08 އޮކްޓޯބަރ 2023 - 19:56
ފޭސްބުކް އެކައުންޓްތައް ހެކް ކޮށްގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް ބީއެމްއެލް އިން އެދެފި އެވެ.
ބީއެމްއެލް އިން ބުނީ ހެކް ކޮށްފައިވާ ފޭސްބުކް އެކައުންޓް މެދުވެރިކޮށް 'ފްރެންޑްސް ލިސްޓް'ގައި ހުންނަ އެކި ފަރާތްތަކުން ފައިސާ ހޯދުމަށް ފޭސްބުކް މެދުވެރިކޮށް މެސެޖްކޮށް، ފައިސާ ހޯދާ ކަމަށެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، ފައިސާ ފޮނުވުމަށް މެސެޖުކޮށްފި ނަމަ އެ މުއާމަލާތް ހިންގުމުގެ ކުރިން އެހެން ވަސީލަތެއް މެދުވެރިކޮށް، އެ މީހާ އާ ގުޅައިގެން އެކަން ޔަގީން ކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން އެދެނީ މި ގޮތަށް ފޭސްބުކް މެދުވެރިކޮށް ރައްޓެއްސެއް ނުވަތަ އާއިލާ މެންބަރެއްގެ ނަމުގައި ފައިސާ ފޮނުވުމަށް މެސެޖްކޮށްފިނަމަ، ފައިސާގެ މުއާމަލާތެއް ކުރުމުގެ ކުރިން އެހެން ވަސީލަތެއް މެދުވެރިކޮށް އެ މީހަކަށް ގުޅާ އެކަން ޔަގީންކުރުން،" އޭނާ ވިދާޅުވި އެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވަނީ ކޮން ފަރާތަކަށް ކަން ޔަގީން ކުރުން ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި ފައިސާ ފޮނުވިއްޖެ ނަމަ ވީހާވެސް އަވަހަކަށް ބޭންކަށް އަންގައި، ފުލުހަށް މައްސަލަ ހުށަހެޅުމަށް ވެސް ބީއެމްއެލް އިން އިލްތިމާސްކުރެ އެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކްގެ ނަމުގައި އެކައުންޓް އެކްޓިވޭޓް ކުރުމަށް އެދި ފޭކް ލިންކެއް ހިމަނައިގެން އެސްއެމްއެސް ފޮނުވައިގެން ކަސްޓަމަރުންނަށް އޮޅުވާލައިގެން އިންޓަނެޓް ބޭންކިން ޔޫޒާ ނޭމާއި ފާސްވޯޑްގެ އިތުރުން އޯޓީޕީ ހޯދައިގެން ފައިސާ ހޯދުމުގެ މައްސަލަތަކެއް ވެސް ދާދި ފަހުން ހުށަހަޅާފައިވާ ކަމަށެވެ.
"ބީއެމްއެލް އިން ފޮނުވާ އެސްއެމްއެސްގައި އެއްވެސް ލިންކެއް ނުހިމެނޭނެ. މި ގޮތަށް ލިބޭ އެސްއެމްއެސްގައި ހިމެނޭ ލިންކްތަކަށް ނުފިތުމަށް އިލްތިމާސްކުރަން. އަދި އެއްވެސް ފަރާތަކާ އޯޓީޕީ ހިއްސާނުކުރުމަށް ތަކުރާރުކޮށް ދަންނަވަން،" ސައީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުނާލް
09 October 2023
ކީއްވެބާ ހަމައެކަނި ބެންކް އޮފް މޯލްޑިވްސް ގެ ކަސްޓަމަރުން މިކަމުގެ ވިކްޓިމްސްއަށްވަނީ؟ އެމް.އައި.ބީ އަދި އެހެން ބެންކްތައްވެސް އެބަހުރި. ބެންކުގެ އެތެރެއިން ރާވައިގެންކުރާކަންކަން
ްްްްްްްްޑޭޝް
10 October 2023
ވަރަށްބޮޑަށް އުފެދޭ، އަދި އަމިއްލަ ނަފުސާއިކުރެވޭ ސުވާލެއް. އަދި އެންމެ ޙައިރާންވާ ކަމަކީ، މިޒާތުގެއެކިގޮތްގޮތަށް އެބޭންކުގެ އެކައުންޓުތަކުން ކަށްވާލާފައިސާގެ މައްސަލަތަކަކީ އެފަރާތުގެ އިހުމާލުން ވެފައިވާ ކަންކަންކަމުގައިވީނަމަވެސް އެފައިސާ އެމީހަކަށް އަނބުރާ ލިބިދިނުން ލަސްވާކަން. ބޭންކުތަކުގެއެތެރެއިން ރޭވިގެންހިނގާ ކަންކަން ދުވަހަކުވެސް ޙައްލެއްނުވާނެ.
