ފުރަތަމަ ބުރުގެ ކެމްޕެއިންގައި ރައީސް، ސިޔާމްއާ އެކު: އެމްޑީއޭގެ ނިންމުން ރަނގަޅު ނޫންކަން ފެންނާނެ ކަމަށް ވިދާޅުވި
27 ސެޕްޓެމްބަރ 2023 - 13:03
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް ފަހު، ދެ ވަނަ ބުރުގެ ވޯޓަށް ތިން ދުވަހަށް ވެފައިވަނިކޮށް ކޯލިޝަން ރޫޅާލި އެމްޑީއޭގެ ނިންމުމަށް އިހުތިރާމް ކުރައްވާ ކަމަށާއި ނަަމަވެސް އެއީ ރަނގަޅު ނޫން ނިންމުމެއްކަން ވަރަށް އަވަހަށް އެ ޕާޓީ އަށް އެނގޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރޭ ދަންވަރު އައްޑު އަށް ވަޑައިގެން އައްޑޫގެ ކެމްޕެއިން ޓީމުތަކާ ބައްދަކުރައްވަން މިއަދު ހިތަދޫ އެމްޑީޕީ ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެމްޑީއޭ އިން ފުރަތަމަ ބުރުގައި ކޮށްދިން މަސައްކަތްތައް ޝުކުރުވެރިވާ ކަމަށާއި ހެޔޮ މުސްތަގުބަލަކަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.
އެމްޑީޕީއާ އެކު ކޯލިޝަންގައި މިހާރު ހަމައެކަނި އޮތް އަދާލަތު ޕާޓީގެ އުއްމީދުތައް ވަރަށް ގިނަ ކަމަށާއި އެމްޑީއޭ ދުރަށް ޖެހުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"އެ ބޭފުޅުން އެ ނިންމުވުން އެއީ އަދި ރަނގަޅު ނިންމުމެއް ނޫން ކަމަށް ފަހު ފެނިގެންދާތަން ވެސް ލަސްތަކެއް ނުވެ އެ ބޭފުޅުންނަށް ފެންނާނެ،" ރައީސް ވިދާޅުވި އެވެ.
"ދިވެހިންގެ ތެރޭގައި ބުނެ އުޅޭ މުޔާވަރާ ބަހެއް އޮވޭ. އަންނަ އެއްޗެހީގެ ތެރޭގައި ދާ އެއްޗެހި ވެސް ހުންނާނެއޭ ކޮންމެވެސް ވަރަކަށް. އެހެންވީމާ އެ ކަހަލަ ކަންތައްތައް ވާނެ. ކަންބޮޑު ނުވެ ކުރިއަށް ވަޑައިގަންނަވާ."
ރައީސް މިއަދު ހިތަދޫގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: އަންނަ އެއްޗެހީގެ ތެރޭގައި ދާ އެއްޗެހި ވެސް ހުންނާނެ ކަމަށް ވިދާޅުވި
އެމްޑީއޭ އިން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވަނީ އެމްޑީޕީގެ ކޯލިޝަނުން ވަކިވެ، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކުރުމަށެވެ. ދެ ވަނަ ބުރުގައި ރައީސަށް ތާއިދު ކުރަން ވޯޓު ދެއްވީ ކައުންސިލްގެ ދެ މެންބަރުންނެވެ. އެ ދެ މެންބަރުން ވެސް މިހާރު ވަނީ އެމްޑީއޭ އިން އިސްތިއުފާ ދެއްވާފަ އެވެ.
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދޫކޮށްލައްވައި މުއިއްޒަށް ތާއީދު ކުރަން އެމްޑީއޭގެ ކައުންސިލުން ފާސްކުރީ 33 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
އެމްޑީއޭއާ އެކު ކެމްޕެއިންގެ ގިނަ ހަރަކާތްތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފުރަތަމަ ބުރުގައި ހިންގަވައިފަ އެވެ. އެމަނިކުފާނު އޭރު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބަށް ލިބުނު އެންމެ ބޮޑު އެސަޓަކީ އެމްޑީއޭގެ ރައީސް ސިޔާމެވެ.
ނަމަވެސް، އެ އިންތިހާބުގެ ނަތީޖާ އުއްމީދުކުރި ގޮތާ ހިލާފަށް އައުމުން، ސިޔާމް ވަނީ ރައީސްގެ ކެމްޕެއިން ހަރަކާތްތަކާ އެއްގޮތަށް ދުރަށްވަޑައިގެންފަ އެވެ. އޭނާ ރޭ ކައުންސިލަށް ހުށަހެޅުއްވީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރުމަށެވެ. ނަމަވެސް، އެ ހުށަހެޅުމަށް ތާއިދެއް ނުލިބުނެވެ.
