ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު: ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭ ސިޓީ މޭޔަރު ކަމަށް ކުރިމަތިލާން އޭނާ ވަނީ ނިންމާފައި -- ފޮޓޯ: މިހާރު
01 ނޮވެމްބަރ 2023 - 18:13
އަންނަ ޖެނުއަރީ މަހު ބާއްވާ މާލޭގެ މޭޔަރު ކަމުގެ ބައި-އިލެކްޝަންގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ނިންމަވައިފި އެވެ.
އާޒިމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މާލޭ ސަރަހައްދު ހަގީގީ މާނައިގައި ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ގަބޫލުކުރައްވާ ކަމަށާއި އެކަންކަމަށް އިސްނަގަން ބޭނުންވެ ވަޑައިގަންނަވާ ކަމަށެވެ.
ލާމަރުކަޒީ ގާނޫނުން ރާއްޖޭގެ ހިންގުން ބަދަލު ވިޔަސް، ރައްޔިތުންގެ ބޭނުންތަކަށް ބަދަލު ނާންނަކަން ފާހަގަކުރައްވައު އާޒިމާ ވިދާޅުވީ، ހިންގުމުގެ އޮނިގަނޑު ވަރުގަދަ ކުރުމުގެ ބޭނުން ދުވަހުން ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށެވެ. ނަމަވެސް ކައުންސިލާއި ސަރުކާރާ ދެމެދު އޮތް ޖެއްސުންކުރުމާއި ޒުވާބުގެ ސަބަބުން މާލޭގެ ރައްޔިތުން ބޭނުންވާ ތަރައްގީއާއި ހިދުމަތްތައް މުޅިންހެން ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލެއަކީ ހަގީގީ މާނައިގައި ދިވެހިރާއްޖޭގެ ވެރިރަށް ގޮތުގައި ތަރައްގީކުރެވޭނެ ގާބިލް، އެކަމަށް އެކަށޭނެ ތެދުވެރި ދިވެހި ދަރިއަކު މޭޔަރު ކަމަށް އިސްކުރުމަކީ ގްރޭޓާ މާލޭގެ ތަރައްގީއަށާއި ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތް ކަމުގައިވާނެ،" އެ ބަޔާނުގައި އޭނާ ވިދާޅުވެފައިވެ އެވެ.
މާލޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރޭވުންތެރިކަމާ އެކު މަސައްކަތްކުރާނެ ކަމަށާއި މިހާރު މާލޭގެ މޭޔަރު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލާފައިވާ ސްޓެރެޓިޖިކް ޕްލޭން ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން އާޒިމާ ވަނީ ދެއްވައިފަ އެވެ.
މާލޭގެ މޭޔަރުކަމުގެ އިންތިހާބު ބާއްވަން ޖެހުނީ އެ މަގާމުގައި މިހާރު ހުންނެވި ޑރ. މުހައްމަދު މުއިއްޒު، މިދިޔަ މަހުގެ 30 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން އެ ގޮނޑި ހުސްވާތީ އެވެ. އަންނަ މަހުގެ 17 ގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ހުވާކުރައްވާ މުއިއްޒު މިހާރު ހުންނެވީ ޗުއްޓީއެއް ނަންގަވައިގެންނެވެ. މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނެކަން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވެސް ވަނީ އިއުލާން ކުރަައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމްނަ
02 November 2023
ޓެކްސްފޮތް ޕެރެގްރާފް ކިޔާމީހެއްތިއީ ޤާބިލްމީހެއްނޫން
ސަލީމް އިދުރީސް
02 November 2023
ވޮއިޑް އެބް އިނީޝިއޯ
ފައިޒަމް
02 November 2023
ރަގަނޅު ޗޮއިސްއެއް މީ
ބޭހޮއްކޮ
02 November 2023
ޔާމީން ހަލާކުވެގެން ދިޔައީވެސް މީނާގެ ލަފާތަކުން. މުއިއްޒުވެސް ހަލާކުވެގެންދާނީ މީނާގެ ސަބަބުން ކަމަށް މިހާރު ބެލެވެން ފަށައިފި. މީ ދައުލަތުގެ މަގާމަކަށް ގާތްކުރަން ހެޔޮނުވާ ވަރުގެ މީހެއް. މީނާއާއެކު މަސައްކަތްކުރި ހުރިހާ ތަނެއްގައި ތިބި ތެދުވެރި މުވައްޒަފުން މިކަން ރަނގަޅަށް ދަންނާނެ. މީ ވަރަށް ވާހަކަ.
