ރައީސް އާއި ގާސިމް ސަލާމްކުރައްވަނީ: ދެވަނަ ބުރުގެ ކޯލިޝަން މަޝްވަރާއަށް ރައީސް ވަނީ ސަން އައިލެންޑަށް ވަޑައިގެންފައި.
13 ސެޕްޓެމްބަރ 2023 - 10:25
މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކު މަޝްވަރާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަން އައިލެންޑް ރިސޯޓަށް މިއަދު ވަޑައިގަންނަވަން ނިންމަވައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މިއަދު މެންދުރުފަހު 1:00 ގައި ސަން އައިލެންޑަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން 5،460 ވޯޓު ހޯއްދެވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިހާތަނަށް ކޯލިޝަނާ ގުޅޭ ގޮތުން ގޮތެއް ނުނިންމަވަ އެވެ.
އެކަމަކު އޭނާ ވަނީ ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުންނާ ރޭ ސަން އައިލެންޑްގައި ބައްދަލުކުރައްވައިފަ އެވެ.
ރައީސް އާއި ގާސިމް މިއަދު ބައްދަލުކުރައްވާއިރު، ޖުމްހޫރީ ޕާޓީ އަކީ ކޯލިޝަންގެ މި ސަރުކާރު ގެނައުމަށް އަދި މިހާރު ވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ. ނަމަވެސް، ކެމްޕެއިން ތެރޭގައި ގާސިމް ވަނީ ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ސަރުކާރު ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
މިފަހަރުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ގާސިމް އުއްމީދުކުރިވަރާ ގާތަށް ވެސް ވޯޓެއް ނުލިބެ އެވެ. އެކަމަކު އެ ޕާޓީއަކީ މީގެ ކުރިން އިންތިހާބުތައް ކާމިޔާބުކުރަން މުހިއްމު ދައުރެއް އަދާކުރާ ޕާޓީއެކެވެ. މިފަހަރު އިންތިހާބުގައި ލިބުނު ނާކާމިޔާބީއާ އެކު ޖޭޕީގެ މައްޗަށް، އަލަށް އުފެއްދި ޕާޓީތަކުން ވަނީ ކުރި ހޯދައިފަ އެވެ.
މި އިންތިހާބުގައި ޖޭޕީއަށް ތިން ވަނައަށް އެންމެ ގިނަ ވޯޓު ނުލިބުނަސް 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކާމިޔާބު ހޯދީ ޖުމްހޫރީ ޕާޓީން ތާއިދުކުރި ކެންޑިޑޭޓުންނެވެ.
އެންމެފަހުން 2018 ވަަނަ އަހަރު ބޭއްވި އިންތިހާބުގައި ރައީސްގެ ރަނިންމޭޓެއްގެ ގޮތުގައި ނެރުނީ ޖުމްހޫރީ ޕާޓީގެ ފައިސަލް ނަސީމެވެ.
ޖުމްހޫރީ ޕާޓީގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ދަ ޑިމޮކްރެޓްސް" ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންއާ އެކު ވެސް ރައީސް ގެންދަވަނީ ކޯލިޝަންގެ މަޝްވަރާތައް ކުރަމުންނެވެ. ރައީސް ވިދާޅުވީ ކޯލިޝަން ހެދުމަށް މަޝްވަރާކުރުމަށް ހުރިހާ ފަރާތަކަށް ވެސް ވަނީ ހުޅުވާލާފައި ކަމަށާއި ގޮތް ނިންމާނީ ޕާޓީތަކުން ކަމަށެވެ.
ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯދި "ދަ ޑިމޮކްރެޓްސް"ގެ ގިނަ މެންބަރުން ވަނީ ރައީސްއާ އެކު ކޯލިޝަން ހަދަން ނުފެންނަ ކަމަށް ބުނެފަ އެވެ. ނަމަވެސް، ރަސްމީކޮށް އަދި ގޮތެއް ނުނިންމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިމަންސީމޯދީ
14 September 2023
އެއްބުރު ބާރަބުރަށް ވެފައި މިއޮތީ
މަކުނު
14 September 2023
ތިހެން އުޅޭތީ ނޫން ޓެކްސް ނުދައްކާ، ޓެކުސް ފަސްކޮށްދޭންބުނެ ހަދަންޖެހެނީ!
ްާއޭކު ސަވާލް
13 September 2023
ޤާސިމް ވޯޓް ހޯދަމް ކެމްޕޭނު ކޮށްލަނީ ދޯ؟ އެއީ ކޯލިޝަން ހެދުމަކަށް ނޫނޯލަ
ޑރ ވަހީދު
13 September 2023
ޤާސިމަކީ މިހާރު "ބިލޯވ %5 ކުލަބުގެ" މެންބަރެއް. އެންމެ ފަހުން ގުޅުނު މެންބަރުން.. ގާއްޓޭ، ނާއްޓޭ، ފާއްޓޭ...
ބޮޑުމީހާ
13 September 2023
ކޯލިޝަން ހިފެހެއްޓޭނީ ތިމަންނައަށް ކިޔައި ވަކާލާތު ކުރި ރައީސް ކަމަކާއި ޖެހުނު އިރު ގުޅޭނެ މީހަކު ނުލިބުނު. ކޯލިޝަން ހިފަހައްޓަން 1500 ސިޔާސީ މަގާމު. ދައުލަތް 70 ބިލިއަނުން ދަރައި
އަހުމަދުއަލޯ
13 September 2023
ގާސިމާ ބައްދަލުކުރުމުގެ ބޭނުމެއް ނެތް. ގާސިމާ ވާދަކުރީ ބާތިލް ކިޔާ ކެނޑިޑޭޓެއް. ލޮލް
ޏީމީޖީ
13 September 2023
ތިއުޅެނީ ގާސިމް އަނެޢްކާ ފެއިލ ކޮށްލަންދޯ
ނޯކޯލިޝަން
13 September 2023
ކޮންހައި ކޯލިޝަނެއް ތޯ ހަދަން ތިއުޅެނީ ؟ މިފަހަރުގެ ވޯޓުން ސާފުވި އެއްޗަކީ ރައްޔިތުން ވޯޓް ލާނީ ލާން ބޭނުންވާ މީހަކަށްކަން. ޕާޓީ ވެގެން ނުވަތަ ވަކި މީހަކު ބުނެގެން ވޯޓްލުން ނިމިއްޖެކަން... މިއީ ކޯލިޝަން ނަހަދާ ވެރިކަމަށް މީހަކު ހޮވަންވީ ފަހަރު. އަދިވެސް ރައްޔިތުންގެ ވިންދާ ޚިލާފަށް ކަންކަން ތިކުރެވެނީ.
ކޮންވޯޓް
13 September 2023
ޚުދު ގާސިމަށް ނުހޯދުނު ކޮން ވޯޓެއްބާ އިބޫ ސޯލިހަށް ހޯދަދޭނީ؟ ގާސިމަށްވެސް ނޭނގޭނެ މިހާރު އެ ލިބުނު 5000 ވޯޓްގެ ތެރެއިން ކިތައް މީހުންކަން ދެން ދޭން ބުނާ ކޮޅަކަށް ވޯޓްދޭނީ.
ސަލްބިން
13 September 2023
ނަށީދު ގުޅެ ބަޔަކާ ދެކޮޅަށް އަހުރެން ވޯޓު ދޭނީ