ޚަބަރު / ރިޔާސީ އިންތިޚާބު 2023

ރައީސާއި ގާސިމް އެކުގައި މަސައްކަތްކުރަން މަޝްވަރާގައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ސަން އައިލެންޑްގައި ގާސިމާ އެކު.

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެހީތެރިކަން ހޯދުމުގެ މަޝްވަރާތައް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވާ 12 ގަޑިއިރު ވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 5،460 ވޯޓު ލިބިވަޑައިގެންނެވި ގާސިމްގެ އެހީތެރިކަން ދެ ވަނަ ބުރުގައި ހޯއްދެވުމުގެ މަޝްވަރާ އަށް ރައީސް ސަން އައިލެންޑަށް ވަޑައިގަތީ އިއްޔެގެ ހަވީރު ފަހެއް ޖަހާކަންހާއިރެވެ.

އޭގެ ފަހުން މިހާތަނަށް މަޝްވަރާތަކުގައި 12 ވަރަކަށް ގަޑިއިރު ދެ ބޭފުޅުން ހޭދަކުރައްވާފައިވާ ކަމަށް ސަން އައިލެންޑްގައި ހުންނެވި ޖޭޕީގެ މެމްބަރަކު ވިދާޅުވި އެވެ.

"ރޭ ވެސް ވަރަށް ގިނަ ވަގުތު ދެ ބޭފުޅުން ވަކިން ބައްދަލުކުރެއްވި. ބްރޭކްތައް ކަނޑާލާފައި މަޝްވަރާތަކުގައި 12 ވަރަކަށް ގަޑިއިރު ހޭދަކުރެއްވި ކަމަށް ބެލެވޭ. ނިދިކުރައްވަން ވަޑައިގަންނަވަންދެން [ރޭ ދަންވަރު އެކެއް ޖަހަންދެން] މަޝްވަރާގައި ތިއްބެވި،" އޭނާ ވިދާޅުވި އެވެ.

ރައީސް އިއްޔެ މާމިގިއްޔަށް ވަޑައިގަތުމުން ގާސިމް މަރުހަބާ ދަންނަވަނީ.

އެނގިފައިވާ ގޮތުގައި ރައީސާއި ގާސިމްގެ މަޝްވަރާތަކުގައި ބައިވެރި ކުރައްވަނީ ގާސިމްގެ އަރިސް ބޭފުޅުންގެ ތެރެއިން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ވިޔަފާރިވެރިޔާ އަދި ގާތް އެކުވެރިޔާ އިސްމާއިލް ޝުޖާއު (އިންމަ) އެވެ.

"އެހެން ނޫނީ ރައީސާއި ގާސިމް ވަކިން ބައްދަލު ކުރައްވަނީ،" ގާސިމްގެ ވެސް އަރިސް މެމްބަރަކު ވިދާޅުވި އެވެ.

ގާސިމް މިއަދު ހެނދުނު ވަނީ ޖޭޕީގެ ލީޑަޝިޕްގެ ބައެއް އިސްވެރިން ސަން އައިލެންޑަށް ގެންދަވައިފަ އެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި އެޑްވައިޒަރު އިރުތިޝާމް އާދަމެވެ.

ރައީސް އިއްޔެ ސަން އައިލެންޑަށް ވޑައިގަތުމުން އެ ރިސޯޓުގެ މުވައްޒަފަކު އެ މަނިކުފާނަށް މަރުހަބާ ދަންނަވަނީ.

އެހެން ބައެއް ވެރިން އިއްޔެ އާއި މިއަދު ވެސް ސަން އައިލެންޑްގައި އެބައތިއްބެވި އެވެ. އޭގެ ތެރޭގައި އެޑްވައިޒަރުން ކަމަށްވާ އަހުމަދު ނިހާނާއި ރިޔާޒް ރަޝީދާއި ކުރީގެ މެމްބަރު އަލީ ޝާހާއި ކުރީގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ފަދަ ބޭފުޅުން ހިމެނެ އެވެ.

ރައީސްގެ އަރިހުގައި ވަޑައިގަތް ބޭފުޅުންގެ ތެރޭގައި އެ މަނިކުފާނުގެ ރަނިންމޭޓް މުހައްމަދު އަސްލަމާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަދި އަދާލަތު ޕާޓީގެ އިސް މެމްބަރު އަލީ ޒާހިރު ހިމެނިވަޑައިގަންނަވަ އެވެ.

އެންމެ ގިނަ ވޯޓާ އެކު ދެވަނަ ބުރަށް ދެން ދަތުރުކުރެއްވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ޓީމެއް ވެސް މީގެ ދެ ދުވަސް ކުރިން ސަން އައިލެންޑްގައި ގާސިމާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރި އެވެ. އެކަމަކު، އެއްވެސް ބައްދަލުވުމަކުން ނިންމި ގޮތެއް އަދި ސާފެއް ނުވެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.

