ރިޔާސީ އިންތިހާބުގައި މީހަކު ވޯޓުލަނީ.-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
25 ސެޕްޓެމްބަރ 2023 - 22:03
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރާއްޖޭން ބޭރުގައި ވޯޓުލުމަަށް ރަޖިސްޓްރީކުރި މީހުންގެ އަދަދު ދެ ގުނަ އިތުރުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލުމަށް 6،223 މީހުން ރީ-ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ފުރަތަމަ ބުރުގައި އެ އަދަދު ހުރީ 3،327ގަ އެވެ.
ވޯޓު ފޮށި ބަހައްޓަން ހަމަޖައްސާފައިވަނީ އިންޑިއާގެ އިތުރުން ސްރީ ލަންކާ، މެލޭޝިޔާ، އިނގިރޭސިވިލާތް އަދި ޔޫއޭއީގަ އެވެ. އެ ގައުމުތަކުގައި 14 ފޮއްޓެއް ބަހައްޓަން ނިންމާފައިވެ އެވެ.
ރިޔާސީ އިންތިހާބު 2023 ގެ ފުރަތަމަ ބުރުގައި، ރާއްޖޭން ބޭރުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވަނީ 3327 މީހުން.
— Ismail Habeeb (@IsmailHabeeb) September 25, 2023
ދެވަނަބުރުގައި، ރާއްޖޭން ބޭރުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވަނީ 6223 މީހުން.#visnun23 @ElectionsMv @presidencymv @mvpeoplesmajlis @psmnewsmv @MDPSecretariat… pic.twitter.com/GjU9s6D6ge
އިންތިހާބުގެ ފުރަތަމަ ބުރުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނެވެ. ދެ ވަނަ ބުރަށް ދިއުމުން، އިތުރު 408 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އީސީން ބުންޏެވެ.
އޭގެ އިތުރުން، ރީ-ރަޖިސްޓްރޭޝަން އިތުރުވުމުން މި ފަހަރު 12 ފޮއްޓެއް އިތުރަށް ބަހައްޓަން ވެސް ވަނީ ނިންމައިފަ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާއަށް 101،635 ވޯޓު ލިބިވަޑައިގަތެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ. މިއީ އިންތިހާބު ކާމިޔާބުކުރުމަށް ބޭނުންވާ 50 ޕަސެންޓަށް ވުރެ އިތުރު އަދަދަށް ނުވާތީ ދެ ވަނަ ބުރު އޮންނާނީ މި ދެ ބޭފުޅުންގެ މެދުގައި އަންނަ ހޮނިހިރުދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
26 September 2023
ބޭރު ގައުމުތަކުގައި ތިބޭ މީހުންނަށް ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދު މިކުރަނީ ކީއްކުރަންބާ؟ އެމީހުންނަށް ވޯޓް އެޅުމާއި، އާސަންދައާއި، ކިޔެވުމުގެ ޚަރަދު ދައުލަތުން ދޭންޖެހޭ. މީ އެންމެ މުއްސަނދި ގައުމުތަކުންވެސް ނުކުރާ ވަރުގެ ކަންކަން
އެޑަމް
26 September 2023
ވޯޓުފޮށިތައްބަހައްޓަންވީ އޮންރަބުލްގެދފއދތރގތޯ? އޭރުއޮންރަބަލްއޮންނާނީކިހިނެއްތޯ?
ދިވެއްސެއް މިވެސް
26 September 2023
މި ފޮށިތަކަށް ވޯޓު އަޅާނެ ކިޔަވަން ބޭރުގައި ތިބި ދިވެހިންވެސް. އަހަރުމެންގެ ޤައުމަށް އަހަރުމެން އެދޭ ވެރި މީހާއަށް ވޯޓުދިނުމުގެ ހައްޤު އޮންނާނެ. އަމިއްލަ ރަށުގައި ނޫޅޭ ދިވެހިންނަކީ ވޯޓުން މަހުރޫމު ވާން ޖެހޭ ބައެއް ކަމަށް މި ކޮމެންޓު ތަކުގައި ބުނުމަކީ ދެރަކަންކަން. ފުރަތަމަ ބުރަކު ނޭޅުނު ވޯޓެއް. މިފަހަރު ދާނަން ވޯޓު ފޮށި ހުރި އެންމެ ކައިރި ޤައުމަށް.
