ޕާކިސްތާނުގެ ރިޒްވާން، ލަންކާއާ ދެކޮޅަށް ޗެންޗަރީ ހެދުމަށް ފަހު ﷲ އަށް ހަމްދު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
17 އޮކްޓޯބަރ 2023 - 11:18
ނިއު ދެއްލީ (އޮކްޓޫބަރު 17) - އިންޑިއާގައި މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑް ކަޕްގައި ޕާކިސްތާނުގެ ވިކެޓް ކީޕިން ބެޓްސްމަން މުހައްމަދު ރިޒްވާން، ދަނޑުމަތީގައި ނަމާދު ކުރުމުން އިންޑިއާގެ ސީނިއާ ވަކީލެއް ކަމަށްވާ ވިނީތު ޖިންދާލް، ބައިނަލްއަގުވާމީ ކްރިކެޓް ކައުންސިލް (އައިސީސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.
މިއީ ވޯލްޑް ކަޕް ތެރޭ ރިޒްވާނާ ދެކޮޅަށް ހުށަހެޅުނު ދެވަނަ މައްސަލައެވެ. ފުރަތަމަ މައްސަލަ ހުށަހެޅީ، މިދިޔަ އަންގާރަ ދުވަހު ޕާކިސްތާނުން ސްރީލަންކާ ބަލިކުރުމަށް ފަހު، ފަލަސްތީނުގެ ރައްޔިތުންނަށް އެ މޮޅު ހާއްސަކޮށް ރިޒްވާން ކުރި ޓްވީޓަކާ ގުޅިގެންނެވެ.
"މި މޮޅު ހާއްސަ ކުރަނީ ގާޒާގައި ތިބި އަހަރެމެންގެ އަހުންނާއި އުހުތުންނަށް،" ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި ނުބައި ނުވެ 131 ލަނޑު ހެދި ރިޒްވާން، މެޗަށް ފަހު ކުރި ޓްވީޓު ފަށަމުން ލިޔެފައި ވެއެވެ.
This was for our brothers and sisters in Gaza. 🤲🏼
— Muhammad Rizwan (@iMRizwanPak) October 11, 2023
Happy to contribute in the win. Credits to the whole team and especially Abdullah Shafique and Hassan Ali for making it easier.
Extremely grateful to the people of Hyderabad for the amazing hospitality and support throughout.
އެހެން ނަމަވެސް އައިސީސީ އިން ވަނީ، އެއީ ކްރިކެޓް ގަވާއިދުތަކާ ހިލާފު ކަމެއް ނޫން ކަމަށާއި، އެއީ އޭނާގެ އަމިއްލަ ހައްގެއް ކަމަށް ބުނެ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ.
އެ މައްސަލައިގައި އިންޑިއާ އަށް ކުރިއެރުމެއް ނުލިބުމުން، ސުޕްރީމް ކޯޓުގެ ވަކީލު ވިނީތު މިވަނީ، މިމަހުގެ ހަވަނަ ދުވަހު ޕާކިސްތާނުގެ ފުރަތަމަ މެޗުގައި ނެދަލެންޑްސް އާ ދެކޮޅަށް ކުޅުނު މެޗުގައި ރިޒްވާން ދަނޑުމަތީގައި ނަމާދު ކުރުމުން އެއީ ކްރިކެޓްގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ބުނެ އައިސީސީ އަށް އިތުރު މައްސަލައެއް ހުށަހަޅައިފަ އެވެ.
ރިޒްވާން ދަނޑުމަތީ ނަމާދު ކުރުމުން އެކަމާ ހިތްހަމަ ނުޖެހުނު ވިނީތު، އައިސީސީ އަށް މައްސަލަ ހުށަހަޅައި ފޮނުވި ސިޓީ.--
ވިނީތު ޖިންދާލް ތުހުމަތުކުރި ގޮތުގައި ރިޒްވާން ދަނޑުމަތީގައި ނަމާދު ކުރީ އިންޑިއާގެ ސަޕޯޓަރުންނަށް އޭނާއަކީ މުސްލިމެއްކަން ދެއްކުމުގެ ގޮތުންނެވެ. އަމި މިއީ ކުޅިވަރުގެ ރޫހާ ހިލާފު ކަމެއް ކަމަށް ވެސް އޭނާ މިދިޔަ ހޮނިހިރު ދުވަހު އައިސީސީ އަށް ފޮނުވި ބަޔާނުގައި ބުނެފައި ވެއެވެ.
