އަސްލަމް މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: އައްޑޫގެ ތަރައްގީ ހުއްޓުވަން ބޭނުންނުވާނަމަ ރައީސް އިންތިހާބު ކުރަން ގޮވާލެއްވި
27 ސެޕްޓެމްބަރ 2023 - 13:53
އައްޑު އަށް ވަށައިޖެހޭ ތަރައްގީގެ މަޝްރޫއުއެއް ގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި އެކަން ބަލައިގަނެ މި ސަރުކާރު ދެ ދައުރަކަށް އިންތިހާބު ކުރުމަކީ އައްޑޫގެ މީހުންގެ މަސްއޫލިއްޔަތެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ކެމްޕެއިން ޓީމުތަކާ ބައްދަލުކުރުމަށް ހިތަދޫ އެމްޑީޕީ ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ އައްޑު އަށް މިހާތަނަށް ކުރިއެރުމެއް ލިބުނީ އެމްޑީޕީގެ ދެ ސަރުކާރުގައި ކަމަށާއި އެ ނޫން ސަރުކާރަކުން އައްޑޫ ތަރައްގީ ނުކޮށްދޭ ކަމަށެވެ.
"މި އައްޑޫ އަށް ކަމަކަށްވާ ގޮތަށް ކަމެއް ކޮށްދެވުނީ އެމްޑީޕީގެ ސަރުކާރުތަކަށް. ވަށައިޖެހޭ ގޮތަށް ވަކިން ހާއްސަކޮށް ރައީސް، މި ސަރުކާރުން ވަށައިޖެހޭ ތަރައްގީގެ ރަނގަޅު ޕްރޮގްރާމެއް ފަށަައިގެން ކުރިއަށް މި ގެންދަނީ،" އަސްލަމް ވިދާޅުވި އެވެ.
"މިކަން ބަލައިގަތުމަކީ އަޅުގަނޑުމެންގެ ބޮޑުވެގެންވާ މަސްއޫލިއްޔަތެއް. އެއީ އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށްޓަކައި ކޮށްދޭ ހިދުމަތެއް. މިކަން ބަލައިގަނެ މިކަން ނިންމުން."
އަސްލަމް ވިދާޅުވި ދޮގުން އުފައްދާ ފިތުނައިގެ ފަސާދައެއްގެ ތެރެއަށް ދެވިދާނެ ކަމަށާއި ނަމަވެސް، އެ އިން އައްޑު އަށް ލިބޭނީ ގެއްލުން ކަމަށެވެ. އެ ފިތުނަތަކުން ރައްޔިތުން ސަލާމަތްކޮށް ކަންކަން ހިނގާ ގޮތް ރަނގަޅަށް ކިޔައިދިނުމަށް އަސްލަމް ވަނީ ކެމްޕެއިން ޓީމްތަކުގައި އެދިވަޑައިގެންފަ އެވެ.
"އެބަ ބުނޭ ކަނޑު ވިއްކާލީ ނޫންހޭ. ކާކަށް ކޮން ކަނޑެއްތޯ ވިއްކާލީ؟ ހަގީގަތުގައި މި ރާއްޖޭގެ މަސްކަނޑުގައި ދިވެހިރާއްޖޭގެ ސަރަހައްދަކީ ކޮބައިކަން އަދި ކިރިޔާ މި ކަނޑައެޅިގެން ދިޔައީ. އަޅުގަނޑުމެން ވެރިކަމަށް އައިި އރު ބޭރު މަސް ބޯޓް ފަހަރަށް މަސް ބާނާ ދިޔައީ. އެކަން ހުއްޓުވީ މި ސަރުކާރުން. އެއީ ކަނޑު ވިއްކާލުމަކީ، ޕީޕީއެމްއިން ކަނޑު ވިއްކާލީ ހަގީގަތުގައި،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ދިވެހިންގެ ބިން ދިވެހިންނަށް ހިމާޔަތްކޮށްދިން ސަރުކާރަކީ ވެސް މި ސަރުކާރު ކަމަށެވެ. އެހެންވީމާ، ހަގީގަތާއި އިދިކޮޅު ފަރާތްތަކުން ފަތުރާ ދޮގު ރައްޔިތުންނަށް މިހާރު އޮޅުންފިލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އަސްލަމް ވިދާޅުވީ ވައްކަމާއި އަނިޔާވެރިކަމަށް ފުރުސަތު ދޭން ބޭނުން ނުވާ ކަމަށް ވާނަ އަދި އައްޑޫގެ ތަރައްގީ ހުއްޓުމެެއް ނެތި ކުރިއަށް ގެންދަން ބޭނުންވާ ނަމަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމދު ސޯލިހަށް ދެ ވަނަ ދައުރެއް ދިނުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.
