29 އޮކްޓޯބަރ 2023 - 16:50
ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ޕީއެންސީ އާ ގުޅިވަޑައިގެންފި އެވެ.
ނަސީމް އަކީ ރައްޔިތުންގެ މަޖިލީހުގައި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރެކެވެ.
އޭނާ މިއަދު ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީ އަށް ނަސީމް ސޮއި ކުރެއްވައި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާ ފޯމް ހަވާލު ކުރައްވައިފަ އެވެ.
ނަސީމްގެ އިތުރުން އެހެން މެންބަރުންތަކެއް ވެސް ކުރިޔަށް އޮތް ދުވަސްތަކުގައި ޕީޕީއެމް ނުވަތަ ޕީއެންސީ އާ ގުޅިވަޑައިގަންނަވާނެ ކަމުގެ އަޑު ވަނީ ފެތުރިފަ އެވެ.
މި ބަދަލާއެކު މަޖިލީހުގައި މިހާރު ތިބޭނީ ޕީއެންސީގެ ހަތަރު މެންބަރުންނެވެ.
ނަސީމް އެ ޕާޓީ އާ ގުޅިވަޑައިގަތް އިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުރޭ ސާރ
30 October 2023
ޔާމީނޫ ފެނޭތަ! ޕީއެންސީ އަށް މިތިބަގެން މެމްބަރުން ވައްދަނީ (:
ފޮނިޓައްޕު ހަސަނު
30 October 2023
ވެރިކަން ކުރާ ޕާޓީއަށް ޖޮއިން ކުރީމަތާ މަގާމުތަކާއި، ކޮންޓްރެކްތަށް، އަދި ސަރުކާރުގެ ކުންފުނިތަކުން ކްރެޑިޓް ފެސިލިޓީސް ލިބޭނީ. ވާރޭ ވެހޭ އިރު ފެން ނެގޭނީ. ހަގީގަތް ގަބޫލު ކުރަންޖެހޭނެ.
ޒުލޭ
30 October 2023
ސާރ، ވެރިކަން ލިބުނުފަހުން ހާދަ މޫނުމަތި އުޖާލާވެއްޖެޔޭ.
ަސފދ
30 October 2023
އަދި ކިރިޔާ މި ފެނުނީ މެމްބަރު ފޮޓޯއަކުންވެސް.
އޮޅިއްޖެ
30 October 2023
މިހާރު މިވަނީ ކިހިނެތްތަ؟ އިންތިހާބުގެ ކުރިން ހުރިހާ މެމްބަރުން ސޮއިކުރަމުންދިޔައީ ޕީޕީއެމް އަށް. މިހާރު އެންމެން ސޮއިކުރަނީ ޕީއެންސީއަށް. މިކަން ކޮންމެވެސް މީހަކު އޮޅުންފިލުވައި ދީބަލަ. ދެވަނަ ދައުރު ޔަގީން ކުރަނީތަ!
ރަތްތަގައްލާ
30 October 2023
މިއީ ޤަބޫލުކުރެވުނަސް އަދި ނުކުރެވުނަސް ދެން އޮންނާނީ ޕީ.އެން.ސީ. ގެ ވެރިކަމެއް. ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމެއް. އެހެންވީމާ ޕީ.އެން.ސީ. އާއި ދިމާލަށް ދިވެހިންގެ މިސްރާބު ހުރީ. ދެން އިވޭނީ ވަންސްއަޕޯނަ ޓައިމް ދެއަރ ވޯޒް އަ ޕްރެސިޑެންޓް ކޯލްޑް ޔާމީން.
ސީޒަން ޖެކްޝަން
29 October 2023
މީވެސް މެންބަރެއްތަ؟
ކޮރަލް
29 October 2023
މ އިންތިހާބު ކައިރި ވީމަ ބޮޑު ޕާޓީ އަކަށް ގޮސް އިތުރު ދައުރެއް ހޯދަން ބޭނުން ވާ މީހުން ގިނަ ވާނެ އެވެ.
އަސްލަމް.
29 October 2023
އަންނިގެ ނޯކޮންފިޑެންސް ވޯތު ނެގުމުގެ ކުރިން އެމްޑީޕީގެ 9 މެންބަރުން ޕީއެންސީއާއި ގުޅުމަކީ އެކަށީގެންވާ ކަމެއް. ދެން ކިހިނެއް ތިޔަ ވޯޓެއް ނަގާނީ؟ ނުވާނެ ތިކަމެއް. އަސްލަމް މެން ހުރިހާ ކޮޅަކުންވެސް ފޭލްވާނެ.
އޮނަރަބްލް އަފީފު ދީދީ
29 October 2023
ނޮވެމްބަރ 17 ގައި މުއިއްޒު ހުވާ ކުރެއްވުމާއިއެކުގައި އެބޭފުޅާގެ ނައިބްވެސް ހިމެނޭގޮތަށް މަޖިލީހުން ވަކިވެ ވަޑައިގަންނަވާނެ ކަމަށް ލަފާކުރެވޭ މެންބަރުން (ވަޒީރުކަމާއި އެހެން ބައެއް މަޤާމްތަކާއި ޙަވާލުވުމަށް) ގެ އަދަދު 6 އެއް ނުވަތަ ހަތެއް ކަމުގައި ވުން އެކަށީގެންވޭ. # ޕީޕީއެމް ޕީއެންސީގެ ގޮނޑިތައް މަޖިލީހުގައި މަދުވެގެންދާއިރު ސޯލިޙް ސަރުކާރުގެ މެންބަރުންގެ ގޮތުގައި (ރައީސް ވިދާޅުވާގޮތް) ތިއްބެވި އެތައް މެންބަރުން ޕީއެންސީއާއި ގުޅޭތަން ފެނިދާނެ.
ހާސަރު
29 October 2023
ވައްޑެއަށް ޕީއެންސީގެ ޓިކެޓް ގެއްލުނީތާ.