މިއަދު ގާޒާގެ ސަރަހައްދަށް ވަން އިސްރާއީލުގެ އަސްކަރީ އުޅަނދެއް އަތުލައިގަތަުމަށް ފަހު ފަލަސްތީނުގެ ޒުވާން ހަނގުރާމަވެރިންތަކެއް އުފާފާޅު ކުރަނީ --- ފޮޓޯ: ބައްސާމް މަސްއޫދު | ރޮއިޓާސް
08 އޮކްޓޯބަރ 2023 - 00:47
ގާޒާ (އޮކްޓޯބަރު 7) - އެކަށީގެންވާ އަދަދަކަށް އިޒްރޭލުގެ ސިފައިން މިއަދު އަތުލައި ގަނެފައިވާ ކަމަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން ބުނެފި އެވެ.
މިއަދު ހަމާސްއިން އިޒްރޭލަށް ދިން ކުއްލި ހަމަލާގައި ދެ ފަރާތުގެ ދެމެދުގައި މިހާރު ހުޅުފަޅައިގެން ގޮސްފައިވާ ހަނގުރާމައިގައި 300 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ. އަދި 1،000 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.
ހަމަލާތައް ދިނުމުގެ އިތުރަށް އިޒްރޭލާއި ހަމާސް އިން ވެސް ދަނީ ދެ ފަރާތުގެ އަސްކަރީ މީހުން އަތުލައި ގަންނަމުންނެވެ
ހަމާސްގެ އިސް އޮފިޝަލަކު ވިދާޅުވީ، އިޒްރޭލްގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މީހުން މިނިވަން ކުރަން ޑިމާންޑް ކުރެވޭ ވަރަށް، އެ ގުރޫޕުން އިޒްރޭލުގެ ސިފައިން އަތުލައިގަނެގެން ގާޒާ އަށް ގެންގޮސްފައިވާ ކަމަށެވެ.
"އިޒްރޭލު ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު މިއަދު އަހަރެމެން މަރާލިން އަދި ސިފައިންގެ ތެރެއިން އެތައް ބަޔަކު އަތުލައި ވެސް ގަނެވުނު. އަދިވެސް ހަނގުރާމަ ކުރިއަށް އެބަދޭ،" ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ޑެޕިއުޓީ ޗީފް ސާލިހް އަލް އަރޫރީ އަލްޖަޒީރާ އަށް ވިދާޅުވި އެވެ.
"[އިޒްރޭލުގެ] ޖަލުތަކުގައި ތިބި އަހަރެމެންގެ ގައިދީންގެ މިނިވަންކަން ވަރަށް ބޮޑު. އަހަރެމެން އަތުގައި އޮތް އެއްޗަކުން ހުރިހާ ގައިދީން މިނިވަން ވެގެން ދާނެ. ހަނގުރާމަ ދިގުވާ ވަރަކަށް އަތުލައިގަނެވޭ ސިފައިންގެ އަދަދު ވެސް އިތުރުވާނެ."
އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީންގެ ހައްގުގައި މަސައްކަތް ކުރާ އެންޖީއޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިޒްރޭލްގެ ޖަލުތަކުގައި ފަލަސްތީނުގެ 5،200 މީހުން އެބަ ތިއްބެވެ. އޭގެ ތެރޭގައި 33 އަންހެނުންނާއި 170 އަށް ވުރެ ގިނަ އުމުރުން ހަގު ޒުވާނުން ހިމެނެ އެވެ. ޝަރީއަތަކާ ނުލައި ބަންދުކޮށްފައިވާ 1،200 މީހުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
ހަމާސް އިން އަތުލައިގަތީ އިޒްރޭލުގެ ކިތައް ސިފައިން ކަމެއް ހާމައެއް ނުކުރެ އެވެ. އެސޯސިއޭޓެޑް ޕްރެސްއިން ބުނީ ސިފައިންގެ އިތުރުން އިޒްރޭލުގެ ބައެއް އާންމުން ވެސް ހަމާސް އިން އަތުލައިގަތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާމިހް ކެޕްޓަން
08 October 2023
އަސްލު ބައެއް ދިވެހިންނަށް އަންޑަސްޓޭންޑެއް ނުވޭ މިވާގޮތެއް. އިސްރޭލަށް ހަމަލާދީ އާންމު މީހުން މަރާ ހަދަންފެށީމަ އިސްރޭލުވެސް ރައްދު ހަމަލާދޭނެދޯ. 2 މިނިވަން ދައުލަތް ހެދީމަ ތިއޯކޭވާނީ
މިހާރުފިނޑި
08 October 2023
ކަލެޔާ ކަލޭގެ އައުވާނުން ބުނާހާ ގޮތެއް ފަލަސްތީނު މުސްލިމުން ހަދާކަށް ނުޖެހޭ ނުވެސް ހަދާނެ. ފަލަސްތީނު އެކީއެކައްޗަކަށް އަނބުރާ ހޯދާފަ ހަމަ ހުއްޓާނީ. ކަލޭގެ ލޯބިވާ ޒަޔަނިސްޓުން ޖެހޭނީ އެނބުރި ޔޫރަޕަށް ދާން. ކަލޭ އިނދޭ ކޮމެންޓު ކޮށްލަކޮށްލާ އޯކޭ. ވ. ވެދުން.
ހައްބޯ
08 October 2023
އަންޑަސްޓޭންޑް ނުވަނީ ކަލޭ ކަހަލަ ޒަޔަނިސްޓް ފިކުރުގެ މީހުންނަށް. އިޒްރޭލުގެ ހައްދުފަހަނަޅާފައިވާ ޓެރަރިސްަޓް ސިފައިން އެއްވެސް ހައްގަކާ ނުލާ ފަލަސްތީނު އަންހެނުންނާ ކުޑަކުދިން މަރަމުންދާއިރު ދެލޯ މަރާލައިގެން އެއްވެސް މުސްލިމަކު ނުހުންނާނެ. އިޒްރޭލުގެ ވެރިންގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެ ކޮންމެ ދުވަހަކު ފަލަސްތީނު މީހުންގެ ލޭ ނުބޮއެ. ހިޓްލަރު 2 މިލިއަން ޔަހޫދީން މެރީ އެއީ ޔަހޫދީންނަކީ ނުރައްކާތެރި ވައިރަސްއެއް ކަމަށްވާތީ. އަންޑަސްޓޭންޑް؟؟
ރަނގަޅަށް ވިސްނާލާ
10 October 2023
ޔޫ ބޭނުންތަ މިގައުމަށް އައިސްތިބި ބޭރުގެ ބަޔަކަށް އެެގޮތައް ހަނގުރާމަ ކުރަންފެށީމަ ބައެއްދޭން؟
ށަަސަ
13 October 2023
ޣެޓް ނުވަނީ ތިމީހާއަށް
ސަހަރޯއޭ
08 October 2023
އޭބަލަ "ސާމިހު ކެޕްޓަން" ބަނީ އިސްރާއީލުންނޭ މިކިޔަނީ ޔައުޤޫބުގެފާނުގެ 12 ދަރިކޮޅަށް..ތިއޮއްވަރަށް ދިރާސާކުރާއިރު ޔައުޤޫބުގެފާނާއި އެބޭފުޅާގެ ބޭފުޅުންނަކީ މުސްލިމުން ކަމުގަ ނުދެނަހުރިންތަ؟؟..އިބްރާހީމްގެފާނާއި އިސްހާޤުގެފާނާއި ދާއޫދުގެފާނާ ސުލައިމާންގެފާނުވެސް އުޅުއްވި ހަމަ ފަލަސްތީނުގެ ޖެރޫސެލަމްގަކަން ނޭނގޭތަ؟؟ މިބޭކަލުންނަކީ ބަނީ އިސްރާއީލުންނަށްވުރެ ކުރިން އެބިމުގަ އުޅުއްވި މުސްލިމުން..
