އައްޑޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ:-- ފޮޓޯ: އަައްޑޫ ސިޓީ ކައުންސިލް
07 ނޮވެމްބަރ 2023 - 18:10
ޕީއެސްއައިޕީ މަޝްރޫއުތައް ނިންމަން ދީފައިވާ މުއްދަތު އިތުރު ހަ މަސް ދުވަހަށް ދަންމާލަން އިކޮނޮމިކް ކައުންސިލުން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، ކޮންޓްރެކްޓަރުންނަށް ކޮވިޑުގެ ހާލަތާ ގުޅިގެން ދިމާވި އެކި ދަތިތަކަށް ލުޔެއް ހޯދައިދޭން 2020 ވަނަ އަހަރު ކޮވިޑުގެ ހާލަތު އިއުލާންކުރި ފަހުން އަދި މިދިޔަ މެއި 30 ގެ ކުރިން ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން މިހާރު ވެސް ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
އެކަމަކު، މިނިސްޓްރީން ބުނީ އެ މުއްދަތު އިތުރުކުރާނީ އެކަމަށް އެދޭ ކުންފުނިތަކަށް އެކަނި ކަމަށެވެ.
އެހެންވެ، ފިނޭންސް މިނިސްޓްރީން ވަނީ، އެ މަޝްރޫއެއް ހަވާލުކުރި އިދާރާއަކަށް އަންގަން ހުޅުވާލައިފަ އެވެ.
"މި މުއްދަތުގެ ތެރޭގައި ދައުލަތުން ކުރިއަށް ގެންދާ ޕީއެސްއައިޕީ މަޝްރޫއެއްގައި ބައިވެރިވެފައިވާ ކޮންޓްރެކްޓަރުން، އެ ފަރާތުގެ ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ބޭނުންވާ މުއްދަތު ހަ މަސް ދުވަހަށް ވުރެ އިތުރު ނުވާނެ ގޮތަށް ނޮވެމްބަރު 16، 2023 ގެ ނިޔަލަށް އެ ކޮންޓްރެކްޓެއް ހިންގާ އޮފީހަކަށް އެދުމަށް ދަންނަވަމެވެ،" ސާކިއުލާގައި ވެ އެވެ.
މިނިސްޓްރީން ވަނީ މުއްދަތު އިތުރުކުރަން އެދޭ ކުންފުނިތަކަށް، ދައުލަތުގެ މާލިއްޔަތުގެ ގަވައިދާ އެއްގޮތަށް ހުއްދަދީ، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކޮށް އެއްބަސްވުންތައް އަޕްޑޭޓްކުރަން އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަގިލި
07 November 2023
މީކަނޑައެޅިގެން ޖެއްސުންކުރުން .
ޕީއެސްއައިޕީ
07 November 2023
16 ނޮވެންބަރަށް ތާރީޚު ދިނީ އަންނަ ސަރުކާރަށް ޕްރެޝަރުކުރަން.. ކަނޑައެޅިގެން ބޮޑު ޖަރީމާއެއް މީ