކަށް އަތް ނަންގަވައިގެން.---ފޮޓޯ: ޕީޕީއެމް
11 ސެޕްޓެމްބަރ 2023 - 23:11
މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީއާ އެކު ކުރިއަށް ދާން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެމްއެންޕީން މިރޭ ނިންމައިފި އެވެ.
އެ ގޮތަށް ފާސްކުރީ އެކަމާ މެދު ގޮތެއް ނިންމަން މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކައުންސިލުން ނިންމީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ލިބުނު ދައުވަތު ގަބޫލުކޮށް، އެ ޕާޓީއާ މަޝްވަރާ ކުރާށެވެ.
މި ކަމާ ބެހޭ ގޮތުން އެމްއެންޕީގެ ބަހެއް އަދި ނުލިބެ އެވެ.
އެމްއެންޕީއަކީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި 101،635 ވޯޓާ އެކު ދެވަނަ ބުރަށް ދަތުރުކުރެއްވި މުއިއްޒާ އެކު ކޯލިޝަން ހަދަން ރަސްމީކޮށް އެއްބަސްވި ފުރަތަމަ ޕާޓީ އެވެ. އެކަމަކު، މުއިއްޒުގެ ފަރާތުން މިހާރު ވެސް އަންނަނީ އެހެން ޕާޓީތަކާ މަޝްވަރާ ކުރަމުން ކަމަށް ވެ އެވެ. އަދި އޭނާ ވަނީ އެ ދައުވަތު ވެސް އެހެން ސިޔާސީ ޕާޓީތަކަށް ރޭ ދެއްވައިފަ އެވެ.
ރިޔާސީ އިންތިހާބުގައި ނާާޒިމަށް ހޯއްދެވުނީ 1،907 ވޯޓެވެ.
އިންތިހާބުގެ ދެވަނަ ބުރަށް 86،161 ވޯޓާ އެކު ދެން ދަތުރުކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ގެންދަވަނީ އެހެން ބައެއް ސިޔާސީ ޕާޓީތަކާ އެކު ކޯލިޝަން ހަދަން މަސައްކަތްޕުޅު ކުރައްވަމުންނެވެ. ރައީސް އެ މަޝްވަރާ ކުރެއްވި ބޭފުޅުންގެ ތެރޭގައި ނާޒިމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ، ކޯލިޝަން ހެދުމުގެ މަޝްވަރާތައް 2-3 ފަރާތަކާ އެކު ކުރައްވަމުން ގެންދަވާ ކަމަށެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ޑިމޮކްރެޓްސް ޕާޓީ ހިމެނެ އެވެ. އެކަމަކު، އަދި ގޮތެއް ނުނިންމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިއޮތީ
12 September 2023
މާ ނުފޫޒު ގަދަ ބަޔަކަށް އަމިއްލަޔަށް ވެގެން ތިޔަ އުޅެނީ ބާތިލު ވޯޓަށްވުރެ މަދުން ލިބުނު ބައެއް. ތިވަރު ބަޔަކަށް ކޯލިޝަނެއް ހެދިޔަސް ބައި އަޅާކަށް ނުޖެހޭ. ލަދުވެތި ކަމެއް ނޫންތަ ތިއީކީ؟؟؟
މމިސްޓަރ %
12 September 2023
7 ފެބްރުއަރި އަކީ ބަގާވަތެއްތޯ ނުވަތަ ނޫންތޯ މިހާރު ޝައްކެތް ނެތް މިންވަރަށް އެނގޭ. 2013ގެ އިންތިހާބުގައި ރނ އަށް ލިބުނު ވޯޓުގެ އަދަދުން 7 ފެބުރުއަރީ އަކީ ބަގާވާތެއްކަން ގިނަ ބަޔަކު އެ ބުނީ. އަދި އެ ބަގާވާތުގައި އެންމެ ކުރީސަފުގައި ހުރެ އެކަމާ ފަހުރުވެރިވެ ޤައުމީ ޒިންމާއެއް އަދާ ކުރިކަށް ދެކި ގިނަބަޔަކު އެކަން ޤާބޫލު ކުރިކަން ސާބިތު ކުރަން ނުކުތް މިހާއަށް %1 ވެސް ނުލިބުނީމ،ަ 7 ފެބުއަރީއަކި ބަޤާވާތެއްކަން ރައްޔިޔުން ދެކޭކަން ކަށަވަރުވެއްޖެ.
