ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ: އިދިކޮޅަށް ވެރިކަން ލިބިއްޖެ ނަމަ، ޖަލަށް ލާނެ މީހުންގެ ލިސްޓެއް މިހާރު ތައްޔާރުކޮށްފައި އޮތް ކަމަށް އިމްރާން ވިދާޅުވޭ-- ފޮޓޯ: އެމްޑީޕީ
17 ސެޕްޓެމްބަރ 2023 - 02:01
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފިނަމަ، އޭނާގެ ވެރިކަމުގައި ޖަލަށްލާނެ މީހުންގެ ލިސްޓެއް ތައްޔާރު ކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ތުހުމަތު ކުރައްވައިފި އެވެ.
އެމްޑީޕީގެ ސޯސަން ޖަގަހަ ޖަލްސާގައި ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން ވަނީ މިދިޔަ ފަސް އަހަރަކީ އަމާން ހިތްފަސޭހަ ދައުރަކަށް ވިޔަސް، ކުރިއަށް އޮތް އިންތިހާބު މުއިއްޒު ކާމިޔާބު ކުރައްވައިފި ނަމަ، އަނިޔާވެރިކަން އަލުން އިއާދަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އިމްރާން ވިދާޅުވި ގޮތުގައި އިންތިހާބު ކާމިޔާބުވެއްޖެ ނަމަ، ޖަލަށްލާނެ މީހުން ލިސްޓެއް ވެސް އިދިކޮޅުން މިހާރު އޮތީ ތައްޔާުރުކޮށްފަ އެވެ. އެހެންވެ، އެމްޑީޕީގެ މެމްބަރުންގެ މެދުގައި ނުތަނަވަސް ކަމެއް އޮތް ނަމަވެސް މުއިއްޒު އިންތިހާބު ކުރުމަކީ ބުއްދިވެރި ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށް އިމްރާން ވިދާޅުވި އެވެ.
"ތިބޭފުޅުން ބައްލަވަމުން ގެންދަވާ އިނގޭތޯ ލިސްޓުތައް އެބަ ހުއްޓޭ އިނގޭތޯ. ފުރަތަމަ މަސް ދުވަހު ތެރޭ ޖަލަށްލާން ޖެހޭ މީހުން. ދެވަނަ މަސް ތެރޭ ޖަލަށް ލަން ޖެހޭ މީހުން. ދައުރު ނިމޭއިރު ޖަލަށް ލާންވާ މީހުން. ލިސްޓު އެބަ ހުއްޓޭ އިނގޭތޯ. މިއަށް ދޫކުރުން އެއީ އަޅުގަނޑު ހިތުން ބުއްދިވެރި އެއްވެސް އިންސާނަކު ކޮށްގެންވާނެ ކަމެއް ނޫން." އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ 2008 ގައި އުފެދުނު އެމްޑީޕީގެ ވެރިކަން ތިން އަހަރުގެ ތެރޭގައި ވެއްޓި، އޭގެފަހުން 2013 ގައި ކުރިމަތިލާން ޖެހުނީ ދަތި އުނދަގޫތަކާ ކަމަށެވެ. އެކަމަކު އެމްޑީޕީ އިސްވެ އޮވެ، 2018 ގައި ހިންގި ވެރިކަމުގެ ތެރެއިން ރާއްޖެއަށް ހަމަޖެހުން ލިބުނަސް އިންތިހާބުގެ ފުރަތަމަ ބުރުން ހީކުރިވަރުގެ ނަތީޖާއެއް ނުލިބުނު ކަމަށް އިމްރާން ވިދާޅުވި އެވެ. އެހެންވެ، މީގެ އެތައް އަހަރެއް ކުރިން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވި ބޭފުޅުން އިންތިހާބު ކާމިޔާބުކުރުމަށް އާ ހިތްވަރަކާ އެކު ނިކުމެފައިވަނީ ގައުމު ދޫކޮށްލައިފި ނަމަ، ދެން ދާނެ މިސްރާބު އެމީހުންނަށް ސާފުކޮށް ފެންނާތީ ކަމަށް އިމްރާން ވިދާޅުވި އެވެ.