ޢިންޑިޔާ މިން
08 October 2023
މިއީ ކުރަންވާ ވަރުގެ ކަމެއް ނޫން! އިޒްރެއިލް ގެ ހަގުރާމަ ވެރިން މާމޮޅު! ހަމާސް މިހާރު ޖެހޭނީ ބަލި ގަބޫލު ކޮއް ސައުދީ މަދީނާ އައް ހިޖުރަ ކުރަން! އިޒްރެއިލް ގެ ހަމަލާ ތަކުން 100 ގުނަ ފަލަސްތީން މީހުން މަރުވާނެ ކަން ޔަގީން! އެއްވެސް ބަޔަކު އިލޮއްޓެއް ހިފައިގެން ބަރުހަތިޔާރު ގެންގުޅޭ ބަޔަކާ ހަގުރާމަ ކުރާނެތަ؟
ނިފާޣު
08 October 2023
ޕޯޗުކީޒުން އުޅުނީ ބަޑި ހިފައިން. މުހައްމަދާ އޭނަގެ ދެއަޚުންނާ ދަނޑެހެލުމެން ނުގެންގުޅޭ ބަޑިއެއް. ކަލޭ އިންނަވާތި ޔަހޫދީން އައިސް ކަލޭ އާއިލާ ތަޅާ ހަދާއިރު ދެއަތުގަ ތަނޑިއަޅައިން. މަމީ ފިރިހެނެއްކަން އެނގިއްޖެޔާ އަދި މާބޮޑަށް މަގޭ އާއިލާއަށް އަނިޔާ ކުރާނޭ ހިތާ.
ބަނި
08 October 2023
ސާމިހު ކެޕްޓަން ގެ ވިސްނުމަށް މަ ތާއީދު. މުސްލިމުން ފުރަތަމަ އަރައި ފަލަސްތީނު ހިފި އިރު އެތާގަ ބަޔަކު އުޅުނު ކަން އެގޭބާ؟
ބީތާސާ
08 October 2023
މުސްލިމުން އެތަން ހިފީމަ ދެން ވީ ގޮތް އެނގޭތަ؟ އެތާ މީހުން އެތިބީ އިސްލާމްވެފަ. އެތިބީ އަރަބިންނާ އެތާގެ އަސްލު މީހުން މިކުސް ވެފަ މިހާރު. ކަލޭ ލޯބިވާ ޔަހޯދީންހެން އަހަރެމެން ސްޕެސަލް އޭ ކިޔާފަ ދެން ތިބި މީހުން ދަނޑިމާރު ދައްކައިންނެއް ނޫން އުޅުނީ. މުސްލިމުން ވެރިކަމުގަ ޔަހޫދީންވެސް ނަސާރާއިންވެސް ޖިޒިޔަ ދައްކައިން އުޅުނު އަމާން ކަމާއެކު އެމީހުންގެ ގެތަކުގަ. ތަދެއް އައި ނަމަ ޖިޒިޔަ މާފުވެސް ކުރޭ.
ނުދައްކާ ވާހަކަ.
08 October 2023
އަރަބި ދެ ބަސް ކޮޅު ބުނެފިން! ދެން ބަލާލަމާ ކީއްވެކަން މިހެން މިވީ! އެކަމެއްވެސް ވާކައް ނެތް! ދެން، ހިނގާ އޮއްބާލަމާ! ދެނެހުރިލަމައް ނުހަދާ އެވާހަކަ ދެން ނުދައްކާ!
ސާމިހް ކެޕްޓަން
08 October 2023
އަސްލު ހަމާސް ކަހަލަ މީހުނާހެދި މިޑިލް އީސްޓަށް ހަމަޖެހުން ނައިސްގެން އުޅެނީ. ސީރިއަސްކޮށް މިބުނީ.
ފާނޫޒް
08 October 2023
ތި އަޅެ ޔަހޫދީ ސަޕޯޓަރެއްތަ؟ ބިމެއް ފޭރިގަނެގެން ތިބެ މުސްލިމުން މަރާ ހުސް ކުރާއިރު އަތް ޖަހަންތަ ތިބެންވި؟ ހަމާސް ޖަމާއަތް ހިތްވަރު ގަދަ
ނާޑުވާ
08 October 2023
އިޒްރޭލުން ފަލަސްތީނަށް އަރާ މީހުން ކަތިލަމުން ބިންތައް އަތުލަމުން ދާއިރުވެސް މައްސަލަ އަކީ ހަމާސް ތޯ? ޚަބަރެއް އެއްޗެއް ކިޔާ ނޫޅެނީތޯ.
