މާލެ: ޖޫން 8، 2019- އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއެކު ފޮޓޯފުޅަކަށް ހުއްޓިވަޑައިގެން.--- ފައިލް ފޮޓޯ/މިހާރު
01 އޮކްޓޯބަރ 2023 - 07:58
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަރުހަބާ ވިދާޅުވެ ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިކަންމަތީ ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވައިފި އެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް 53 ޕަސެންޓުގެ ވޯޓުން ކާމިޔާބީ ހޯއްދެވި މުއިއްޒު ޓެގްކުރައްވައި މޯދީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ވަރުގަދަކޮށް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގައި ދެމި އޮންނާނެ ކަމަށެވެ.
Congratulations and greetings to @MMuizzu on being elected as President of the Maldives.
— Narendra Modi (@narendramodi) October 1, 2023
India remains committed to strengthening the time-tested India-Maldives bilateral relationship and enhancing our overall cooperation in the Indian Ocean Region.
އިންޑިއާއާ އެކު ބާއްވާ ގުޅުމުގެ ސަބަބުން އެ ގައުމުގެ ނުފޫޒު ރާއްޖޭގެ މައްޗަށް މާބޮޑަށް ގަދަވެ މިނިވަންކަމަށް ނުރައްކާވެފައިވާ ކަމަށް ބުނެ މިހާރުގެ ސަރުކާރަށް އަމާޒުވާ ފާޑުކިޔުން ބޮޑެވެ. ރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ގާއިމުވެ ތިބޭ ކަމަށް ބުނެ އެ މީހުން ގައުމުން ބޭލުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހު ފައްޓަވާނެ ކަމަށް އިންތިހާބުގެ ކެމްޕެއިން ތެރޭ މުއިއްޒު ވަނީ ވައުދުވެ ވަޑައިގެންފަ އެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާ
އިންޑިއާއާ ގުޅުވައި ސަރުކާރަށް އަމާޒުކުރާ ތުހުމަތުތައް ސަރުކާރުން އަބަދުވެސް ދޮގުކުރެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ކާމިޔާބުވާ ވަރަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ލިބިވަޑައިނުގަތުމުން، އެންމެ ކުރީގައި އޮތް ދެ ކެންޑިޑޭޓުންނާ އެކު ބޭއްވި ދެ ވަނަ ބުރުގައި މާލޭގެ މޭޔަރު މުއިއްޒަށް 126،00 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. ރިޔާސީ ދެ ވަނަ ދައުރަކަށް ވާދަކުރެއްވި ރައީސަށް ލިބިވަޑައިގަތީ 108،000 ވޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރާ
02 October 2023
އިންޑިއާ އައުޓް
އަބްޑޫޅް +
02 October 2023
ތިޔައެއް ނޭނގެ. އެ ހިންދީންގެ، ރުޕީގެ އަގެއް ނެތަސް، ރުޕީ އަޅާލާނީ ވަކި ސުމާރު ވަރަކަށް ނޫން. 100 ކުރޯޑު ޕައިސާ ނޫން ކަމެއް ވެސް ނޭގެ، ދޭނީ.
ކަތްދައްތަ
01 October 2023
ރައްޔިތުން ނިކުމެ ކިތަންމެ ވަރަކަށް ކޮޅުކޮޅުމައްޗަށް ދުވެ ހެލުވިޔަސް އިންޑިޔާ އައުޓެއް ނުވާނެ. ތިޔަ އަންނަ އެއްވެސް ހެލުމެއްގެ ލޮޅުން ވެރިންނާ ހަމައަކަށް ނުފޯރާނެ. މީހުންވެރިކަން ހޯދަންވީމާ ގޮވާނެ ކޮހެއް ހޯދައިގެން ރައްޔިތުން ހަލުވައިގަތީމާ ވެރިކަމަށް ހޮވެނީ. ދެން އެކަން ހަދާންނެތިދޭ.
