ރައީސް އާއި އިންތިހާބީ ރައީސް ބޭއްވި ބައްދަލުކުރެއްވުން: ވެރިކަން ބަދަލުވުމުގެ މަރުހަލާ މިއަދު ވަނީ ފަށާފައި --- ފޮޓޯ/ރައީސް އޮފީސް
01 އޮކްޓޯބަރ 2023 - 17:46
ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާއްސަ ކޮމިޓީއެއް މިއަދު އުފައްދަވައިފި އެވެ.
ރައީސް މިއަދު ވަނީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމަނިކުފާނާ ވާދަކުރައްވައި، ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވާފަ އެވެ. އަދި މުއިއްޒަށް ތަހުނިޔާ ވިދާޅުވެ، ރައީސް ވަނީ ރައްޔިތުންގެ ނިންމުން ބަލައިގަންނަ ކަމަށް ވިދާޅުވެފަ އެވެ.
އަދި، "ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނު" ގައިވާ ގޮތުގެ މަތިން ކުރަންޖެހޭ ހުރިހާ ކަމެއް ވީހާ ވެސް އަވަހަކަށް ކުރައްވާނެ ކަމުގެ ޔަގީންކަން އެ ބައްދަލު ކުރެއްވުމުގައި ރައީސް މިއަދު ދެއްވި އެވެ.
ރައީސް އޮފީހުން ބުނީ އެ މަސައްކަތް ފެށުމަށް ހާއްސަ ކޮމިޓީއެއް އުފައްދާފައިވާ ކަމަށާއި ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކެޓްރީ ހުސައިން އާމިރު ކަމަށެވެ. އަދި ކަންކަން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އެވެ.
އިންތިހާބީ ރައީސްގެ އޮފީހަށް ބޭނުންވާ އެހީތެރިކަން ދެއްވުމަށްޓަކައި ރައީސް އޮފީހުގެ ކަމާބެހޭ ފަންނީ ބޭފުޅުން ހިމެނޭ ޓީމެއްގެ އެހީތެރިކަން ވެސް ލިބޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސްއާ އެކު ބޭއްވި ބައްދަލު ކުރެއްވުމުގައި އިންތިހާބީ ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ ނިންމުން ބަލައިގަނެ އެމަނިކުފާނަށް ރައީސް ގުޅުއްވި ކަމަށްޓަކައި އުފާކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން އޮމާންކޮށް ގެންދަން އެއްބާރުލުން ލިބޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރުހާން
02 October 2023
ޢާމިރަކީ އާދަޔާ ޚިލާފު ބޭފުޅެއް. މަސައްކަތް ކުރަން ވަރަށް ފަސޭހަ އޯގާތެރި ވެރިއެއް. ބޭރުގައި ތިބެގެން ކޮމެންޓް ކުރާ މީހުންނަކަށް ޢާމިރެއް ނޭނގޭނެ. ކޮންމެ އެއްޗެއްވެސް ލިޔެވިދާނެ.
ލިމް
02 October 2023
ވީ ސެލިޔުޓް ޢާމިރު
ކަރީމާ
02 October 2023
ދުވަސްވީ މީހުން ބޭރުކުރަން އުޅެންޏާ އެންމެ ފަހުން އަތަށް ގޮވާނީ. ރައީސް ނަޝީދު ތިކުޅިވަރު ކުޅެން އުޅުނު ވެރިކަަމަށް އައިސް،. ފަހުން ވިސްނިގެން އެކަން ހުއްޓާލީ
ޖަމީ؛ލް
02 October 2023
ޢާމިރުގެ މަޑުމައިިތިކަމާއި ހިތްތިރިކަމަކީ ހަމަ ނަމޫނާއެއް. ކުރިމަތިވާ ގޮންޖެހުންތަކަށް ކެތްތެރިކަމާއެކު ކުރިމަތިލައި ހަރުދަނާ ޝަޚްޞިއްޔަތެއް ޢާމިރަކީ.
ދަނޑޭ
02 October 2023
ތި ކޮމިޓީގެ އެންމެ އިސް މީހަކަށް ޢާމރު، ރައީސް އެ ހަމަޖެއްސެވީ ޢާމިރަކީ ޤާބިލު މީހަކަށްވީމަ. ޢާމިރު ޖަހާލެވޭނެ ހިންގުންތެރިޔަކު ރައީސް އޮފިހުގާ އަދި ނެތްކަން މިކަމްުން އެނގެނީ.
ބެލެނިވެރިން
02 October 2023
ވަރައް ރަނގަޅު ބަދަލެއް ބޭނުމީ ކުޅިވަރު ހަމަޔަކައް އަޅުވަން ޙާއްސަކޮއް (ބާސްކެޓް) މިހާރު ބޭނުން އެއްޗެއް ހަދާލަނީ
ސިރޭ
02 October 2023
ކޮތަޅު، އަދި ޖީއެސްޓީ ބޮޑުކުރި ބައި އުވާލާ، އުވާލާ، ރައްޔިތުން ހަނާވަނީ، ހަނާވަނީ
ފަތީ
02 October 2023
ރައީސް ޞާލިޙް އެދައްކަވަނީ ޑިމޮކްރަސީގެ އިތުރުން އިންސާނީ އަޚްލާޤުގެ ވަރަށްރީތި ނަމޫނާއެއް. ނާކާމިޔާބީގެ ހިތްދަތި ދަޑިވަޅުގައިވެސް، މިންވަރަށްރުހިގެން، ޝަކުވާކޮށްހިތްބުރަކަމެއްނެތި، ކެތްތެރިކަންއިސްކޮށް ދެކޮޅުވެރިކަމެއްނެތި، ކަންކަން ވަރަށްއޮމާންކޮށް ގެންދަވަން މަސައްކަތްކުރައްވާތަން. މިއީ މަދުމީހެއްގެ ނޫނީ ހުންނަ ސިފައެއްނޫން. ރައީސް ޞާލިޙަށް އަބަދުވެސް ކުރިއެރުމަށް އެދެން. ރައީސް ޑރ.މުއިއްޒަށްވެސް ޢަދުލުވެރި، ވެރިއަކަށްވުމުގައި ކާމިޔާބަށްއެދެން
ބޮޑުރިޔާ
02 October 2023
މިވަރުގެ ހިތް ތިރި ވެރިއެއް ޙަޔާތުގެ ގައިވެސް ނުދެކެން ދެއްކުންތެރިކަމެއްނެތް އޯގާތެރި އެއް ހިތްވަރު ގަދަކަމުގެ ލާމަސީލު ނަމޫނާއެއް
ޢިބޫ ތަފާތު
02 October 2023
ޙަދާނަށްއަންނަނީ 2018 ނޮވެމްބަރ 17، ގަލޮޅު ދަނޑުގައި އިބޫ ހުވާކުރަން ތައްޔާރުވަނީ ޙައުސިން މިނިސްޓްރީ ދޮށުގަ އެރޭއްސުރެ ނުނިދާހުރެ ސްޓާފުން ނެރެގެން މުއިއްޒު ފްލެަޓް ލިޔުން ދޫކުރަނީ. ރައްޔިތުންގެ އަތުން ބިއްލޫރިގަޑެއް ތަޅާލައި ތަނުގައި ހަމަޖެހުން ގެއްލިފަ.........