ގދ. ވާދޫގެ ވޯޓު ފޮއްޓެއް ފަޅާލައިފައި.--
30 ސެޕްޓެމްބަރ 2023 - 17:23
ގދ. ވާދޫގައި ބެހެއްޓި ވޯޓު ފޮއްޓެއް ފަޅާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު "މިހާޜު" އަށް ވިދާޅުވީ އެކަން ކުރި މީހާ ހައްޔަރުކޮށް، ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ، އެ މައްސަލައިގެ ރިޕޯޓް ލިބުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ހަބީބް ވިދާޅުވީ، ވާދޫ ޖަމާލުއްދީން ސްކޫލްގައި ބެހެއްޓިއެ ފޮއްޓަށް ލާފައިވާ ވޯޓު ކަރުދާސްތަކަށް ގެއްލުމެއް ނުވާ ކަމަށާއި އެހެންވެ އެ ގުނާނެ ކަމަށެވެ.
ވާދޫ ވޯޓު ފޮއްޓަށް ވޯޓު ލާން ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 545 މީހުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާ ވާދޫ
01 October 2023
ވާދޫއޭ ބުނީމަ އޮޅޭނެ ދިވެހި ރާއްޖޭގަ އޮންނާނެ އަޚްލާޤު ރަނގަޅު ވާދޫއަކާ ބަސްނާހާ ކުދިން އުޅޭ ވާދޫއެއް.
ފިނޑި
30 September 2023
ވަރަށް ފިނޑި ވިޔާނުދާ، ނާތަހުޒީބު މީހުން އުޅޭ ރަށެއް ތީ!
ޓެރޭ
30 September 2023
ހަލާކު ކޮށްލި ފޮއްޓަކަށް ފޮއްޓެއް އަތުލަންވާނެ. އަދި ގައުމީ މަސްލަހަތު ނަގާލުމުގެ ދައުވާވެސް އުފުލަންވާނެ. މައްސަލާގައި އެކި ދިމަދިމާލަށް ދަމަދަމާ ދެތިން އަހަރު ތަޅުވާލީމަ ހޭވެރިކަންވާނެ.
އަލްމުދިޝް
30 September 2023
އަދި އެމީހާ ވަނީ މިހާރު ދޫކޮށްލާފަ ކަމަށްވެސް ޚަބަރު ލިބެއެވެ . މިއިންތިޚާބުގަ އެހާސީރިއަސް ކަމެއް ފާހަގަ ނުވާކަމަށްވެސް ފާހަގަ ކުރެވެއެވެ.