ރައީސާއި އިންތިހާބީ ރައީސް މުއިއްޒު މިއަދު ބައްދަލު ކުރައްވައި، ސަލާމް ކުރައްވަނީ: ދެ ބޭފުޅުން މިއަދު ބައްދަލު ކުރެއްވީ ރައީސް އޮފީހުގައި --- ފޮޓޯ/ރައީސް އޮފީސް
01 އޮކްޓޯބަރ 2023 - 15:10
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް ވެރިކަމަށް އިންތިހާބުކުރި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލު ކުރައްވައިފި އެވެ.
އެ ބައްދަލުވުން ބޭއްވެވީ މިއަދުގެ މެންދުރުފަހު ތިނެއް ޖެހިއިރު ރައީސް އޮފީހުގަ އެވެ.
އެއީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި މުއިއްޒަށް ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީ އަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ.
ރައީސާއި މުއިއްޒު ރައީސް އޮފީހުގައި މިއަދު މަޝްވަރާ ކުރައްވަނީ --- ފޮޓޯ/ރައީސް އޮފީސް
ރާއްޖޭގެ ވެރިކަމަށް މުއިއްޒު ގެންނަން އިއްޔެގެ އިންތިހާބުގައި 129،159 މީހުން ވޯޓު ދިނެވެ. އެއީ 54 ޕަސެންޓެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދެވުނީ 109،868 ވޯޓެވެ. އެއީ 46 ޕަސެންޓެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ، އިންތިހާބީ ރައީސާ ވެރިކަމުގެ ބާރުތައް ހަވާލު ކުރަން ޖެހެނީ އެ ކަމަށް ހާއްސަ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން އެ މުއްދަތުގައި ހާއްސަ އޮފީހެއް އުފައްދައި ގިނަ ކަންތައްތަކެއް ކުރަން އޮވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޭންއިބޫ
02 October 2023
ހަނދާނަށް އަންނަނީ އިބޫ ހޮވުނު ފަހަރު ޕީޕީއެމުން ކަންތައް ކުރިގޮތް ރ،ޔާމީން ހޮރަށްވަދެ ފިލިގޮތް .... އެއީ ފިނޑިކަމުގެ އިންތިހާ މިހާރު މިފެންނަނީ އަސްލު ގަޓުހުރި ރައީސް ވީ ލަވްޔޫ އިބޫ
ޢުފާ
02 October 2023
މާޝާﷲ، އިބޫގެ ކިބައިން ފެންނަނީ ހިތްތިރިކަމާއި ރިވެތި އަޚްލާޤު، ޑިމޮކްރެޓިކް އުޞޫލުތަކަށް އިހްތިރާމް ކުރާތަން.
އަބްޑޫޅް +
02 October 2023
ރަނގަޅު އެކުސްޕުރެސަނަކީ "ހޮވުނު ރައީސު". އަރަބީންގެ މުގައްދަސް ބަހުން ބުންން ކޮންމެހެން ލާޒިމު ނަމަ، "ރައީސް މުންތަޚަބް" ނުވަތަ "ރައީސުލް މުންތަޚަބް" رئيس المنتخب
އަބްޑޫޅް +
02 October 2023
އުނހުނ. "ހޮވުނު ރައީސު މީހާ"
ހެކނދބއ
01 October 2023
އިބޫގެ ދައުރުގެ ރިޕީޓެއް ނުފެންނާނެކަމަށް ވަރަށް އުންމީދުކުރަން... ވަރަށް އެއްކަހަލަ ގޮތަކަށް މާޙައުލު މިއޮތީ....
ފަޒްލީނާ
01 October 2023
އިބޫ ވަރުގެ އޯގާތެރި މިވަރުގެ ހިކުމަތްތެރި ވެރިއެއް މިގައު އަދި ނުދެކެ. ކުރިއަށް އޮތްތާ ދެން ފެންނާނެ ކަމެއް ނޭންގެ ބުނާކަށް
ބޮޑުމީހާ
01 October 2023
އިބޫއަށްވުރެ ދަންތޮރު ނުދަންނަ ރައީސެއް ނާދެ. ގައުމު 114 ބިލިއަނުން ދަރުވާލި.
ހަސަންޑީ
01 October 2023
މިއީ ތަޙުޒީބު މުޖުތަމޢުތަކުން ކަން ކުރާ އުސޫލަކީ، މަރުޙަބާ ޕުރެޒިޑެންޓުއިލެކުޓް ޑރ.މުޢިއްޒު އަދި ރ.ސޯލިހު ވަނީ ވެރިއެއްގައި ހުންނާންޖެހޭ ހުރިހާ މާތް ސިފަތަކެއް އަދި 5އަހަރުތެރޭ ތަރަށްގީގެ އެތައް ކަމެއް ހާސިލްކޮށް ކާމިޔާބު ހޯއްދަވާފަ ރ ސޯލިހު ގައުމާއި ރަށްޔިތުންނަށް ކޮށްދެއްވި ޚިދުމަތްތަކަށް ފަޚުރުވެރި ދިވެހި ދަރިއެއްގެ ޙައިސިއްޔަތުން ހިތުގެ އަޑިން ޝުކުރުވެރިވަން މަނިކުފާނުގެ ޚިދުމަތް އެތައް ޖީލަކަށް އިހުސާސްވާނެ ޝުކުރިއްޔާ!
އާވަސް
01 October 2023
ސަޅި، އިބޫ ވަރެއް ހަމަ ނެތް. މުއިއްޒު ޔާމީންގެ އަވައިގަ ނުޖެހި ވެރިކަން ކުރެވިގެން ވާނީ. އެންމެން އެކީގަ ޤައުމު ކުރި އެރުވީމަ ރަގަޅު ވާނެ.
ކަމަޅި
01 October 2023
ރައީސް ސޯލިހަކީ ނަމޫނާ މިސާލުން މަގުދައްކަވާ ވަރަށް ކެތްތެރި ވެރިއެއްކަންވަނީ ސާބިތުކޮށްދެއްވާފަ، އަދި ވޯޓް އޮޅުވާލީއޭ ކިޔާ ނުގޮވާނެކަން ޔަޤީން . ސުކުރިއްޔާ ރައީސް އިބޫ.
ގެދާނޯމޮސް
01 October 2023
އިންޑިޔާ އަށް ވީހެން މުއިއްޒު މިހާރު ސޯލިހާ މާގަތްވަނީ އެވެ.
އަފްރާސިޔާބު
01 October 2023
ތިވެސް ނޭގޭ. ފަހަރުގައި ދެމީހުންގެ ގުޅުން ރަނގަޅީ ކަމަށްވެސް ވެދާނެ. ކުރިމަތި ލައިގެން އުޅޭއިރު ކާމިޔާބު ވާނީ ކޮންމެސް އެކަކަށް.
ކަނބުރުގެ
01 October 2023
އަސްލު އިބޫ ބޭނުމެއްނުވޭ ދެވަނަ ދައުރެއް. އިބޫގެ ސަރުކާރުގައި ތިބި ބަޔަކު އިބޫ ބޮލަށް ވަދެގެން ދެވަނަ ދައުރަކަށް ކުރިމަތިލީ. ހަގީގަތަކީ އެމްޑީޕީ ދެބައިވީ ހިސާބުން އިބޫ ހުރީ ދެވަނަ ދައުރަކަށް ކުރިމަތި ނުލާން...