ފަލަސްތީނަށް ތާއީދުކޮށް މިއަދު އިސްތަންބޫލްގައި ބޭއްވި ބޮޑު އެއްވުމުގައި އުރުދުޣާން ބައިވެރިވެ ވަޑައިގަންނަވަނީ --- ފޮޓޯ: އޭއެފްޕީ
28 އޮކްޓޯބަރ 2023 - 23:46
އިސްތަބޫލް (އޮކްޓޯބަރު 27) - ހަނދުފަޅި އާއި ސޮލީބާ ދެމެދު އަލުން ހަނގުރާމަ ފަށަން ހުޅަނގުން ބޭނުންވަނީތޯ ސުވާލު އުފައްދައި ތުރުކިޔޭގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުގާން ހުޅަނގުގެ ބާރުތަކަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.
"ފަލަސްތީނު ބޮޑު ބައްދަލުވުން" ގެ ނަން ދީ، އިސްތަންބޫލްގައި ފަލަސްތީނަށް ތާއީދުކޮށް މިއަދު ބޭއްވި އެއްވުމުގައި އުރުދުޣާން ވިދާޅުވީ އިޒްރޭލުން ގާޒާގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ "ގަތުލުއާންމު" ގެ ފަހަތުގައި އޮތް މައި ކުށްވެރިޔަކީ ހުޅަނގުގެ ބާރުތައް ކަމަށެވެ.
"ހުޅަނގުގެ ބާރުތަކުގެ ކައިރީގައި އަހަރެން އަހާލަން ބޭނުން ސޮލީބީ ހަނގުރާމައިގެ ހާލަތެއް އަލުން ގެންނަން ހުޅަނގުން ބޭނުންވަނީތޯ. ގާޒާގައި ހިނގަމުންދާ ގަތުލުއާންމުގެ މައިގަނޑު ކުށްވެރިއަކީ ހުޅަނގު. ވަކިކޮޅަކަށް ނުޖެހި ބަލައިފި ނަމަ ވެސް ގާޒާގައި ހިންގާ ގަތުލުއާންމަކީ މުޅިން ވެސް ހުޅަނގުގެ މަސައްކަތެއްކަން އެނގޭނެ،" ގާތްގަނޑަކަށް 1.5 މިލިއަން މީހުން ހާޒިރުވި އެއްވުމުގައި އުރުދުޣާން ވިދާޅުވި އެވެ.
ތުރުކީގައި މިއަދު ބޭއްވި އެއްވުން
ފަލަސްތީނަށް ތާއީދު ހޯދުމަށް ދުނިޔޭގެ ވެރިންގެ ތެރެއިން އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ ލީޑަރުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ އުރުދުޣާން ވިދާޅުވީ ޔޫކްރޭން އާއި ރަޝިޔާ ހަނގުރާމައިގައި މަރުވި އާންމުންނަށްޓަކައި ކަރުނަ އޮހޮރުނު ލޯތަކަށް ގާޒާގައި އެތައް ހާސް މައުސޫމް ކުޑަކުދިންނެއް މަރުވަމުންދާ މަންޒަރު ނުފެންނަ ކަމަށް ހަދައިގެން ތިބުމުން ހައިރާންވާ ކަމަށެވެ.
Istanbul, Turkey.
— TIMES OF GAZA (@Timesofgaza) October 28, 2023
Thousands rally in solidarity with the Palestinian people in Gaza. pic.twitter.com/4LBJ2IJKHf
ތުރުކީގައި މިއަދު ބޭއްވި އެއްވުމުގައި އެތައް ލައްކަ ބަޔަކު ބައިވެރިވަނީ
އޭނާ ވިދާޅުވީ ހަމާސް އަކީ ޓެރަސްރިސްޓް ޖަމާއަތެއް ނޫން ކަމަށް އޭނާ ވިދާޅުވުމުން އިޒްރޭލްގެ މޭ ކަރައިގެން ދިޔަކަން އޭނާ އަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި އިޒްރޭލަކީ ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި ތުރުކިޔޭ އިން މުޅި ދުނިޔެ އަށް ބުނެދޭނެ ކަމަށް ފަލަސްތީނާއި ތުރުކިޔޭގެ ދިދަތައް ވިހުރުވަމުން ދިޔަ އެއްވަމުގައި ހުރެ އުރުދުޣާން ވިދާޅުވި އެވެ.
އިޒްރޭލުން ގާޒާއަށް ކެނޑިނޭޅި ބޮން އަޅަމުން ދާއިރު އެތައް ހާސް ބަޔަކު ވަނީ ޝަހީދުވެފަ އެވެ. އެތަނުން ކަރަންޓާއި ފެނާއި މުއާސަލާތީ ހިދުމަތް ވެސް އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ކެނޑިފަ އެވެ. އެކަމަކު ދުނިޔޭގެ ބޮޑެތި ބާރުތަކުން ދަނީ އިޒްރޭލުން މަސައްކަތްކުރަނީ އަމިއްލަ ދިފާއުގައި ކަމަށް ބުނަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅިއަލީ
30 October 2023
ހަމަ ހުސް ވާހަކަ! ކަމެއް ނުވާ މީހެއް!
