ހަދަމުންދާ ފްލެޓެއްގެ ކުޑަދޮރުން ނޫސްވެރިޔަކު ބޭރު ބަލާލަނީ: މި ފްލެޓް ޕްރޮޖެކްޓްގައި ހަދަމުންދާ 8 ޓަވަރުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
08 ނޮވެމްބަރ 2023 - 11:33
މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ދޫކުރާ 4000 ފްލެޓަށް ވަދެވޭވަރު ވާނީ އަންނަ އަހަރުގެ ނިޔަލަށް ކަމަށް ހައުސިން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން، މިހާރު ހަދަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު މިހާރު ވަނީ އާއްމުކޮށްފަ އެވެ.
ފްލެޓް ލިސްޓުން ފެންމަތިވި ޝަކުވާތަކާ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ފްލެޓުތައް ނިމޭ ވަރަކުން އެ ތަން ތަން ދޫކުރާނެ ކަމަށެވެ.
"އެކި ބައިބައިބަޔަށް ނިންމާ، އަންނަ އަހަރުގެ ނިޔަލަށް އެއްކޮށް ފްލެޓުތައް ހަވާލުކުރެވޭނެ،" ފްލެޓު ކޮމިޓީގެ ޗެއާކަން ވެސް ކުރައްވާ އަކްރަމް ވިދާޅުވި އެވެ.
ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން، މި ސަރުކާރުން ދޭ ފުރަތަމަ 4،000 ފްލެޓް ލިބުނެ މީހުން ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެ 4،000 ފްލެޓް ދެނީ ތިން ކޮޓަރީގެ ފްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.
އެކަމަކު 4،000 ފްލެޓް ލިބޭ ލިސްޓު އެކުލަވާލާފައިވާ ގޮތާ މެދު ދަނީ ސުވާލު އުފައްދަމުންނެވެ. އާއްމުކޮށްފައިވާ އުސޫލާ ޚިލާފަށް ބައެއް މީހުންނަށް ޕޮއިންޓް ދީފައިވާ ކަމުގެ ތުހުމަތާއި، ދިރިއުޅުމުގެ ހާލަތު ނުބައި އިންސާފުން ހައްގުވެރިން ހޯދި ގޮތަކާ މެދު ވެސް ކަންބޮޑުވުން ބޮޑެވެ.
ފްލެޓު ދިން ގޮތާ މެދު ހިތްހަމަނުޖެހިގެން މިދިޔަ އާދިއްތަ ދުވަހު މިނިސްޓްރީ ދޮށަށް ވެސް ބަޔަކު ވަނީ އެއްވެފަ އެވެ. އެ މީހުންގެ ޑިމާންޑަކަށް ވީ ޕޮއިންޓް ދިން ގޮތް ހާމަކުރުމެވެ. އެ ޝަކުވާތަކާ އެކު މިނިސްޓްރީން ވަނީ މިއަދުން ފެށިގެން ޕޮއިންޓު ދިން ގޮތް އެމީހަކަށް ފެންނަ ގޮތް ހަދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކުރު
09 November 2023
މުއިއްޒު އަޅާ ފްލެޓްތައް ތިޔަށްވުރެ އަވަަހަށް ނިންމާނެ.
މިހާރު ސާފުވެއްޖެ
09 November 2023
ދިވެހިރައްޔިތުން ނަށް ވީތީ އެއްމެން ސަރުތު ހަމަވޭ . އެކަކަށް ސަރުތު ތަނެއް ދޮރެއް ބަލާނުލާ ގެދޮރު ހުރެ ދަރިން ، އަނބިން ނެތް އިރު ހަމަވެފަ ވާއިރު ދެންތިބި ރައްޔިތުން ގެ ސަރުތު ހަމަ ނުވާކަމަށް ނިއްމީ. އެހެން މީހުނަށް އެގޭ ސަރުތު ހަމަ ނުވާން ޖެހޭ ސަބަބެއް ނެތް ކަން . އެހެން ވީމަ ލިޔެވެނީ އިންސާފާ އަދުލުވެރިކަން އަރުއްވައިގަނެ އަސާސީ ހައްޤު ކަށަވަރު ކޮއްދޭން އިންސާފު ވެރިވެފަ އެއްނެތޭ .
ބޭއިންސާފު
08 November 2023
މިހާ ބޭއިންސާފު ގައުމެއް ނުދެކެން. މާލޭގެ ރައްވެއްސެއްގެ ގޮތުގައި ކުޑައިރު މާލެއަށް ހިޖުރަކޮށް މީހަކާއި އިނދެ ދަރިންލިބި އެދަރިން މާލެއަށް ބޮޑުވެއްޖެ. ގޯއްޗަކަށް ޝަރުޠު ހަމަނުވި. އެކަމަކު އުމުރުން ކިރިޔާ 18 އަހަރުވީ، މީހަކާ ނީންނަ އަދި ދަރިއެއްވެސް ނެތް އެތައްބަޔަކު ޝަރުޠު ހަމަވެ ގޯތި ކަނޑައިދީފި. އެކަމާއި އެއްޗެއް ބުނެލާނެ އިންތިހާބީ ރައީސެއް، މުއައްސަސާއެއް ނެތް. އޭގެއިން މަންފާލިބި މަސްލަހަތު ފުށުއަރަނީބާ!
