ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ރައީސް މުހައްމަދު ނަޝީދު: މިއަދުގެ ޖަލްސާ ވެސް ފެށުމަށް ބޭނުންވާ އަދަދަށް މެންބަރުން ހަމަވެފައި ނުވޭ -- ފޮޓޯ: މަޖިލިސް
02 އޮކްޓޯބަރ 2023 - 09:57
ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަނުވެ، މިއަދުގެ ޖަލްސާ ވެސް ނިންމާލައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް އެޖެންޑާ ކޮށްފައި އޮތީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއާ ގުޅޭ މައްސަލަ އެވެ.
އެ މައްސަލަ އެޖެންޑާކޮށްގެން، މިދިޔަ ހަފްތާގެ ހޯމަ ދުވަހު ބާއްވަން އުޅުނު ޖަލްސާގައި ވެސް ކޯރަމް ހަމަވެފައެއް ނުވެ އެވެ. މިއަދުގެ ޖަލްސާ ފެށިއިރު ހާޒިރުވެ ތިބީ އެންމެ 15 މެންބަރުންނެވެ. ޖަލްސާ ފެށުމަށް ބޭނުންވާ 22 މެންބަރުން ހަމަވޭތޯ ރިޔާސަތުން ވަނީ އިތުރު 15 މިނެޓު ވެސް މަޑުކުރައްވައިފަ އެވެ.
ކޯރަމް ހަމަނުވުމާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މެންބަރުން މިއަދު މަޖިލީހަށް ވަޑައިނުގަންނަވަންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.
މިފަހަކަށް އައިސް މަޖިލީހުގެ ކޯރަމް ހަމަނުވެގެން ޖަލްސާތައް ބޭއްވުމާއި ކުރިއަށް ގެންދިޔުމަށް ދަތި ވާ ކަމުގެ ކަންބޮޑުވުން ނަޝީދު ވަނީ ތަކުރާރުކޮށް މީގެ ކުރިން ފާޅުކުރައްވައިފަ އެވެ.
ނިޒާމު ބަދަލުކުރުމުގެ މަސައްކަތަށް ބޭނުންވާ ކަންކަން މަޖިލީހުން ނިންމަން މަސައްކަތް ކުރަމުންދާއިރު ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް އިސްލާހެއް ވެސް ވަނީ ހުށަހަޅައިފަ އެވެ. މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވީ ބިލް ފާސްކުރުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާ ނަމަ އިތުރު ވޯޓަކަށް ދާން ނުޖެހޭ ގޮތަށް ހެދުމަށެވެ.
ގާނޫނުއަސާސީ މިހާރު އޮންނަ ގޮތުން ނިޒާމު ބަދަލު ކުރެވޭނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހުން ފާސްކުރުމަށްފަހު އެ ބިލް ރައީސް ތަސްދީގު ކުރެއްވުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހު އެވެ.
މަޖިލީހުން ކުރިން އޮތީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓަކަށް ދާން ގަރާރެއް ފާސްކޮށްފަ އެވެ. ނަމަވެސް އޭރު އެގޮތަށް ފާސްކުރީ ރައްޔިތުންގެ ހިޔާލު ހޯދުމަށް މަޖިލީހަށް ލިބޭ ބާރުގެ ތެރެއިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮއްލަ
02 October 2023
މިގައުމަކަށް ތިޔަ ނިޒާމެއް ބޭނުމެއް ނުވާކަން ރައްޔިތުން އެދަނީ ދައްކަމުން. އަދި ކިއެއް. ކެނެރީގޭ ނަޝީދާ އިންތިއަކާ އީވާޔަކާ އަފީފަކާ މަވޯޓާއަކާ މިއީ ހުސް ހޮޅި ފިތުނަވެރި ބޭކާރު ބައެއްކަން ދިވެހި ކުޑަބޮޑު އެންމެން ރަނގަޅަށް ދަނޭ. ކޮން ސަކަރާތެއް ދެން ޖަހާކަށް.
ޝޮކްތެރަޕީ
02 October 2023
މިމީހުން ސިޔާސީ ދާއިރާއިން ބޭރުކުރަން ޖެހޭ.