މުޙައްމަދު
08 October 2023
މުސްލިމަކަށް "ސާމިހު ކެޕްޓަން" ނުކިޔާނެ، އެހެންވީމަ ކަލޭގެ ވިސްނުންވެސް ތިހުންނަނީ ޒައިނިސްޓުން ގޮތަށް
ސާމިހް ކެޕްޓަން
08 October 2023
މުސްލިމެއް. ކެޕްޓަނަކަށް ވާނެ ވަރަށް އަވަހަށް. ހަބަރު ކިޔާ ހަބަރު ފަތުރާ މީހެއް. ވަރަށް ގިނަ ކަންތައްތައް އިނގޭ އަދި ކަންތައްތައް ބަލާ ހޯދަން. މުސްލިމުންނަށް ވުރެން ކުރިން ތިބިމުގަ އުޅުނީ ބަނީ އިސްރާއިލު މީހުން. އަނިޔާވެރިކަމާ ދެކޮޅު އެކަމު ހަގީގަތް ޖެހޭނެ ގަބޫލުކުރަން.
ރކިޅ
08 October 2023
ކަލޭ ކަހަލަ ލާދީނީ މީހުންނާ ހެދި
ދޮމްބެ
08 October 2023
މެދުއިރުމައްޗަށް ހަމަޖެހުން އަންނާނީ ޓެރެރިސްޓް ޔަހޫދީން އެތަނުން ނެރެވިގެން. ސާމިހް ކެޕްޓަން ފަދަމީހުންނަކީ ދިވެހި ޤައުމަށްވެސް ހުތުރެއް.
ދުމްމ
08 October 2023
ސާލިހު ކެޕްޓަން. ކަލެއަށް ވާނުވާ އެބަ އެނގޭތަ؟ ފަލަސްތީނު ބިމުގަ އެންމެ ފުރަތަމަ ވަޒަންވެރިވެގެން ތިބީ ކަންއާނުންނޭ ކިޔުނު ބައެއް. އެއީ އިރާގާ ސޫރިޔާގެ އަސްލު ވަޒަންވެރިން. އޭގެފަހުން އިބްރާހީމް އަލައިހިއްސަލާމް އެތަނަށް ވަޑައިގެން އެތަނުގަ އެކަލޭގެފާނުގެ ދަރިފަސްކޮޅު ވަޒަންވެރިވީ. ދުނިޔޭގެ ތާރީޚު ރަނގަޅަށް ދިރާސާކޮށް ބަލާ. ހަމައެކަނި ސަޙުޔޫނީން އަތުގަ އޮތް ތައުރާތު ބަލައިގެން އެއްޗެއް ނޭނގޭނެ.
ސާމިހްކެޕްޓަންމައިފުޓް
08 October 2023
ބަނީ އިސްރާއިލްގަ ތިބީ ހުސް ޔަހޫދީން އެކަނިތަ ބްރޯ؟
ބަލަ
08 October 2023
ބަލަ ސާމިހޫ ...ކަލޯ މާގިނައިން ޔަހޫދީންގެ ރިވާއަތްތަށް ދިރާސާ ކުރަންޏާ ވާނީ ތިހެން..ފޮތްތައްވެސް ހުރީ އެގަހުކޭލެއް މިގަހުކޭލެއް ވަކި ނުވާހެން ބަދަލުކޮށްފަ..
