އެމްއާރްއެމްއާ އެކު އެމްޑީޕީން ބޭއްވި ބައްދަލުވުމަށްފަހު އިސް ބޭފުޅުން ފޮޓޯއަކަށް ހުއްޓި --
14 ސެޕްޓެމްބަރ 2023 - 09:39
މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ކޯލިޝަން ހަދަން އެމްޑީޕީން ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ އެމްއާރުއެމާ ރޭ މަޝްވަރާ ކޮށްފި އެވެ.
ބައްދަލުވުމާ ގުޅޭ ގޮތުން އެމްއާރްއެމްގެ ރައީސް އަަދި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 2،979 އާ އެކު ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލެއްވި އަހުމަދު ފާރިސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިގުތިސާދީ، އިޖުތިމާއީ އަދި ސިޔާސީ އިސްލާހުތައް ގެނައުމަށް އޭނާ ގެންގުޅުއްވާ ސިޔާސަތުތައް އެމްޑީޕީއާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ.
ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި އަދުލު އިންސާފާއި ހަމަހަމަކަން އިތުރު ކުރުމަށާއި ގައުމީ އެއްބައިވަންތަކަން އަދި އެއްބައިވަންތަކަން ގާއިމްކުރުމަށް އެ ސިޔާސަތުތަކަކީ މުހިންމު ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ރޭގެ ބައްދަލުވުމުގައި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.
އެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން އިސްވެ ބައިވެރިވެވަޑައިގަތީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަރު ރަޝީދު ހުސައިން (ބިގޭ) އެވެ. އެމްއާރުއެމުންގެ ފަރާތުން އިސްވެ ހުންނެވީ އެ ޕާޓީގެ ނައިބު ރައީސް އާމިނަތު ނާދިރާ އެވެ.
ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސްއާ އެކު ކޯލިޝަން ހެދުމަށް ޕީޕީއެމް/ޕީއެންސީގެ ޓީމަކުން ވެސް އިއްޔެ މަޝްވަރާތަކެއް ކުރި އެވެ. ދެ ބައްދަލުވުމުގަިއ ވެސް ފާރިސް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ފާރިސް ވިދާޅުވި ގޮތުގައި، ކޯލިޝަން ހަދާނީ އޭނާގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކާ އެކު އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ވެސް އެމްޑީޕީން އެމްއާރްއެމަށް ކޯލިޝަންގެ ދައުވަތު ދިނެވެ. އެކަމަކު، މިހާރު ވެސް ސަރުކާރުގެ ކޯލިޝަން ތެރޭގައި އޮތް އެމްއާރްއެމުން ނިންމީ ފާރިސް އިންތިހާބަށް އަމިއްލަ ގޮތުން ނެރުމަށެވެ.
މި އިންތިހާބުގައި 8 ކެންޑިޑޭޓުން ވާދަކުރެއްވިއިރު، ލައްކައަކަށް ވުރެ ގިނަ ވޯޓާއެކު ކުރީގައި އުޅުއްވަނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާއާ ދެން ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މިހާތަނަށް ދެވަނަ ބުރަށް ކޯލިޝަން ހަދާފައިވަނީ އިންތިހާބުގައި ވާދަކުރި އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމް އެކަންޏެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތު ވެސް ލިބިފައިވަނިކޮށް ނާޒިމް ކޯލިޝަން ހެއްދެވީ މުއިއްޒާ އެކު އެވެ.
"ދަ ޑިމޮކްރެޓްސް" އަދި ޖުމްހޫރީ ޕާޓީއާ އެކު ވެސް ކޯލިޝަން މަޝްވަރާތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މުއިއްޒު ވެސް ގެންދަވަނީ ކުރިއަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2000
14 September 2023
މިކަހަލަ މަދު ވޯޓް ކޮޅެއް ލިބުނު މީހުން ކައިރިއަށް ނުގޮސް ހަރުދަނާ ކެމްޕެއިންނެއް ކުރައްވާ ބައްލަވާ. ފާރީސް ، ގާސިމް ޒަމީލު މިއީ މީހުންނެއް ނޫނެވެ. ސަރުކާރު ފަޅާކަށް ނުޖެހޭ
މުޙުއްމާ
14 September 2023
މިނިވަންކަން ވިއްކާލައިގެން ލިބޭ ފަޔައް ބިހެއް ބޭނުމެއްނުން. ރީކޯވެސް ދޮގުނަހަދާ ދެން.
މުޙުއްމާ
14 September 2023
ގޯތިދިނުމަކީ ވަރަށް ރަނގަޅުކަމެއް. އަދި ގޯތީގަ ގެއެޅޭނެގޮތްވެސް ހަދާދޭންޖެހޭ. އެކަމަކު ގޯތިދިން ވަގުތު ކަމަކުނުދޭ ބެލެވޭނީ ކެމްޕޭނުގެ ނާޖާއިޒް ފައިދާނެގުންކަމަށް.