އެމްޑީއޭ އަކީ ރައްޔިތުންގެ މަޖިލީހުގައި ދެ ގޮނޑި ތަމްސީލް ކުރާ ޕާޓީއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލެހެރު
28 September 2023
އެންމެ މީހަކަށްޓަކާ، ނުވަތަ ނަށީދަށްޓަކާ 50 މިލިޔަން ރުފިޔާ ތަޅާ ބުރުއްސަން އެއްބަސްވީމާ އެކަމުގެ ނުރަނގަޅު ނަތީޖާވެސް ފެންނާނެ.
ޖެިއިިއ
28 September 2023
ދެން ހޮވުނީމަ އަދާލަތޭ ކިޔާ ޕާރޓީއަށް ގިނައިން އެ ލިބޭ އެއްޗެއް ލިބޭނެ ތޯއްޗެ..
2000
27 September 2023
މަނިކުފާނު ދެރަ ނުވޭ . އެއީ ބައެއް ނޫނެވެ. މަނިކުފާނު ގައިން މާމުއި ނެރެފާ އެނައްޓާލި. ނިކަން ވިސްނާ ބަލާ/ އޭނާއަށް ވިޔަފާރި އެހީތެރިވެ ދިން ޔާމީން އަށް 2018ގައި ދިން ލަނޑު..... އެމް ޑީއޭ އަދާލަތަކީ ވިޔަފާރި ކުންފުނިަތއް.... އަދާލަތުވެސް ސަލަގް ޖަމްއިއްޔާ ވުރެވެސް ހިންގުން ދަށް . ޒަމީލު ރައީސް ކަމަށް ކުރިމަަތި ލާއިރު ނުކެރެ ބޯޑު ޕާޓީ ހަދައިގެން އުޅޭއިރު ރައީސްކަމަށް ކުރިމަތި ލާން ވެސް
މިނިވަންކުރޭ
27 September 2023
އެމްޑީއޭގެ ނިންމުން އެއީ މިނިވަންކަން އަލުން އަނބުރާ ހޯދާ ނިންމުމެއް އެމްޑީއޭގެ ލީޑަރު އެއީ މިވަތަންގެ މިނިވަން ކަން ދެކެ އިންތިހާ އަށް ލޯބިވާ މީހެކޭ އުތުރު ތިލަފަޅު އިންޑިއާ އަތްދަށުން މިނިވަން ކުރުން އެއީ ހުރިހާ ކަމަކަށް ވުރެން ބޮޑު ކަމެކޭ އެތަނުގައި އެމެން މާދަމާ ނިއުކް ވޯރހެޑް އެމެރިކާގެ މަދަދާއި އެކު ބަހައްޓާނެއޭ މާލޭގައި ތިބީ ހައްދުފަހަނައަޅާފައިވާ މީހުން ކަމަށް ބުނެ އެއިރުން ދިވެހިން ޖެހޭނީ މާލޭން ފައިބާން ކަން ޔަގީންކަށަވަރޭ މިނިވަންކުރޭ
މަޖޫރު
27 September 2023
ކުރިން ބުނި ބޮޑުކޯލިސަނ މިހާރު ކުޑަވެ އަދާލަތު އެކަނި އޮތީ އެޕާޓީގެ ގިނަމީހުންވެސް ތާއީދު ކުރަނީ މުއިޒަށް މަދުމީހަކު އަމިއްލަ ފައިދާއައް އިބޫއައް ތާއީދު ކުރިޔަސް
ހިދާޔާ މިސް
27 September 2023
ޕާޓީއައް އިހުލާސްތެރިވިމީހުން ބޭރުކޮއް އެހެންމީހުންގެނާމަ ވާނީ ތިހެނއް
އެމީލިއޯ
27 September 2023
ކުރުސީ ވައްޓާލި ފޮޓޯގަޑަކުން ސިޔާމް އަމާން ދިނީ.
ބޮސް ގެ ބޮސް
27 September 2023
މާމުއި ފޭބުން އޭރުން ހުއްޓޭނެ ދޯ؟!
ކަތްދައްތަ
27 September 2023
އެއްކަލަ ފޮރިން މިނިސްޓްރީން ނެރުނު ބަޔާން ގަ އޮތް އެއްޗަކާ މީނާގެ އަމަލަކާ ދިމައެއްނުވީ. މޫނުގަ ޗޯކުޖަހާ ކޫރަދަމާފަ ހުންނަ ކޮންމެ މީހަކީ ޚުލްގުހެޔޮ މީހަކަށް ނުވާނެކަން އެގިއްޖެތާދޯ؟
ގައުމީ ދޫ
27 September 2023
ފުރަތަމަ ބުރުގެ ނަތީޖާ ލިބުމުން ޢެމްޑީއޭގެ ނިންމުން ގޯސްކަން އެނގިއްޖެ! ޢެހެންވެ ނިންމުން ބަދަލުކޮށްލީ!