"މިމަސައްކަތުގައި 20 އަހަރުކުރިން އުޅުނު ބޭފުޅުން، މީގެ 15، 18 އަހަރުކުރިން މި މަސައްކަތުގައި އުޅުނު ބޭފުޅުންނަށް ވަރަށް ރަނގަޅަށް އެބަ އިހުސާސް ކުރެވޭ އަޅުގަނޑުމެން މި ގައުމު ދޫކޮށްލައިފިއްޔާ ދެން މި ގައުމު ގޮސް ޖެހޭ ތަން ވަރަށް ރީތިކޮށް. އެބަ ފެނޭ. އަޅުގަނޑުމެން ގައުމު ހަރާބުގެ ތެރެއަށް ދުލެއް ނުކޮށްލާނަން." އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ހުރިހާ ލީޑަރުން ޖަލަށްލައި، އަނިޔާކޮށްގެން ޑިމޮކްރަސީ ހަލާކުކުރުމަށް އިދިކޮޅަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.
އަނިޔާވެރި ވެރިކަމެއް ފެށިއްޖެ ނަމަ، ދެން ގައުމަށް ވާނެ ގޮތް އެންމެނަށް ވެސް އެނގޭ ކަމަށް ވިދާޅުވެ، އިމްރާން ވަނީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ބާކީ އޮތް ދުވަސްތަކުގެ ތެރޭގައި އެންމެން ގުޅިގެން ވަރުގަދަ މަސައްކަތެއް ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އިމްރާން ވިދާޅުވީ އަދާލަތު ޕާޓީން އެމްޑީޕީއާ އެކު އޮތް ހަމައެކަނި ސަބަބަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރައްޔިތުންނަށް އިހުލާސްތެރި ހިދުމަތްތަކެއް ކުރައްވާ ބޭފުޅަކަށްވާތީ ކަމަށެވެ. އެހެންވެ އެމްޑީޕީގެ މެމްބަރުން އެކަން އިތުރަށް ގަބޫލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮތީ މިމަހުގެ 30 ގަ އެވެ. ރައީސް ވެސް ތަކުރާރުކޮށް ވިދާޅުވަނީ ފުރަތަމަ ބުރުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތަސް އިންތިހާބު ބޮޑު ތަނުން ކާމިޔާބުކުރައްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޞްލުވެސް
17 September 2023
ޢިމްރާނު އެއްގޮތަކަށްވެސް ދެރަވާނެ ކަމެއްނެތް، ތިޔައީ ދައުލަތުގެ ވަޒީރެއްގެ މަތިވެރި ލަޤަބާ އިއްޒަތް ލިބި ވަޑައިން ހުންނެވި ބޭފުޅެއް. އެހެންވެ ދިވެހިން މަނިކުފާނު ވަޒަންކުރާގޮތަށް ޤައުމީ އިނާމެއް ދޭން ހުށަލަޅާނަށް. މިއޮތީ އިނާމުގެ ވަނަވަރު:!!! "ދޮގުހެދުމުގެ ފަޚުރުވެރި އިނާމާއި ހަނދާނީ ލިއުން" ލިބި ދިނުންއެދި 2024 ވަނަ އަހަރުގެ ޤައުމީ އިނާމަށް އަހަރެން ނަން ހުށަހަޅާނަށް. މުއިއްޒުވާނެ މި އިނާމު އިމްރާނަށް ދެއްވަން.
ޔާމީނު
17 September 2023
ތިބޭފުޅާއަށް 10 އަހަރު
ކުށްވެިޔާ
17 September 2023
ކުށެއް ކުރެވިފައި ނެތްނަމަ ކަންބޮޑުވާކަށް ނުޖެހޭނޭ.