ޛޖޖޖ
08 October 2023
ޔަހޫދީންނާއި މުސްލިމުންނަކީ އިބްރާހިމްގެފާނުގެ ދަރިފަަސްކޮޅުން އައި ދެ ފެކްށަން. ޢެއީ ހާޖަރާއި ސާރާގެ ދެ ފެކްށަން
ސާބަހޭސާބަހޭ
08 October 2023
ސާބަހޭ ފަލަސްތީނުގެ ފިދާއީންނޭ ސާބަހޭ އިޒްރޭލު ބަލިކޮށްލާތި އިޒްރޭލު އައުޓް އިންޑިއާ އައުޓް އެމެރިކާ ޑައުން އިޒްރޭލު އައުޓް އިންޑިއާ އައުޓް އެމެރިކާ ޑައުން އިޒްރޭލު އައުޓް އިންޑިއާ އައުޓް އެމެރިކާ ޑައުން އިޒްރޭލު އައުޓް އިންޑިއާ އައުޓް އެމެރިކާ ޑައުން އިޒްރޭލު އައުޓް އިންޑިއާ އައުޓް އެމެރިކާ ޑައުން އިޒްރޭލު އައުޓް އިންޑިއާ އައުޓް އެމެރިކާ ޑައުން އިޒްރޭލު އައުޓް އިންޑިއާ އައުޓް އެމެރިކާ ޑައުން އިޒްރޭލު އައުޓް އިންޑިއާ އައުޓް
ޔާސިރުބެ
08 October 2023
ފަލަސްތީން ބިންތަކުން އިޒްރޭލުން ފައިބައި ފަލަސްތީނުގެ ދައުލަތް ގާއިމްކުރުމަށް ދިވެހިރާއްޖެއިން ގޮވާލާކަށް ނުވޭބާ. މުސްލިމުން މަރާހަދާއިރު ދިވެހިން މިތިބެނީ އިންޑިޔާ މެދުވެރިކޮށް އިޒްރޭލުގެ ޖާސޫސީ ރާޑަރުތައް ރާއްޖޭގައި ބަހައްޓައިގެން މިއީ އިޒްރޭލަށް އެހީތެރިވުމެއްނޫންތަ؟ ރާއްޖޭގަ ހުރި ރާޑަރުތަކުން ބަލަނީ އީރާނުން ހަތިޔާރު އުފުލާބޯޓުތައް.
ޢިހްސާސް
08 October 2023
އެމެރިކާއިން ކަންބޮޑުވި ރަޝިޔާއިން ޔުކްރޭނަށް އެރީމަ. އިޒުރޭލުން ފަލަސްތީނަށް އެރުން އެކަމު އޯކޭ. މިއީ މިމީހުންގެ ހާލު.
އަފްރާސިޔާބު
08 October 2023
އެއީ ޔޫރަޕުގެ ގިނަމީހުންގެ ހަމަ ހުންނަގޮތް. ގަދަކަމުން މުޅިދުނިޔެ ލުޓުވާ ލޫޓުމާރުން އެއީ. އޭގެތެރެއަށް އެތައްފައިދާ ތަކެއްލާފައި އަލުން ދުނިޔޭގައުމުތަކަށް ދެނީ. ވެނުމަސް ވެނަށް ކާންދޭއުސޫލުން ފަގީރު (ލޫޓުވާލާ ފަގީރު ކޮށްފައިވާ) ގައުމުތަކުގެ ރިސޯސް ގަދަކަމުންފޭރި އެއަށް ވެލިއު އެޑްކޮށްފައި އަނެއްކާ އެގައުމުތަކަށް ބޮޑުއަގުގައި ވިއްކައިގެން ކައިބޮއި ހަދާ ބައެއްގެ ވާހަކަ ތި ދައްކަނީ. ރަޝީޔާގެ ރިސޯސް ދަމައިގަތުމަށް ހިންގާ ހަނގުރާމެއް ޔުކްރޭން ހިންގަނީ
ސުޕާރީ
08 October 2023
އާއްމުންނެއް ނުތިބޭނެ. އެމީހުންގެ މަޖުބޫރު އާމީ ޖޮއިން ކުރުން. އެހެންވީމަ އުމުރުގެ ކޮންމެވެސް ހިސާބެއްގަ ކޮމްބެޓެންޓްސް އެއީ. އެ މާފެއް ނުވާނެ ޔުނިފޯމު ބޭލިޔަސް.