ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިތޯބެއް ދެއްވަނީ--ފޮޓޯ: ރައީސް އޮފީސް
15 ސެޕްޓެމްބަރ 2023 - 14:17
ގައުމު ކުރި އަރައިގެން ދާނީ ރައްޔިތުންނަށް މިނިވަންކަން ދިން މިންވަރަކުން ކަން ރާއްޖެ ޑިމޮކްރަސީ އަށް ކުރި ދަތުރުން ސާބިތުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ރައީސް މިއަދު ފޮނުއްވި ހިތާބުގައި ވިދާޅުވީ ހަގީގީ ޑިމޮކްރަސީ އަކީ މަސްއޫލިއްޔަތުތަކާ އެކު ލިބިގެންދާ ޒިންމާދާރު ވާންޖެހޭ މިނިވަންކަން ކަމަށެވެ.
އުފާވެރިކަމާ އެކު ރައްޔިތުން ދިރިއުޅޭ މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ތަޅުދަނޑި އަކީ ޒަމާނީ ޑިމޮކްރެސީ ކަމަށާއި އެ އުފާވެރިކަން ރައްޔިތުންނަށް ލިބެނީ ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތަކުގައި ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކާއި ހައްގުތައް ކަށަވަރު ކޮށްދީގެން ކަމަށް ރައީސް ވިދާޅުވި އެވެ.
ގާނޫނުއަސާސީގައި އެ އުސޫލުތައް ކަނޑައަޅައި ތަންފީޒުކުރަން ފެށި ފަހުން ގައުމަށާއި ރައްޔިތުންނަށް ބޮޑެތި މަންފާތައް ލިބިއްޖެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޑިމޮކްރަސީގެ މައިގަނޑު މަގްސަދަކީ ވެސް ރައްޔިތުންގެ މެދުގައި ތަފާތު ކުރުން ނުގެންގުޅުމާއި، ރައްޔިތުން ބާރުވެރި ކުރުވުމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިނުމެވެ.
މިހާތަނަށް ކުރެވުނު ތަޖުރިބާގައި، ހުޅުވާލާފައިވާ މުޖުތަމައެއްގައި މިނިވަންކަމާ އެކު ހިޔާލު ފާޅުކޮށް މައުލޫމާތު ބަދަލުކުރާ މިންވަރަކުން މުޖުތަމައެއްގެ އުޖާލާކަން އިތުރުވާ ކަމަށާއި ގައުމުގެ ކަންކަމާ މެދު ރައްޔިތުންގެ މެދުގައި މަޝްވަރާ އާއި ބަހުސްކުރެވޭ ވަރަކަށް ކަންކަމުގެ ހައްލު ހޯދޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުގެ އުންމީދަކީ، ޑިމޮކްރެސީގެ މަގުގައި އަޅުގަނޑުމެން މިކުރާ ދަތުރުގައި، ދިވެހިރާއްޖެ އާއި އެންމެހައި ދިވެހިންނަށް ކާމިޔާބާއި ފާގަތިކަން ލިބިގެން ދިއުމެވެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ހިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޒަމާނީ ޑިމޮކްރަސީގެ އެންމެ އަސާސީ ރުކުނެވެ.
އެ ހައްގު އެންމެ ފުޅާ ދާއިރާއެއްގައި ލިބިފައި ވަނީ މިދިޔަ ފަސް އަހަރު ތެރޭގައި ކަމަށާއި ނޫސްވެރިކަން ކުރުމުގެ މިނިވަން މާހައުލެއް ރާއްޖޭގައި ގާއިމުކޮށްދީފައި އޮތުމުން ޑިމޮކްރެސީ އިތުރަށް ހަރުދަނާވެގެން ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ ހައްގުގެ ބޭނުން ހިފާއިރު އެއީ ޒިންމާތަކަކާއި ވާޖިބުތަކަކާ އެކުގައި ލިބިގެންވާ ހައްގުތަކެއް ކަމަށް ގަބޫލު ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުލުމީ
16 September 2023
ބޭރު މީހުންނައް މިނިވަންކަން ލިބިފައިވާ ގައުމެއް ބޭނުން ގޮތަކައް އުޅޭވޭ
މަލަާލު
16 September 2023
ކުރީގެ ރައީސަކު މުޅި ދައުރު އެއްކޮއް ޖަލުގަ ދެން ކިހިނެއް މިނިވަންކަން ލިބޭނީ އެވެސް 980000 މީހުން ސަޕޯޓު ކުރި މީހެއް
އައިމިނާ
16 September 2023
އެމްޑީޕީ ނޫނީ އަމިއްލަ ޕާޓީގެ މެންބަރު ންނަށް އަނިޔާކޮށް ނިކަމެތި ކުރި ޕާޓީއެއް ނުއޮންނާނެ.
