ހުޅުމާލޭގެ ސަފާރީތައް އަޅާފައި އޮންނަ ސަރަހައްދު. އެ ސަރަހައްދުން އުޅަނދުތައް ނެގުމަށް އެތައް ފަހަރު އާބަންކޯއިން ވަނީ އަންގާފައި-- ފޮޓޯ: އާބަންކޯ
21 ސެޕްޓެމްބަރ 2023 - 15:20
ހުޅުމާލޭ ފޭސް ތިނެއް ހިއްކުމަށް، އެ ސަރަހައްދުގައި އަޅާފައި އޮތް ސަފާރީތަކުގެ ތެރެއިން މިހާތަނަށް ނުނަގާ ހުރި ސަފާރީތައް ނެގުމުގެ މަސައްކަތް އާބަންކޯ އިން ފަށައިފި އެވެ.
އާބަންކޯއިން ބުނީ، ބިންވެރިޔާ ސްކީމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސަރަހައްދު ހިއްކުމަށްޓަކައި އެތައް ފަހަރަކު މަތިން އެންގުމުން ވެސް އުޅަނދުތައް އަދިވެސް ނުނަގާ އެބަހުރި ކަމަށެވެ. އަދި އެގޮތަށް ނުނަގާ ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރާނެ ކަމަށް ބުންޏެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފަޅު ތެރޭގައި އަޅާފައިވާ އުޅަނދުތަކާއި އަޑިއަށް ގޮސްފައިވާ އުޅަނދުފަހަރު އެ ސަރަހައްދުން ނެގުމަށް އިއުލާންކޮށްފައި ވަނީ މިދިޔަ މަހުގެ 17 ގަ އެވެ. އެ އުޅަނދުތައް ނަގަން އާބަންކޯއިން 10 ދުވަހުގެ މުއްދަތެއް ދިނެވެ.
ހުޅުމާލެ ފޭސް ތިނެއްގެ ގޮތުގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މި މަހު ފަށާނެ ކަމަށް އާބަންކޯއިން ބުންޏެވެ.
މި ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން 19،000 އަށް ވުރެ ގިނަ މީހުންނަށް ގޯތި ދޭން ނިންމި އިރު ހުޅުމާލެއިން 1،400 ގޯތި ދޫކުރަން ވަނީ ނިންމާފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުނަގާ
23 September 2023
އެވަރަށް އެންގީމަ ނުނަގާނަމަ އެ ތަކެތީގެ މަތިން ހިއްކާލީމަ ޖެއްސޭނެ މައްސަލައެއް އޮންނާނެބާ.
ރަފީގު
21 September 2023
ސާބަހޭ އިބޫ. މަށާ މަގޭ އައުލާދު އެންމެން އިބޫއަށް ވޯޓުލާން ނިންމީ ދަފްރަރު މީހުންގެ އަޑުއެހީމަ. ސުކުރިއްޔާ ރައީސް އިބޫ. ޢަދިވެސް ކުރިޔަށް.