އޯކޭ
30 October 2023
ދެއްކުންތެރިކަމުގެ ލާމަސީލު. ޢެއްވެސް ކަމެއް ކުރާކަށް ނުކެރޭނެ.
އަފްރާސިޔާބު
29 October 2023
އިރުދޮގާނުގައި އޮންނާނެ ދެފުއްކެހެރި އަނގައެއް.
ހޮސްޓެޖްސް
29 October 2023
ހޮސްޓެޖުން ދޫކޮށްލީމަ ހަނގުރާމަ ހުއްޓާނެ. ބަޔަކު އަރާ ރާއްޖޭން ބަޔަކުވެސް ރަހީނުކޮށްގެން ގެންދިޔައީމަ ދިވެހި ސިފައިން ހަނގުރާމަ ކުރާނެ ދިވެހި ދަރިން ސަލާމަތް ކުރެވެންދެން
ރިޔާޒު ރަށީދު
30 October 2023
އެހެން ނަމަ ޔަހޫދީ އާބާދީތައް ގާނޫނާ ހިލާފަށް ފުޅާކުރުމާއި ގެއިން ނެރެލުމާއި ޔަހޫދީ އާބާދީތަކަށް ރައިފަލް ދީގެން ހިންގާ އަނިޔާވެރިކަން ވެސް އެއީ ނުހިނގާނެ ކަމެއްތާ. މިކަންކަން ނެތް ނަމަ ތި ހޮސްޓެޖުން ވެސް ނުތިބޭނެ.
ޠަހޫދީ
30 October 2023
ހޭބައްޔާ 70 އަހަރުވީ ފަލަސްތީނު މުސްލިމުން ޔަހޫދީންގެންގޮސްގެން އަިނިޔާކޮއް މަރާތާ...
ކުރާނެނަމަ
29 October 2023
ފަށަންވީތޯ ނާހާ ފަށާބަލަ. ތިހެން އަހަންވީ ދުވަސް ފާއިތުވެ ހިނގައްޖެ މާ ކުރިން. އަދިވެސް އަހާލަ އަހާލަ އެމީހުން ކަންކުރާ ގޮތޭ ކިޔާލަ ކިޔާލަ އެންމެން ތިބެނީ އެ ކަންކަމުން ހައްލެއް ނާންނާނެކަން އެނގޭއިރުވެސް. މަގުމަތީ ހިނގާލުންތަކާ އެއްވުންތަކެއް ނޫން މިހާރު ބާއްވަންވީ. ބާރު އޮތް މީހުން ފަލަސްތީނަށް އަސްކަރީ އެހީ ފޮނުވާ ހަނގުރާމަކުރަންވީ. ލޮލު ކުރިމަތީ މުސްލިމުން ގަތުލުކުރާއިރު ސަލާމަތްކުރަން އެހެން ދީނެއްގެ ބައެއްގެ ކައިރީ އަހާކަށްނޫންވީ.
ދުސްތޫރް
29 October 2023
އެހެން ވެގެންތާ އިސްލާމުން ޢުމަރު ބިން ޚައްތާބްގެ ވެރިކަމުގައި އޭރުގެ ބަނީއިސްރާއީލް ޤައުމު (ޖުޑެޔާ އަދި ސަމާރިޔާ އަދި އިޒްރާއީލް) ހިފީމަ އެ ބިން އިސްލާމުންގެ ބިމަކަށް ވީ. ތީ މޮޅު ގޮތެއް. މި އަދު އެއީ އިސްލާމުންގެ ބިމެއް. ބަނީ އިސްރާއީލުންނާ ބެހޭ ވެސް ތަނެއް ނޫން.
ކިރު ސައި
29 October 2023
ކަލެއަކީ ދުނިޔޭގެ ވެރިފަރާތް ތަ ތިހެން ބުނަން.
އަޅިބުރުވާ
29 October 2023
އިސްލާމީ ގައުމު ތަކުގެ ސިފައިން އެގައުމު ތަކުގެ ވެރިކަމާ ހަވާލުވެ އެންމެން އެއްފަހަރާ އިޒްރޭލަށް އެރިއްޔާ ނޫނީ ފަލަސްތީނު މިނިވަނެއް ނުވާނެ. ތިޔަ ތިބި ވެރިން ތިބޭނީ އުމުރު ހުސްވަންދެން ވެރިކަން ކުރަން. ބުރުވަނީ އަޅި
ސަވާލު
29 October 2023
ބަލަ! މި ލިއުމަށް ކޮމެންޓްކުރަން ހާދަ ގިނަ ޔަހޫދީން އެބައުޅެޔޭ، ޔަޢުނީ! ހާދަ ގިނަ އިޒުރޭލިއަނުން މިގްރޫޕަށް މިފާވީ ކީއްވެގެން ކޮން އިރަކުބާ؟
ޖުހާ.