"އެމްޑީޕީގެ ވެރިކަން ގެއްލިގެންދާ ކޮންމެ ފަހަރަކު ވެސް އެންމެ ބޮޑު ހިތްދަތިކަމެއް ތަހައްމަލު ކުރަން ޖެހޭ ބަޔަކީ މި އައްޑޫ ރައްޔިތުން. އެކަމަށް ފުރުސަތު ނުދެއްވާ ތިޔަބޭފުޅުން. އެބަ އޮތޭ އެ ފުރުސަތު ނުދެވެން، އެ މަސައްކަތް ކުރެވެން އެބަ އޮތޭ. މި މަހުގެ 30 ވަނަ ދުވަހު ތިނެއްގައި ފާހަގަ ޖައްސަވާ،" އަސްލަމް ވިދާޅުވި އެވެ.
"މެންދުރަކު ނޫން ހަވީރަކު ނޫން، ހެނދުނު ވަޑައިގެން ކިޔުތައް އޮންނަން ވާނެ، ވޯޓުލާން ވާނީ ހެނދުނު. ވޯޓުލާ ނިންމަވާ. އެއީ ގައުމާއި ދަރިންނަށްޓަކައި ކޮށްދެވޭ ބޮޑު ހިދުމަތެއް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓެރޭ
28 September 2023
އައްޑޫ މީހުންނަކީ ވަރަށް ފަސޭހައިން ހައްދާލެވޭ ބައެއް. އެކަމަކު ތިބެނީ މާ ވިސްނޭ ބަޔަކަށް ހެދިގެން.
.ވައުދާ
28 September 2023
ޢައްޑޫ އަށް ވީ ވައުދު އުވާލި ރައީސް . އައްޑޫ ރައްޔިރ ތުންނަށް ދޯކާދީފާ ބުހުތާނު ދޮގު ހަދަމުން އައްޑޫ ރައްޔިތުން ކާރީގާ އަދި އެއްދައުރު ދޭށޭ ބުންޏަކަސް ދެންނެތް ދެވޭކަށް . އެމަނިކުފާނު އައްޑޫ ރައްޔިތުން ކާރިއަށް އަންނަން ލަދުގަންނަން ޖެހޭ . ޢައްޑޫ ރައްޔިތުން ތިބީ މަނިކުފާނާ އިންސާފު އަރާ ހަމަކުރާތަން ދެކެން ކެއްމަދުވެފާ. އެމަނިކުފާނު ނޫންގޮތެއް އައްޑޫއަށް ބޭނުންވަނީ
ވައުދ
28 September 2023
ޢައްޑޫ އަށް ވީ ވައުދު އުވާލި ރައީސް . އައްޑޫ ރައްޔިރ ތުންނަށް ދޯކާދީފާ ބުހުތާނު ދޮގު ހަދަމުން އައްޑޫ ރައްޔިތުން ކާރީގާ އަދި އެއްދައުރު ދޭށޭ ބުންޏަކަސް ދެންނެތް ދެވޭކަށް . އެމަނިކުފާނު އައްޑޫ ރައްޔިތުން ކާރިއަށް އަންނަން ލަދުގަންނަން ޖެހޭ . ޢައްޑޫ ރައްޔިތުން ތިބީ މަނިކުފާނާ އިންސާފު އަރާ ހަމަކުރާތަން ދެކެން ކެއްމަދުވެފާ. އެމަނިކުފާނު ނޫންގޮތެއް އައްޑޫއަށް ބޭނުންވަނީ.
