ޚަބަރު / އައިމިނަތު ޝައުނާ، އެންވަޔަރުމެންޓް މިނިސްޓަރު

ރާއްޖޭގައި ބާއްވާ ފުރަތަމަ އޯޝަން ހެކަތަން ފަށައިފި

"މޯލްޑިވްސް އޯޝަން ހެކަތަން 2023": މިއީ ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި މޫސުމީ މައްސަލަތަކަށް އޮތް ހައްލު ދެނެގަތުމަށްޓަކައި ކުރިއަށްގެންދާ ހެކަތަން އެއް.-- ފޮޓޯ: މޯލްޑިވްސް އޯޝަން ހެކަތަން

16 އޮކްޓޯބަރ 2023 - 20:21

ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި މޫސުމީ މައްސަލަތަކަށް އޮތް ހައްލު ދެނެގަތުމަށްޓަކައި ކުރިއަށްގެންދާ "މޯލްޑިވްސް އޯޝަން ހެކަތަން 2023" ފަށައިފި އެވެ.

ތިން ދުވަހުގެ މުއްދަތަށް ބޭއްވުމަށް އިއްޔެ ފެށި ހެކަތަން އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އޯޝަން ހެކަތަން އެވެ. އޭގައި ޖުމްލަ 10 ޓީމަކުން 50 މީހުން ބައިވެރިވެފައި ވާއިރު، ޓީމުތަކުން ވަނީ ތަފާތު 10 ހިޔާލެއް ހުށަހަޅައިފަ އެވެ.

އެއީ ރާއްޖޭން ހުށަހެޅި ނުވަ ހިޔާލަކާއި މެލޭޝިޔާގެ އޭޝިއާ ޕެސިފިކް ޔުނިވާސިޓީގެ ފަރާތުން ހުށަހެޅި ހިޔާލެކެވެ.

ކްރޮސް ރޯޑްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ސާފު ފެން ލިބުމަށް ގޮންޖެހުންތައް ކުރިމަތިވުމާއި ތެޔޮ އަންދަންޖެހުމާއި ޕްލާސްޓިކް އުފެއްދުންތައް ބޭނުންކުރުން ފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ގެއްލުން ލިބެމުންދާ ކަމަށެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވޭ ތިމާވެށްޓާއި ގުޅުންހުރި ހެކަތަން ފެށުމަށް ބޭއްވި ހަފްލާގައި އެންވާރްމެންޓް މިނިސްޓަރާއި މިނިސްޓްރީގެ ބައެއް އެހެން އޮފިޝަލުން ބައިވެރިވަނީ.--

މިހާތަނަށް އެ ކަންކަމަށް އެދެވޭ ހައްލެއް ލިބިފައި ނުވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް މަދުކޮށް މިކަމަށް ހައްލެއް ގެނައުމަށް އެންމެ ފަހުގެ ޑޭޓާ ބޭނުންވާ ކަމަށެވެ.

ޑޭޓާ އެއްކޮށް ބެލެހެއްޓުމަކީ ގޮންޖެހުމެއް ކަމަށާއި ނަމަވެސް މިހާތަނަށް ދިގު މުއްދަތަކަށް އެއްކުރެވިފައިވާ ޑޭޓާއެއް ނެތްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވޭ ތިމާވެށްޓާއި ގުޅުންހުރި ހެކަތަން ފެށުމަށް ބޭއްވި ހަފްލާގައި މިނިސްޓަރު ވާޙަކަ ދައްކަވަނީ.--

އަދި އެކަމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް އޮތް މަގަކީ އެންމެ ފަހުގެ ޑޭޓާ ނުވަތަ އެކަމާ ގުޅޭ މައުލޫމާތު ލިބޭނެ މަގެއް ހޯދުންކަމަށާއި އެހެންވެ އެކިފަރާތްތަކުން އެއްކުރާ އެފަދަ ޑޭޓާ ސަރުކާރާ ހިއްސާކުރުމުގެ މުހިންމުކަން ވެސް މިނިސްޓަރުގެ ވާހަކާގައި ފާހަގަ ކުރެއްވި އެވެ.

"އެހެންކަމުން އެ ފަރާތްތައް އެ ހޯދާ މައުލޫމާތު އެންވަރްމަންޓް މިނިސްޓްރީއަށް ލިބޭނެ ގޮތްތަކާއި ރާއްޖޭގެ ސިޔާސަތުތައް ކަނޑައެޅުމުގައި މައުލޫމާތުތައް ހިމަނާނެ ގޮތްތަކާއި އާހިރުގައި ރާއްޖޭގެ ޖަޒީރާ ރަށްތަކުގައި ދިރިއުޅެވޭނެ ގޮތަކީ ކޮބައިކަން ދެނެގަތުމަށްޓަކައި މިއީ ރާއްޖެއަށް އޮތް އެންމެ އެދެވޭ ހައްލު،" ޝައުނާ ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވޭ ތިމާވެށްޓާއި ގުޅުންހުރި ހެކަތަން ފެށުމަށް ބޭއްވި ހަފްލާ.--

ހެކަތޮންގައި ބައިވެރިވާ ޓީމުތަކުން ވަނަ ހޮވުން

1. އެއްވަނަ ޓީމަށް 10,000 ޑޮލަރަށްވާ ރުފިޔާގެ އިނާމެއް

2. ދެވަނައަށްދާ ޓީމަށް 3،000 ޑޮލަރު

3. ތިން ވަނަ ޓީމަށް 2000 ޑޮލަރު

މީގެ އިތުރުން މި ހެކަތޯން ބޭއްވުމަށް އެއްބާރުލުންދޭ ފަރާތްތަކުން ޕޯސްޓް ހެކަތަން ސަޕޯޓްގެ ގޮތުގައި އެކިއެކި އެހީފޯރުކޮށްދޭގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 33%
icon inlove icon inlove 33%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454