މިނިސްޓަރު ޝައުނާ: ރައީސް އަނިޔާވެރި ނުވާނެ ކަމަށް ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވި
20 ސެޕްޓެމްބަރ 2023 - 09:36
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވަނީ އެ މަނިކުފާނަކީ އަނިޔާވެރިވާނެ ވެރިއަކަށް ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުން ކަމަށް އެންވަރަޔަމެންޓް މިނިސްޓަރު އައިޝަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސްގެ ކެމްޕެއިނަށް ގަލޮޅުގައި ރޭ ބޭއްވި ޖަލްސާގައި ޝައުނާ ވިދާޅުވީ އެމްޑީޕީން ކުރަމުން އަންނަނީ މުޅި ރާއްޖެ ބަދަލުކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
"އަނެއްދިވެހިރާއްޖެ" އަށް ދާން ފެށި ދަތުރު ފެށީ ދިވެހިންނަށް ހެޔޮ ވެރިކަމެއް ގެނެސްދޭން ކަމަށް ޝައުނާ ވިދާޅުވި އެވެ. އޭގެ ފަހުން ޖަޒީރާ ރާއްޖޭގެ ދަތުރުން މިހާރު އާދެވިފައި މި ތިބީ އަމާން ރާއްޖެއަކަށް ފެށި ދަތުރަށް ކަމަށް ވިދާޅުވި އެވެ. އޭނާ އެ އިޝާރާތްކުރެއްވީ އެމްޑީޕީން އެކި ކެމްޕެއިންތަކުގައި ބޭނުންކުރި ސްލޯގަށް ތަކަށެވެ.
މި ދަތުރުގައި އެމްޑީޕީގެ ސަޕޯޓަރުންވީ ގުރުބާނީތަކުގެ ހަނދާން އާކުރައްވަމުން ޝައުނާ ވިދާޅުވީ، އެ ދުވަހު ޕެޕަ ސްޕްރޭ އާއި މުގުރާއި އެސްއޯ ފުލުހުންގެ އަނިޔާއަށް އެއްވެސް ބިރެއް ނެތި، ގައުމަށް ހެޔޮ ގޮތް ހޯދަން އެތައް ބަޔަކު ނުކުތް ކަމަށެވެ.
އެ މަސައްކަތުގައި ގަލޮޅު ރައްޔިތުންގެ ހިއްސާ ބޮޑުކަން ޝައުނާ ފާހަގަކުރެއްވި އެވެ.
"އެތައް ޒަމާނެއް އަޅުގަނޑުމެން ތިޔަ ބޭފުޅުންނާ އެކު މަގުމަތީ ހޭދަކުރިން. ޕެޕާ ސްޕްރޭ، މުގުރުތަކަށް އެ ދުވަހު ބިރެއް ނުގަނޭ، ބިރަކާ ނުލައި ވޯޓުން ބަލިކުރާނީ މި އަނިޔާވެރިކަން ނިންމަން، މި ކުރާ ދަތުރުތަކަކީ އެކަން ކުރުމަށް ކުރާ ދަތުރެއް،" ޝައުނާ ވިދާޅުވި އެވެ.
"ޝައްކެއް ނުކުރަން ކާމިޔާބު ލިބޭނެ ކަމާ މެދު، ބޮޑު ތަނުން ރައީސް ކާމިޔާބު ކުރެއްވުން."
ޝައުނާ ވިދާޅުވީ ރާއްޖޭގައި އޮތީ ސިޔާސީ ދެ ވިސްނުމެއް ކަމަށާއި އެއީ އަނިޔާވެރިކަމުގެ ފިކުރާއި ހެޔޮވެރިކަމުގެ ފިކުރު ކަމަށެވެ. އެމްޑީޕީ އަދި ރައީސަކީ އަނިޔާވެރި ނުވާނެ ވެރިއެއް ކަމަށް ޝައުނާ ވިދާޅުވި އެވެ.
