ރައީސް އޮފީސް: ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ގުޅިގެން ޖެހިގެން އަންނަ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅައިފައި.-- ފޮޓޯ: މިހާރު
28 ސެޕްޓެމްބަރ 2023 - 10:39
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ގުޅިގެން ޖެހިގެން އަންނަ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެގޮތަށް ނިންމެވީ ހޮނިހިރު ދުވަހަކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުން ބާއްވާ ދުވަސް ކަމަށް ވާތީ އާއި އިންތިހާބާ ގުޅިގެން ގިނަ މުވައްޒަފުންތަކަކާއި އާންމުން އިންތިހާބުގެ ކަންކަމުގައި ބައިވެރިވާތީ އިލެކްޝަންސް ކޮމިޝަންގެ އެދުމުގެ މަތިން ކަމަށެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދާއިރު އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންގެ ގޮތުގައި ސިވިލް ސާވިސްގެ ވަރަށް ގިނަ މުވައްޒަފުން އަބަދުވެސް ހަރަކާތްތެރިވެ އެވެ. އެހެންވެ، އެ މީހުންނަށް ލުޔެއް ދިނުމަށް އަބަދުވެސް އެ ދެ އިންތިހާބާ ގުޅިގެން، ޖެހިގެން އަންނަ ދުވަހު ސަރުކާރު ބަންދުކުރެ އެވެ.
މި މަހު 9 ގައި ބޭއްވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު، ދެ ދުވަހަށް ސަރުކާރު ބަންދުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޓެރޭ
28 September 2023
ހޯމަ ބަންދު ކޮށްފިޔާ މަގޭ ވޯޓު ޔަގީންވީ.
ބޮޑުމީހާ
28 September 2023
ދުވަސަތައް ބަންދުކުރަން މިވަރުގެ ރައީސެެެއް ނެތް. ޚިތާނީ ޕާޓީއަކާއި ގުޅިގެންވެސް ޖެހިގެން އޮންނަ ދުވަސް ބަންދުކޮށްފާނެ
މުއްލާ ގަލަމުއްދީން
28 September 2023
އެއްގޮތަކަށްވެސް ކަމުދާ ގޮތެއްނޫން. އިންތިހާބު ބޭއްވިޔަސް ސަރުކާރު ބަންދުކޮށް ރައްޔިތުންނަށް އާންމު ހިދުމަތް ދިނުމަށް ހުރަސް އަޅާކަށް ނުޖެހޭ.
ކޮބާ ހޯމަ
28 September 2023
ކުރީ ފަހަރު ވަރުބަލިވީވަރަށްވުރެ ކުޑަކޮށްތަ މިފަހަރު ވަރުބަލިވަނީ؟ މިފަހަރު ވޯޓް ލާން ދާނެ މީހުން ގިނަކަމުން ވޯޓް ގުނާ މީހުން އެއަށްވުރެ ބޮޑަށް ވަރުބަލިވާނެނޫންތަ
ސަލީމް
28 September 2023
ހޯމަ ދުވަސް ވެސް ބަންދުކޮށްދެއްވާ
2023
28 September 2023
ޙޯމަވެސަ ކޮށްދެއްވާ..... ބޮއިހަލަކި
ފޮނިފޮނިޓައްޕު ކުމާރު
28 September 2023
ހޯމަވެސް ބަންދުކޮށްލީމާ ސަޅިވާނީ.
މޯދީ
28 September 2023
ހިތާމާާގެ ދުވަސް އާދިއްތަވެސް ބަންދުކޮއްލަދީ
އަބްޑޫޅް +
28 September 2023
ކޭން ކައްކާ، ހަވާ އަރުވާފަ، ބޭންޖަހާނެތަ؟
ހަސަދު
28 September 2023
ހޯމަ ބަންދު ނުކުރައްވާނަންތޯ