އަލީ ރަމީޒު
01 October 2023
އިންޑިޔާ ސިފައިން މިތަނުން ބޭލުމަށްފަހު ނޫނީ މުައިޒު ހަމަ ނޭވާ ނުލާނެ. އަދި އިންޑިޔާ އަކީ ރާއްޖެއަށް އަތް ގަދަ ކޮއްފާވާ ގައުމަކަށްވާތީ އިންޑިޔާ ޢާއި ގުޅުން ބަދަހި ކުރުމުގެ ގޮތުން އިންޑިޔާ ސިފައިން ބޭލުމަކީ މުއިޒު އެންމެ ފުރަތަމަވެސް ކުރާނެ ކަންކަން، އިންޑިޔާ އަކީ މުއިޒު އަދި ޔާމީންގެ ދުސްމަން ގައުމެއް،
ބޮޑުމީހާ
01 October 2023
އިންޑިއާ ސިފައިން މިގައުމުން ބޭލުމަކީ މުއިއްޒުއަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުން
ގާނޫން
01 October 2023
މޯޑީ ބައި އަށް ވެސް މަރުހަބާ.
މޯދީބެ
01 October 2023
އަދި އިތުރު 200 ސިފައިން ބަހައްޓައިފި ނަމަ ކުޑަ އިންޓަރެސްޓުގައި 1 ބިލިޔަން ޑޮލަރުގެ ފައިނޭންސް ހަމަޖައްސައިދޭނަން.
ބޮޑުތަކުރުފާނުބެ
01 October 2023
އިންޑިއާޢަކަށް އިޒްރޭލް ހެދިގެން އުޅުމަކީ 21 ވަނަ ގަރުނުގައި އުޅެން މުޑުދާރުގޮތެއް. ހަމަ ޓީވީތަކުގަޔާ އެނޫންތަންތަނުގަ މިރާއްޖެހިފަން، ސަރުކާރެއްއޮތިއްޔާ ވައްޓާލަން، އިންޑިއާ އެމްބަސީން މި ގައުމުގެ މުއައްސަސާތސކަށްވަދެ އަމުރު މައުރޫފު ހިންގައި،އިންޑިއާ ބޭނުންނޫން ގައުމަކާ ގުޅުން ނުބާއްވައި ދަރަޖައަށް ގައުމެއްގެ އިއްޒަތާ ކަރާމަތްނަގާލުމަށް ފުރްސަތުދިނުމަކީ ލަދުވެތިކަމެކެވެ. އަދިރާއްޖޭގެ ރައީސުންމޯދީއާ ނުބައްދައި ހެންޑްޝޭކް އެކަނިކުރުން ބުއްދިވެރި.
ގުދުގުދާބެއްޔާ
01 October 2023
ރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ގާއިމުވެ ތިބޭ ކަމަށް ބުނެ އެ މީހުން ގައުމުން ބޭލުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހު ފައްޓަވާނެކަމަށް އިންތިހާބުގެ ކެމްޕެއިން ތެރޭ މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.މިވަގުތު ރާޢްޖޭގައި ތިބި އިންޑިޔާ ސިފައިން ޓީވީ މެދުވެރުކޮއް ރައްޔިތުންނަށް ދައްކާ އެމީހުންބާލާމަންޒަރު މުއިޒްޖެހޭނީ ދައްކަން! އެހެން ނޫނީ ތިޔަޕާޓީގެ ކޮންމެ މެންބަރަކު ދިމާވިޔަސް ކޮބައިހޭ އިންޑިޔާސިފައިން ކިޔާހަޅޭއްލަވާނަން!
ކޮބައިހޭ އިންޑިޔާ ސިފައިން
01 October 2023
މިކަން މުއިއްޒު ނުކުރި ނަމަ، ބޮޑު ދޮގެއް ހަދައިގެން ހޯދި ވޯޓަކައް ވާތީ ޖިނާއީ ދައުވާ ކުރެވެން ޖެހޭ.
މޯޑީޖީ
01 October 2023
ދެން އޮތީ އިންޑިއާއަށް މޯދީ ނޫންގޮތެއް ވޯޓުން ހޯދާދިނުން