ފިތުރޯނު
15 September 2023
ޑޮލަރު ގަތުމުގެ އެއްވެސް މިނިވަން ކަމެއް ނޯވޭ، މިހާރު ޑޮލަރެއް މިގަންނީވ -/18 އަށްވުރެ އަގު ބޮޑުކޮށް،
އަބްޑޫޅް +
15 September 2023
ގިވް އަ ލިޓުލް މެދުވެރިކޮށް، ފައިސާ އެއްކޮށްގެން، ދިވެހިންގެބަޔަކު އެބަ އުޅެޔޭ، އޮޝްޓޭލިޔާގަ މިސްކިތެއް އަޅައި، އޮޝްޓޭލިޔާގަ އިސްލާން ދީން ފަތުރަން. އޮޝްޓޭލިޔާއިން އަހުރެމެންނަށް އެ މިނިވަންކަން ލިބިދޭއިރު، ރާއްޖޭގަ ޗާޗު އެޅުމުގެ މިނިވަންކަމެއް ނެތް. ލަދެއް ނުގަނޭތަ؟ ކަލޭމެން ތިޔަ އުޅެނީ ތިމަރައިގެ ޒަމާނުގަޔޭ!
އަބްޑޫޅް +
15 September 2023
ކޮން މިނިވަންކަމެއް؟ އަދިވެސް ނެތޭ، ދީނުގެ މިނިވަންކަމެއް. ދިވެހިން ގޮސް އުޅޭ، ބޭރުގެ ހުރިހާ ރަށަކުންވެސް ދިވެހީންނަށް ދީނުގެ މިނިވަންކަން ލިބިދޭ. ރާއްޖޭގަ މި އޮންނަނީ ދީނުގެ މިނިވަންކަން އޮބި އަޅާ، ހިފަހައްޓާފަ. ކަލޭމެން ތަހުޒީބުވެ، އެކާވީސް ވަނަ ގަރުނަށް ނިކުމެ ބަލަ.
އާދަމް ޒާހިރ
15 September 2023
ކޮންކޮންމެ ކަމަކަށް ބޭނުންހާ މިންވަރަކަށް މިނިވަންކަން ދީފިނަމަ އިންސާނިއްޔަތުކަން ގެއްލުނީ.
އަބްޑޫޅް +
15 September 2023
ދުނިޔޭގެ ގާނޫނުތަކުން ލިބިދޭ މިނިވަންކަން، ރާއްޖޭގަވެސް އޮންނަން އެބަ ޖެހޭ.
އަފްރާސިޔާބު
15 September 2023
ތި ގާނޫނު އަސާސީއަކީ ރައްޔިތުން މިނިވަން ކުރި އެއްޗަކަށްވުރެ ރައްޔިތުންނަށް އޮތް ބޮޑު ބިރެއް. ތީގައި ތިބުނާ ލާމަރުކަޒީ އުސޫލާއި ކައުންސިލް ތަކާއި ވިނިވަން ގިނަ މުއްސަސާތަކާއި މަޖްލިސް އެކުލަވާލަން ޖެހޭ ގޮތަކީ ރައްޔިތުން ބައިބައި ކޮށް މިހާލަތަށް ގެންދިޔަ ސަބަބު. މުއިއްޒު މިކަން ވިސްނައި ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް ވިސްނާނެ ކަމަށް އުންމީދު ކުރަން.
ޢަމަލު
15 September 2023
އެއްޗަކީ ބަހެއްނޫން، އެއްޗަކީ ކަން.