ނިހާން 12
12 September 2023
އެއީ ހަމަ ބަޣާވާތެއް. މޮޔަ ނުގޮވާ ހުރެބަލަ!
ވޯލް
12 September 2023
ވެރިކަން ބޭނުން ވެގެން އުޅޭ މީހުން އެބަ ފެނެއެންނު. %1 ވޯޓުވެސް ލިބުނު ބައެއް ނޫން. އަވަސް އަވަށް މަޤާމުތައް ސަރުކާރުގެ ތެރެއިން ހޯދަން މި އުޅެގަތީ.
ބަތްޕޮޅި
12 September 2023
މިވީގޮތުން ފުރަތަމަބުރުގަ މުއިޒުއަށް ދިންވޯޓު މިފަހަރު ދޭންމިޖެހެނީ ހިތާ ދެކޮޅަށް އިބޫއަށް. ވ ހެޔޮއުދެމާއި ވެދުން
މުބީނަް
12 September 2023
ތި އެންމެ މީހެއް. ދީބަލަ ވޯޓު. ކާކު ބުނީ ފުރަތަމަ ބުރތގަ ވެސް ދޭށޭ!
ބާތިލު
12 September 2023
ނާޒިމުގެ ނަން "ބާތިލު" އަަށް ބަދަލުކޮށްބަލަ މާ ގިނަ ވޯޓު ލިބޭނެ.
އަންދަލޫސިޔާ
12 September 2023
ނާޒިމް: 1،907 ވޯޓް ބާޠިލް: 4،835 ވޯޓް ޕީއެންސީ/ޕީޕީއެމް އިން ނާޒިމު، ފާރިސް އަދި ޒަމީލާ ކޯލިޝަން ހެދުމަށްވުރެ ރަނގަޅީ ބާޠިލްއާ ކޯލިޝަން ހަދަން. އޭރުން މާގިނަ ވޯޓު ލިބޭނެ.
ބެއްޔާބެގެ ދަރި
12 September 2023
ނާޒިމް ގައިމު ވިދާޅުވި އެމްއެންޕީ އިން ޕީޕީއެމްއާ އެކު ކޯލީޝަން ހެދުމާއި ނުހެދުމަކީ ޕާޓީގެ އަމިއްލަ ކަމެކެވޭ. އެކަމަކު ތިމަންނާ ހަމަ ޔަގީނުން ވެސް ނުދާނަމޭ. އަދި އެފަދަ ދުވަހަކުން ތިމަންނާ ޕާޓީން އެއްފަރާތް ވާނީއޭ
ށަރުތުތީ
12 September 2023
ޕީޕީއެމެކޭ ނޫން ބުނީކީ. ޔާމީނާއެކުއޭ ބުނީ. ޔާމީނާއެކު އެޕާޓީން ކޯލިޝަން ހަދައިފިނަމަ ތިމަން އެއްފަރާތްވާނަމޭ ބުނީ.
ރަމަ
12 September 2023
ފިސްތޯލަ އެއީ ނެތްއެއްޗެއްކަމަށް ހަދައި ޔާމީނަކީ ޖަވާހިރެއްކަމަށް ނިންމައި ނާޒިމްކީ ކާނަލެއްކަމުގައި ނިންމުން މީގެތެރޭގައި ހިމެނެއެވެ. ލަޑަޔާއިވާނީ ހަމަލަޑަޔާއި. ދެން އެންމެ އަވަހަށްއަރާނީ ޤާސިމް އެއީ މީގެ އަނެކަކު! އަނިޔާގިނައިން ކުރިއްޔާ ހަނދާންނެތޭލެއް އަވަސްވާނެ!
ބޮކި
12 September 2023
ބަހާ އަމަލު ދިމާނުވާބަޔާކީ މިމީހުންތަ ؟؟؟
ކައިރޭ
12 September 2023
ޅަނޑަޔާ ވާނީ ހަމަ ލަންޑަޔާ
ސަނައްޓޭ
12 September 2023
ހަޖަމް ކޮށްލާ