އިންތިހާބީ ރައީސް މުއިއްޒާއި ޕީއެންސީގެ ކުރީގެ ރައީސް އަބްދުއްރަހީމް: ޕީއެންސީގެ ރައީސަކަށް މުއިއްޒު އަދި ޗެއާޕާސަން ކަމަށް އަބްދުއްރަހީމް ވަނީ ހަމަޖައްސާފައި --- ފޮޓޯ/މިހާރު
04 އޮކްޓޯބަރ 2023 - 21:51
ޕީއެންސީގެ ރައީސް ކަމަށް އިންތިހާބީ ރައީސް މުހައްމަދު މުއިއްޒު މިރޭ ހަމަޖައްސައިފި އެވެ.
ރިޔާސީ އިންތިހާބުގައި މުއިއްޒާއި އެމަނިކުފާނުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ވާދަކުރެއްވީ ޕީއެންސީގެ ޓިކެޓްގަ އެވެ. އޭގެކުރިން އެ ދެ ބޭފުޅުން ވެސް ތިއްބެވީ ޕީޕީއެމްގަ އެވެ.
މިރޭ ބޭއްވި ޕީއެންސީގެ ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައިވަނީ އެ ޕާޓީގެ ރައީސަކަށް މުއިއްޒު އަދި ނައިބު ރައީސަކަށް ރަނިންމޭޓް ހުސައިން ހަމަޖެއްސުމަށެވެ. އަދި މިހާތަނަށް އެ ޕާޓީގެ ރައީސަކަށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ހަމަޖެއްސުމަށް ވެސް ވަނީ ނިންމައިފަ އެވެ.
އެގޮތަށް ނިންމީ ޕީއެންސީ ކައުންސިލް ބައްދަލުވުމަށް ހާޒިރުވި 40 މެމްބަރުންގެ އިއްތިފާގުންނެވެ.
ޕީއެންސީގެ ޓިކެޓްގައި މުއިއްޒު އިންތިހާބުގައި ވާދަކުރެއްވީ ޕީޕީއެމްގެ ޓިކެޓްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިހާބުގައި ވާދަކުރައްވަން ހުށަހެޅުއްވި ނަމަވެސް އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އޮތުމުން އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ބަންދުވުމުންނެވެ.
ޔާމީނަށް އެ ފުރުސަތު ބަންދުވުމުން އިންތިހާބު ބޮއިކޮޓްކުރަން އެމަނިކުފާނު ފުރަތަމަ އެންގެވި ނަމަވެސް ފަހުން ވަނީ މުއިއްޒަށް ތާއީދު ކުރަން ނިންމަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަތިހާލުގައި އުޅޭ ބައްޕަ
08 October 2023
ޔާމިން މައުމޫނަށް ދިން ދޯކާ ޔާމިނަށް ލިބެނީ މިޔޮށް އޭގެ 10އަހަރު ފަހުން.. މުއިއްޒަށް ޔާމިނުގެ ސަޕޯރޓް އޮތް މަންޒަރެއް ނުފެނޭ.. ޔާމިނުގެ ބަސްމަގާއި ގެއަށް ބަދަލު ކުރި ދުވަހުގެ މަންޒަރުން އެކަން ސާފުވޭ..
އެކަލޯ
06 October 2023
ދިވެހި ރާއްޖޭގެ ވެރިން މުހައްމަދު ނަޝިދު / އެމްޑީޕީ މުހައްމަދު ވަހީދު / ގައުމީ އިއްތިހާދު ޔާމީނު / ޕީޕީއެމް އިބްރާހިމް / އެމްޑީޕީ މުއިއްޒު / ޕީއެންސީ
ނާޑުވާ
06 October 2023
މުއިއްޒު އެންމެ ފަހުން ޖަލްސާގަ ވިދާޅުވި ގޮތަށް އެއްވެސް ސިޔާސީ ލީޑަރެއްގެ ނުފޫޒަށް ނުލެނބި މަނިކު ފާނުގެ ޢިލްމާ ޤާބިލްކަމުގަ އަމިއްލަ ފުޅަށް ކަންކަން ނިންމަވާ ނަމަ ޤައުމުގެ މުސްތަޤްބަލް އުޖާލާ ވާނެ ކަމުގެ ފޮނި އުއްމީދު އެބައޮތް.