ކަންވާރު އިބްރާހީމް
02 October 2023
މަނިކުފާނު ވެރިކަމަށް ފެންބޮވައިގެންފައި ތިޔަހަރީ ހާދަވަރަކަށެވެ. މަނިކުފަަނަށް ހިތުގައި މިހާރު އެއްވެސް ކަހަލަ ގަދަރެއް އެމްޑީޕީ މީހެއް ވީއްޔާ ނޯންނާއެވެ.
ބަރުލަމާނީ
02 October 2023
ނަޝީދު (އަންނި) ހަސަން ލަތީފް, އީވާ, އާޒިމް, އިންތި، ވައްޑޭ، ބޮންޑޭ، އަފީފް އަދި މަވޯޓާ މިއީ މިހާރުން މިހާރަށް ސިޔާސީ މައިދާނުން ދުރަށްލާން ޖެހޭ ބައެއް. ދެން އަންނަ މަޖިލިސް އިންތިހާބުގައި ބޭރުވާނެ ކަމަށް މިބަލަނީ
ރައްޔިތުމީހާ
02 October 2023
ހަގީަތުގައި ވެސް އެމްޑީޕީ ހަލާުކުކޮށްލީ ނަޝީދު ކަން މިއަދު ގަބޫލް ކޮށްފިން، ކުރިން ނަޝީދަށް ވަރަށް ތާއީދު ކުރިން، މިހާރު އެކަން ބަދަލުވެއްޖެ، މިހާރު އެނގޭ ނަޝީދު މަސައްކަތް ކުރަނީ ވެރިކަމަށް އަންނަން ކަން، އެއްގޮތުން ނުވިއްޔާ އަނެއްގޮތުން ނަމަވެސް، މިހާރު ރާއްޖޭގަ ނަޝީދު އަކަށް ތާއީދެއް ނެތް، ނަޝީދު އަކީ ގައުމު ދެކެ ލޯބިވާ މީހެއް ނޫންކަން މިހާރު ހިތުގެ އަޑިން ގަބޫލު ކޮށްފިން، ކިތަންމެ ކުލައެއް އެރުވިޔަސް ދެން ނަޝީދު އަކަށް ތާއީދެއް ނުކުރާނަން،
ކްރޭޓޯސް
02 October 2023
އަމިއްލަ އެދުމުން ފުރި ބާރުވެފަ ހުރި މީހެއް!
ރަދުން999
02 October 2023
އަބަދުވެސް ހިޔޮވަރު ކޯޓް ބާއްވާފައި އެއަށްވުރެ ބޮޑުކޯޓެއް ލެވޭތޯ ބަލާ މީހުންނަށް ލިބޭ ލަނޑު ތިހުރީ ލިބިފައި. ބާކީވީތި. ގާދޫކޮލުންވެސް ބޭރަށް ތިދިޔައީ. ދެން ހޭރިޔާކޮށްފައެއް ނާދެވޭނެ. ފިތުނަ އުފެއްދީމާ އެކަމުގެ އަދަބު ލިބެން ވާނެ.
ރީފާފް
02 October 2023
ބަރުލަމާނީ އަށް ނޫން... ގެޓް އިޓް... %7 ވޯޓް ލިބުނީ... %93 ބުނީ ނޫނެކޭ!!!
ސަލީމު އިދުރީސް
02 October 2023
ކުރިންވެސް ނަސީދު ކައިރީގަ ބުނިން ސަލީމްބެމެއް ކަހަލަ މީހުން ބާރައް ކުރިއަށޭ ބުނީމަ ފޯރިނަގާ ފަހަތުގަ އަތްޖަހަން ތިބޭތީއޭ ނަސީދައް ތާއީދު ބޮޑުވީ މިހާރު ތި ނިޒާމައް ތާއީދު ކުރަނީ ކަލެއާ އީވާއާ އިންތިއާ ލަތީފު
މާކުންބޭ
02 October 2023
މިއީ މިޤައުމަށް މެދުވެރިވެފައި ހުރިހަމަ ބޮޑު އުނދަގުލެއް، ކިހިނެތްވެގެން އުޅޭ މީހެއްކަމެއް ނޭގޭ، ވަރަށް ސާފު ބަރުލަމާނީ އެއް މިޤައުމުން ބޭނުމެއް ނުވޭ. ސައިޒް އޮޅިގެން ނޫލެބަލަ، ކަލޭގެ ސައިޒަކީ 7% ، 93% ކަލެއާ ދެކޮޅު