29 October 2023
ތެދެއްބުނާ ކޮންމެ މީހަކު އެއީ ޔަހޫދީއެއްތަ. ޖަޒުބާތުގައި ޖެހިގެން މުސްލިމުން ހަލާކުވުން ނޫންކަމެއް ވިތަ.
ކްރަސޭޑް
29 October 2023
ތުރުކީ ނުވަތަ ޤުސްތަންތީނިއްޔާ ނުވަތަ އިސްތަންބޫލަކީ އިހު ޒަމާނުގެ ނަސާރާ ދީނުގެ ވެރިރަށް. އަރަބިން މި ތަން ފަތަހަ ކުރީ. އަލިފްދާލުން މި މައްސަލަ ބަލާ ނަސަރާއިނަށް މި ބިން އަނބުރާ ރައްދު ކުރަން ނުޖެހޭ ތަ، ފަލަސްތީން ބިން ވެސް އަރަބިންނަށް އަލިފުދާލުން ދޭން ޖެހެންޏާ. އެންމެ ބަޔެެއްގެ ހައްގުތައް ތަ އޮތީ
ކޮންސްޓެންޓިނޯޕޯލް
29 October 2023
ތިބާއަށް ތާޜީހު ނޭނގޭކަން ޔަނޤީން ކޮށްދިނީތީ ޝުކުރިއްޔާ!
ޖަމީލު.
29 October 2023
އެއީ އިސްލާމީ ފުތޫހާތު. އިސްލާމުން ހިފި ހުރިހާ ބިމެއް އެއީ އިސްލާމުންގެ ބިން އެބިމުގެ އަހުލުވެރިން ކުރާ މަސައްކަތުން ޓެކުހާއި އެނޫން ނަންނަމުގައި ނެގިއަސް އެހެން ދީންތަކުގެ މީހުނަށް އެކަންކަން ހުއްދައެއް ނުވާނެ.. ކުރަސޭޑަށް ތިއައުޅެނީ އިސްލާމީ ދުސްތޫރު އަންޑަސްޓޭންޑު ނުވެގެން.
ޢަޒްލާ
01 November 2023
ޔަހޫދީން އަތްގަދަ ކޮއްގެން އުޅޭ ފަލަސްތީނުގެ ބިމަކީ މުސްލިމުން އެކި ދުވަސްވަރު އުޅުނު ބިންތަކެއް އެއިރެއްގަވެސް އެތާކު ޔަހޫދީންގެ ތަނެކޭ ނުކިޔާ ޔަހޫދީން އެތަނަށް ވެރިވެގެން އާބާދު ވިޔަސް އެއީ ފަލަސްތީނުގެ ބިމެއް މުސްލިމުންގެ މުގައްދަސް ބިމެއް ބިނާއެއްވެސްމެ
އަސްލު
29 October 2023
ގަދަބަސް ބުންޏަކަސް އަދި ފުދެން ގާތްވެސް ނުވެ. ފަލަސްތީނުގެ މައްސަލާގައި އެމެރިކާއާއި ހުޅަނގުގެ ގައުމުތަކާ އެއްވަރަށް އިސްލާމީ ގައުމުތަކުގެ ވެރިންގެވެސް އިހްމާލު އެބައޮތް. ހާއްސަކޮށް އެމެރިކާއަށް ގައުމުގެ ފަސްގަނޑު ދީގެންތިބި ގައުމުތަކާއި އިސްރާއީލާ ގުޅުން ބަދަހިކޮށްގެން ތިބި ގައުމުތަކާއި އަޑިއަޑިން ގުޅުންތައް ގުޅުވައިގެން ތިބި ވެރިންގެ އިހްމާލާއި މުނާފިގުކަން ހަގީގަތުގައި މާ ބޮޑު. އިސްލާމީ ވެރިންގެ އިހްމާލު މާ ބޮޑު.
ޢަޒްރާ ޢަލީ
01 November 2023
ތެދެއް އެންމެފަހުންމިރާއްޖޭގަވެސް އެމެރިކާ އެމްބަސީއެއް ހެދީ ދެން އަހަރެމެން އަނގަ ތެޅުވިޔަސް މުސްލިމް ވެރިންގެ ޙާލަތު ބަދަލު ނުކުރަންޏާ އަހަރެމެން ކީއްކުރާނީ
ކޮމެންޓް1
29 October 2023
ތުރުކީ ވެރިންނަކީ އިސްލާމީ ޙިލާފަތް ނައްތާލަން އާނ ބަސް ބުނި މީހުން. ތިޔަ މީހުން ނުވާނެ ރަނގަޅެއް. މިއީ ދައްޖާލުގެ ފިތުނައިގެ ތެރޭގައި މިއުޅެވެނީ ފެންނަ ފެނުމަކީ ހަޤީޤަތެއް ނޫން، އޭގެ ދިމާ އިދިކޮޅު ދިމާވާނީ. އުރުދުޤާން ބޭކާރު އަނގަ ނުތަޅާ އިޒްރޭލަށް ހަމަލާ ދެން ދާންވީނު..! ކީއްވެ ނުދަނީ. ވިސްނާ ފިކުރު ކުރޭ. ގޯހެއް އެބައުޅޭ.