މ
05 October 2023
ޕީއެންސީއަކީ ދިމުގޮރާތާގެ ނަމޫނާ މިސާލެއް.ރައީސް ރައީސް ކަމުގަ. ނާއިބު ނައިބު ކަމުގަ. ބޮޑުމީހާ ޗެއަރޕާސަން. މިހުޅުވާލަނީ ޒުވާނުނަށް މިޕާޓީއާ ގުޅުމަށް. މީ ދިވެހި ޒުވާނުންގެ ޕާާޓީ އަށް ހެދުމަށް ދައުވަތު ދެން. މީ މުސްތަގްބަލުގެ އުންމީދަކީ. އަވަހިޔާ ައަވަސް ވާނެ.
ގަރޭ
05 October 2023
ދެން ޕީޕީއެމް ކުދިންކޮޅު ކަހާލާނީއެއްނޫން.
ހާމިދު ޝާހިދު
05 October 2023
ތިކަމަކީ ރައީސް ޔާމީންއަށް އިނގިވަޑައިގެން ކުރައްވާ ކަމެއް ކަމަށްވަނީނަމަ، މައްސަލަ އެއްނެތް! އެހެންނޫނީ، މިފެށެނީ ބޮޑު ކޯޅުން ގަނޑެއްގެ ފެށުން! އުންމީދު ކުރަން އެހެން ނުވާނެކަމަށް!
އައްލ
05 October 2023
ކޮން ކަމަކާ ކޯޅެންވީ. ޔާމީނަށް ޕީޕީން ކުރިމަތި ލެވޭތޯ ބަލާފަ ނުލެވުނީ ޕީއެންސީން މުއިއްޒު ނިކުންނެވީ. އިންތިޚާބުގަ ޔާމީނުގެ ފޮޓޯފުޅެއް ގެންގުޅުނީ ޔާމީނުގެ ހުއްދަ އާއެކު. ޚުދު ފާތިމަތުވެސް ކޭމްޕޭނުގަ އުޅުއްވި ނޫންތޯ. ޔާމީނުވެސް ވިދާޅުވި މުއިއްޒަށް ވޯޓު ދެއްވާށޭ. ދެނޯ. މީ ޕީއެންސީގެ ސަރުކާރެއް. ދެންތިބީ އެކިވަރުން، އެކި ގޮތުން ތާއީދުކުރެއްވި ބޭބޭފުޅުން.
މުޒުނީ
05 October 2023
އިރާދަކުރެއްވިއްޔާ ޕީޕީއެމް-ޕީއެންސީގެ ވެރިކަން ވެގެންދާނީ ގައުމަށް ހަމަޖެހުން ގެނެސް، އިޤްތިޞާދީ ގޮތުން ފުދުންތެރި ގަމަކަށް. މަރުހަބާ ޑރ. މުއީޒް
ޝުހޫދު
05 October 2023
މަރުހަބާ ޕީއެންސީ ގެ ރައީސް. ގައުމު ހަމަމަގަށް އަޅުވާދެއްވާ. ވަކި ގައުމެއްގެ އަޅުވެތިނުވެ ގައުމަށް ލާބަޔާ މަންފާ ކުރާނެ ގޮތްތަކަށް އަމަލުކުރައްވާ
ގަސްކުޑަހުއްތު
05 October 2023
ތިކަމެއް ވާކަށްނެތް، ވަކި އުސޫލެއްގެދަށުން އިންޑިޔާ މިލިޓަރީ ރާއްޖޭގަ ތިބެންއެބަޖެހޭ. އެހެންނޫނީ ......
ޒުލްފިގާރު
05 October 2023
ސާބަހޭ މުއިއްޒު. އެބަ ރަނގަޅުވޭ. ޤާނޫނުތައް މުގުރައިގެން ބޮޑު މުޖުރިމެއްކަމުގައިވާ ޔާމީން މިނިވަން ކުރާނެކަމެއް ނެތް. މިހާރު މިސްރާބު ރިއަހުރީ ރަނގަޅަށް. ޕީޕީއެމް ފައްތާލާފަ ޕީއެންސީ ކޮޅަށް ޖަހާ! ބޮއިކޮޓް ދޮހޮއްކޮއާ އޭނަގެ ދެތިން ކެނަ ތިބެދާނުން ދޫވެހީގަ!
ނިއުޝާދް
05 October 2023
ވަރަށްގިނަ މީހުން މޭކަރާނެ. އެމީހުން ހިތަށް އަރާނީ ޕީޕީއެމް ޕީއެންސީ ފުޑެނީ ކަމަށް. އެމީހުން ނުބަލާނެ ޕާޓީގެ ގަވާއިދެއްވެސް. މުއިޒް އަށް ފުރިހަމަޔަށް އިތުބާރު އެބައޮތް
ޙުސައިންނ
05 October 2023
ފައްކާ ކަމެއް މީ. ޔާމީން ސައިޒްކުރުން ކުރިޔަށް