ޕޮލިސް ފްލެޓްތައް: މިތަންތަން ހަވާލުކުރުމުގެ މަސައްކަތް ވަނީ ފަށާފައި. .-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
05 ޑިސެމްބަރ 2023 - 13:06
ފުލުހުންގެ ފްލެޓުތައް މި މަހުގެ ތެރޭގައި ނިންމަން މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ ފްލެޓްތައް ހަދަން 2013 ގައި އަދި ސިފައިންގެ ފްލެޓްތައް އޭގެ އަހަރެއްހާ ދުވަސް ފަހުން ހަވާލުކުރީ ރާއްޖޭގައި އަގު ބޮޑު މަޝްރޫއުތަކެއް ހިންގި ނޫމަޑި ކުންފުންޏަށެވެ. ނަމަވެސް، އެ ކުންފުންޏަށް އެކަން ނުވުމުން އެއްބަސްވުން ބާތިލްކުރުމަށް ފަހު ފަހުން އެ މަޝްރޫއު ހިންގީ އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.
އެކަމަކު، އެ ފަރާތަށް ވެސް ނުވުމުން އެއްބަސްވުން ބާތިލްކޮށް، ކުރީގެ ސަރުކާރުން އެ މަޝްރޫއު ހަވާލުކުރީ އަމިން ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ.
ސަރުކާރުން 2021 ވަނަ އަހަރު އަމިން ކޮންސްޓްރަކްޝަނަށް ހަވާލުކުރީ 275 މިލިއަން ރުފިޔާ އަށެވެ. އެ އެއްބަސްވުމުގައި ވާ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 20ގައި ފްލެޓްތަކުގެ މަސައްކަތް ނިންމަންޖެހެ އެވެ.
އޭރު އެ ކުންފުންޏަށް ހަވާލުކުރީ ވެސް ބައެއް މަސައްކަތްތަކެެވެ. ބާކީ ހުރި ކަންކަން ހަވާލުވީ ސިފްކޯއިންނެވެ.
ފުލުހުންގެ ތަރުޖަމާނު، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު ވިދާޅުވީ މިހާރު ކުރަމުން އަންނަނީ ފްލެޓުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އެގޮތުން، ބައެއް އެޕާޓްމަންޓުތަކުގެ ދޮރުތައް ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ބައެއް ފުލުހުންނަށް އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް ޔޫނުސް ވިދާޅުވި އެވެ.
ޕޮލްކޯ ފްލެޓުގެ އެތެރެ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އޭނާ ވިދާޅުވީ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ.
"ފުރަތަމަ ކޮންމެ ޓަވަރެއްގައި ވެސް އެއް ލިފްޓް ހަރުކުރާނީ. ބާކީ ހުރި ލިފްޓް ހަރުކުރާނީ އޭގެ ފަހުން،" ޔޫނުސް ވިދާޅުވި އެވެ.
އެކަންކަން މި އަހަރު ނިމުމުގެ ކުރިން ނިންމާލައި، މީހުން ދިރިއުޅެން ފެށޭވަރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ސިފައިންގެ ފްލެޓުތައް ހަދަން ހަވާލުކުރީ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް" އަށެވެ. އެ ކުންފުންޏާ ހަވާލުކުރި މަސައްކަތްތައް ނިންމުމަށްފަހު ސިފައިންނަށް ވަނީ ތަޅުދަނޑު ހަވާލުކުރަން ފަށައިފަ އެވެ.
ފުލުހުންގެ ތިން ޓަވަރުގައި ޖުމްލަ 361 ފްލެޓާއި 20 ޕެންޓް ހައުސް ހުންނާނެ އެވެ. އެ ތަންތަނަށް 500 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން ވަނީ ހޭދަކޮށްފަ އެވެ. ސިފައިންގެ ތިން ޓަވަރަށް 548 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަފް
05 December 2023
ރައީސް މުއިޒްއަކީ މިމަސައްކަތް ލަސްވުމުގެ ޒިންމާ ނަގަންޖެހޭ އެއްފަރާތް. ހައުސިން މިނިސްޓަރު ކަމުގަ އޮތީ ޖަހަޑާ ހަދާފަ
އަހަންމަދާ
05 December 2023
ފުލުހުންނަށް ފުލެޓް އަމިއްލަ މަސައްކަތް ކުރާ މީހާ އަށް ނެތް އެއްވެސް ގޮތެއް ލޯން ވެސް ނުލިބެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާނުވާތީ. ކޮންމެ ރައްޔިތަކަށް 1 ފްލެޓް ސަރުކާރުން ހޯދަދިނީމަ ނިމުނީ
ޢަހުމަދު މުހައްމަދު
05 December 2023
ދޮގު މައުލޫމާތު ދީގެން ލިޔެފަވާ ހަބަރެއް. ދޮގު މައުލޫމާތު ދޭ މީހުންއަށް ފަޔަޅު އަޅަންޖެހެނެ. ޢާދައިގެ ރޭންކެއްގެ މީހެއްނަމަ މިހާރު އުލުގަ ބައިންދާފަ އިންނާނީ.
އަޙްމަދު ޢރ
05 December 2023
މިއީ މިދާއިރާއަށް އިންގިލާބެއް ގެނުވާނެ ޕްރޮޖެކްޓެއް. ޕޮލޮކޯ / ސިފްކޯގައި މިވަރުގެ ބޮޑެތި ކަންކން ކުރުުގެ ގާބިލްކަން ނެތި ހަވާލުކުރީމަވާނީ މިހެން. މިހާލސްވީމަ އެބަޖެހޭ ވގެން އުޅޭގޮތެއްވެސް ބަލަން.
1828
05 December 2023
ބޯހިޔާ ވަހިކަން ފޯރުކޮށްދިނުމުގައި ތަފާތުކުރެވިގެންނުވާނެ. ބޯހިޔާ ވަހިކަން ފޯރުކޮށްދޭން ޖެހެނީ ދިވެހި ރައްޔިތުންނަށް، ރައްޔިތުންގެ ތެރެއިން ވަކިބަޔަކަށް ޓާގެޓްކޮށްގެން މިފަދަ މަޝްރޫއުތައް ހިންގުމަކީ ތަފާތުކުރުން. ތަފާތުކުރުން ނައްތާލަން ޖެހޭ. ތަފާތުނުކުރާށޭ.
ކަލެއަކަށް ވާނުވާނޭގޭ
05 December 2023
މިތަން ފުލުހުންނަށް ލިބުނުތާ މީ 13 ވަނައަހަރު ބޯހިޔާވަހިކަމޭ ކިޔައިގެން އުޅެއުޅެ ތިއްބާ ސިފައިންނާއި އެހެނިހެން ކުންފުނިތަކުގެ މީހުންވެސް އެއުޅެނީ މިހާރު އެތަންތަނުގައި ކޮންމެ ސަރުކާރެއް އަޔަސް ފުލުހުންނަށް ދެނީ ދޯގާާ
ވާނުވާ1828
05 December 2023
އޭއި ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ފުލުހުންނާއި ސިފައިންނަށް ޙާއްސަ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތައް ހިންގާ. ބައެއް ޤައުމުތަކުގެ ވަކި ސަރަޙައްދުތަކެއް އެއްކޮށް އެގޮތަށް ކަނޑައަޅަފައި ހުރޭ.
ޒުހާން
05 December 2023
މިއީ ހުސް ދޮގު، ލިފްޓެއްވެސް ނެތް !