އޮނަރަބްލް އަފީފު ދީދީ
26 September 2023
ރާއްޖޭގެ އެއްވެސް އިންތިޙާބެއްގެވޯޓްފޮށި ރާއްޖެއިންބޭރުގައި ނުބެހެއްޓުމަށާއި، ރައްޔިތުންގެމަޖިލީހާއި، މޭޔަރުން، އަތޮޅު ކައުންސިލުންނާއި ރަށު ކައުންސިލަރުން އަދި WDC ފަދަ ދައުލަތުންބާއްވާ އެއްވެސް އިންތިޙާބެއްގެވޯޓްފޮށި "އިންތިޙާބާއިބެހޭ ދާއިރާފިޔަވާ" އެހެންއެއްވެސް ތަނެއްގައި ބަހައްޓާންނުޖެހޭގޮތަށް އިންތިޙާބާއިބެހޭ ޤާނޫނު ބަދަލުކުރާންޖެހޭ. (މިސާލަކަށް) މިބަދަލާއިއެކު އައްޑޫސިޓީގެ އިންތިޙާބީ ވޯޓްފޮށިތައް ކ.އަތޮޅުމާލޭގައި ބަހައްޓާކަށްވެސް ނުޖެހޭނެ.
އޮނަރަބުލް
26 September 2023
ތީތި ކަޑައޭ! ދެން ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި އުޅޭ އެތަކެއް ހާސް އައްޑޫ ރައިއްޔަތުން ވޯޓްލާން ބޭނުންވެއްޖެއްޔާ ނަގާހަލާފައި ބޮޑު ޚަރަދެއް ކޮށްގެން އައްޑޫއަށް ދާން ޖެހެނީ؟ ވަޓް ނޮންސެންސް!
އޮނަރަބްލް އަފީފު ދީދީ
26 September 2023
ދާއިރާގައި ދިރިނޫޅޭމީހުން ވޯޓުލާން އެމީހުން ދިރިއުޅޭތަނުގައި ފޮށިބެހެއްޓުމުން ދައިރާގައި (މިސާލަކަށް އައްޑޫގައި ނުވަތަ މާލޭގައި ވިޔަސް) ދިރިއުޅޭމީހާގެޙައްޤަށް އުނިކަންލިބޭ. # އިޤިރޭސިވިލާތުގެ އެމްބެސެޑަރަކަށްހުންނެވި ކަމަނާއަކީ އިޤިރޭސި ޕާސްޕޯޓްއޮތް އިޤިރޭސިރަށްވެއްސެއް. އެކަމަނާވެސް ކ. މާލޭގެމެންބަރުންނާއި، މޭޔަރާއި، ކައުންސިލަރުން ހޮވާން ވޯޓްދިނީމާ މާލޭގައިދިރިއުޅޭ މީހާގެ ޙައްގަށް އުނިކަން ނުލިބޭނެތޯ؟ ދެން އައްޑޫ ހުޅުމީދޫގެހާލަތަށް ވިސްނާލާ..!
ބަރުލެމާނު
26 September 2023
މީތި ކަޑައެއްނޫން. ޤައުމުން ބޭރުގައި ބަހައްޓާ ފޮށިތަކަކީ ރިޝްވަތާ ނުފޫޒު ފޮށި ފުރައި އަޅާ ފޮށިތަކެއް. ކޮންމެ ވޯޓަކީ ކޮންމެސް ޕާޓީއަކުން ޚަރަދު އަތުލައިގެންނާ ޚަރަދު ދީގެން ވޯޓު ލާން ގެންދާ މީހުންގެ ވޯޓު.
އޮނަރަބުލް
27 September 2023
މިތާގައި އަހަރެން މިދައްކަނީ ރާއްޖޭން ބޭރުގައި ބަހައްޓާ ފޮށީގެ ވާހަކައެއް ނޫނޭ. ދިވެހި ރައިއްޔަތުން ދިވެހިރާއްޖޭގައި އެމީހަކު ވަޒީފާއަދާކުރާ ނުވަތަ އެވަގުތަކު ދިރިއުޅޭ ހިސާބެއްގައިހުރެ ވޯޓް ނުލެވި އެމީހެއްގެ ރަޖިސްޓްރީ އޮންނަ ދާއިރާއަށް ވޯޓްލާން ދަތުރުކޮށްގެން ދާންޖެހުމަކީ ވަރަށް ބޮޑު ތަކުލީފެކޭ! ރާއްޖޭން ބޭރުގައި ބަހައްޓާ ވޯޓްފޮށި ބެހެއްޓިއަސް ނުބެހެއްޓިއަސް ހެޔޮމަށަށް!