"މި ހުންނެވި ރައީސަށް އަޅުގަނޑު ތާއީދުކުރަނީ ހަމަ ޔަގީނުން ވެސް އަނިޔާވެރިއެއް ނުވާނެތީވެ، ވައްކަން ނުކުރައްވާނެތީވެ، ޔަގީން ކުރައްވާ ތިޔަ ބޭފުޅުންގެ އެންމެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައިނުގަންނަވާނެ،" ޝައުނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު
20 September 2023
ޝައުނާ އަށް އަނިޔާވެރިނުވިޔަސް ، ހަމަގަމުވެސް އެހާސް ރައްޔިތުންނަށް އަނިޔާވެރިވެއްޖެ،
ކުރިނބީ
20 September 2023
ކުށްކުރާ މީހުންނަށް އަދަބު ނުލިބި ސަލާމަތްވެގެންދިއުމުން އުފެދޭނީ ހަމަޖެހުން ހެއްޔެވެ؟ ދަރިންގެ ދަރީން ދަރާ ބޯހިކެން ނެތްވަރަށް ދަރަނި ނެގީމާ އެހުޅުވުނީ ސުލަހަ މަސްލަހަތަށް މަގެއްހެއްޔެވެ؟ އިންޑިޔާއަސް ގައުމުން ބިންތައްދީ ބާރުތައް ދީ ހަދާފައި ރިކަރަންޓް ޚަރަދު ހަމަޖައްސަން ލޯނުނަގައިގެން އަޅުވެތިވީމާ، އަމާންކަން އެބައޮތް ހެއްޔެވެ؟އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނަށް ލިބުނީ މަތީ މަގާމު ނޫންހެއްޔެވެ؟ ހަށިވިއްކާތަންތަން ވީ އިތުރު ނޫންހެއްޔެވެ؟
ފިޔަވަޅު
20 September 2023
ކޮން އަނިޔާ އެކޭ ކިޔާކަށް . ބަލަ އަރެންނަށް ލިބުނު ފުލެޓޭ ވެރިކަމަށް އައި ގޮތަށް އަތުލީ . ޢެއީ އަނިޔާ ނޫންތޯ. ޢެހެން ނޫނަސް ރައީސް ކަމަށް ހަމަ އެންމެ ޤާބިލް މީހަކީ މިފަހަރު ހަމަ ޑޮކްޓަރ މުއިއްޒު.
ހިތުގެ އަނިޔާގެ ޝުޢޫޜު
20 September 2023
ދައުލަތަށް ނޫނީ ރައްޔިތުންނަށ ލިބެން ހުރި ހަތަރު ބިލިޔަން ވިޔަސް މިލިޔަން ވިޔަސް ވަކިބަޔަކަށް މަޢާފު ކޮށްދީފައި ބަޔަކު ހިތް އުފާކުރުމަކީ ނިކަމެތި މީހާއަށް ކުރި އަނިޔާއެއް. ޢަތުގައި ބިޑި އަޅައި ދެފައިގައި ކަސްތަޅު އެޅުމަށް ވުރެ ބޮޑު އަނިޔާއެއް. އެފައިސާއިން ދިން މިންވަރެއް ރައްޔިތަކަށް ނުދޭހާ ހިނދު އެކުރަނީ އަނިޔާ. އަނިޔާ ލިބުނު އެންމެންގެ ދުޢާ އިން އިބޫ ފޭލިވާނީ.
