ޚަބަރު / މެމްބަރު ގާސިމް އިބްރާހިމް (މާމިގިލި)

ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ގާސިމްގެ ތާއީދެއް ނެތް، ވިދާޅުވީ މާ ގޯސްވާނެ ކަމަށް

ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ގާސިމް އާއި ނަޝީދު: ބަރުލަމާނީ ނިޒާމަކަށް ދާން ގާސިމް ތާއީދު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި --- މިހާރު ފޮޓޯ/ނިޝާން އަލީ

16 ސެޕްޓެމްބަރ 2023 - 19:24

23 comments

ރަައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި ދަ ޑިމޮކްރެޓްސް އިން ބޭނުންވާ ގޮތަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނަގަން ދެކޮޅު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރަން ޖޭޕީގެ ކައުންސިލުން ނިންމުމަށްފަހު މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން ގާސިމް ވިދާޅުވީ ނިޒާމީ ވޯޓެއް ނެގުމަކީ އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫން ކަމަށާއި އަދި އެކަމަށް އޭނާގެ އެއްބާރުލުން ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް ކަމުދާ ކަމެއް ނޫން އެއީ. ނިޒާމީ ވޯޓެއް ނެގުން އެއީ ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ނޫން. ބަރުލަމާނީ ނިޒާމު ގެނެސިއްޔާ މިއަށް ވުރެ އަދި މާ ނުބައިވާނެ. ރައްޔިތުންނަށް މާ ނިކަމެތިވާނެ." ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުން: އެ ޕާޓީން ނިންމީ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދުނުކުރަން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދެވަނަ ބުރުގައި ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ޑިމޮކްރެޓްސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކީ އިންތިހާުގެ ދެވަނަ ބުރު ބޭއްވުމުގެ ކުރިން ބަރުލަމާނީ ނިޒާމަކަށް ދިއުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމެވެ. އަދި މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު މަޝްވަރާ ކުރެއްވުމަށް މާދަމާ ޖަލަށް ވަޑައިގަންނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.

ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށްޓަކައި 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔައިރު ނަޝީދާއި އެމްޑީޕީން ވެސް ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ. އަދި ޔާމީން ވެސް ބަރުލަމާނީ ނިޒާމަކަށް އޭރު ތާއިދު ކުރެއްވި އެވެ. ނަމަވެސް ފެންނަ ނުފެންނަ ވޯޓުން އޭރު ނިންމީ ރިޔާސީ ނިޒާމު ދެމެހެއްޓުމަށެވެ.

ވެރިކަމުގައި މިހާރު ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުއާ ވެސް އެންމެ ބޮޑަށް ހިޔާލު ތަފާތުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ނުކޮށްގެންނެވެ.

23 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 61%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕާޓީގޭންގު ސިސްޓަމް

17 September 2023

ކާކުހޭ މިގައުމުގައި ތިޕާޓީ ގޭންގު ސިސްޓަމަށް ސަޕޯޓު ކުރަނީ؟ ތީ ނަޝީދު އާއި ޑޭވިޑު ހާޑިންގއަމްގެ ފޭލްވެ ކުނިވެފައިވާ ޕްރޮޖެކްޓެއއ. ރައްޔަތުންވަނީ ނޫނެކޭ ބުނެފަ ނޫންހޭ!!!؟؟

The name is already taken The name is available. Register?

އަސޭލ

17 September 2023

ވަކި ގައުމައް ފައިދާއެއް އޮވެގެން ބުނާއެއްޗެއް ނޫން ތީކީ، އަމިއްލަ ފައިދާ. ކޮންމެ ސަރުކާރަކުން ވެސް އެހުންނަ ހެޑް އޮފަ ސްޓޭޓައް ބާރުފޯރުވަން ފަސޭހަވާނެ، މުޅި މަޖުލީހައް ބާރުފޯރުވުމައް ފުރެ. ރިޔާސީ ނިޒާމުމީ ހަރަދުކުޑަ ކޮރަޕްޓު ސިސްޓަމެއް. މިސްާޓަމް ހިންަނީ ދުދިޔޭގެ ފަގީރު ގައުމަުތަކާ ޑިކްޓޭޓާޝިޕް ތަކާ އަދި ކޮރަޕްޝަން ގިނަ ގައުމުތަކުގަ. މިގައުމައްވެސް ބޭނުންވަނީ ސެރެމޯނިޔަލް ރައީސެއް އަދި ފަންޝަނިން ޕާލަމެންޓެއް.

The name is already taken The name is available. Register?

‫ނާޑުވާ

17 September 2023

ރައްޔިތުން އެއްވެސް ގޮތަކަށް ބަރުލަމާނީ ނިޒާމެއް ބޭނުމެއް ނުވޭ. އެކަމަކު މީނަގެ ތަސައްލީ އަކަށް މިހާރު ވެއްހެ ކަންނޭނގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން. މަށަށް ޔަޤީންވާ ކަމަކީ ވޯޓު ނެގިޔަސް ރައްޔިތުންގެ ތާއީދެއް ނުލިބޭނެކަން.

The name is already taken The name is available. Register?

ޝަމްސް

17 September 2023

އަހަރެން އެކަކުވެސް ބޭނުމެއް ނުވޭ ތިބަރުލަމާނީ ނިޒާމެއް. އައްނި ނޫނީ. މިހާރު މިއޮތީ އެއްމެ ފައްކާ ނިޒާމް. ރައްޔިތުމީހާ ބޭނުންވާގޮތަށް ވޯޓްލައިގެން ވެރިކަން ބަދަލުކުރަން ލިބިފައިވާ އެއްމެ ރަގަޅުގޮތް.