ޢަލީ ކުރުސީ
08 November 2023
ގައިމު މަރިޔަމް ނިޝާ ލައްފާ ފިލްމެއް ކުޅުވި އެޕާރޓްމެންޓް މޮޅުކަމުގެ، ނިމިފަ މިހާރު ވަންނަން ތައްޔާރުވަނިއްޔޭ ބުނީ! އަނެއްކާ އެކަމްޖެ އަށް އެޕާރޓމެންޓެއް ދިންބާ؟
ކޮލަރާޑޯ
08 November 2023
ދެން ކީއްކުރަންށޯ މާ އަވަސް އަރުވާލަނީ!
ބޮންނެ
08 November 2023
ސަތޭކައިގެ ސުވާލެއް. އަކްރަމް މާ ފާސްޓްކޮށްލައިގެން މި އުޅެނީ ކީއްވެޔޯ؟
އޮޅުވާލައިފި
08 November 2023
ހަމަ އެކަނި އަޕްލޯޑް ކުރި ލިޔުންތަކާ ހުށައެޅި މީހާގެ ވަނަވަރު ފޯމުގަ ފެންނަން އޮތީ.. މަގޭ ފޯމު ފުރަތަމަ ސަބްމިޓް ކުރިއިރު، ހުރިހާ ބައެއް ބައެއް ފުރިން. ދިރިއުޅުމުގެ ޙާލަތު މިހާރު ބްލޭންކްކޮށް ފެންނަނީ ޕޮއިންޓް ދީފަ އޮތީ ހަމައެކަނި ދަރިން ތިބީމަ ލިބޭ ޕޮއިންޓާއި 15 އަހަރު މާލޭގަ އުޅުނީމަ ލިބޭ ޕޮއިންޓް އެކަނި
މިހާރު ސާފުވެއްޖެ
09 November 2023
80އިން މަތިން މާކްސް ލިބިފަ ހުރީ މާލޭގަ ވަޒީފާ އެއްގަ ނަމަވެސް އުޅޭ، ފުލެޓް ކަށަވަރު ކޮއްދެން ޖެހޭމީހުން ހޭ . ގެދޮރު ބޮޑު ވެގެން ބައިބަޔަށް އަޅާން ވެސް ބިން އޮތް 15 އަހަރު މާލޭގަ ދިރިނުއުޅޭމީހުން ސަރުތު ހަމަކުރީ . ވޯޓް ލިސްޓް ބަލަހައްޓަން ސަރަހައްދުގަ ގޮޑި އަޅާގެން ތިބޭތީ .
ސައްޙާފް
08 November 2023
ވަދެވުމާއި، ވަދެ ނިމުމާއި މީ ވަރަށް ތަފާތު ދެވާހަކައެއް.
މައްކާރު
08 November 2023
މައްކާރު ދޮގުވެރި ހިޔަޅު ކަލޭގެ އަނެއްކާވެސް އަނެއް ގޮތަކަށް މަކަރާއި ހީލަތް ހަދާފައި ލިސްޓުތައް ނެރެނީ. މިކަން މިހާރުން މިހާރަށް ހުއްޓާލަންވީ. އަދި ޖިނާއީ ތަޙްޤީގެއް ހިންގައިގެން މިމީހުން ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަން ބަލައިގެން ނޫނީ ހަގީގީ ލިސްޓެއް ނުނެރެވޭނެ. ދޮގުވެރިން ދިން މައުލޫމާތު ޞައްޙަކޮށް، މަކަރުވެރި ދޮގުވެރި ހިޔަޅު ކަލޭގެ ލިސްޓެއް ހެދިޔަސް އެ ލިސްޓަކީ ޞައްޙަ އެއްޗަކަށް ނުވާނެ.
ގެދޮރު
08 November 2023
ދެން ހާމަ ކުރަންވީ އަމިއްލަ ގެދޮރާ ފުލެޓް ހުރި މީހުންނަށް ޕޮއިންޓް ގިނަވިގޮތެއް އެއްޗެއް ނެއްމީހުންނަށް ދޭ އެއްޗެއް ހުރި މީހުންނަށް ލިބުން ގޮތެއް
ބޮޑުމީހާ
08 November 2023
އަންނަ އަހަރުގެ ނިމުމުގެ ކުރިން މުއިއްޒު ފްލެޓް އަޅައި ހަވާލުކުރާނެ، މި ސަރުކާރުގެ ސްޕީޑު މިހުރީ ފިނިހަކަ ސްޕީޑުގަ. މިސަރުކާރުން ހެދި ގޯސްތައް މުއިއްޒު ނުހަދާނެކަމަށް އުއްމީދުކުރެވޭ.