17 ސެޕްޓެމްބަރ 2023 - 14:46
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އެ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އައްޔަނުކޮށްފި އެވެ.
ޖޭޕީގެ އެސްޖީގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އަލީ އާރިފް އިއްޔެ އިސްތިއުފާ ދެއްވުމުންނެވެ.
އޮކްޓޫބަރު 23، 2019 ގައި ޖޭޕީގެ އިދާރީ އެންމެ އިސް މަގާމަށް އައްޔަންކުރި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް އެ މަގާމުން އިސްތިއުފާ ދެއްވިކަން އެ ޕާޓީގެ ބައެއް މެމްބަރުން ގާތު ވިދާޅުވެފައިވާ ކަން ޕާޓީގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެކަމަކު އެކަން ރަސްމީކޮށް އެންގި ކަމެއް އެނގިފައެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި، އަލީ އާރިފް އެސްޖީގެ މަގާމުން އިސްތިއުފާ ދެއްވިކަން ޕާޓީގެ މެމްބަރުންގެ ގާތު ވިދާޅުވުމާ ގުޅިގެން، އަޒްލީން އެ މަގާމަށް އައްޔަނުކުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެންގެވުމުގެ މަތިންނެވެ.
މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖޭޕީން އިއްޔެ ނިންމިއިރު އަލީ އާރިފަކީ އެންމެ ގިނަ ބައެއްގެ ތާއީދާ އެކު ދެވަނަ ބުރަށް ދަތުރުކުރެއްވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެކެވެ. އެކަމަކު އޮގަސްޓް 2019 ގައި ޕީޕީއެމުން ވަކިވެވަޑައިގެން ޖޭޕީއާ ގުޅިވަޑައިގެންނެވި ފަހުން މުއިއްޒާ މާ ބޮޑު ގުޅުމެއް ނުބާއްވާ ކަމަށް އާއިލާގެ ބޭފުޅަކު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިހުރާބު
17 September 2023
އަޒްލީނުގެ ރަށް ރަތަފަންދޫއިން އެންމެ ވޯޓެއްވެސް ނުލިބޭ ސޭޓަށް.
ދިއްދޫމީހާ
17 September 2023
ތިޔަ މަގާމް ދަރަޖަ ކޮއްފަ އޮންނަ ގޮތުން އެމަގާމަކީ އދގެ ސެކްޓަރީ ޖެނެރަލްގެ މަގާމްއާ އެއްފަދަ މަގާމެއް ދެން އަހުންނަކަށް ނޭގެ އދ އަތޮޅުކަމެއް ނުވަތަ އެކުވެރި ދައުލަތް(އދ)ކަމެއް..
ފުޅު ބޭ
17 September 2023
އެއީ ވަރަށް މަތީ މަޤާމަކަށް އެ ދެވުނީ!
ގުދުގުދުލީބެއްޔާގެ ތެދުބަސް
17 September 2023
މީ ކޮން އަޒުލީނެއްތަ؟ ޔާމީނުދައުރުގާ ހޯމްމިނިސްޓރަކަށްހުރެ މަރުގެހުކުން ތަންފީޒުކުރަންވެގެން ދެންދެން އުޅެފާ އެކަންނުވިމީހާ މީ. ވަރަށް ބޮޑަށް ފޭލިވެފާހުރިމީހެއް.
ކަތްދައްތަ
17 September 2023
ކޮންތާކު މިޖެހުނީ އެންމެ ފަހުން ޖޭޕީގެ އެސްޖީއަކަށް މިލީ އިންޑިޔާ ޓެމިލްނާޑޫގެ މީހެއް.
އިހްސާސް..
17 September 2023
އަލީ އާރިފު އެސްޖީ އަށް ލުން އެއީ އަސްލު ޤާސިމަށް ހެދުނު ބޮޑުގޯހެއް. ޤާސިމުވެސް ދެން ސިޔާސީ ދާއިރާއާއި ދުރަށްޖެހި އުއްޗު އުޅޭހެން އުޅެބަލަ.
ހައްޕު
17 September 2023
އަނެއްކާ ޤާސިމު ގޯހެއް ތިޔަ ހެދީ. ޕީ.ޕީ.އެމްގަ ފޭލްވީ މީހުން ޖޭޕީން ކޮށްޕާ , ގަޅުވައިގެން ނުނެރެ ކުރިމަގެެއްނެތް. މިފަހަރު އެހާމަދުން ވޯޓލިބުމުގެ އެއް ސަބަބު އެއީ.
ބަހޫބަލީ
17 September 2023
ޔޭ ގާސިމްކޭ ސާތު ޖޯ ލޯގްހޭ، ވޯ ދެން އެކި ދިމަދިމާއަށް ނައްޓާލާނެ. އަބް ވޯލޯގޯންކޭލިއޭ ޖޭޕީ މޭ ކޯއީ އިންޓްރެސްޓް ނެހީހޭ. ބައެއް މިޔަރުތައް އުޅޭނެ ޕާލަމެންޓައް ވާދަކުރަން ޖޭޕީގެ ގާސިމްއަތުން ޕައިސާ ހޯދަން. ސޯ، ފޯދެޓް ކުޗްލޯގް ގާސިމްކޭ ސާތް ކުޗްޕަލްކޭލިޔޭ ރަހޭންގޭ
ތެފައާސާ.
17 September 2023
އަޒްލީނުގެ އުފަން ރަށް ކަމަށްވާ ރަތަފަންދޫއިން ނިމުނު އިންތިޚާބުގައި ގާސިމްއަށް ލިބުނީ 0 ވޯޓު.
ސަސި.
17 September 2023
އަސްލު ޖޭޕީގެ މީހުން މަގާމުތަކަށް ލާންޖެހޭ