\
16 އޮކްޓޯބަރ 2023 - 12:24
އެމްޓީސީސީން ރަށްރަށުގައި ދެމުން އަންނަ އާއްމު ބަހުގެ ހިދުމަތަށް ކޮންޓެކްޓްލެސް ވިސާ ކާޑާއި މާސްޓާކާޑުން ފައިސާ ދެއްކޭ އިންތިޒާމް ހަމަޖައްސައިފި އެވެ.
އެމްޓީސީސީން ބުނީ އެ ކުންފުނިން އައްޑޫ، ފުވައްމުލައް، ކުޅުދުއްފުށި، ހއ. ދިއްދޫ، ލ. ގަން، ފުނަދޫ އަދި އިސްދޫގައި މިހާރު ދެމުންދާ ބަހުގެ ހިދުމަތަށް މިއަދުން ފެށިގެން ކާޑުން ފައިސާ ދެއްކޭނެ ކަމަށެވެ. އަދި ބީއެމްއެލް ނޫން އެހެން ބޭންކުތަކުން ވެސް ދޫކޮށްފައިވާ ކޮންޓެކްޓްލެސް ވިސާ ކާޑާއި ކްރެޑިޓް ކާޑުން ވެސް ބަހުގެ ހިދުމަތަށް ފައިސާ ދެއްކޭނެކަން އެ ކުންފުނިން ފާހަގަކުރެ އެވެ.
އާރްޓީއެލް އާއްމު ބަހުގެ ހިދުމަތުގައި "ފިކްސްޑް ފެއާ" ރޫޓާއި "ޑިސްޓެންސް ފެއާ" ރޫޓު ހިމެނެއެވެ. "ފިކްސްޑް ފެއާ" ރޫޓުގައި މުޅި ރޫޓަށް ކަނޑައަޅާފައި ވަނީ އެއް އަގެކެވެ. މި ރޫޓުން ދަތުރުކުރާ ކަސްޓަމަރުން ޓިކެޓް ވެލިޑޭޓުކުރަން ޓެޕްކުރަން ޖެހޭނީ ބަހަށް އަރާއިރު އެވެ.
"ޑިސްޓެންސް ފެއާ" ރޫޓުގެ އަގަކީ ދަތުރުގެ ދުރުމިނަށް ބިނާކޮށް އޮންނަ އަގެކެވެ. މި ރޫޓުން ދަތުރުކުރާ ކަސްޓަމަރުން ޓިކެޓް ވެލިޑޭޓަރުގައި ބަހަށް އަރާއިރު އާއި ފައިބާ އިރު "ޓެޕް" ކުރަން ޖެހޭނެ އެވެ. ފައިބާ އިރު "ޓެޕް އައުޓް" ނުކުރާ ކަސްޓަމަރުން ދަތުރުކުރާ މުޅި ރޫޓުގެ ޖުމްލަ އަގު ކެނޑޭނެ އެވެ.
އަތޮޅުތަކުގެ އާރްޓީއެލް އާއްމު ބަހުގެ ރޫޓް މެޕް އާރްޓީއެލް ވެބްސައިޓް އަދި ޓްރެވަލް އެޕުން ބެލޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
17 October 2023
ރަށްރަށުގައި ކާޑުން ބަސް ދަތުރަށް ފައިސާ ކެޑޭގޮތް ހަމަޖެއްސިއިރު މީގެ ކުރިން އެހިދުމަތް ދެމުން އައީ ކަނޑު މަތީގަތޯ!؟ ޢަޑުއިވޭ ގޮތުން ކ.އަތޮަޅު މާލޭގައި ދުއްވާ ބަސްތަކުގައި ކާޑުން ފައިސާ ދެއްކޭތާ އެތައް ދުވަހެއް ވެއްޖެ. # އެރަށަކީ "ރަށަކަށް ނުވާތީ" ތޯ އަނެއްކާ ރަށް ރަށޭ ތިކިޔަނީ!؟ ވެރިކަން ކުރާ ރަށަށް ވިޔަސް ކ.އަތޮޅު މާލެއަކީވެސް ހަމަ ދިވެހިރާއްޖޭގެ "ރަށެއް" އިގޭތޯ! އެހެން ވީމާ ބުނަން ޖެހޭނީ ބަހުގެ ހިދުމަތްދޭ އެހެން ބައެއް ރަށްރަށުގައިވެސް ނޫންތޯ.