16 ސެޕްޓެމްބަރ 2023 - 17:14
މަސްވެރިންގެ އަތުން މިފްކޯއިން ކަޅުބިލަ މަސް ގަންނަ އަގު 25ރ. އަށް ބޮޑު ކުރުމުން އެންސިސް ފިޝަރީސް އިން މަސް ގަތުން ހުއްޓާލައިފި އެވެ.
އެންމެ ފުޅާކޮށް މަސް ގަންނަ އަމިއްލަ ކުންފުނި, އެންސިސް ފިޝަރީސްގެ ޑިރެކްޓަރު އަބްދުލް ވާހިދު މިއަދު ވިދާޅުވީ، މަސްވެރިންގެ އަތުން ކަނޑު މަސް ގަތުން ހުއްޓާލީ، 25ރ. އަށް ގެނެގެން ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެތީ ކަމަށެވެ.
މިފްކޯ އިން ރޭ ވަނީ ކަޅުބިލަ މަސް ކިލޯއެއް 25ރ. އަށް ގަންނަން ފަށައިފަ އެވެ.
ވާހިދު ވިދާޅުވީ، ކަޅުބިލަ މަސް ކިލޯއެއް 17ރ. އަށް ގަނެގެން، ހަމަޖައްސާލެވެނީ ވެސް ކިރިޔާ ކަމަށާއި، މިފްކޯ އިން މަސް ކިލޯއެއް 25ރ. އަށް ހެދުމުން، ކޮންމެ ކިލޯއަކުން 12ރ. ވަރުގެ ގެއްލުމެއް ވާނެ ކަމަށެވެ. އަދި ވިދާޅުވީ، މިފްކޯ އަށް އެހާ އަގު ބޮޑު އަގެއްގައި މަސްވެރިން އަތުން މަސް ގަނެވެނީ، ސަރުކާރުން ސަބްސިޑީ ދޭތީ ކަމަށާއި، އެކަމަކު އެ އަގުގައި އަމިއްލަ ފަރާތްތަކަށް އެ ވިޔަފާރި ކުރިއަށް ގެންދަން ވަރަށް އުނދަގޫވާނެ ކަމަށެވެ.
"މަސްވެެރިންނަށް ސީދާ އެ ސަބްސިޑީ ލިބޭނެ ގޮތެއް ވެއްޖެ ނަމަ އަމިއްލަ ކުންފުނިތަކަށް ވެސް އެ ކަނޑައަޅާ އަގެއްގައި ވިއްކޭނެ. އެ މަޝްވަރާތަކުގައި ތިއްބާ ސަރުކާރުން މި އެނައުންސް ކުރަނީ 25ރ. އަށް މަސް ގަންނަނީއޭ. ސަރުކާރުން މި ވިދާޅުވަނީ ޑިއުޓީ އެބަ ކަނޑާލައޭ. އެކަމަކު އެއަކީ ވެސް އެއްވެސް ތާރީހެއް އޮތް ކަމެއް ނޫން އެއީ،" އޭނާ ވިދާޅުވި އެވެ.
ވާހިދު ވިދާޅުވީ، ވިޔަފާރީ އުސޫލުން މަސް ގަންނަން ބަލާއިރު ކިލޯއަކަށް 25ރ. އަކީ އެ ކުންފުންޏަށް ގަނެވޭނެ އަގެއް ނޫން ކަމަށެވެ.
"25ރ. އަށް މިފްކޯ އަށް މަސް ވިއްކެން އޮއްވާ މަސްވެރިން އަޅުގަނޑުމެންނަށް މަހެއް ނުވިއްކާނެ. އެހެންވެ މަސް ގަތުން ހުއްޓާލީ. އެހެންވީމަ ސަރުކާރަށް މި އެދެނީ އެ ޑިފަރެންސް [އަގު ބޮޑު ކުރި އަދަދު] ދޭން. އެ ޑިފަރެންސް ނުދޭ ކަމުގައި ވާ ނަމަ ޖެހޭނީ ފެކްޓްރީ ވެސް ބަންދު ކުރަން،" އޭނާ ވިދާޅުވި އެވެ.