42 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 0%
icon angry icon angry 35%
icon wow icon wow 16%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނިލިސް

15 September 2023

ރައީސް އެންމެ 2 އިންސައްތައަށްޓަކައި ކެމްޕެއިން ހުއްޓާލާ ޖޭޕީ ލީޑަރު ރުއްސަން އުޅުމަށްވުރެ، ގަދަޔަށް ކެމްޕެއިންކޮށްފިނަމަ މާރަނގަޅުވާނެ. ނަތީޖާވެސް ފެންނާނެ.

The name is already taken The name is available. Register?

ލާނެތް

14 September 2023

P ސަރުކާރުގެ ހިއްސާ އަދި އިތުރު ރަށްތަކާކައި ފަޅުތަކެއް ގާސިމުގެ ޑިމާންޑުތައް... ތި 2000 ވޯޓު ލިބޭތޯ ގާސިމު ކައިރިއަށް ދިއުމަށް ވުރެ މާ ރަނގަޅުވާނެ ރާއްޖޭގެ ރަށްރަށަށް ކެމްޕޭންކުރަން ދިޔަޔަސް.

The name is already taken The name is available. Register?

ވިންޑްން

14 September 2023

ގާސިމް ދެއްކި ވާހަކަޔާ ޢަމަލާ ދިމާ ނުވެއްޖާ ދެން 5 ހާސްވެސް ނުލިބޭނެ

The name is already taken The name is available. Register?

އަލިބީސް

14 September 2023

ރައްޔިތުންގެ ވޯޓަށްވުރެ މުހިންމު މިވަނީ ކޮންމެވެސް މަހުޖަނެއްގެ ބަސް. ކޮންމެ މީހަކު ފަހަތަށް އެރިޔަސް މިކަން ނިމިފަ އޮތީ މަތިން ނިންމަވާފަ

The name is already taken The name is available. Register?

ކުޑަކަތީބު

14 September 2023

ތާއީދު ނުލިބެނީސް ރިސޯޓުން ނުފައިބާން، ތިހެންއުޅޭތީ ނޫންތޯ ޓެކްސް ނުދައްކާ އުޅުއްވަނީ?

The name is already taken The name is available. Register?

މާނިއުމީ

14 September 2023

ގާސިމޫ ރައްޔިތުންގެ އިތުބާރު ގެއްލުވާ ނުލާތި

The name is already taken The name is available. Register?

ހަމަ ޗޯޜޭ

14 September 2023

ފުރަތަމަ ބުރައި ރައީސް ސޯލިހު ބުނި ދެ ވަނަ ބުރުގައި މަގާމުތައް ހޯދަން އަންނަ މީހުންނާއި މެދުގައި ވިސްނާފައި ރައްޔިތުން ވޯޓުލުމަށް.. ފަހު އަންނަ މީހުންނާއެކު ކޯލިޝަން ނުހަދާނެ ކަމަށް.. މިހާރު މިވަނި ކިހިނެއް.. ގާސިމްގެ ތާއީދު ނުލިބެނީތަ؟ ނޫނީ ގާސިމް ބޭނުންވާ ކަންތައްތައް މާ ގިނައީ ތަ؟

The name is already taken The name is available. Register?

ގާސިމްބެ

14 September 2023

ގާސިމް ކުރިންދެެއްކި ވާހަކަތައް ކެންސަލް ނުކުރިއްޔާ ރަނގަޅު. މީހެއް ވެއްޖެއާ ކޮންމެ ވެސް އަގެއް ހުންނަން ޖެހޭނެ

The name is already taken The name is available. Register?

ކިނާރީ

14 September 2023

5000 ވޯޓެއް ގެ ބޭނުމަށް ޓްރާންސްޕޯޓް މިނިސްޓްރީ . މިވޭތިވެދާ5 އަހަރު އެންމެ ކައްޕަޅި ވީ މިނިސްޓްރީ މިނިސްޓްރީތެރެއަށް ވަދެ ހަލޭފަޅޭޖަހާފަހުން ކަމެއް ވާނީ ދުވަހަކު ސަރުކާރެއްގެ އޮފީހެއްގެ ސިޓީ ޖަހައިނުލާ މީހުން ނަށް މިނިސްޓަރ .ކަން އެކަމަކާހުރެ ފަހަތަށް ޖަހާވަރުން މިތިބެން ޖެހެނީ މޭބޮޑުވެ، ކަންބޮޑުވެފަ . މިވެސް ގައުމެކޭހިތައް އަރާވަރުވެފަ . ހިދްމަތެއް ނުދެވޭ ކޮލިޓީ ނެތް މީހުން ގައުމުގެ ކަންކަމާހަވާލު ވުމަކީ މިޒަމާނުގަ އެންމެ ފީކަލާކަންތައް .

The name is already taken The name is available. Register?

ބޮޑުމީހާ

14 September 2023

މީ އެކަމަކު ކޯލިޝަންގެ ބާނީ. މިދުވަނީ އެއްކޮޅަށް އަރާނެ ޕާޓީއެއް ނުލިބިގެން. ޚިތާނީ ޕާޓީތަކުން ފުރުސަތު އެބައޮތް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454