ބިގަރަ ހަސަނާ
20 September 2023
މީނަވެސް ވުޖޫދުގައިވާ މީހެއްކަން އެނގުނީ ރައީސް ނަޝީދުގެ ހެޔޮފުޅުކަމުން، މިހާރު އިބޫއަށް ސަނާކިޔުމުގައި މަގާމުގެ ދަހިވެތިކަމުގަ
ވަރަވެސް ބިންދާލި
20 September 2023
ވައުދު ނުފުއްދާ ދެބަޑަށް މުސާރަ ނެގުންއެއަށް ވުރެބޮޑު އަނިޔާއެއް ނުދެއްވޭނެ . ވައުދު ފުއްދަވާމަތިން ގަޑުވަރުގަ ދިރިއުޅުންވަން ފުރުސަތު ލިބުނީ . ބޮޑީގާޑުން ލިބި އިއްޒަތް ލިބި އިނާޔަތް އެކިވަރުން ލިބޭއިރު ފުއްދުނު ވައުދެއް ނެތް20 ހާހުން ފުލެޓެއް ނޭލުއްވުނު ބުރިޖް ނޭލުއްވުނު ޓާޝަރީ ހޮސްޕިޓަލްތައް .މަސްފެކްޓްރީތައް ނާސްތާފަދަ އާދައިގެ ވައުދު ތަށް ވެސް ނުފުއްދަވާ ވާއިރު ހޮޅި ވައުދަށް ވެ ހިކިތޮޅިއަށް ވައުދުތައް އެރީ . ފީކަޅާ ވެރިކަމެއް
1828
20 September 2023
އަނިޔާއަކީ ހަމައެކަނި ސިޔާސީ މީހުންގެ މައްޗަށް ޝަރުއީ ކޯޓަކުން ޖަލުހުކުމްކުރީމައި، އެހުކުމެއް ތަންފީޒްކުރުމަށްޓަކައި ޖަލަށްލުން ތޯ؟ ނޫނޭ. ވައުދުވެ އެވައުދެއް ނުފުއްދުންވެސް އެއީ އަނިޔާއެކޭ ކިއިދާނެ. ސަބަބަކީ އެއީ އެތަކެއް ރައްޔިތުންނަކަށް ދިން އުންމީދެއް. އެކަމުން 01ވަނަ އިބްރާހީމް މުޙައްމަދު ސޯލިޙްއަށް ލިބޭ. ކަމަނާ ތިއުޅުއްވަނީ ހަމަ މަޤާމްގެ ދަހިވެތިކަމުގައި. މިހާރު ރައްޔިތުން ނޫނެކޭ ބުނެފި. ދެން ރީތި ގޮތަކީ އިސްތިއުފާދިނުން.
ޕައްލަވީ
20 September 2023
ބަދަލުގެ ގޮތުގައި ގާތްބަޔަކަށް ފައިސާބެހި.މަހުޖަނުންތަކަކަށް ހުޅުމާލޭން ގޯތިދިން..މުލީއާގޭ ތެރޭގައި ފްލެޓްއާއި ގޯތި ބަހާނެ ލިސްޓްހެދި..ގާތްރިސޯޓް އޯނަރުންގެ ބިލިއަންރުފިޔާ ޓެކްސް ކަނޑާލި.ދެން ކޮން ލޯލާރިއެއް..
ލިކާ
20 September 2023
4 ބިލިޔަން މާފުކުރީ ރައްޔިތުންނައް ލިބެންޖެހޭ ކިހާ ބޮޑު އަނިޔާއެއް
1828
20 September 2023
އެމީހުން އަނިޔާ އެކިޔަނީ ހަމައެކަނި ޖަލަށްލުމަށް. މަރުތަކުގެ ހަޤީޤަތް ހޯދައިދޭނެކަމަށް ވަޢުދުވެގެން ވެރިކަމަށް އައިސްފައި، ދައުރު ނިންމާފައި ގެއަށް ދިއުމަށްޓަކައި ފޮށިތަންމަތި ބަންދުކުރާ ގަޑި ކައިރިވިއިރުވެސް މަރުގެ ތަކުގެ ހަޤީޤަތެއް ނުހޯދޭ. އެނުވޭ އަނިޔާއަކަށް
ސޯލިހެއްނޫން ސޮހޮލެއް
20 September 2023
އެބުނީ ޝައުނާ އައް އަނިޔާވެރި ނުވާނެ ވާހަކަ
ގިނަކަންކަން ވަގުތާ މުނާސަބެެއް ނޫން
20 September 2023
ކުރިޔަށް އޮތް ތަނުގަ ރައްޔިތުންނާ ސަރުކާރާ ނުޖެހޭނެ ގޮތަކަށް ކަން ކަން ވިސްނައިދީގެން ހިންގޭނެ ގޮތެއް ހޯދާނެ ކަމަށް އުއްމީދު ކުރަން.