ބޮޑުމީހާ
14 September 2023
ރިޔާސީ ނިޒާމެއްގައި ބަރުލަމާނީ ސްޓައިލަށް ހިންގައިގެން ގައުމު ހަމަކއަކަށް ނޭޅޭނެ. ރައްޔިތުންގެ ތާއިދު ނެތް ބަޔަކު ރައްޔިތުންގެ ވެރިންނަށް ތިބުމަކީ ލަދުވެތިކަމެއް. އަދާލަތު ޕާޓީއަށް އެތައް މަގާމެއް ދީފައި މިއޮންނަނީ ރައްޔިތުންގެ ވޯޓުގެ ކިތައް އިންސަައްތަ ހޯދާތީބާ! ބަރުލަމާނީ ނިޒާމެއްގައި މިއިން އެކަކަށްވެސް ދައުލަތުގެ އިސްމަގާމަކާއި ކައިރިވެސް ނުވާނެ.
ޥަތަން
14 September 2023
ޢަދާލަތުން އިބޫ އަށް ކިތަށް ޕަރސެންޓް ވޯޓް ހޯދައި ދެވުނު؟ ޢެމްޑިއޭ އިން ކިތަށް ޕަރސެންޓް ހޯދަި ދެވުނު؟! ޢެމްޑިޕީގެ ސައިޒު 38 ޕަރސެންޓަށް ވުރެ ކުަޑަވާނެތަ؟ ކޯލިޝަނަށް ޕާރޓީ އިތުރުވާ ވަރަކަށް ކެކް ފޮތި ކުޑަވާތީތަ ދަށަށް ދަނީ !
ގައުމީ ދޫ
14 September 2023
ޥޯޓުން ބަލިވީމަ ރައްޔިތުންނަށް އާދޭސްދެންނެވުމުގެ ބަދަލަުގައި ގާސިމަށް އާދޭސް ދަންނަވަން 1 ދުވަސް ދުއްވާލީމް ކަޑަ ދޯ ؟!!
އަލީ++
14 September 2023
މައުމޫންގެ ފާރިޝްއަކީ ސިޔާސީ ގޮތުން ރެލެވަންޓްވާން ވެގެން އިންތިޚާބަށް ކުރިމަތިލި މީހެއް. މިއީ ސިޔާސީ ގޮތުން އެއްވެސް މުސްތަގްބަލެއް އޮތް މީހުންނެއް ނޫން. ސިޔާސީ މަޤާމުތައް ބޭނުން ވެގެން އެމް.އާރު.އެމް އެއުޅެނީ.
ސިޔާސި އެދުރު
14 September 2023
ދެބުރު ތިންބުރު އެބަޖެހޭ. އިންތިހާބު ކާމިޔާބުކުރެވޭގޮތް ބަދަލުކުރަންވީ. ވާދާކުރާ ދެކެނޑިޑޭޓްގެ ވޯޓް40-%45 ހަމަވެ، އިތުރު ކެނޑިޑޭޓުންނަށް ލިބޭވޯޓްގެ%50 ވޯޓަކީ ލަފާކުރެވޭ ވޯޓްކަމަށް ބަލައި، މަތިން ވޯޓްލިބޭ ކެނޑިޑޭޓްގެ% ހަމަވާނަމަ ބޮޑުހަރަދުކޮށް އިތުރުބުރެއް ބާއްވާނެ ކަމެއްނެތެވެ. ކޯލިޝަނެއް ނެހެދޭނެއެވެ. ހަދާނަމަ އިންތިހާބުގެކުރިން އުޅޭށެވެ.
އަތު ޖެހި
14 September 2023
2 ވޯޓު ލިބުނު މީހުން ގާތަށް ސަލާމު ޖަހަން ދިއުމަށްވުރެ ޕީއެންސީ މީހާ އަށް ވޯޓު ދިން މީހުންގެ އަތުން ވޯޓު ދަމާއި ގަނެވޭނެ ކަހަލަ ފޯރ މިއުލަރ އެއް ހޯދަން އުޅުނިއްޔާ މާ ރަނގަޅުވާނެ!
ޒ. ޢީސާ
14 September 2023
މިހާރު މިވާ ގޮތެއް އޮޅިއްޖެ. ރައްޔިތުން ވޯޓު މަދުން ދެއްވީ މަދުންވޯޓު ލިބިލެއްވި ކެޑިޑޭޓުންގެ ސިޔާސަތުތައް ގަބޫލު ނުކުރައްވާތީ ނޫންތޯ؟ އެހެންވީމާ، ކޮންބައެއްގެ ސިޔާސަތު ތަކެއްތޯ ކޯލިޝަން ހައްދަވާއިރު ކުރިއަށް ނެރޭނީ؟