The name is already taken The name is available. Register?

ސަމްސް

17 September 2023

ނިޒާމީ ވޯޓެއް ރައްޔިތުން ބޭނުންވާނަމަ އެކަމުގެ ރޫހެއް ދިރެމުން އަންނާނެ. މިހާރު ހިޔެއްނުވޭ ރައްޔިތުން ތެރޭގަ ބަރުލަމާނީއަކަށް ބަދަލުކުރުމުގެ މާބޮޑު ރޫހެއް ހުރިހެނެއް. އެހެންނަމަ ސައިހޮޓާ ތަކުގައާއި ހޮޅުއަށިތަކުގައި އެވާހަކަ ގިނަގިނައިން ދައްކާނެ. އެހެންވީމާ ތިކަމުގަ މައުލޫމާތު ފަތުރާ ރައްޔިތުން ހޭލުންތެރި ކުރުމަށް އަދި 10 އަހަރު މަދުވެގެން ބޭނުންވާނެހެން ހީވަނީ.

The name is already taken The name is available. Register?

1206

17 September 2023

ސޯލިހު މިހާރު އެހުރީ ރިޔާސީ ރޭހުގައި ވަރަށް ބޮޑަށް ބާކީ ވެފައި. އެކުގައި ކޯލިޝަންގައި ތިބި އެމް.ޑީ.އޭ އާއި އަދާލަތު ޕާޓީ އަކީ ހޯދައިދެވޭ ވޯޓަށް ބަލާއިރު މާ ބޮޑު ޖޯރެއް ހުރި ދެ ޕާޓީ ނޫންކަން ފުރަތަމަ ބުރުން ވަރަށް ސާފުވެއްޖެ. ދެން މި އޮތީ، ހަމަ އެކަނި ދި ޑިމޮކްރެޓްސް. އިބޫ ސޯލިހު ވެރިކަން ބޭނުންވޭ. އެހެންވީމާ، ވެރިކަން ބޭނުންވާ ނަމަ، އެކަން ލިބުމުގެ ފަޅި ސިކުންތެއް އޮތީ ނަޝީދުގެ ތާޢީދު ލިބިގެންކަން މިހާރު ސޯލިހުއަށް ވިސްނޭނެ.

The name is already taken The name is available. Register?

ބަކުންބޭ

17 September 2023

ޤާސިމްގެ ޕާރޓީގެ ހުރިހާ ތީމެއް ބިނާވެފައި އޮތި ޖުމްހޫރީ ފަލްސަފާއަށް، ދެން ނަޝީދު ގެ ހުރި މޮޔަކަމުން ދޯ ޤާސިމް އަރިހަށް ދާނީވެސް، މާނައަކީ މިވާނީ ނަޝީދު ޤާސިމް ޕާރޓީ އުވާލަދޭށޭ ބުނުން ފަދަކަމަކަށް.

The name is already taken The name is available. Register?

ބަޑިތަކުރު

17 September 2023

މަޖިލީހުގެ ތެރެއިން ކެބިނެޓް އެކުލަވާލާނަމަ، މަޖިލީހަށް އެވަރުގެ މަސްއޫލިއްޔަތެއް އަދާނުކުރެވޭ ފެންވަރުގެ މީހުންނަށް ކުރިމަތިނުލެވޭނެ ގޮތަކަށް މެންބަރުކަމަށް ކުރިމަތިލާ މީހުންގެ ޝަރުޠުތައްވެސް ގާނޫނެއްގައި ކަނޑައަޅަންޖެހޭނެ. އެންމެ ކުޑަމިނުން މިފަދަ ބަދަލެއް ނުގެނެސް ދެބާރު އެއްކޮށްލައި ނުސީދާކޮށް ޝަރުޢީ ނިޒާމުގެ ވެސް މުށުތެރެއަށް ލާކަށް ހެޔޮވިސްނޭ އެކަކުވެސް ތާއީދު ކުރާނެ ކަމަކަށް ނުފެނޭ.

The name is already taken The name is available. Register?

ޢެމެރިކާ

17 September 2023

އެމްޑީިޕީ އޮވާލަންވީ.

The name is already taken The name is available. Register?

ޑިމޮކްރެޓީ

17 September 2023

ބަރުލަމާނީ ނިޒާމަށް ތާއިދުނުކުރަނީ ގާސިމުއަށް ބައިއަޅާ ގޮތަށް ވެރިކަމަށް އަންނަ އައުން ބަރުލަމާނީ ނިޒާމުގައި ނިމުމަކަށް އަންނާނެތީވެ. މުޅި ދުނިޔެއަށް ބަލާލިޔަސް ތަހުޒީބު، ހުރިހާ ގައުމެއްގައި އޮތީ ބަރުލަމާނީ ނިޒާމު، އިސްލާމީ ހުރިހާ ބޮޑެތި ގައުމުތަކެއްގައި އޮތީ ބަރުލަމާނީ ނިޒާމު. (ޙުދުމުޙްތާރު) ގައުމުތަށް ފިޔަވައި. ދިވެހިރާއްޖޭގައި އޮންނަ ކަހަލަ ރިޔާސީ ނިޒާމު އޮންނަނީ އެފްރިކާ ބައްރުގައި، ދެން އިރާނު ކަހަލަ ގޮއްމުށް ސަރުކާރުތަކުގައި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454