އެންސިސް އިން ހުޅުމާލޭގައި ހެދި ފެކްޓްރީގައި ދުއިސައްތައެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އަދި އޭގެ ތެރެއިން 80 ޕަސެންޓު މުވައްޒަފުންނަކީ އަންހެނުންނެވެ.
ވާހިދު ވިދާޅުވީ، މަސް ކޭނަރީއަކާއި, ބޮޑު ފެކްޓްރީއެއް ހެދީ ބޭރުން ލޯނު ނަގައިގެން ކަމަށާއި އެހާ ބޮޑު ގެއްލުމެއްގައި އެ ވިޔަފާރި ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. އަދި އެފަދަ ބޮޑު އިންވެސްޓްމަންޓެއް ކުރީ، އަމިއްލަ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އެންސިސް ފިޝަރީސް ވިޔަފާރީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ކަނޑު މަހާއި ކަނޑުމަހުން އުފައްދާ ތަކެއްޗަށެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކަށް ރާއްޖެ އިން އެކްސްޕޯޓްކުރާ މަހާއި މަހުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ކުޑަ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަތާ ގިނަ ދުވަސްތަކެއް ވެފައިވާ އިރު، އެކަމުގެ މަޝްވަރާތައް ކާމިޔާބު ކަމާ އެކު ކުރިއަށްދާ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ. ރާއްޖެއިން މިހާރު ޔޫރަޕަށް ފޮނުވާ މަހުގެ ޑިއުޓީ އަށް 22 ޕަސެންޓް ނަގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުރާހިމު
17 September 2023
އަހަރެމެން 25ރ އަށްވުރެ ދައްކޮށް ކިލޯއެއް ގަންނަން ނުލިބޭ މިމީހުންނަށް 25ރ ކުޑަ މީ އަޖައިބެއް
އޮޑިވެރިޔާއައް ފައިދާ
17 September 2023
މިއީ މިސްވެރިޔާ އައްވުރެ އޮޑިވެރިޔާއައް ފައިދާ ކުރަންކުރާކަމެއް. ގިނަ މސްވެރިންނަކީ މިހާރު ބަންގާލުމީހުން
Gold
17 September 2023
އިންތިހާބުގެ ދެވަނަބުރާ ދިމާކޮށް ސޯލިހުގެ ސަރުކާރުން ހެދިބޮޑުމަކަޜެއްތީ، ރާއްޖޭގަ މަސްވެރިކަން ކުރާ މުޅި ސިސްޓަމް ބަދަލު ނުކޮށްފިނަމަ މަސްވެރިކަން އުވިގެންދާނެ، ގެންނަންޖެހޭ ބައެއް މުހިންމު ބަދަލުތައް، މަސްވެރިންނަކީ މުސާރައަށް އުޅޭބަޔަކަށްހެދުން، ގިނައިން މަސްބޭނިއްޖެއްޔާ މުސާރައިގެ އިތުރުން ބޯނަސްދިނުން، މަސްވެރިން އަމިއްލަޔަށް މަސްބޭރުކުރެޥޭނެގޮތާ ޕުރޮސަސްކުރުމަށް އިންވެސްޓުކުރުން، އަދިވެސް ރަނގަޅުހިޔާލުތައްއެބަހުރި މިތާކު ލިޔާނެ ޖާގައެއްނެތް
މަރޭ
17 September 2023
25 ރުފިޔާ މަސް ވެރިން ނަށް ދެން ރައްޔަތުން ނައް ލިބެނީ އަގު ހެއުކޮށް ދޯ.މަސްދަޅު އަގުހެއުވާނެ ދޯ.