ވިނީތު ޖިންދާލް ވަނީ ޕާކިސްތާނުގެ ނޫސްވެރިޔާ ޒައިނަބް އައްބާސް، މީގެ އަހަރުތަކެއް ކުރިން ކޮށްފައިވާ ޓްވީޓްތަކެއްގެ މައްސަލަ ފެންމަތިކޮށް، މައްސަލަ ޖައްސައިފަ އެވެ. މިއާ އެކު، ވޯލްޑް ކަޕް ކަވަރު ކުރުމަށް އިންޑިއާ އަށް ދިޔަ ޒައިނަބު ވަނީ މިދިޔަ ހަފްތާ ހޯމަ ދުވަހު އިންޑިއާ ދޫކޮށް ގޮސްފަ އެވެ.
އިންޑިއާ އިން އަންނަނީ ކުޅިވަރު މުބާރާތްތައް ކުޅުމަށް އެގައުމަށް ދާ ޕާކިސްތާނުގެ ޓީމުތަކަށް ވެސް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މިއަހަރުގެ ވޯލްޑް ކަޕް ކުޅެން ޕާކިސްތާން ކްރިކެޓް ޓީމު އިންޑިއާ އަށް ދިޔައީ ހަތް އަހަރު ފަހުންނެވެ. ޕާކިސްތާނުގެ ނޫސްވެރިންނާއި ސަޕޯޓަރުންނަށް އިންޑިއާ ވިސާ ދޭން ވެސް އިންޑިއާ އިން ދެކޮޅު ހަދައެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
17 October 2023
އިސްލާމް ދީން މުސްލިމުންނަށް ބާރުއަޅާ އަމުރު ކުރަނީ ދެ ދުނިޔޭގެ ބާއްޖަރިންނަށް ވުމާއި އެކުގައި މި ބިންމަތީގެ އަމީރުން ތަކެއް ކަމުގައި ވުމަށް. # ފަހަރެއްގައިވެސް ބާވައިވެއްލި އެއްވެސް ދީނަކަށާއި (އިސްލާމް ދީނަށް ފަހު އުވިފައިވާ ދީންތައްވެސް) އަދި ހިންދޫން ޤަބޫލުކުރާ ދީންފަދަ އެފަދަ އެއްވެސްބަޔަކަށް މަލާމާތްރައްދުކޮށް "ފުރައްސާރަ އަކަށް ވާފަދަ" އެއްވެސް ކަމެއް ނުކުރުމަށާއި، އުފާކުރުމުގައިވެސް "ހައްދުން ބޭރު ނުވުމަށް" ނޫންތޯ ﷲ ގެ ދީން ބާރު އަޅަނީ.
ދޮންލިބާސް
17 October 2023
ތިޔަ ދައްކާ ވާހަކައަކާ މިއާޓީކަލްގައި ދައްކާ ވާހަކައަކާ ކޮން ގުޅުމެއް އޮތީ.
ނާޖު.
17 October 2023
އިސްލާމަކު ނަމާދެއް ކުރުމުންތޯ ހައްދުން ނެްޓުނުކަމަށް ދީދީ ތިބުނަނީ ؟
މިސްޓަރ 6 ޕަސެންޓް.
17 October 2023
އަފީފު ދީދީ އަކީވެސް އަންނި ފަދަ ފިކުރެއް ގެންގުޅޭ އޮލްޓަނޭޓިވް ނެރޭޝަން އެއް ހޯދަން އުޅޭ މީހެއް.
އޮނަރަބަލް އަފީފު ދީދީ
19 October 2023
ބާވައިލެއްވުނީ އެންމެ ދީނެއް. އެއީ އިސްލާމް ދީން. ދެން ހުރީ އަމިއްލައަށް ހަދައިގެން އުޅޭ ދީން ތަކެއް. ދަރިފުޅަށް ސާފުވެއްޖެކަމަށް ހީކުރަން.