ޒަވިޔަނި
02 November 2023
އެންމެ ޤާބިލް މީހަކީ ތިމަޤާމައް އުމަރު.
ބޮޑުރިޔާ
02 November 2023
ލާރި ފޮއްޗެއްވިއްޔާ މިމީހުންނޫންބަޔަކަށް ލިބެންނޭދެ ހަމަތެދެއްމިބުނީ ދުވަހަކު މިމީހުންގެ ހިތްނުފުރޭނެ ކިތަށް އަހަރުތޯ ދައުލަތުގެ އެންމެމަތީ މަގާމުތަކުގައި ތިޔަހޭދަކުރީ ކޮބައިތޯ ތިޔަބުނާ މާލޭވިޔަސް ރާއްޖޭވިސް ރައްޔިތަކަށް ކުރި މަންފާއެއް މިހާރުގެ އިންތިހާބީ ރައީސް ޑރ މުއިއްޒު މާލޭ މޭޔަރުކަމަށް ވީހާ ވައުދުވެސް ދެނެވޮޑިގަންނަވާނީ މާތްﷲ މާލޭރައްޔިތުންނަށް ބޯހިޔާވަހިކަމާ އަންހެނުންގެ ތަރައްގީއަށް ވީހާ ވައުދު ދިޔައީ ކަނޑުގައި އަޅާ ރޮނގައްވެގެން
އަސްރަފަ
02 November 2023
އަހަރެންގެ ތާއީދު އާޒިމާއަށް
ޒުހޭރާ
02 November 2023
ވޮއިޑް އެބް އިނީޝިއޯ ކިޔާފަ ފޮނިކެނޑީ ޖީއެމްއާރުންނޭ ދިވެހި ދައުލަތަށް ފައިސާ ދޭންޖެހޭނީ. ފުންނާބު އުހޭގެ ލަފާގެ މަތިން ޖީއެމްއާރު ބޭރުކުރީމާ ސިންގަޕޫރު ކޯޓުން ނިންމީ 270 މިލިޔަން އެމެރިކާ ޑޮލަރު ޖީއެމްއާރަށް ދައްކަން. އެއީ 4،860 މިލިޔަން ރުފިޔާ. އޭރުގެ ދައުލަތުގެ އާމްދަނީގެ %25 ނުވަތަ ހަތަރުބައިކުޅަ އެއްބައި. މިވަރުގެ މާލޭ ސިޓީ މޭޔަރުކަމަށް ހޮވާކަށެއް ނުވާނެ!
މަހަލްދީބު
02 November 2023
އާޒިމާ އަކީ އެކި ދައުރުތަކުގައި ދައުލަރުގެ ވަރަށް އިސް މަޤާމުތައް ދިގު މުއްދަތަކަށް އަދާކޮށްފައިވާ ބޭފުޅެއް. ސުވާލަކީ ކޮން ކަމެއް ތޯއޭ ކަމަނާއަށް ރައްތިތުންނަށް ކޮށްދެއްވީ. ޤާނޫނީ ދަައިރާގައި އެންމެ މަތިން ޑިސިޝަން ނެގޭ ހިސާބުގައި ހުރެ. މި ޤައުމުގެ ޒުވާން ޖީލެއް ޑްރަގަށް ހުސްވެގެން ދިޔައިރު ކޮން ކަމެއްތޯ އޭ ކަމަނާ އަށް ކުރެއްވުނީ . ޑރ. ޢަފްރާޝިމް މަރާލި މީހުން ކޮބާތޯއެވެ. ޙުރިހާ ބާރެއް އޮތްއިރު ޖުޑިޝަރީ މިނިވަން ކުރަން ނޫޅެއްވީ ކީއްވެތޯ އެވެ.
މަހަލްދީބު
02 November 2023
މި މީހުންގެ އަލާ ކެނޑޭނީނކިހާވަރެއް ލިބުނީމަ ތޯ . ގޮނޑި އަކީ ހާދަ މީހުން ދަހިވެތި ކުރުވާ އެއްޗެކޭ. މިބަލިމަޑުކަމަކީ ވަކި އުމުރެއް އޮތް ކަމެއް ވެސް ނޫނޭ. ކޯޗެއް ނުލިބިގެން ބާ މިވަރު މިވަނީ .