މުއިއްޒު: މިއަދުގެ ވަގުތެއްގައި އަބޫދާބީ އަށް ވަނީ ވަޑައިގެންފައި
06 ނޮވެމްބަރ 2023 - 15:13
ޔޫއޭއީގެ ސަރުކާރުގެ ހަރަދުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި އަބޫދާބީ އަށް މިއަދު ވަޑައިގެންފި އެވެ.
އަބޫދާބީ އަށް މުއިއްޒު ފުރާވަޑައިގަތީ ޕްރައިވެޓް ޖެޓެއްގަ އެވެ.
މިއީ، އެނގިފައިވާ ގޮތުގައި ޔޫއޭއީގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ދަތުރުފުގެ ހަރަދުތައް ވެސް ހަމަޖައްސާފައިވަނީ އެ ގައުމުގެ ސަރުކާރުންނެވެ.
ނަމަވެސް، މި ދަތުރުފުޅާ ގުޅޭ ތަފްސީލެއް އިންތިހާބީ ރައީސްގެ އޮފީހުން އަދި ހާމައެއް ނުކުރެ އެވެ.
އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ "މިހާރު" އަށް މިއަދު ވިދާޅުވީ އިންތިހާބީ ރައީސް އަބޫދާބީ އަށް ކުރައްވަނީ އަމިއްލަފުޅު ދަތުރެއް ކަމަށާއި މެހެމާންދާރީގެ ގޮތުން ދަތުރުގެ ހަރަދުތައް އެ ގައުމުގެ ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ.
މުއިއްޒު ވަނީ މިދިޔަ ހަފުތާ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވެސް ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގައި ޕީޕީއެމް/ޕީއެންސީގެ ބައެއް އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ދަތުރުފުޅު ނިންމަވައިލެއްވީ މިދިޔަ ހޮނިހިރު ދުވަހުގެ ރެ އެވެ.
މި މަހުގެ 17 ގައި ރައީސްކަމުގެ ހުވާ ކުރެއްވުމަށް ތައްޔާރުވެވަޑައިގަންނަވަމުންދާ މުއިއްޒު ވަނީ ރާއްޖޭގެ ސިޔާސަދާއި މިނިވަން ކަމަށް އިހުތިރާމް ކުރާ ކޮންމެ ގައުމަކާ އެކު ވެސް ގާތް ގުޅުމެއް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ހާއްސަކޮށް، އިސްލާމީ ގައުމުތަކާ އެކު ގާތް ގުޅުމެއް ބާއްވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
އަރަބި ގައުމުތަކަކީ ރާއްޖޭގެ ތަރައްގީގެ އެކިއެކި މަޝްރޫއުތަކަށް ވަރަށް ގިނައިން އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކެކެވެ. މިހާރު ވެސް އެފަދަ މަޝްރޫއުތައް ހިނގަމުންދެ އެވެ.
މަގާމުގެ ހުވާ ކުރެއްވުމަށް ފަހު، މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަތުމަށް ވެސް ނިންމަވާފައިވަނީ ސައުދީ އަރަބިއްޔާ އަށް ކަމަށް އަޑު ފެތުރިފައި ވެ އެވެ. އެކަމާ ގުޅޭ ގޮތުން ރަސްމީ އިދާރާތަކުން ވާހަކައެއް ނުދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޯޕައްޓާ
07 November 2023
އައްޑޫއަށް ފޮނުވީ އަދުރޭ. ދެން އަދުރޭ ބަލާ އެއާޕޯޓުދޮށަށް އައްޑޫމީހުން އެއްވެފަ ތިބީ.
ގައްސާނު
07 November 2023
އެދުމެއްނެތި ވެދުމެއް ނުކުރާނެ. މުއިއްޒުގެ ނުކުޅެދުންތެރިކަމެއް ހުރިއްޔަ އޭގެ ނާޖާއިޒު ފައިދާ ނަގަން ވިސްނާނެ. އެ ގެންދިޔައީ މުއިއްޒު ބޮލުގަހުރި ތެއްކަމެއް ބަލައިލަން. ރާއްޖޭން ބައެއް ދަމައިނުގަނެފިއްޔަ ރަގަޅު.
ސެންބެ
07 November 2023
އަނެއްކަ ރާއްޖޭން ބައެއް ވިއްކާލަން ނުނިންމާތި. ބިރުބޮޑު
ތަދައްހުލު
07 November 2023
ކީއްވެހޭ ޕްރައިވެޓް ޖެޓެއްގަ ދާންވީ؟ މި އޮތީ ހުވާ ކުރުމުގެ ކުރިންވެސް ކޮރަޕްސަން ފެށިފަ ކަމަށް ދެކެނީ!
ގާނިމް
07 November 2023
މި 5 އަހަރު ވެގެންދާނީ އެންމެގިނަ ދީލަތި އެހީ ލިބިގެންދާނެ 5 އަހަރަށް. ހުސް އަރަބި މަނީ. މުއިޒް ތަފާތު
ގަނެލައިފި
07 November 2023
ޔޫއޭއީ އަޅުވެތިކަމަށް ސަލާންޖަހަންތަ މުއިޒް މިދިޔައީ؟ ހުވާނުކުރެވެނީސް މިއޮތީ ރިޝްވަތުގަ ހިފަންފަށާފަ؟ އަމިއްދަތުރަށް ބޭރުގައުމަކުން ހިލޭފްލައިޓް ފޮނުވަނީ ކޮންބޭނުމަކު؟ ފަލަސްތީނު ރައްޔިތުން ބޮލަށް މެދުނުކެނޑި ބޮންއަޅަމުންދާއިރު ކޮބާ ޔޫއޭއީ؟
ބޮޑުރިޔާ
07 November 2023
މީހަކު ބުނި އަރަބިންކައިގެންތިބިއްޔާ ދިވެހިންވެސް ތިބޭނީ ކައިގެންނޭ އެކަމަކު ފަލަސްތީނުގެ ގައްޒާ ބަނދަށް ޖައްސާ ތަޅާސުންނާފަތި ކުރާއިރުވެސް އެމީހުން އެތިބެނީ ސޯބަލަން ކަމެއްވާހެންވެސް ހީނުވޭ މިވަރުގެ ބަޔަކަށް ދިވެހިންއިތުބާރުކުރަންވާނެ ބާއޭ ހިތަށްއަރާ
ލާނިޝް
07 November 2023
އިސްލާމީ ގައުމުތައް ބަލައިގަންނަ ފަދަ ލީޑަރެއް ވީމަ ތިޔަހެންވެސް ވާނެ.
ޖަނާހު
07 November 2023
އިބޫ އާ ހިލާފަށް މުއިޒް ބޭރު ގައުމުތަކަށް ދަތުރު މި ކުރައްވަނީ އެ ގައުމުތަކުން ބޭނުންވެގެން އެމީހުންގެ އެހީގަ
ތާލިބް
07 November 2023
ގައުމަށް ފައިދާ ހުރި ގިނަ ޕުރޮޖެކްޓް ތަކެއްގެ މަޝްވަރާ ކުރައްވާނެ ކަމާމެދު އުއްމީދު ކުރަން
ރަފާތު ޒާހިރު
07 November 2023
ގައުމަށް ފައިދާވާނީ ރާއްޖޭގެ ބައެއް ވިއްކާލީމަ.
ޝަހުދުﷲ
07 November 2023
މުއިޒްގެ ފޮރިން ޕޮލިސީއާ މެދު ޝައްކެއް ނުކުރަން. އެއީ ހަރުދަނާ ދިވެހިރާއްޖޭއަށް ފައިދާވާނެ ޕޮލިސީއެއް