05 ފެބުރުއަރީ 2017 - 19:04
ޔޫތު ސްޕޯޓްސް ކްލަބުގެ ފަރާތުން ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ކުރިމަތިލައްވައި އިންތިހާބު ކާމިޔާބު ކުރެއްވި މުހައްމަދު ލަތީފް، އެ ކްލަބްގެ މެމްބަރުކަމުން މިއަދު ވަކިކުރުމާ އެކު، އެސޯސިއޭޝަނުގައި އޭނާގެ މަގާމާ މެދު ސުވާލުތަކެއް އުފެދިއްޖެ އެވެ.
ވޮލީބޯޅަ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދުގައި ވަނީ ފުރިހަމަ މެމްބަރުންގެ ތެރެއިން ހިންގާ ކޮމިޓީ އަށް އިންތިހާބުކޮށްފައިވާ މެމްބަރަކު، އޭނާ ރަޖިސްޓަރީ ވެފައިވާ ކްލަބް، ޖަމިއްޔާ، ޖަމާއަތެއްގެ މެމްބަރުކަމުން ވަކިކޮށްފި ނަމަ ނުވަތަ އިސްތިއުފާ ދީފި ނަމަ ހިންގާ ކޮމިޓީގެ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.
ޔޫތު ސްޕޯޓްސް ކްލަބުން މިއަދު ހޯމް މިނިސްޓްރީ އާއި އެސޯސިއޭޝަނަށް ފޮނުވި ސިޓީގައި ބުނީ، މިދިޔަ ބުރާސްފަތިދުވަހު ބޭއްވި އެ ކްލަބްގެ ހިންގާ ކޮމިޓީގެ ޖަލްސާގައި ލަތީފް، ޔޫތުގެ މެންބަރު ކަމުން ވަކިކުރަން ނިންމާފައިވާ ކަމަށެވެ. އަދި ވޮލީ އެސޯސިއޭޝަނުގެ އަސާސީ ގަވައިދާ ހަވާލާދީ އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމު ލަތީފަށް ގެއްލޭނެ ކަމަށް ވެސް ސިޓީގައި ވެ އެވެ.
ޔޫތު ސްޕޯޓްސް ކްލަބްގެ ރައީސަކީ ދާދި ފަހުން ވީއޭއެމްގެ އެކްސްކޯ އިން ވަކިކުރި މެންބަރު އަލީ އިޔާޒެވެ. އިޔާޒް އިސްތިއުފާގެ ސިޓީއެއް ފޮނުވުމުން އޭނާގެ މަގާމު ގެއްލިފައިވާ ކަމަށް ލަތީފް ވިދާޅުވެފަވާއިރު، އެއީ އިޔާޒް ލިޔުނު ސިޓީއެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ލަތީފްގެ މައްސަލާގައި ޔޫތު ސްޕޯޓްސް ކްލަބުން ހޯމް މިނިސްޓްރީ އަށް ފޮނުވި ސިޓީގެ ޖަވާބު ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ހޯމް މިނިސްޓްރީން ދޭނެ ކަމަށް އެނގިފައިވެ އެވެ.
ލަތީފް ވަނީ މިދިޔަ ބުރާސްފަތިދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫތު ސްޕޯޓްސްގެ ނިންމުމަށް ރައްދުދީފަ އެވެ. ލަތީފް ވިދާޅުވެފައި ވަނީ އޭނާ އަކީ ހަމައެކަނި އެ ކްލަބުގެ މެމްބަރެއް ނޫން ކަމަށާއި އޭނާ އަކީ ވޮލީބޯޅަ އެސޯސިއޭޝަނުގެ ފުރިހަމަ މެމްބަރު ކްލަބްތަކުގެ ތެރެއިން ޔޫތު ސްޕޯޓްސް ކްލަބުގެ އިތުރުން ވެސް އެހެން ކްލަބްތަކުގެ އެގްޒެކެޓިވް ކޮމިޓީގައި ވެސް ހުރި މެމްބަރެއް ކަމަށެވެ.
ވޮލީ އެސޯސިއޭޝަނުގެ ތެރޭގައި ކޯޅުންގަނޑު ބޮޑުވެފައިވާއިރު، ލަތީފުގެ އިތުރުން އެ އެސޯސިއޭޝަންގެ ނައިބު ރައީސް އިއްޒަތު ވަހީދާ ވެސް ހިޔާލުތަފާވުންތަކެއް ވަނީ އުފެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭކަރީ
06 February 2017
ސީޓި ބޭކަރީ ހިންގާގޮތަށް އެސޯސިއޭޝަން ނުހިންގޭނެ.
އަލީ ދިލައުޓް
06 February 2017
ލަތީ ވޮލީގަ ހިޒްކުލަބްގަ އުޅުނުއުރުވެސް ތިފާޑަށް އުޅުމުން ވަކިކުޜީ
އިބިރާ
06 February 2017
ލަތީ އަކަށް ތިކަން ކުރާކަށް ނޭގެނެކަން ހޮވުނުއިރުވެސް އުގޭ
ޓުމޯރޯ
05 February 2017
ލަތީފު މަގާމުން ވަކިކިރަނަ ލަސް ވެސް ވެއްޖެ ލަތީފުއަކީ މިހާރުވެސް ސިޔާސީ ގޮތުން އައްޔަން ކުރެވިފަ ހުރި ކުންފުޏެއްގެ ސީ އީ އޯ އެފަދަ މަގާމު ގަކުގަ މިއަދު ތިއްބެވި ބޭފުޅުން ރަގަޅު ވާނީ އައި އަޅަން
އަހްމަދު
05 February 2017
ޤާނޫނާއި ގަވާއިދުން ކަންތައް ކުރާނަމަ، ލަތީފުގެ މަގާމް މިހާރު ގެއްލިފަ އެހެރީ. އެހެންނަމަވެސް ލަތީފަކީ ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްކަމަށް ކިޔާތީ އަޑުއިވެނީ. އެހެންވީމަ ވާނެ ގޮތަކާ ދޭތެރޭ ޝައްކު.