އުތުރު ތިލަފަޅުގައި ތަރައްގީ ކުރަމުން އަންނަ ކޯސްޓުގާޑުގެ ބަނދަރުގައި ހިއްކާފައިވާ ބިމުގައި ފަސްގަނޑު އެއްވަރުގެ ކުރުމުގެ މަސައްކަތް ކުރަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
29 ސެޕްޓެމްބަރ 2023 - 13:54
އުތުރު ތިލަފަޅުގައި އިންޑިޔާ ސަރުކާރުގެ އެހީގައި ތަރައްގީ ކުރަމުން އަންނަ އެމްއެންޑީއެފް ކޯސްޓުގާޑުގެ ބަނދަރާ ގުޅުވައި ފަތުރަމުންދަނީ އައްޑޫގައި ތަރައްގީކުރި ޕޮލިސް އެކެޑެމީ އާ ގުޅުވައި ފެތުރި ހަގީގަތާ ހިލާފު ބިރުވެރިކަން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އަވައްޓެރި އިންޑިޔާ އާ އެކު އޮންނަ ގުޅުމަށް އިދިކޮޅު ފަރާތްތަކުން އިސްވެ ދަނީ ސީރިއަސް ތުހުމަތުތަކެއް އަމާޒުކުރަމުންނެވެ. އުތުރު ތިލަފަޅުގައި ތަރައްގީ ކުރަމުން އަންނަ "އެކަތަ" ހާބަރުގައި މިހާރު ވެސް އެމްއެންޑީއެފްގެ އެއްވެސް ކޮންޓްރޯލެއް ނޯންނަ ކަމަށާއި އެތަނުގައި އިންޑިޔާ ސިފައިންގެ އަސްކަރީ މަރުކަޒެއް ގާއިމުކުރާނެ ކަމުގެ ތުހުމަތު ދަނީ ކުރަމުންނެވެ.
އެ ތުހުމަތުތަކުގެ ޖަވާބެއްގެ ގޮތުގައި "މިހާރު" އަށް ދެއްވި އިންޓިވިއުއެއްގައި ޝާހިދު މިސާލަކަށް ނެންގެވީ ދިވެހި ފުލުހުން ތަމްރީނު ކުރުމަށްޓަކައި އައްޑޫގައި ޕޮލިސް އެކެޑެމީ ތަރައްގީ ކުރަމުން އައި އިރު ކުރި ބިރުވެރި ތުހުމަތުތަކެވެ.
"...އެ މަރުކަޒަކީ [ޕޮލިސް އެކެޑެމީ] އަކީ ސީދާ އިންޑިޔާ ސިފައިން ތިބެން، އިންޑިޔާގެ މަރުކަޒެކޭ ކިޔައިގެން އޭރު ވާހަކަ ދެއްކީ އައްޑޫ އަތޮޅުގައި އޮންނާނީ ފުލްކޮށް އިންޑިޔާގެ ކޮންޓްރޯލްގެ ދަށުގަ އޭ،" އައްޑޫގައި އެތަން އަޅަން ނިންމީ ޑރ. މުހައްމަދު ޖަމީލް އަހުމަދު ހޯމް މިނިސްޓަރު ކަމުގެ ހުންނެވި ދުވަސް ވަރުގައި ކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުތަކުގައި ނިންމި ނިންމުންތައް ތަންފީޒުކޮށް، އައްޑޫގައި ޕޮލިސް އެކޭޑެމީ އެޅުމުގެ މަޝްރޫއު ނިމެން ދިޔަ އިރު، ޝާހިދު ވިދާޅުވީ އެތަނުގެ ކޮންޓްރޯލް އޮންނާނީ ހަތިޔާރު އެޅި އިންޑިޔާ ސިފައިންގެ އަތްމަތީގައި އޭ ބުނެ، މި ސަރުކާރުގެ ބޮލުގައި އެތަކެއް ބިރުވެރި އިލްޒާމުތަކެއް އެޅުވި ކަމަށެވެ.