ވަށާ ޖެހުން
27 September 2023
5 އަހަރު ނިމުނީ ވީކަމެއް ނެތް ދެން ކިނެއް ވަށާ ޖެހޭނީ. ވެތި ކަން ނުލިބުނަސް އަސްލަމޫ އައްޑޫގަ ވަށާ ބުރެއް ޖެހޭނެ ކަން ހަމަޔަގީން ތިކަމާ ހާސް ނުވޭ
ލާއިލާ
27 September 2023
އުފެދޭ ސުވާލަކީ ސުޕަރ މެޖޯރިޓީގަ 5 އަހަރު ނުކޮއްދިން ކަމެއް ދެން ކޮއްދޭނެހޭ
ރަދީފްއޮފިޝަލް
27 September 2023
ރައީސް އިންތިހާބުން ފެއިލްވެއްޖެނަމަ ފެއިލްވުމަށް މެދުވެރިވި މުހިންމު ކޮމްޕޮނެންޓަކަށް ''އައްޑޫ އަސްލަމް'' ވާނެ. އެހެންވީމަ ވަށައިޖެހެނީއައު ކޮމާންޑޭ ނުކިޔާ. ވ.ވެދުން
އަކްމެޑް
27 September 2023
ސިނބިރި ޑަމް ޑަމް ޑަމް ޑަމް، ޔެސް ޔެސް ޔެސް ޔެސް
އާރޭފެ ހުސޭނު
27 September 2023
އަސްލަމް ކޮކީ ދައުރު މިއޮއްނިމުނީ ތިޔަގެނާ ތަރައްގީ އައްޑޫ ރައްޔަތުންނަކައް ނުފެނޭ ތިޔަގެނާ ތަރައްގީ ތޯލާފުޅިޔަކައްލާފަ އަސްލަމު ދިރުވާލީދޯ އެހެންވެދޯ ބަނޑީދާ އާދަޔާ ހިލާފައް ބޮޑުކޮއް ދައްކަނީ
ހިތަދޫކޮއްޔާ
27 September 2023
އޯއި ތޯ އާރޭފެ ހުސޭނު ކަހަލެއި އައްޑޫ ދެކެ ލޯބިވޭ ޝަޚުޞިއްޔަތާކާ ( އެވެސް ނިޔާވެފައިވާ ) ގެ ނަން ބޭނުންކޮށްގެން ފާޑަފާޑި ފިތުނަ ނިހަދަ ދޮގޮ ނިހަދަ. ބައި އައްޑޫން 2 މަސްދުވެހި އެތެރެ ހިއްކި ބިން ބަލާއް. ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ހަންކެޑެ އަދި 3 ރަށް. އެއޮތީ ހިއްކާ ނިންމާފަ. މިހާރު އެދަނީ ބޮޑުހިލަ ޖައްސަމުން ވެންއޫދު މީހުން އެކަން ނިންމާފަ ފުރައިގެންދާނީ. ދެން މިހިތަދޫ މަގުމަތީ ދުއްވާލަން ނޫން ހިނގާލަން އާދޭ. ހައިރާންކޮށްލާނެ.
ލަދުކޮބައިހޭ
27 September 2023
އަސްލަމްމެން ތި އެއްޗެއް ވަށާޖަހައި. އަހަރެމެން ނޫޅެން. ވޯޓަަށްް ކުޑަތަންވީމާ ތެޅިގަންނަ ވެރިންނަށްް ކޮން ވަށެއްތޯ ޖެހޭނީ؟ 40 އަހަރުން 4 ވެރިކަމުގަ ނުވާ ދަރަނި އެންމެ ދައުރަކުން ދަރުވާލައިގެން އަދި އޭގެ އިތުރަށް އަދި 7 ބިލިއަން ޗާޕްކޮށްގެންވެސް ވަރުގަދަ އިގްތިސާދެއް ނުއުފެއްދުނު މީހަކަށް ކޮން އިތުރު ދައުރެއްތޯ؟ ވޯޓް ހޯދަން ދައުލަތުގަ އޮތްނަމަ އޮތް ފައިސާއަކާއި މުދަލެއް އެއްވެސް ޕްލޭނެއް ނެތި ހަފުސްކޮށްލާ މީހަކަށް ކޮން ވޯޓެއްތޯ ދޭންވީ؟
އައްޑޫކޮއްޔާ
27 September 2023
ރައީސް ޔާމީނު ދަރުމަވަންތަ ހޮސްޕިޓަލް އަޅަން ބުރިޖުއަޅަން އަދި އެހެން ކަންކަން ކުރަން ނެގި ލޯނުތައް މި 5 އަހަރު މި ދެއްކީ މިސަރުކާރުން. އެހެންވީމަ އަސްލު ކޮވިޑް ގައި ކަލޭމެނަށް މުސާރަދެމުން ބޭސްފަރުވާ ކޮށްދެމުން ގައުމު ބަޑަށް ނުޖެހި ޔާމީނު ނަގާފަހުރި ލޯނުތައް ދައްކަމުން މިގެންދިޔައީ. މިއަދު ތިޔަހެން އޮޅުވާލެވޭނީ ޕީޕީއެމް މަގުމަތީ އެއުޅޭ ދެތިން އެކްޓިވިސްޓުން. އެމީހުން ތިބޭނެ ހެއްލިގެން އަޑުގަދަކުރަން. ގަމާރުން ހެއްލުނަސް އަހަރުމެން ނުހެއްލޭނެ.
ވަށަވަށާ
27 September 2023
އަސްލަމްބެގެ ޗެސްޓް ވަށާޖެހޭވަރުގެ ތަރައްޤީއެއް ވެސް ތިޔަރައީސަކަށް ގެނެހެއް ނުދެވޭނެ