އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ފިނޭންސް މިނިސްޓަރު އަމީރު: މުސާރަ ބޮޑުކޮށްދޭނެ ކަމުގެ ޔަގީންކަން ތަކުރާރު ކުރައްވައި ވިދާޅުވީ ވައުދު ބަދަލު ނުކުރައްވާނެ ކަމަށް. -- ފޮޓޯ | މިހާރު
22 ސެޕްޓެމްބަރ 2023 - 00:36
ރައްޔިތުންނަށް ކަމެއް ކޮށްދޭން މިއަދު ވައުދުވެފައި މާދަމާ ބަދަލުނުކުރާނެ ކަމަށާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ މުސާރަ އަންނަ ޖެނުއަރީ މަހުން ފެށިގެން ބޮޑުކޮށްދެއްވާނެ ކަމަށް ވިދާޅުވެ، އިދިކޮޅުން ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްދު ދެއްވައިފި އެވެ.
މި ކެމްޕޭންގައި ތާއީދު ހޯއްދަވަން މުއިއްޒު ވަނީ ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ބޮޑުކޮށްދޭން ވައުދުވެވަޑައިގެންފަ އެވެ. އެކަމަކު އެއީ ކުރެވިދާނެ ކަމެއް ނޫން ކަމަށް ފާޑުކިއުން އަމާޒުވުމުން މުއިއްޒު ވަނީ އެކަމުގައި ޓެކްނިކަލް ޓީމާ މަޝްވަރާކުރަމުން އަންނަ ކަމަށާއި އެކަން ނުކުރެވޭ ކަމަށް ވާ ނަމަ އެ ވައުދު ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މުއިއްޒަށް ފާޑުވިދާޅުވެ އަމީރު ވިދާޅުވީ މި ސަރުކާރުން ވައުދުވަނީ ހިސާބު ޖަހައި ދިރާސާކޮށް ކަންކަން ކުރެވޭނެ ކަމުގެ ޔަގީންކަން ހޯދައިގެން ކަމަށެވެ. މިއަދު ވައުދުވެފައި މާދަމާ ބަދަލުކުރާ ގޮތަކަށް ނޫން ކަމަށް ވިދާޅުވި އެވެ.
"ސިފައިންނާއި ފުލުހުންގެ މުސާރަ އަދި ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ މުސާރަ, ޖެނުއަރީން ފެށިގެން ބޮޑުވެގެންދާނެ," އަމީރު ވިދާޅުވި އެވެ.
ސަންގު ޓީވީގައި މުއިއްޒު ރޭ ވިދާޅުވީ މުސާރަ ދެގުނަކުރައްވާނެ ކަމަށް ވިދާޅުވީ ތިން އަހަރަށް ބަހާލައިގެން ކަމަށެވެ. އެއީ 2024 އާއި 2026 އާއި 2028 ގައި ކަމަށް ވިދާޅުވި އެވެ.
މުސާރަ ބޮޑު ކުރެވެން އަންނާނީ އިގްތިސާދު ރަނގަޅުކުރެވެމުންދާ މިންވަރަކުންދާ ކަމަށާއި ޓެކްނިކަލް ޓީމަކުން ދޭ މައުލޫމާތުގެ މައްޗަށް ކަންކަން އާއްމުކުރެއްވިޔަސް މުސާރަ ބޮޑުކުރުން ބަލައިގަންނަން އެހާ ފަސޭހަނުވާ ކަމަށް ވިދާޅުވި އެވެ.
"ކުރެވިދާނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރޭ. އެހެންވީމަ އެކަމުގައި އަނެއްކާވެސް އެބަ ބަލަން އިތުރަށް. ބަލާފައި އެއަށް ބަދަލެއް ގެންނަން ޖެހޭ ކަމަށް ވަންޏާ އެ ބަދަލުވެސް ކުރާނަން," މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދުން999
23 September 2023
މީނަގެ ... މުދާތަ. އެކި ދުވަހު އެކިގޮތަށް މި އަނބުރަނީ. އެއްވެސް ހަމައެއް ލަމައެއްނެތް ތިކަމުގައި. މަނިކުފާނު އިންތިހާބުން ފެއިލްވީވެސް ތިޔަ ގޯތި ގެދޮރު ގެ ނާއިންސާފުން. އިންސާފުން ކަންކުރި ނަމަ މަނިކުފާނު ނުހޮވެންޖެހޭ އެއްވެސް ސަބަބެއް ނެތް. ދައުލަތުގެ މާލު އިތުރަށް ނުބަހާ ތިޔަފައިސާ ރައްޔިތުންނަށް ރަނަގަޅު ކަމެއް ކުރަން ބަހައްޓާ ތިޔައީ ކޮރަޕްޝަން،
ހިސާބޭ
23 September 2023
މިސަރުކާރުން ޖަހާ އެއްވެސް ހިސާބެއް ދިމަލެއް ނުވޭ. އެކަން އެބަ އޮތް ވަރަށް ސާފުކޮށް ފެންނަން.