އޮނަރަބްލް އަފީފު ދީދީ
26 September 2023
އާއިލީގޮތުން ވާރުތަވި ބިމާއި މުދަލުން ލިބޭ އާމްދަނީ ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި ދިރިއުޅޭ، ޔޯރޮޕްމީހުން ޗުއްޓީއަށް އަންނަގޮތަށް ހޮލިޑޭހަދާލަން ރާއްޖެއަންނަމީހުން ދިވެހިދައުލަތް ތަމްސީލުކުރަން އެމްބެސެޑަރުންގެ ގޮތުގައި ލަންޑަން ފަދަ ތަންތަނުގައި އިންތިހާއަށް ބޮޑު ޙަރަދުކޮށްފައި ބައިތިއްބާފައި ތިބޭތީތޯ 200 ބިލިޔަނެއްހާ ޑޮލަރުގެ ދަރަނި ބޮލުގައި އެޅިފައި އޮތް އިރުވެސް ރާއްޖޭގެ ވޯޓް ފޮށިތައް ދުނިޔޭގެ 4 ބިތުގައި ބަހައްޓަނީ!؟ ކޮބާ މީގެ ބޭނުމަކީ!
ދަތިހާލުގައި އުޅޭ ބައްޕަ
26 September 2023
ވިއްކި އައިޑީކާރޑުތައް ރަޖިސްޓްރީ ކުރީ ދުބާއީ ، ލަންޑަން ، އިންޑިޔާ ، މެލޭޝިޔާ އަށް.
އިއްލި
26 September 2023
މިއީ ވޯޓު އޮޅުވާލުމުގެ އަމަލެއްކަމަށް ޝައްކުކުރެވޭ. އޮޅުވާލެވޭނެގޮތްގޮތް އެބަހުރި އަދިވެސް.
ވޯޓަރސް
26 September 2023
އިލެކްސަންސް ކޮމިސަން އައް ވަރައް ފާރަވެރި ވާންޖެހޭނެ. އަބޫ ވޯޓައްތަކައި ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނެ ކަމުގެ ހެކި ފެންނަމުން ދަނީ
ޓިން ޓިން
25 September 2023
ތީ މުއިއްޒު ވަރަށް ބިރުގަންނާނެކަމެއް.
ކޮމެންޓްކުރާމީހާ
26 September 2023
ﷲ ގެ އިރާދަފުޅާއެކު މުޢިއްޒުއަށް މި އިންތިޚާބު ކާމިޔާބުވާނެ... ބިރުން އުޅޭމީހާ އެބަފެނޭ.. އެއްދުވަހު ވައުދުވާނެ ރިސޯޓް ބޯއީޒްއަށް 300 ފުލެޓްދޭން... އަނެއް ދުވަހު އަނެއް ބަޔަކަށް ... ދެން ދުވަހަކު ދެންތިބި ބަޔަކަށް... މީގެ އެންމެ ހެއްވާ ތަންކޮޅަކީ އެތަންތަން އަދި ވީ ކޮންތާކު ކަމެއްވެސް ނޭންގޭ...
ދިވެހިމީހާ1
26 September 2023
ކީއްވެ މުއިއްޒު ބިރުގަންނަންވީ. އިބޫ ނޫންތަ ބިރުން އުޅެނީ.ރައްޔިތުންގެ ސައްޚަވޯޓަކުން މުއިއްޒު ބައްޔެއް ނުކުރެވޭނެ.އެކަމަކު އިބޫ އިންތިހާބު ވަގަށް ނެގިދާނެ. ކަލޭ ވެސް 4 ގަ ފާހަނގަ ޖަހާލަ.ދަރިންނާ ދަރިންނަށްޓަކައި.އިންޑިޔާގެ އަޅުވެތިކަމުން ސަލާމަތްވާން.