"އެކަމަކު މިއަދު އެގޮތަށް ތޯ އެތަން އޮތީ؟ މިއަދަކު އެ ވާހަކަ އެއް ނުދައްކާ. އެކަން ނިމުނީ. މިހާރު މި ދައްކަނީ އުތުރު ތިލަފަޅުގެ ވާހަކަ،" އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި އުތުރު ތިލަފަޅުގައި ކޯސްޓުގާޑުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްވަރާތައް ވެސް ފެށީ 2015 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެކަން ކުރެއްވީ ޔާމީން އިންޑިއާ އަށް ކުރެއްވި ދަތުރުފުޅެއްގައި އެ މަޝްރޫއު ހިންގަން ޑިފެންސް އެކްޝަން ޕްލޭނެއްގައި ސޮއި ކުރައްވައިގެން ކަމަށް ވިދާޅުވި އެވެ.
"އެކަމަކު އެ ހިސާބުން [ވެރިކަން ބަދަލުވުމުން] އެ ބޭފުޅުންގެ ކުރިމަތިފުޅުގަ ކަން ބަދަލުވީ. އެ ހިސާބުން މިކަން ބަދަލުވީ އިންޑިޔާގެ މިލިޓަރީ، ނޭވީ ތިބޭ ބޭސްއަކަށް. އެއްވެސް ކަމަކަށް ބަދަލު އައީކީ އެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އޭރު ޕްލޭން އޮތް ގޮތުން އުތުރު ތިލަފަޅުގައި އެއާޕޯޓެއް ވެސް އަޅާ ކަމަށާއި އެކަމަކު އެ މަޝްރޫއުގެ ސްކޯޕް ކުޑަކޮށް، ހަމައެކަނި ކޯސްޓުގާޑުގެ އުޅަނދުތައް މަރާމާތުކުރެވޭ ބަނދަރަކަށް ބަދަލުކުރީ މި ސަރުކާރުން ކަމަށް ޝާހިދު ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ބަނދަރު ތަރައްގީކޮށް ނިމުމުން، ކޯސްޓުގާޑުގެ އުޅަނދުތައް ބެލެހެއްޓުމަށް ވަރަށް ފަސޭހަވެގެން ދާނެ ކަމަށާއި، ގައުމުގެ ދިފާއުގައި ތިބި ދިވެހި އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި ތިބުމުގެ ވަސީލަތްތައް ގާއިމުކޮށް ދިނުމަކީ ކޮންމެ ސަރުކާރެއްގެ ވެސް ޒިންމާ އެކެވެ.
މިކަމުގެ ހަގީގަތް ދިވެހި އަސްކަރިއްޔާގައި މުޅި އުމުރު ހޭދަކުރެއްވި އިސް އޮފިސަރުން ނުކުމެވަޑައިގެން ހާމަކޮށްދެއްވުމުން، އެ ބޭފުޅުންނާ ދިމާއަށް ވެސް "ހިތު ހުރި އެއްޗެއް" ގޮވުމަކީ ވަރަށް ހިތާމަކުރައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"...އަޅުގަނޑުމެންގެ ސިޔާސީ ހިޔާލުތަފާތުވުންތައް އެއްކިބާ ކޮށްފައި، އަޅުގަނޑުމެން ތެރޭގަ މިކަން ބާއްވާށޭ. އަޅުގަނޑުމެންގެ ސަލާމަތީ ބާރުތައް މީގެ ތެރެއަށް ނުގެންނާށޭ. އެ ބޭފުޅުންނަށް ހަމައެކަނި ދޭންޖެހޭ ކަމަކީ އެ ބޭފުޅުންނަށް ސެލިއުޓް ނެގުން،" އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާނު
30 September 2023
ޝާހިދޫ ތިބޭފުޅާ ތީ އިންޑިއަން އެއް ތޯ ނޫނީ ދިވެއްސެއްތޯ ހަމަ އަހާލީ! މަޤާމަށް ދަހިވެތިވިޔަސް ތިވަރު ތަންކޮޅެއް ބޮދު
ޓެރޭސްެ
30 September 2023
މީނަ ރަށުގައި ނޫޅުނަސް އެގެ ކައިރީގައި ސިފައިން ކޮޅަށް ތިބެން ޖެހޭ ވެހޭހާ ވާރޭއެއްގައި ދޭހާ އަތްވެއްގައި. ސާހިދު މީ ހާދަ ބޮޑާ މީހެކޭދޯ
ނަތީޖާ
30 September 2023
ރާއްޖެ ކަހަލަ ގައުމެއްގެ ޑިފެންސް މިނިސްޓަރަކު އިންޑިއާއަށް ގެންގޮސްގެން އެގްރީމެންޓްތަކުގައި ސޮއި ކުރުވީމަ ނުކުންނާނެ ނަތީޖާ. ރައްޔިތުންގެ މަޖްލީހަށް ނުދެއްކޭނެ އެގްރީމެންޓެއް މިރާއްޖޭގެ ސަރުކާރަކުން ހަދަން ނުވިސްނާތި.
ޖެނެޓު
30 September 2023
އެފްރިކާ ބައްރުގައިވެސް އަދި އިރާނާއި، އުތުރުކޮރެއާގައިވެސް ޙުދުމުޙްތާރު އަނިޔާވެރި ވެރީން، އެމީހުންނަށް ތާއިދުކުރާ މީހުންކޮޅު ކައްކުވާލަން އަބަދުވެސް ބޭނުންކުރާ އުކުޅަކީ، ދީން ހަތިޔާރަކަށް ހެދުމާއި، ގައުމުގެ ސަލާމަތާއި ގުޅޭގޮތުން ދޮގުވާހަކަ ފެތުރުމެވެ. އެއީ މިފަދަ ގައުމުތަކުގައި ނާތަހްޒީބު މުޖުތަމައުތަށް ހައްދާލަން މިކަހަލަ ކަންކަން ކުރީމާ ފަސޭހަވާނެތީއެވެ. ދިވެހިރާއްޖޭގައިވެސް ޕީޕީއެމަކީ ވަރަށް ނާތަހުޒީބު މީހުން ގިނަ ޕާޓީއެކެވެ.
ސަސި.
29 September 2023
މީނައަށް ހާދަވަރެއް މިވަނީ. މިއޮށް ހުރިހާ ދުވަހު ތިޔަ ވާހަކަ ނުދެއްކީ ޔަގީންކަން ބޮޑުވީމަދޯ
ސިއެރާ ޒޫލޫ
29 September 2023
ދީނީ ތާކިހާ އަޅައިގެން މާއަދުލުވެރި މާއިންސާފުވެރި މީހެއްކަމަށް ހެދިގެންހުރެ ބޮޑެތި ދޮގުތައްހެދުން ނޫންކަމެއް މުޢިއްޒު ނުކުރޭ، މިޤައުމު ދެކެފަނުވާފަދަ ބޮޑެތި އަނިޔާތައް އެތައްބަޔަކަށްދީ މަޤާމްގައިހުރެގެން އެތައް ނާޖާއިޒު މަންފާތައްނަގާ އަމިއްލައަށްބޭނުންތަކަށް ބޭނުންުއްކޮށް ޖީބު ފުރާލައިގެންހުރެފަ އަދިވެސްމިކިއަނީ އެއްވެސްކަހަލަ ޚިޔާނާތެއް ނުވަމޭ. ތިމުއިއްޒު ތިވަނީ ޚިޔާނާތާއި ދޮގުހެދުމުގެރޮގުންވެސް ޕީއެޗްޑީ ނަގާފަ ދޯ؟
ހޖހޖ
29 September 2023
އޭރު ފުލުހުންގެ ޑޮކް ޔާޑް މިހާރު ޖާސޫސީ މަރުކަޒެއް.