އިސްމާލި
17 September 2023
"ސަރުކާރުން މި ވިދާޅުވަނީ ޑިއުޓީ އެބަ ކަނޑާލައޭ. އެކަމަކު އެއަކީ ވެސް އެއްވެސް ތާރީހެއް އޮތް ކަމެއް ނޫން އެއީ،" މި ނިމޭ 5 އަހަރު ކުރަމުން އައި މަޝްވަރާތައް ކޮޅެއްގަ ނުޖެހި އޮވެފަ ކުއްލިއަކަށް އިންތިހާބުގެ 2 ވަނަ ބުރަށް މި ލިބުނީ ޑިއުޓީ ކަނޑާނެކަމުގެ ޔަގީންކަން!!!! އަދި ނޭނގޭ ކަނޑާނެ ދުވަހެއް ވެސް، އަންނަނީ އަންނަނީ ގަ މުޅިންވެސް. މަސްވެރިންނަށް އެނގޭ މިއީ ވޯޓަށް އަނބުރާ ގޭސްގަނޑެއްކަން.
ބޮޑުރިޔާ
17 September 2023
ދެންނުގަނެންޏާ ތިބޭ މިމީހުން ހިތުން ސަރުކާރާއި މަސްވެރިން ޖައްސަން އެއުޅެނީ ފުރަތަމަބުރުގެ ނަތީޖާ ފެނުނީމަ މުއިއްޒު ގެނެވޭތޯ ތިޔައުޅެނީ ދެންމުއިއްޒު އަޔަސް ނަޔަސް ތިޔަށް ވުރެން ދަށެއްނުވާނެ
ގުދުގުދާބެއްޔާ
17 September 2023
ކަލޭމެން މަސްނުގަތަސް ވަރިހަމަ! ކަމޭނެން ތީ ކޮވިޑް ދުވަސްވަރު ދިވެހިން ވަޒީފާއިން ވަކިކޮއްފައިވާ ބައެއް! ކަލޭމެންނާ މެދު އެއްވެސް އިންޓެރެސްޓް އެއް ނެތް!
މިރުޝާން 12
17 September 2023
އެންޒީން ފިނިކުރި މަސްފިލެޓް ކިލޯއެއް އެވިއްކަނީ -/120 އާ -/140 ދެމެދުގެ އަގެއްގަ. ދެން ފައިދާ ނުވާންވީ ކީއްވެ؟ އެންޒީން އެއުޅެނީ އެހެން ބޭނުމެއްގައި.
ސަލާހު
17 September 2023
މި އެގުނީނުން މަސްވެރިންގެ ރިޒްގުގަ އަތް އަޅަން އުޅޭ މީހުން. އެންސިސް އަށް ފައިދާ ނުވަންޏާ މަސްވެރިކަން ހުއްޓާލާފަ ރައިސް ޔާމީނުއާއެކީ ކުރިންވެސް އުޅުނުގޮތަށް ޑޮލަރު މާރުކުރާ ވިޔަފާރީގަ އުޅުނީމަ ނިމުނީ.
ލަންބޫޖީ
17 September 2023
މިފްކޯ މަސްފިހާރައިން ކިލޯ އުޅެނީ 85 ރުފިޔާ އާއި 120ރ އާއި ދޭތެރޭ. 25ރ އަށް ގަނެގެން ކިތައް ޕަސެންޓް ޖައްސައިގެންތަ މިއުޅެނީ ރައިޔަތުން ފެލަން.
ގަމާރުގެގަމާރު
17 September 2023
ބަލަ މިފްކޯގަ ނުހުރެ އޭ ކައްޓާ، ބޮލާ، ހުރިހާ އެއްޗިސް އެކުލެވޭ ގޮތަށް، ބޮލަށް ބެރު ވެއްޓިފަ ތިބޭ ބައެއް މީ، މާރުކޭޓް ބލާބަލަ މަސް އެއކޮށް ލިބޭނީ -/35 ނޫނީ -/45 އަކަށް.