1233
23 September 2023
ޢަމީރުގެ މޫނުމަތިން ފެންނަ ހާސްކަމާ ނުތަނަވަސްކަމުގެ ފަހަތުގައިވާ ސިއްރުތަައް ރައްޔިތުންނަށް ވަންހަނާވެގެންނުވޭ
ޟުސާން
23 September 2023
ވެރިކަމަށް އައިސް ޕޭކޮމިޝަން އެއް ހަދާގެން ބުނި މުސާރަ ބޮޑުކޮށްދޭނަމޭ. ވެރިކަމުގައި 5 އަހަރު ލިބިއްޖެ މުސާރަ ބޮޑުކުރަން. ޢެެކަމެއްނުވި. ޥީހާވެސް ކަމަކީ ނަންނަމގައި ކޮނިޝަންތައް ހަދާ ރަހުމަތްތެރިންނަށް ބޮޑަތި ނުސާރަތައްދިނުން. ޕޭކިނިޝަން ކުރެވުނު އެއްވެެސް ކަމެއް ނެތް.
އައްމަޓީ
23 September 2023
އާސަންދައޮތީ ހުސްވެފަ، އެންސްޕާ އޮތީ ހުސްވެފަ، މީ އަސާސީ ހައްޤު ކަށަވަރުކޮށްދޭން ހުރި ކަންތައްތައް، މިކަންނުވެއޮއްވާ ދެން ކިހިނެއް ބޮޑުކުރާމުސާރަދޭނީ........ މިހާރުވެސް ފެނަކަވެސް އެމްއާރުދީސީވެސް ވެމްކޯވެސް އެއޮތީ އާއްމުންނަށް މިލިޔަނުން ދަރާފަ، ފުރަތަމަ އާއްމުންނަށްހުރި ދަރަނިތައް ފިލުވާދިނިއްޔާ މާރަނގަޅެއްނު...
އަހުމަދު
23 September 2023
ބަޖެޓް ބެލެންސްވެސް ނޭގޭ ދިވެއްސަކު ވޯޓްގެދުވަަސްވަރުވީމާ ނޫޅެނީބާ. ބޮޑުވަރު
އަމާލް
23 September 2023
ރާއްޖޭގެ ކޮވިޑް ރިކަވަރީއާއި އަދި ރެސްކިއު އަށް އޭ ޕްލަސްދޭންވާނެ. ދުނިޔޭގެ އެންމެކުރީސަފުގައި ދިވެހިރާއްޖެއަކީ މިދިޔަ އާލަމީ ވަބާގައި 1ވަނައޭ ބުންޏަސް ދޮގަކަށްނުވާނެ. މިހަޤީގަތް ދުނިޔޭގެ ކޮންމެގައުމަކުންވެސް ގަބޫލުކުރޭ. ކޮންމެސަރުކާރެއްގައިވެސް ހިތްހަމަނުޖެހޭ މައްސަލަވެސްއުޅޭނެ. 2 ވަނަ ދަވްރެއްދިނުމާއި ނުދިނުން އެއީ ހަމަ އަހަރުމެން ދިވެހިންގެ ނިންމުން.
މަހުރަމް
22 September 2023
ހަފްތާއަކު އެއްދުވަހު އިބްރާހީމް މުސާރަ ބޮޑުކުރޭ ފައިދާއެއްނެތ ް
ހޭލާ
22 September 2023
މާ ފޮނިވެފައި އަނގަ ފުޅާކޮށްފައި މުސާރަ ބޮޑުކޮށްދޭނަމޭ ބުނާއިރު ބަޖެޓް އޮތީ ހުސް އަރުވާލާފައި، ދެން ޖެހޭނީ އަނެއްލޯނު ނަގާކަށް ނޫންތަ؟
އަންމަޑ
22 September 2023
މަގޭ އޮތީ އުނިކޮއްފައޭ،
ކިހިނެތްތަ
22 September 2023
މިއަހަރު ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ އިތުރަށް ކިތައް ބިލިއަން ޚަރަދު ކޮށްފިންތަ؟ އާމްދަނީ އިތުރު ކުރަން އެއްވެސް ކަމެއް ކުރިންތަ؟ ބާކީ އޮތް ބަރު ހަތަރު މަހު މުވައްޒަފުންނަށް މުސާރަދޭނެ ފައިސާ ބަޖެޓްގައި އެބަހުރިތަ؟ މުސާރަ ބޮޑު ކުރަނީ އިތުރަށް ލޯނު ނަގައިގެންތަ؟