ހސޖސިސުަޔަހ
09 October 2023
ސުކޭމަރުންނަކީ ކޮބައިކަން ފުލުހުންނާއި ބެންކަށް އިނގޭ. ދެން އެމީހުންނަށް ފިޔަވަޅު ނޭޅެނީ ކީއްވެތަ؟؟ ބޭނުން ނުވަނީތަ؟ ނުކެރެންޏާ ފޮޓޯ+ ތަފުސީލް ޖަހާފަ ލިސްޓު ނެރެބަލަ ކޮންމެ ހަފުތާޔަކު
ކޮރަލް
09 October 2023
ސްކޭމް ގެ މައްސަލަ ތައް ހުށަހަޅާ ނުބެލި އެތައް ބައެއް އެދަނީ ހާލުގަ ޖެހެމުންނެވެ. މިފަދަ މައްސަލަ ތައް އަވަހަށް ބެލޭނީ ފުލުހުންނާ ދިރާގާ އުރީދޫ އަދި ބޭންކް ގުޅިގެންނެވެ. ފަސޭހައިން އެއްބަޔަކު އަނެއް ބަޔަކާ ވާހަކަ ދައްކާ މައުލޫމާތު ބަދަލު ކުރެވޭ ނެ ޕްލެޓް ފޯމް އެއް ގާއިމް ކޮށްގެންނެވެ.
ިަކަުަޔގަބނަކަ
09 October 2023
ބޭންކަށް އަންގައި، ފުލުހަށް މައްސަލަ ހުށަހެޅުމަށް ވެސް ބީއެމްއެލް އިން އިލްތިމާސްކުރެ އެވެ… ހުށައަޅައިގެން ކޮންކަމެއްތޯ ވަކި ކުރެވުނީ؟؟؟
ލޮއްލަ
08 October 2023
ފޭސްބުކް ވިޔަސް ބޭންކް އެކައުންޓް ލޮގިން އަކަސް 2 ފެކްޓަރ ސެކިއުރިޓީ ހަދަންވާނެ. އަދި އޯތެންޓިކޭޓަރ ވެސް ބޭނުންކުރުން ބުއްދިވެރި. ޕާސްވޯޑަކަށް އައިލަވްޕްރޭނާ1990 ޖަހަައިގެން މިޒަމާނަކު ނުޗަލާނެ. މިކަހަލަ ސިމްބަލްސް @&:(؟!،’%^*+ ގިނައިން ބޭނުންކޮށްގެން ދިގު ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުން ބުއްދިވެރި. އަދި ޑިވައިސްތަކުގައި ޕާސްވޯޑް ސޭވްނުކޮށް ނޯޓްސް ކަހަލަ އެއްޗެއްގައި ލިޔެގެން ގެންގުޅުންވެސް ރަނގަޅު.
ވޯލް
09 October 2023
ދިފާޑުގެ ޕާސްވޯޑް ޖެހި ޖެހީނުން ޕާސްވޯޑް ހަނދާނެތި އަމިއްލަ މީހަށްއަށް އެސެސް ނުވެވިގެން އުޅެންޖެހޭނީ. ރާއްޖޭގައި މިކަންވެސް ހިނގަންނީ ފުލުހުންނާ ބޭންކްގެ މުވައްޒަފުންވެސް ގުޅިގެން.