އޮނަރަބްލް އަފީފު ދީދީ
29 September 2023
އައްޑޫ ޕޮލިސް އެކަޑަމީ ނުވަތަ National College of Policing Law Enforcement ހުރި ފުލުހުންގެ އިނާރާތު ވިންގެއް ގައި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ Faculty of Law And Islamic Studies ކިޔެވުން ފަދަ ކަންކަން ކޮށް އެއީ "މިލިޓަރީ ބޭނުމަށް" ރައްޔިތުންނަށް ކައިރި ނުވެވޭގޮތަށް ރައްޖާތެރިކޮށް ފޮރުވައިގެން އުޅޭތަނެއް ނޫންކަން އައްޑުއާއި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހާމަކޮށް ނުދެއްކީމަނޫންތޯ ބޭޅާމެނާއި ދެކޮޅަށް ދޮލަގަށް ލައިގެން ވިއްކާނެ ވާހަކަތަކެއް ލިބުނީ.
ބޭރުކުރޭ
29 September 2023
އިންޑިއާ ސިފައިން އުތުރު ތިލަފުށިން ޖެހޭނީ ބާލާށޭ އެނޫން އެއްވެސް ޗޮއިސް އެއްވެސް އަދި އެކްސްކިއުޒެއް ވެސް އޮވެގެން ނުވާނެއޭ ނަފްރަތު ދޮލޮނގު ތަމެން އޮޅާލާ އޮޅާލާ އޮޅާލާ އިންޑިއާ ސިފައިން ބޭރުކުރޭ މިގައުމުން ބޭރުކުރޭ އިންޑިއާ ސިފައިން ބޭރުކުރޭ މިގައުމުން ބޭރުކުރޭ އިންޑިއާ ސިފައިން ބޭރުކުރޭ މިގައުމުން ބޭރުކުރޭ އިންޑިއާ ސިފައިން ބޭރުކުރޭ މިގައުމުން ބޭރުކުރޭ އިންޑިއާ ސިފައިން ބޭރުކުރޭ މިގައުމުން ބޭރުކުރޭ އިންޑިއާ ސިފައިން ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ
ބިސް ހާލި
30 September 2023
މިބޯގޯސް ކަލޭގެ 5 އަހަރު ފިލާ އޮވެފަ އަނެއްކާ ފެނިގަނެއްޖެ. މިސްޓަރ ޕިންކީ ބިން މައިކަލް ޖެކްސަން. މިހާރު ނޫހުން މިކަހަލަ ބޯގޯސް ކޮމެންޓުތައް އެޕްރޫވް ނުކޮށްބަލަ.
ދޮގޭހަދަނީ
29 September 2023
އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ތިބެން ނުޖެހޭނެއޭ އަދި އިންޑިއާގެ ބޮޑެތި މަނަވަރު ތައް ބަނދަރުކޮށްގެން ތިބެން ނުޖެހޭނެއޭ އިންޑިއާ އަކީ އެއްވެސް އިތުބާރެއް ކުރެވޭ ގައުމެއް ނޫނޭ އެމެން މިގައުމަށް ހިލޭ ހަދިޔާ ކުރި ހެލިކޮޕްޓަރު ގަނޑެއް އަދި ޑޯނިއަރ މަތިންދާ ބޯޓް ގަނޑެއް އެ އިން އެއްވެސް އެއްޗެއް ގައި ދިވެހި ސިފަިއންނަށް އަތްލާން ނުލިބި 15 އަހަރުވަނީއޭ އިންޑިއާ އާއި މިސަރުކާރާއި ގުޅިގެން ހަދަނީ ރޯބުހުތާނު ދޮގޭ ސަރުކާރާއި އިންޑިއާ އެމްބަސީން