123876
17 October 2023
ދެއަތް މައްޗަށް އުފުލާ ދުޢާ ކުރުމަކީ ނަމާދުކުރުމެއްނޫން. ރިޒުވާން ގެ އެއަމަލު ފެނުމުން ހިންދޫ އަކު ނަމާދުކުރީއޭ ކިޔައިގެން ޝަކުވާ ކުރުމުން ދިވެއްސަކު ހަމަ އެގޮތަށް އެ ވާހަކަ ގެނައުމުން އަޖާއިބުވެ އަންތަރީސްވާހާ ވެއެވެ. ތަނެއް ދޮރެއް ބަލާލައިގެން ޚަބަރުލިޔާން ވަގުތު ނުވަނީހެއްޔެވެ؟ ނޫނީ ނަމާދުކުރުމާާ ދުޢާ ކުރުމުގެ ތަފާތު ނޭނގެނީހެއްޔެވެ؟
މުޑަހަންޖާ
17 October 2023
ހަމުގެ ބަލިތަކާ ދުރުހެލިވާން ރާއްޖޭގައި ކުރިކެޓު ހުއްޓުވަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ. ހާއްސަކޮށް އިރުވައިގެ ރަތްދަކައަވީގަ މަދުރަސާކުދިން ދުވާލުދާ ހަތަރުދަމު އަވީލައިގެން ތިކަހަލަ ސަކަރާތްޖެހުން ގާނޫނެއްގެތެރެއިން މަނާކޮށް، އެފަދަކަމެއް ކޮށްފިބަޔަކު ހިފާހައްޔަރުކޮށް ވަކިއެއްޗެއް އަންގަންދެން ޑިޕޯޓުކުރުމާއެކީ ޑްރައިވިން ލައިސެންސް ބާތިލުކުރަންޖެހޭ.
ކެހެރި
17 October 2023
މި ހުންނަނީ ހުރިހާ ކަމެއްގެ އެންމެ މަތީ ޗެމްޕިއަނުންކަމަށް ވަކާލާތުކުރާ ގައިރުމުސްލިމުންގެ ހަޖަމުގެ ހާލަތު ހުންނަ ގޮތް. މި މީހުން ވަކާލާތުކުރާ މިނިވަންކަމާ، ހައްގުތައް ލިބެންޖެހެނީ މި މީހުނަށް އެކަނި. އެހެން ބަޔަކު ކޮށްފިއްްޔާ އެދެން ގޯސްވީ. މި މީހުން ވަރިހަމަ ކޮންމެފަދަ ނުބައިކަމެއް ކުރިޔަސް. އެދެން ހައްގު. ނޫނީ މިނިވަންކަން. މި ދެފުށްކެހެރި މުނާފިގުކަން ގަބޫލްކުރޭ އަހަރެމެންތެރޭ އުޅޭ ހިތުން "ޕްރޯ" މީހުންވެސް.
އިއްޕަޓޭ
17 October 2023
ހަޖަމެއްނުވާނެ. ޣަޒްވަތުލްހިންދު ކައިރިވަނީ.
ދެނދޯ
17 October 2023
އިބުރާހިމާ މިނޫން ބަޔަކު ހަމަ ނުފެނުނީތަ އެއްބައިވާން؟
މަޙަލްދީބު
17 October 2023
ޙަޖަމެއްނުވާނެ. އެއީ އިޒްރޭލު ޔަހޫދީއަކު ކުރި އެމީހުންގެ އަޅުކަމެއްނަމަ، އުފާކޮށް އިންޑިއާ ގެ ހުރިހާ ޗެނަލަކުން އިރުއިރުކޮޅާ ދައްކާނެ. އެމީހުން ޖަހާހާ ބެރަކަށް ނަށާބަޔަކު އަހަރެމެން ތެރޭވެސް އެބަތިބި.
ފާހިރާ
17 October 2023
މައްސަލައަކަށް ނުވީސް ގަރަމުދި ޕާޕާ ކުރިމަތީ ބައިންދައިގެން އަޅުކަންކުރި މީހެއްނަމަ. އިންޑިއާތީ ހުޅަނގުވާން އުޅެ ނުވެވިގެން އުޅޭ ޤައުމެއް.
އުމޭއްތަ
17 October 2023
އިންޑިއާ މިއީ މުސްލިމުންނަށް ޖެހިފަ އޮތް ބޮޑު މުސީބާތެއް
2222
17 October 2023
މިއީ އެންމެ ބޮޑު ޑިމޮކްރެސީ ކަމަށް ބުނާ ޤައުމުގެ ބައެއް މީހުންގެ ހަޖަމުގެ ކުރުމުގެ ނިޒާމް.