ބިރުވެރިކުށުގެ ލިސްޓު
17 September 2023
ސިޔާސީ ޕާޓީގެ ކެމއޕޭނުގެ ތެރެއިން ޖަލަށް ލާނެ ލިސްޓު ހެދުމަކީ ގައުމުގެ ޖުޑިޝަރީގެ ބާރު ކަޑުވާލަން މިފަހަރުކުރާ ފުރަތަމަ މަސައްކަތް. ޔާމީނު ދުވަސްވަރު ގެންގުޅުނު ބިރުވެރި ވެރިކަން ކުރަން ތައްޔާރު ވަނީއެވެ.
ޝަރުޢީ
18 September 2023
ރިޔާސީ ވައުދުކަށް ހަދައިގެން ރ ޔާމީން ޖަލައްލާނެކަމަށް އެމްޑީޕީން ޕޯޑިއަމްތަކުގައި ގޮވީ 2018ގައެވެ. ނަމަވެސް ޑރ މުޢިއްޒު ގޮވާއަޑެއްނީވޭ.
ކައުންސެލަރު
17 September 2023
ކޮބާބާ ތިޔަބުނާ ލިސްޓުއޮތް ނޫސްކަރުދާސްތައް. ދެއްކޭނެގޮތެއް ނެތްތަ؟ އެދުވަހުވެސް ހެދީދޮގު. މިއަދުވެސް ހަދަނީ ދޮގާވައްތަރީ. ދެނެއް ތިއެއްނުވިކޭނެ. އަވަހަށް ފޮށިތަންމަތި ރެޑީކުރޭ
ބޭޅާ އެހެންތޯ؟
17 September 2023
ތިބޭޅާ އެގޮށް ބޭނުން ނަމަ މިހާރު ބުކިންސް ހެދޭނެ. ހީވަނީ ތިބޭޅާ ވަރައް ދާހިއްވާތަނެއްހެން ޖަލަކީ. ތިހެން ކިޔާގެން ވެސް އިތުރު ދޮގުތަކެއް ހެދޭތޯ ބަލާތި އަދިވެސް މިޤައުމުވެ ރައްޔިތުން ހަނދާން އެބަހުރި ޱރ. އަފުރާޝީމުހެ ގާތިލުންނާ ބެހޭގޮތުން ތިބޭޅާ ހެއްދެވި ދޮގުތައްމަތިން. ކުޱަމިންވަރެއް.
މުޙުއްމާ
17 September 2023
1 - ސޭކް އިމްރާން އަބުދުﷲ
2023ރ
17 September 2023
ސޭކު އިމްރާން އެންމެ ފުރަތަމަ ލާންޖެހެނީ!
އަލީ އަލީ
17 September 2023
ދެން ތައްޔާރުވޭ ޖަލަށް ދާން! މިފަހަރު މިނޫން ގޮތެއް ނެތް! ގައުމަށްޓަކާ 5 އަހަރު އޮވެލުން މައްސަލައެއް ނެތްތާ!
އަފުރާޝީމު
17 September 2023
ޢިމްރާނަކީ ނުބައި ނުލަފާ މީހެއްކަމަށް މަވެސް ޤަބޫލު ކޮށްފިން. ހެއްދެވިހައިދޮގެއް ފާޅުގައި ތިޔަހަދަނީ ﷲ ތިބާއަށް ބައްލައި ވޮޑިގެން ވާކަން ނުދަންނާތީ. އަފްރާޝީމުގެ ލިއުންތައް މިހިރީއޭ ކިޔައި ހެދި ދޮގުތައް މަތިން ދިވެހެން ހަނދާނެއް ނުނެތޭއަދި.
މޫސާމަނިކު
17 September 2023
ކޮންމެ މީހަކަށް ކޮށްފައިހުރި ޤާނޫނީ ކުއްތަކަށް އަދަބު ނުދިނުމަކީ ޤާނޫނާ ޚިލާފު ވުމެއް. އިމްރާނު އެލިސްޓްގައި އޮތްނަމަ އިމްރާނަށް އެނގޭނެ ކުރިކުށެއް